ރިޓަޔަރޑް ޢަބްދުއްނާޞިރު މޫސާ ދީދީ ސާޖަންޓް މޭޖަރ

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުއްނާޞިރު މޫސާދީދީއަކީ، 1976 ވަނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހުން ފެށިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކުގައި 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 3 ވަނަ ދުވަހު، ދިވެހި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ވަނަވަރު

ޚާއްޞަ ޚިދުމަތްތައް

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުއްނާޞިރު މޫސާދީދީ، މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ފާހަގަކުރެވޭ ޚާއްޞަ ޚިދުމަތްތަކަށް ބަލާއިރު، އެން.އެސް.އެސް.ގެ އިންޖިނިއަރިންގ ސަރވިސްގެ އެޑްމިނިސްޓްރޭޝަން ޓްރޭނިންގ ސެކްޝަންގެ އެން.ސީ.އޯ. އިންޗާޖަކަށް ހުންނަވައިގެން، އެ ދާއިރާގެ ކަންކަން ރަނގަޅު ކުރައްވައި، އެކަށީގެންވާ ފެންވަރެއްގައި ތަމްރީނުތައް ކުރިއަށް ގެންދެވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. އަދި، ސިފައިންގެ ކޯޕަރޭޓިވްގައި މަސައްކަތް ކުރެއްވިއިރު، ސިފައިންގެ ކޯޕަރޭޓިވުން ބަންޑާރަކޮށީގައި ހިންގާ ކޭޓަރިންގ ބައިގެ ސުޕަވައިޒަރެއްގެ ގޮތުން، އެތާނގެ ކަންކަން ރަނގަޅު ކުރެއްވުމަށާއި، މުވައްޒަފުންނާ ކަންކަން ހަވާލުކުރެއްވުމާއި، މަސައްކަތްތައް ސުޕަރވައިޒް ކުރެއްވުމުގެ ގޮތުން ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. އަދި ސިފައިންގޭގައި އެކި ދުވަސްވަރު ކޮށްފައިވާ ބޮޑެތި މަސައްކަތްތަކުގައްޔާއި، މުއައްސަސާއިން ހިންގައިފައިވާ ގިނަ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ޤައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވައިފައި ވެއެވެ.

ޝަރަފުގެ ނިޝާން

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުއްނާޞިރު މޫސާދީދީ، ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 9 މެޑެލްއާއި 7 ކުލަ ލިބިވަޑައިގެންފައި ވެއެވެ. އެގޮތުން ހާސިލު ކުރެއްވި މެޑެލްތަކުގެ ތެރޭގައި، އަޚްލާޤީ މެޑެލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑެލް، 3 ނޮވެންބަރުގެ މެޑެލް، ސައްތައިގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް އަދި 17 ވަނަ ސާރކް ސަމިޓް މެޑެލް ހިމެނެއެވެ. ހާސިލު ކުރެއްވި ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ ތިންފަހަރަށް ހާސިލު ކުރައްވައިފައި ވެއެވެ.

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ހަކުރު ބަލިޖުލައި 9ދަމުއިއޮގަސްޓު 19ޖުލައި 31Arabic languageކަންވާރުތާނަ އަލިފުބާގެ ތަރުތީބުވެނެޒުއޭލާމަނަދޫރަންބީރު ކަޕޫރުމާރޗް 17ފަރުޖުނޮވެމްބަރު 7އޯގަސްޓް 8ޖޯޖިޔާ (ޤައުމު)ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެލޯބިވެރިންގެ ދުވަސްސަރުކާރު ހިންގުމުގެ ނިޒާމަށް ބަލައިގެން ހެދިފައިވާ ޤައުމުތަކުގެ ލިސްޓުމިޔަރުސުވިޑަންޝަހީދު ޙުސައިން އާދަމްމެއި 9ރޫސީވިލާތުގެ ޤައުމީ ސަލާމްޙަބުޝްކަރަShaviyani Atollސުލްޠާން ޙަސަން (ހަތްވަނަ)ދިވެހި އިނގިރޭސި ރަދީފުދިވެހިރާއްޖެމުޙައްމަދު ސަމާއީލްNational anthemމައްކީ އާއި މަދަނީ ސޫރަތްޖެނުއަރީ 6ފެބްރުއަރީ 20ޖުލައި 18ހޭނެއްތުންހަދީޘްނޮވެމްބަރު 9ތުރުކީވިލާތްދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަސްތައްޢުމާންޖޫން 23ނޭޕާލްއިންޑޮނޭޝިޔާދިވެހި ރުފިޔާޤުރުއާންހެއިޓީމެލޭޝިޔާއީރާންހަންސެޕްޓެމްބަރު 16މޮންގޯލިއާޖޫން 10ހޮނޑުލުންއޮގަސްޓު 1ސުލްޠާން އަޙްމަދު ޝަރީފު އަލްމައްކީCoat of arms of Chinaއޮށުގެ ކެންސަރުޓެންޒޭނިއާމާލޭހޮވާލެވިފައިވާ ހޮވުންތަކުގެ ލިސްޓު/2011ޖުލައި 13ކީރިތި ރަސޫލާގެ ޝަޚުޞިއްޔަތުރަހިމުއިސްލާމް ދީން🡆 More