ކާ

ކާ އަކީ ދިވެހި ޅެމުގެ ބާވަތްތަކުގެ ތެރެއިން ދެވަނަ ބާވަތެވެ.

ދިވެހި ބަހުގެ ރަދީފް ގައިވާ ގޮތުން ކާ އަކީ ކާފިޔާ ހަމަކޮށް ހަދައިފައި ހުންނަ ވަޒަން ބަހުރުވައިގެ ބާވަތެއް. މިއީ ހަބަސް ރައިވަރުގެ ކުރީ ހަތަރުބަހާ އެއްގޮތަށް އެއްވަޒަނަކަށް ހަތަރު ބަހުން ފިލިކޯޅި ހަމަކޮށް ހަދައިފައި ހުންނަ އެއްޗެކެވެ. މީގައި ހަބަސް ރައިވަރުގެ ކުރިން ފެށޭ ބަސްނެތިފައި އަނެއް ތިން ބަހުގެ ވަޒަނަށް ހަދައިފައި ހުންނަ ބާވަތެއްވެސް ހުރެއެވެ. މިއެވެ.

ބުނެވޭ ގޮތުގައި ކާ ގެ ނަން އައިސްފައިވަނީ ސިންގަޅަ ބަހުގެ ތެރެއިންނެވެ. އެއީ ސިންގަޅަ ބަހުން ޅެމުގެ ބާވަތަކަށް ކަވި ކިޔާފައިވާތީ އެވެ. ކަވި ދިވެހި ބަހަށް އައިރު ކަލަށް ވެފައިވަނީ އެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

ދިވެހި ޅެމުގެ ބައިތައް

ޅެމުގެ ބައިތައް

ބަނދި
ކާ
ފަރިހި
ރައިވަރު
ޅެން
އަންބާ
ލަވަ

ކަލުގެ ބާވަތްތައް

ކަލުގެ ވެސް ދެބާވަތެއް ހުރެއެވެ. އެދެބާވަތުގެ މިސާލު ތިރީގައި މިވަނީ އެވެ.

  • ފުރަތަމަ ބާވަތުގެ މިސާލު


ގުޅާ އުއިބޭ ތިޔައުޅޭ
ފުޅާފުޅު ބަލަ ދަނެމުހޭ
އުޅާ ބޮޑުވެސް ހަދާނޭ
ހުޅާ ހުޅު ދިމަލެއް ނުވޭ


ބަހަކުން ބުނާ ރުޅި ހަދާ
މަހަކުން ދެގެޔަށް ދަރި ދަމާ
ފަހަރަށް ދެވަނަ ގެނެއްސާ
ދަހަރޭ ނުކުމެގެންގޮވާ


ފާތިހާޔަށް ހިނގާމޭ
އާދު އިރުހަމް ނޭގެޔޭ
އާނު ގުރު ކިޔަވަން އުޅޭ
ބާއެއް އަލިފު ނުމެދަނޭ

  • ދެވަނަ ބާވަތުގެ މިސާލު


ތާކު ނަކު ބަންދުޚާ
މާތެރޭ ހުއްޓަސް ހިޔާ
ސާއީ މަންމަ އަރަބި ބާ
ވާނޭތަ މިގޮތެއް ހިލާ


ރޯގާގެ ބައިން ގަރު
ތޯމިއުޅެނީ ވާންމަރު
ލޯދެފުރިނުން ހިނގާ ކަރު
ކޯފަތް ނުވޭ ހިކޭވަރު


އިހާ އެއްގޮތް ވެފައި
ވިހާ ބޮޑުވީ ލެއިންމާ
މިހާލުން ފިއްލެވިއްޔާ
ކިހާނޭހޭ އުފާވާ

މިދެބާވަތުން ކުރީ ބާވަތުގެ ވަޒަނަކީ ހަބަސް ރައިވަރުން ފުރަތަމަ ފެށޭ ބަސް ނެތިފައި އަން ތިންބަހުގެ ވަޒަން ހަތަރުބަހުން ކޮންމެ ބަހެއްގައި ވެސް އޮތުމެވެ. އެއީ 12 ފިއްޔެވެ. ދެން 4 ބަހުން 4 ބަހުން ދިގުކުރަމުން ގެންދިއުމެވެ. މައިގަނޑަކަށް އޮންނާނީ 4 ބަހެވެ. ކޮންމެ ބަހެއްގައި 12 ފިއްޔެވެ.

ދެވަނަ ބާވަތުގެ ވަޒަނަކީ ކުރީ ބަހުގައި 10 ފިލި، އަނެއް 3 ބަހުން ކޮންމެ ބަހެއްގައި 12 ފިލި އޮތުމެވެ. އެއީ ހަމަ މުޅިންމެ 6 ބަސް ރައިވަރުގެ ކުރީ 4 ބަހާ އެއް ގޮތް ކުރުމެވެ. ދެން 4 ބަހުން 4 ބަހުން ދިގުކުރަމުން ގެންދިއުމެވެ.

ކަލުގެ ސިފަ

ކަލުގެ ހަމަތަކަށް ބަލާއިރު ފިލިކޯޅި ހަމަކުރުމާ ގާފިޔާ އެއްގޮތް ކުރުން އޮވެއެވެ. ރައިވަރުގައި ފަދައިން ބަހުގެ އަކުރުތައް އިސްފަސްކުރުން އޮވެއެވެ. މިކަންކަމުގައި ރައިވަރާއި އެއްގޮތެވެ.

ރިފަރެންސް

  • ޅެމާއި ޅެންވެރިކަން - މަލަސް 11 - މުހައްމަދު ޖަމީލް - 1މާރޗް 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ރައުލް ކާސްޓްރޯތާނަ އަލިފުބާގެ ތަރުތީބުތޫނިސްއެސްޓޯނިއާއޮސްޓަރުލިޔާމުންބާއީޢަޤީދާމޯލްޓާސީނުކަރަތުރުކީވިލާތްޤުރްއާނުގެ ޢިލްމުޖޫން 7ދިވެހިރާއްޖޭގެ އަތޮޅުތައްކޮލެރާދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓުޕާކިސްތާންޒައިތޫނިޖުލައި 2އަފްޣާނިސްތާންއުޓޮނޮމިކް ނާރވަސް ސިސްޓަމްކާލީކޯޓުމިޞްރުޖުލައި 12ކުރޮއޭޝިއާޑިމޮކްރަސީބައްކާމުޙައްމަދު އިސްމާއިލް ދީދީޑިސެމްބަރު 4Tāna Supportއެއިޑްސް ބަލިރުވާންޑާފިރުދޯސީލަހިސްތާނީފީޒިޔާއީ އިލްމުފަޚުރުވެރި ދިވެހިބަސްމާރޗް 19ޝަހާދަތްއިންފްލޭޝަންމަލަޔާޅަމްމޮސްކޯ2006ބުދަ ދުވަސްބަސްDid You Know Archivesދިމިޝްޤުއުރުގުއޭޝީޢީ މަޛްހަބުއެޕްރީލް 24އޯޓިޒަމްފުރަގަސް ފަރާތު ދޮރުއެޕްރީލް 21ވިއެޓުނާމުދިވެހިމަކާއޫވަކިފޫގްލޫކޯ ކޯޓިކޮއިޑްލޯޢުމަރުގެފާނުވިކިޕީޑިޔާޢަލީގެފާނުއަލްމާނީސުލްޠާން ޙަސަން ޢިއްޒުއްދީން🡆 More