ލެފްޓިނަންޓް ކާނަލް ރިޓަޔަރޑް ޙަސަން ޔޫސުފް

ލެފްޓިނެންޓް ކާނަލް ޙަސަން ޔޫސުފުު (ސ.

ވަނަވަރު

ނަންބަރ:463) އަކީ 1968 ވަނައަހަރު ޖުލައި މަހުގެ 3 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ވޭތުވެ މިދިޔަ 41 އަހަރާ 28 ދުވަހުގެ ދިގު މުއްދަތުގައި، އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ޚިދުމަތް ކުރުންމަތީ ދެމިހުންނެވި ބޭފުޅެކެވެ.

އަދާކުރެއްވި މަޤާމުތައް

މި ދިގު މުއްދަތުގެ ތެރޭގައި އެމް.އެން.ޑީ.އެފް ގެ ލާންސްކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސަރޖަންޓްކަމާއި، ސްޓާފް ސަރޖަންޓްގެ މަޤާާމާއި ވޮރަންޓް އޮފިސަރ ގްރޭޑް 2 ގެ މަޤާމާއި ވޮރަންޓް އޮފިސަރ ގްރޭޑް 1 ގެމަޤާ ފުރުއްވިއެވެ. އަދި ލެފްޓިނެންޓް، ފަސްޓްލެފްޓިނެންޓް،ކެޓަން ގެމަޤާމުގެ އިތުރުން މޭޖަރ ކަމުގެ މަޤާމްވެސް ފުރުއްވިއެވެ.

ޝަރަފުގެ ނިޝާން

ލެފްޓިނެންޓް ކާނަލް ޙަސަން ޔޫސުފުު ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެނިޝާނުގެ ގޮތުގައި 8 ކުލައާ 7 މެޑަލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލްތަކުގެ ތެރޭގައި، އަޚްލާޤީމެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް، މަތިވެރި ޚިދުމަތުގެ މެޑަލް،ޙާއްޞަ ޚިދުމަތުގެ މެޑަލް، ސައްތައިގެ މެޑަލް، ހާސިލްކުރައްވާފައވެއެވެ. ޙާސިލްކުރެއްވި ކުލަތަކުގެ ތެރޭގައި ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން ތަފާއެކިއެކި ކަންކަމާގުޅިގެން ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ ލިޔުއްތައް ޙާސިލްކުރައްވާފައިވާކަން ފާހަގަ ކުރަމެވެ.

ޚާއްޞަ ޚިދުމަތްތައް

ލެފްޓިނެންޓް ކާނަލް ޙަސަން ޔޫސުފުުގެ ޚާއްޞަ ޚިދުމަތް ތަކުގެ ތެރޭގައި ފުލުސްއޮފީހުގެ މާރާމާރީ އާއިބެހޭ ބައިގެ އެހީތެރިކަމާއި ސިފައިންގެ ބޭސްފަރުވާއާ ބެހޭބައިގެ އިންޗާޖް ކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ބޭންޑްމީހުން ޔުނިޓްތަކުން ދޫކޮށްގެން ބޭންޑް ކުޅުމުގެ ދުވަސް މާޒީވެދިޔައީ، މޭޖަރ ޙަސަން ޔޫސުފުގެ ހިންމަތާ މިނަނަތުން ބޭންޑް ސެކްޝަނެއް އުފެދި، އެސެކްޝަނުން މީހުން އުފެއްދުމުގެ މަސައްކަރް ފެށުނު ހިސާބުންނެވެ. އެގޮތުން ޙަސަން ޔޫސުފްގެ ބޭންޑް މާސްޓަރކަމުގެ ދަށުން، ސިފައިންގޭގައި އެޚިދުމަތް އުވިނުދާނޭ މިނަވަރަށް އެތައް ފަންނާނުންނެއް މިއަދުވަނީ އުފެދިފައިކަން ފާހަގަ ކުރެވެއެވެ.

ބޮޑެތި މަސައްކަތްތައް

ލެފްޓިނެންޓް ކާނަލް ޙަސަން ޔޫސުފުު ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި 3 ނޮވެމްބަރުގެ ރިޕޯރޓް އެކުލަވާލާ ކޮމެޓީގައި އިސް އެން.ސީ.އޯ އެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އަދި އަމީނިއްޔާސްކޫލުގެ ބޭންޑްމާސްޓަރުގެ ގޮތުން ޚިދުމަތް ކުރެއްވުމާއި، މަދްޔަޕްރަދޭޝްގެ ގަވަރނަރ މާލެވަޑައިގަތުމުން އެމަނިކުފާނުގެ ޝަރަފުގައި ބޭއްވުނު ކޮންސެޓްގެ ކޮމާންޑަރކަން ކުރެއްވުމާއި، ލެފްޓިނެންޓް ޖެނެރަލް އެމް.އޭ ޒަކީ މިލިޓްރީ ޓްރެއިނިންގ ސެންޓަރަށް ވަޑައިގަތުމުން ބޭވުނު ކޮންސެޓްގެ ކޮމާންޑަރކަން ކުރެއްވުމުގެ އިތުރުން ޕޮޓެންޝިއަލް ބޭންޑް މާސްޓަރ ކަމުގެ ސެޓްފިކެޓް ޙަސިލްކުރުން ހިމެނެއެވެ. މީގެ އިތުރުން ސިފައިންގެ ލަވައިގެ ރާގު ހެއްދެވުމަކީ ޙަސަންޔޫސު ސިފައިންގެއަށް ކޮށްދެއްވި ވަރަށް މަތިވެރި ޚިދުމަތެކެވެ.

ލެފްޓިނެންޓް ކާނަލް ޙަސަން ޔޫސުފަކީ، ސިފައިންގެ ތެރޭގައި މިދެންނެވި ޚިދުމަތްތަކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުންމަތީ ދެމިހުންނެވި ލާމަސީލު ބޭފުޅެކެވެ. ޙަސަން ޔޫސުފުުގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭ ޒުވާން ދަރިންނަށް ދައްކުއިދެއްވި ރީތި މިސާލެއްކަމުގައި ދަންނަވަމެވެ.

ރިޓަޔަރ ކުރެއްވުން

އިސްވެ ދެންނެވުނު އެންމެހައި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 01 އޯގަސްޓް 2009 ގައި ޝަރަފުވެރި ކަމާއެކު ލެފްޓިނެންޓް ކާނަލް ޙަސަން ޔޫސުފުު ރިޓަޔަރ ކުރެއްވުމުން ޙަސަންޔޫސުފުގެ ވަރުގަދަ ޢަޒުމާ ހިތްވަރަށް، އައްސަރިބަހާއި ސާބަސް ދަންވައި، މަތިވެރި ޚިދުމަތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރާއި މުބާރިކުބާދީ އަދާކުރަމެވެ.

Tags:

ލެފްޓިނަންޓް ކާނަލް ރިޓަޔަރޑް ޙަސަން ޔޫސުފް ވަނަވަރުލެފްޓިނަންޓް ކާނަލް ރިޓަޔަރޑް ޙަސަން ޔޫސުފް އަދާކުރެއްވި މަޤާމުތައްލެފްޓިނަންޓް ކާނަލް ރިޓަޔަރޑް ޙަސަން ޔޫސުފް ޝަރަފުގެ ނިޝާންލެފްޓިނަންޓް ކާނަލް ރިޓަޔަރޑް ޙަސަން ޔޫސުފް ޚާއްޞަ ޚިދުމަތްތައްލެފްޓިނަންޓް ކާނަލް ރިޓަޔަރޑް ޙަސަން ޔޫސުފް ބޮޑެތި މަސައްކަތްތައްލެފްޓިނަންޓް ކާނަލް ރިޓަޔަރޑް ޙަސަން ޔޫސުފް ރިޓަޔަރ ކުރެއްވުންލެފްޓިނަންޓް ކާނަލް ރިޓަޔަރޑް ޙަސަން ޔޫސުފް

🔥 Trending searches on Wiki ދިވެހިބަސް:

ގުރަހަކްލިންޑަމައިސިންދިވެހި ރުފިޔާމާރޗް 18އޮށުގެ ކެންސަރުAndrew Jacksonމަދުނަބުސުލްޠާން ޙަސަން (ފަސްވަނަ)ބެނިންޖުލައި 20List of countries by Human Development Indexވިއެޓުނާމުލޯބިވެރިންގެ ދުވަސްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)ޖޯޖް ވޮޝިންގޓަންޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުސުލްޠާން ކެއިމި ކަލަމިންޖާމުހައްމަދު އިސްމާއިލް ދީދީވަކިފޫމާރޗް 23އޮގަސްޓު 6އަޙްމަދުދީދީމަނަދޫޑިސެމްބަރު 5ގާނާއައިވަރީ ކޯސްޓުމުޙައްމަދު އަމީން ދީދީސޫދާންސުލްޠާން އައިމަ ކަލަމިންޖާމާރޗް އޮފް ދި ވޮލަންޓިއަރސްއިޓަލީވިލާތްއޮކްޓޫބަރު 7ޑިސެމްބަރު 8ސައޫދީ އަރަބިއްޔާސެރެލިއޯންޖެނުއަރީ 26އޮގަސްޓު 26ބުރެޒިލްގެ ނިޝާންޑިސެމްބަރު 10ޖެނުއަރީ 29އިންޑޮނޭޝިޔާވެން ޖިއަބާއޯތައިރޮއިޑް ގްލޭންޑްރަންބީރު ކަޕޫރުފެބްރުއަރީ 4މާބަނޑު ދުވަސްވަރު ބޭނުންކުރުން ރަގަޅީ ކޮންކަހަލަ ކާނާއެއް؟ޗެކް ޖުމްހޫރިއްޔާމާރޗް 2United Kingdomމެއި 8އިބްރާހީމްގެފާނުއައިސާބީގެދަރު ދޮންބެއްޔާއަލްޤާޒީ އައްސައްޔިދު ޙުސައިން ޢަފީފުއްދީން2011ދަރަވަންދޫ (ބ. އަތޮޅު)ފެބްރުއަރީ 21މުޙައްމަދުގެފާނުފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމްއެކުވެރި ދައުލަތްތައްސުލްޠާން ދިހެއި ކަލަމިންޖާސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ)ޢަބްދުﷲ ސަޢީދު (މަނަދޫ)ޕޯޗުގީޒުބާޑީގޭ މުޙައްމަދު އަޙުމަދުދީދީސްޕައިނަލް ކޯޑްއަފްޣާނިސްތާންސުލްޠާން މުތެއި ކަލަމިންޖާސިންގަޅަ ދަރިކޮޅު🡆 More