ކެންޑިޑިއޭސިސް(އިނގިރޭސި ބަހުން: Candidiasis) އަކީ އަންހެނުންގެ ކުރިމަތި ފަރާތަށް (އަންހެނާގެ ޖިންސީ ގުނަވަން) ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ އާންމު އެއްބަލި އެވެ.
މިއީ ފަންގަސްގެ ވައްތަރެއް ކަމުގައިވާ ކެންޑިޑާ އެލްބިކަންސް ކިޔާ ޖަރާސީމް އެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ޖިންސީ ގުޅުމުގެ ޒަރީޢާއިން ޖެހޭ ބައްޔެއްވެސް މެއެވެ. މިބައްޔަށް މޮނީލިއޭސިސް، އަދި ތްރަޝް ވެސް ކިޔައެވެ.
އިންސާނާގެ ބޮޑު ގޮހޮރުގެ ތެރޭގައި އިންސާނާއަށް އެއްވެސް އުދަގުލެއް މެދުވެރި ކުރުވުމަކާ ނުލައި ކެންޑިޑާ ދިރިއުޅެއެވެ. އަންހެނުންގެ ފުރަގަސް ފަރާތު ދޮރު އާއި ކުރިމަތި ފަރާތު ދޮރު ނުވަތަ ފަރުޖު ހުންނަލެން ކައިރިކަމުން ކެންޑިޑާ ފުރަގަސް ފަރާތުން ކުރިމަތި ފަރާތަށް ވާޞިލްވުމަކީ ވެދާނެ ގޮތެކެވެ. އިންސާނާއަށް ގެއްލުމެއް ނުލިބޭ މިންވަރަށް އަންހެނުންގެ ޖިންސީ ގުނަވަން ގެ ތެރޭގައި ވެސް ކެންޑިޑާ ދިރިއުޅެއެވެ.
އަންހެނާގެ ކުރިމަތި ފަރާތު ދޮރުގައި އުފެދޭ ދިޔައިގެ އެސިޑްގެ މިންވަރު ސާބިތުކަންމަތީ ހުރެއްޖެނަމަ އިސްވެ ބަޔާންކުރެވުނު ދެހާލަތުގައި ( ފުރަގަސް ފަރާތުން ކުރިމަތި ފަރާތަށް ކެންޑިޑާ ވާޞިލްވުން / އަންހެނުންގެ ޖިންސީ ގުނަވަނުގައި ކެންޑިޑާ ހުރުން ) ވެސް ކެންޑިޑިއޭސިސްގެ އަލާމާތެއް ނުފެންނާނެއެވެ. އެއީ އެސިޑިޓީގެ ސަބަބުން ކެންޑިޑިއޭސިސް ފެތުރުމަށް (ކެންޑިޑާ ވާޞިލްވުމަށް ) ހުރަސް އަޅާތީއެވެ. ނަމަވެސް މިއާޚިލާފަށް އެސިޑިޓީގެ މިންވަރު ދަށްވެ، ނުވަތަ ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވާ ޙާލަތްތަކުގައި އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރޭގައި ކެންޑިޑާ ފެތުރި ކެންޑިޑިއޭސިސްގެ އަލާމާތްތައް ފެންނަށް ފަށާނެއެވެ.
ކެންޑިޑިއޭސިސް ޖެހުމުން ފާހަގަ ކުރެވޭނެ އަލާމާތްތަކުގެ ތެރޭގައި :-
ކެންޑިޑިއޭސިސް އަކީ އާދައިގެ ބައްޔެކެވެ. ނަމަވެސް ފަރުވާނުކޮށް ދޫކޮށްލައިފިނަމަ ފަރުޖުގެ ވަށައިގެންވާ ހިސާބުތަކަށް ބަލިފެތުރި، ނުތަވަނަސްކަން ގެނުވައެވެ. އާންމުކޮށް ކުރިމަތިވާ ބޮލުގައި ރިހުން، ހަޖަމުގޯސްވުން، ކަރުތެރެ ދުޅަވުން ފަދަ ކަންކަމުގެ ސަބަބަކީ ބައެއް ފަހަރު ކެންޑިޑިއޭސިސް ކުރިމަތިވެފައިވުން ކަމުގައި ބެލެވެއެވެ. ބައެއް ފަހަރު ވަގުތީ ގޮތުން ދަރިން ނުލިބޭގޮތް މެދުވެރި ކުރުވައެވެ.
ކެންޑިޑާ ޖަރާސީމް ދިރިއުޅެނީ އެސިޑިޓީ ގެ އަސަރު ކުޑަ ހޫނު ތެތްތަނުގައެވެ. އެހެންކަމުން އަންހެނާގެ ޖިންސީ ގުނަވަން އަކި އަކީ ކެންޑިޑާ ދިރިއުޅުމަށް އެންމެ އެކަށޭނަ ވެއްޓެއް ނޫނެވެ. ނަމަވެސް ބައެއް ކަހަލަ ކަންކަމުގެ ސަބަބުން އަންހެނާގެ ޖިންސީ ގުނަވަންގެ ތަބީޢަތު ބަލިވެ، އެއީ ކެންޑިޑާ ދިރިއުޅެން އެކަށޭނަ ވެއްޓަކަށް ބަދަލުވެއެވެ. މިބުނި ކަންތައްތަކުގެ ތެރޭގައި ބްރޯޑް ސްޕެކްޓްރަމް އެންޓިބަޔޮޓިކް ބޭނުންކުރުން ފަދަ ކަންކަން ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން އަންހެނާގެ ޖިންސީ ގުނަވަނުގައި ހުންނަ ފައިދާހުރި ޖަރާސީމްތައް ނެތިގޮސް، ނުރައްކާތެރި ޖަރާސީމް އަށަގަތުމަށް މަގުފަހިވެގެން ދެއެވެ. ކެންޑިޑިއޭސިސް ޖެހިފައިވާ މީހަކައި އެކު ޖިންސީ ގުޅުން ހިންގި ނަމަވެސް ސަލާމަތުން ހުރި މީހާއަށް ބަލިޖެހިދާނެއެވެ.
ދިރާސާތަކުން ސާބިތުވެފައިވާ ގޮތުގައި ހަކުރު ބަލީގެ އަހުލުވެރި ފިރިހެނުންނަށް ކެންޑިޑިއޭސިސް ޖެހުމުގެ ފުރުޞަތު ބޮޑެވެ. އެހެންކަމުން ހަކުރު ބަލި ޖެހިފައިވާ މީހުން ފަރުވާ ހޯދަމުންދާ ދުވަސްވަރު އެމީހުންނާއި އެކު އެއްދާން ކުރުމަކީ އެހާ ރަގަޅު ކަމެއް ނޫނެވެ. ސަބަބަކީ ބަލި ގަޔަށް އެރުމުގެ ފުރުޞަތު އެހާލަތުގައި ބޮޑުވާތީ އެވެ. ހަމަމިހެން ހަކުރު ބަލީގެ އަންހެނުންނަށް ކުޑަކަމުދާ ތަކެއްޗާއެކު ހަކުރު ހަށިގަނޑުން ބޭރުވުމުން ކެންޑިޑިއޭސިސް ޖެހުމުގެ ފުރުޞަތު އިތުރުވެއެވެ. އެއީ ކުޑަކަމުދާ ތަކެތި ބޭރުވާ މަގާއި ފަރުޖުގެ ދޮރު ކައިރިކައިރީގައި ހުންނާތީ އެވެ.
ދޭތެރެ ދުރުކުރާ ގުޅަ ބޭސް ބޭނުންކުރުމަކީ ކެންޑިޑިއޭސިސް ޖެހުމަށް މަގުފަހިވާ ކަމެކެވެ. މިގޮތުން މަތީ ނިސްބަތަކަށް އެސްޓްރަޖަން ހޯރމޯން އެކުލެވޭ ބޭސް ބޭނުންކުރުމުން ހަށިގަނޑުގައި އެސްޓްރަޖަންގެ މިންވަރު މަތިވެ، ކުރިމަތި ފަރާތުން ބޭރުވާ ދިޔައިގައި ގްލައިކޯޖަން އެކުލެވޭ މިންވަރު މަތިވެގެންދެއެވެ. ގްލައިކޯޖަން އަކީ ހަކުރުއެކުލެވޭ ނުވަތަ ހަކުރާއި އެއްގޮތްކަމެއް ހުންނަ މާއްދާއެއްކަމަށްވެފައި، އަދި ކެންޑިޑާ އަކީ އޭގެ ޒާތުގައި ހަކުރުން މުއްސަދިވެފައިވާ ވެއްޓަކަށް ގަޔާވާ ޖަރާސީމަކަށް ވުމުން، ކެންޑިޑިއޭސިސް ޖެހުމަށް މެދުވެރިވަނީ އެވެ.
ހަމައެކަނި ޕްރޯޖެސްޓަރޯން ހޯރމޯން އެކުލެވޭ ގުޅަ ބޭސް ( މިނީ ޕިލްސް ) ބޭނުންކުރުމަކުން ގްލައިކޯޖަންގެ މިންވަރު މައްޗެއް ނުވެއެވެ. މިހާލަތުގައި ކެންޑިޑިއޭސިސް ޖެހެނީ ކުރިމަތި ފަރާތުން ބޭރުވާ ދިޔައިގެ މިންވަރު އިތުރުވެ، ވަށައިގެންވާ ހިސާބުގެ ތެތްކަން ގަދަވެގެންދާތީ އެވެ. އެހެންކަމުން ކެންޑިޑިއޭސިސް ތަކުރާރުކޮށް ކުރިމަތިވާނަމަ ދޭތެރެދުރުކުރާ ގުޅަ ބޭސް ބޭނުންކުރުމަކީ ރަގަޅުކަމެއް ނޫނެވެ.
މާބަނޑު ދުވަސްވަރު ކެންޑިޑިއޭސިސް ޖެހެނީ ކުރިން ބުނި އުސޫލުގެ މަތިން މާބަނޑުވުމުން ހަށިގަނޑުގައި އެސްޓްރަޖަންގެ މިންވަރު މަތިވެ، ކުރިމަތި ފަރާތުން ބޭރުވާ ދިޔައިގައި ގްލައިކޯޖަން އެކުލެވޭ މިންވަރު މަތިވެގެންދާތީއެވެ. ގްލައިކޯޖަން އަކީ ހަކުރުއެކުލެވޭ ނުވަތަ ހަކުރާއި އެއްގޮތްކަމެއް ހުންނަ މާއްދާއެއްކަމަށްވެފައި، އަދި ކެންޑިޑާ އަކީ އޭގެ ޒާތުގައި ހަކުރުން މުއްސަދިވެފައިވާ ވެއްޓަކަށް ގަޔާވާ ޖަރާސީމަކަށް ވުމުން، ކެންޑިޑިއޭސިސް ޖެހުމަށް މެދުވެރިވަނީ އެވެ. ހަމަމިހެން މާބަނޑު ދުވަސްވަރު އެހެން ބައެއް ޖަރާސީމްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދިފާޢީ ބާރު ކުޑަވުމުން ވެސް ކެންޑިޑިއޭސިސް ޖެހޭގޮތް ވެއެވެ.
ދޭތެރެ ދުރުކުރުމަށް ލޫޕް ބޭނުންކުރުމަކީ ބައެއް ފަހަރު ދޭތެރެ ދުރުކުރުމަށް ގުޅަ ބޭސް ބޭނުންކުރުމަށް ވުރެ ވެސް ނުރައްކާތެރި ކަމެއްކަމަށް ވެއެވެ. އެއީ ލޫޕް ބޭނުންކުރުމުން ފަސޭހަ ކަމާއެކު އަންހެނާގެ ޖިންސީ ގުނަވަން ގައި އިންފެކްޝަން އަށަގަންނާތީ އެވެ. މިގޮތަށް އިންފެކްޝަން އަށަގަންނަނީ ލޫޕްގައިވާ ހިމަ ރޮދިފަށް ރަހިމުގެ ކަރުން ބޭރުވުމުން ރޮދިފަށުގެ އެހީގައި ޖަރާސީމްތައް ރަހިމް އާއި ހަމައަށް ދަތުރުކުރާތީ އެވެ.
ޙައިޟުގެ ކުރިން އޮންނަ ދުވަސްވަރު ބައެއް އަންހެނުންނަށް ކެންޑިޑިއޭސިސް ކުރިމަތި ކުރުވައެވެ. އެއީ މިދުވަސްވަރު ފަރުޖުގައި އެކުލެވޭ އެސިޑިޓީގެ ނިސްބަތް ދަށްވެގެންދާތީ އެވެ. ބައެއް ފަހަރު ފަރުޖުގެ ދޮރުގައި ތެތްކަން އުފެދުމުގެ ކުރިން ޖިންސީ ގުޅުން ހިންގުމުން ވެސް ކެންޑިޑިއޭސިސް ކުރިމަތި ކުރުވައެވެ. ފަރުޖުގައި ތެތްކަމެއްނެތި ޖިންސީ ގުޅުން ހިންގުމަކީ އަންހެނާއަށް ތަދާއި ވޭން ލިބިދޭނެ ކަމެކެވެ. ހަމަމިހެން މިކަމުގެ ސަބަބުން ބައެއް ފަހަރު ކުރި ފަރާތުގެ ދޮރުގެ ހަންގަނޑުގެ މެށި، އެހިސާބުގައި އިންފްލެމޭޝަން އުފެދޭގޮތް ވެއެވެ.
ބައެއް ފަހަރު ފިރިހެނުންގެ ދަރިފަނި އެކުލެވޭ ދިޔައިގައި އަލްކަލައިންގެ މިންވަރު މަތިވެގެންދެއެވެ. މިފަދަ ހާލެއްގައި ޖިންސީ ގުޅުން ހިންގައިފިނަމަ ފަރުޖުން ބޭރުވާ ދިޔައިގެ އެސިޑިޓީ ދަށްވެ، ކެންޑިޑިއޭސިސް އަށަގަންނަގޮތް ވެއެވެ.
ބައެއް ކަހަލަ އަންނައުނުގެ ސަބަބުން ކެންޑިޑާ އަށް އެކަށޭނަ ވެއްޓަކަށް ކުރިމަތި ފަރާތް ހިމެނޭ ހިސާބު ވެގެންދެއެވެ. މިފަދަ އަންނައުނުގެ ތެރޭގައި އުނަގަނޑަށް ބާރު ޖިންސް، ހަރުވާޅު، ބެލްސް ފަދަ ތަކެތި ހިމެނެއެވެ. މިފަދަ އަންނައުނު ބޭނުންކުރުމުން ކުރިމަތި ފަރާތް ހިމެނޭ ހިސާބުގެ ވައިދައުރުވުމަށް ހުރަސްއެޅި، ދާހިއްލުން އިތުރުވެ، ހޫނުވާގޮތް ވެއެވެ. މިބުނި ކަންތައްތަކަކީ ކެންޑިޑާ އިތުރުވެ، ބޮޑުވުމަށް ލިބޭ ބާރެކެވެ. ހަމަ މިހެން ނައިލޯނުން އުފައްދާފައި ހުންނަ ޖަގިޔާ ބޭނުންކުރުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ. އެއީ މިފަދަ އަންނައުނު ބޭނުންކުރުމުން ހަށިގަނޑުގައި އުފެދޭ ދާ އެއަށް ދެމުމަށް ހުރަސް އެޅޭތީ އެވެ. އެހެންކަމުން ހެދުން އެޅުމުގައި އެންމެ ރަގަޅު ގޮތަކީ ކަފަ ބޭނުންކޮށްގެން ފަހާފައި ހުންނަ ގަޔަށް ދޫ އަންނައުނު ބޭނުންކުރުމެވެ.
ސާފުވުމަށް ބޭނުންކުރެވޭ ބައެއް ބާވަތުގެ ސާބޯނި، ޝޭމްޕޫ، ޝަވަރ ޖެލް ގައި އެކުލެވޭ ކެމިކަލް ތަކުގެ ސަބަބުން ބައެއް ފަހަރު ފަރުޖުގެ ޓިޝޫތަކަށް ގެއްލުން ލިބި ހަލާކުވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ފަރުޖުން ބޭރުވާ ދިޔައިގެ ތަބީޢަތު ބަދަލުވެ، ކެންޑިޑިއޭސިސް ޖެހޭގޮތް މެދުވެރިވެއެވެ.
ނަފްސާނީ ފިއްތުންތައް، ހާސްވެކަންބޮޑުވުމާއި، ވިސްނުމާއި ފިކުރުބޮޑުވުން ފަދަ ކަންތައްތަކަކީ ކެންޑިޑިއޭސިސް ކުރިމަތިވުމަށް މަގުފަހިކުރާ ކަންތައްތަކެވެ. އެއީ މިފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެގެންދާތީ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައި ހިމެނޭ ކެންޑިޑާތައް ހަށިގަނޑާއި ދެކޮޅަށް ހަރަކާތްތެރިވެ، ކެންޑިޑިއޭސިސް މެދުވެރި ކުރުވައެވެ.
ކެއުމުގައި ގެންގުޅެވޭ ނުރަގަޅު އާދަތަކުގެ ސަބަބުން ވެސް ބައެއް ފަހަރު ކެންޑިޑިއޭސިސް ޖެހޭގޮތް ވެއެވެ. މިސާލަކަށް ހަކުރު އެކުލެވޭ ފޮނިކާނާގެ ބާވަތްތައް މާގިނައިން ބޭނުން ކުރުމަކީ ކެންޑިޑިއޭސިސް ޖެހުމަށް މަގުފަހި ކުރާ ކަމެކެވެ. އެއީ ކެންޑިޑާ ފަންގަސްގެ މައިގަނޑު ކާނާއަކީ ހަކުރު ގިނަ އަދަދަކަށް އެކުލެވޭ މާއްދާތައް ކަމަށްވާތީ އެވެ.
މިފަދަ އަންނައުނު ބޭނުންކުރުމުން ކުރިމަތި ފަރާތް ހިމެނޭ ހިސާބުގެ ވައިދައުރުވުމަށް ހުރަސްއެޅި، ދާހިއްލުން އިތުރުވެ، ހޫނުވާގޮތް ވެއެވެ. މިބުނި ކަންތައްތަކަކީ ކެންޑިޑާ އިތުރުވެ، ބޮޑުވުމަށް ލިބޭ ބާރެކެވެ. ހަމަ މިހެން ނައިލޯނުން އުފައްދާފައި ހުންނަ ޖަގިޔާ ބޭނުންކުރުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ. އެއީ މިފަދަ އަންނައުނު ބޭނުންކުރުމުން ހަށިގަނޑުގައި އުފެދޭ ދާ އެއަށް ދެމުމަށް ހުރަސް އެޅޭތީ އެވެ. އެހެންކަމުން ހެދުން އެޅުމުގައި އެންމެ ރަގަޅު ގޮތަކީ ކަފަ ބޭނުންކޮށްގެން ފަހާފައި ހުންނަ ގަޔަށް ދޫ އަންނައުނު ބޭނުންކުރުމެވެ.
މިފަދަ ތަކެތިން ހަށިގަނޑުގެ އެހެން ހިސާބުތަކަށް ގެއްލުން ނުވިޔަސް ޖިންސީ ގުނަވަން ހިމެނޭ ހިސާބަށް ގެއްލުން ވެއެވެ. އެއީ އެލާރޖީ ނުވަތަ ނުގުޅޭ އަސަރު އޭގެ ސަބަބުން ކުރިމަތިވާތީ އެވެ. އެހެންކަމުން އެދެވިގެންވަނީ އެއްވެސް ކެމިކަލެއް އެކުލެވޭ މާއްދާއެއް ބޭނުންކުރުމަކާއި ނުލައި ސާފު ތާފަނާ ފެނުން ސާފުކުރުމެވެ.
ބޮޑަށް އެދެވިގެންވަނީ މާގަނޑު ބޭނުންކޮށްގެން ފެންވެރުމެވެ. ތަފާތު ކެމިކަލް ތައް ބޭނުންކޮށްގެން އުފައްދާފައި ހުންނަ ޝަވަރ ޖެލް ފަދަ ތަކެތި ޓަބަށް އަޅައި އޭގެތެރެއަށް އެރިގެން ފެންވެރުމަކީ ރަގަޅުކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ބައެއް ފަހަރު ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި އިންފްލެމޭޝަން އުފައްދާތީއެވެ.
ޖިންސީ ގުޅުން ހިންގަން ފަށަންވާނީ ފަރުޖުން ތެތް އޮލަދިޔައެއް ނިކުންނަށް ފެށުމުންނެވެ. އެއީ ހިކިފައިވަނިކޮށް ޖިންސީ ގުޅުން ހިންގައިފިނަމަ އަންހެނާއަށް ވޭންލިބި ތަދު އިހްސާސް ކުރަންޖެހޭތީއެވެ. އަދި އޭގެ ސަަބަބުން އިންފްލެމޭޝަން އުފެދޭގޮތް ވެއެވެ. އެއްވެސް ސަަބަބަކާހުރެ ޖިންސީ ގުޅުން ހިންގާއިރު ފަރުޖުގައި ތެތްކަމެއް ނެތްނަމަ ބޭބީ އޮއިލް ފަދަ ތެލެއް ބޭނުންކުރެވިދާނެ އެވެ. ޣައިރު ޝަރުޢީ ގުޅުން ތަކުން ދުރުހެލިވެ، ދީނީ ހަމަތަކުގެ މަތީން ޖިންސީގުޅުން ހިންގުމަކީ ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
This article uses material from the Wikipedia ދިވެހިބަސް article ކެންޑިޑިއޭސިސް, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.