ބާޑީގޭ މުޙައްމަދު އަޙުމަދު ދީދީ އަކީ ލިޔުންތެރިކަމުގެ ރޮނގުން މަޝްހޫރުވެގެންވާ އަދީބެކެވެ.
ދިވެހިރާއްޖޭގައި އުފެދުނު މޮޅެތި ދިވެހި ބޭސްވެރިންގެ ތެރެއިން އަރާހުންނެވި ޙަކީމެކެވެ. އަލްފާޟިލް މުޙައްމަދު އަޙުމަދު ދީދީ އަކީ އެދުވަސްވަރަށް ނިސްބަތްކުރާއިރު، ދިވެހިރާއްޖޭގައި އުފެދުނު ވަރަށް ގާބިލް ތަޢުލީމީ ބޭފުޅެކެވެ. މަދަރުސަތުއް ސަނިއްޔާގެ މުސްކުޅި ދަރިވަރެކެވެ. އުރުދޫ ބަހަށް ވަރަށް ކުޅަދާނަ ބޭފުޅެކެވެ. ދިވެހި ރާއްޖޭގައި އުފެދުނު ފުންނާބު އުސް ދިވެހި ބޭސްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ޙަކީމެކެވެ. ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގައި އަރާހުންނެވި ބޭފުޅެކެވެ.
ބާޑީ މުޙައްމަދު އަޙުމަދު ދީދީ އަކީ ރޯނުގޭ ޢަލި ދީދީގެ ރޯނުގޭ ސަންފާ ދީދީގެ ރޯނުގޭ އަޙުމަދު ދީދީގެ ދަރިކަލެކެވެ. އުފަންވެ ވަޑައިގަތީ 16 އޮކްޓޯބަރ 1916 ވީ ހޯމަ ދުވަހުއެވެ. ބާޑީ މުޙައްމަދު ދީދީ 7 ކައިވެނި ކުރައްވައި، 11 އަންހެން ބޭފުޅުންނާއި، 5 ފިރިހެން ބޭފުޅުން ލިބިލެއްވި އެވެ. އަވާހަރަވިއިރު ކައިވެނި ބައްލަވައިގެން އުޅުއްވީ ރުއްކޮށީ އަބޫބަކުރު ކަލޭފާނުގެ ފާތުމާ ފުޅާއެވެ.
ބާޑީ މުޙައްމަދު ދީދީ ތަޢުލީމް ޙާޞިލްކުރެއްވީ މަދަރުސަތުއް ސަނިއްޔާ (މިހާރުގެ މަޖީދިއްޔާ ސްކޫލް ) އިންނެވެ. އެންމެ ކުރިއަރާފައިވާ ރޮނގަކީ ދިވެހި ބަހަށް ތަރުޖަމާކުރެއްވުމުގެ ރޮނގެވެ. ގިނައިން ތަރުޖަމާ ކުރައްވާފައިވަނީ އުރުދޫ ފޮތްތަކެވެ. އުރުދޫ ކިޔަވާ ވިދާޅުވާން ފެއްޓެވީ އަލްފާޟިލް ޙަސަން މޫސާ، އަދި އަލްފާޟިލް ފޫޅުމާގޭ ދޮންމަނިކުގެ ކިބައިންނެވެ. އެބަހުގެ އުސްތާޛުންގެ ތެރޭގައި ހިމެނިވަޑައިގެންނެވޭ ވަރަށް ކުރިޔަށް ވަޑައިގަތީ މައުލަވީ މުޙައްމަދު ޙަސަން ނަދުވީ ގެ ކިބައިންނެވެ. އަލްފާޟިލް މުޙައްމަދު އަޙުމަދު ދީދީ މަދަރުސަތުއް ސަނިއްޔާ އިން ތަޢުލީމް ޙާޞިލްކުރުމަށްފަހު، އަލްމަރުހޫމް ޙަސަން މޫސާ ދީދީ، އަދި އަލްމަރުހޫމް ފޫޅުމާގޭ ދޮންމަނިކު ފަދަ ބޭފުޅުންގެ އަރިހުން އުރުދޫބަސް ދަސްފުޅު ކުރެއްވި އެވެ. ނަމަވެސް އުރުދޫ ބަހުގެ އުސްތާޛުންގެ ތެރޭގައި ހިމެނިވަޑައިގެންނެވޭ ވަރަށް އެބަސް ކިޔަވާ ވިދާޅުވީ މުޙައްމަދު ދީދީގެ ޅިޔަނު ހއ.ތަކަންދޫ އަލްމަރުހޫމް މައުލަވީ މުޙައްމަދު ޙަސަން އައްނަދަވީ ގެ އަރިހުންނެވެ.
ސިލްސިލާ ލިޔުންތަކުގެ ބައި އަދަބިއްޔާތު |
ޅަފަތުގެ ދައުރު |
އެދުރު އުމަރު މާފަތް ކަލޭގެފާނު |
ފިރުކެންފެށި ދައުރު |
ނައިބު ތުއްތު/ޖަމާލުއްދީން |
ހިނގައި ގަނެވުނުދައުރު |
މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު |
ބޭސްވެރިކަމުގެ ރޮނގުން ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ކިބައިން އުގެނި ވަޑައިގަތެވެ. އަދި އޭގެ އިތުރުން ޙަކީމު ޙުސައިން އަފީފް އޭނާއަށް ބޭސްވެރިކަން އުގަންނަވައި ދެއްވި އެވެ. އޭގެ އިތުރުން ވެސް ބައެއް އެދުރުން ކައިރިން އުގެނިވަޑައިގަތެވެ. ބޭސްވެރިކަމުގައި ވަރަށް ގިނަ ރޮނގުރޮނގުން ޚިދުމަތް ކުރެއްވި އެވެ.
ދައުލަތަށް ކުއްލިއަކަށް ދިމާވާ ހާދިސާ ތަކުގައި މާލެއާއި ރާއްޖެތެރޭގައި ބޭސްވެރިކަމުގެ ޚިދުމަތް ދެއްވިއެވެ. ވަރަށް ގިނަ ޙަކީމީ ބޭހުގެ ޢަރަބި، އުރުދޫ، ދިވެހި ނަންތައް ދެނެވަޑައިގަނެއެވެ.
ބޭސްވެރިކަމުގެ ރޮނގުން މުޙައްމަދު ދީދީގެ އުސްތާޛުންގެ ތެރޭގައި ސުމުއްވުލް އަމީރު އަލްމަރުހޫމް އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، އަލްމަރުހޫމް އަޙުމަދު ކާމިލް ދީދީ، އަލްމަރުހޫމް ކުދުރަނިޔާގެ ބެއްޔާ ފަދަ ބޭފުޅުން ހިމެނިވަޑައިގަނެއެވެ. ނަމަވެސް މިރޮނގުން މުޙައްމަދު ދީދީގެ އެންމެ ޚާއްޞަ އުސްތާޛަކީ މިފަހަރު ވެސް މުޙައްމަދު ދީދީ ގެ ޅިޔަނު ގދ.ތިނަދޫ އަލްމަރުޙޫމް ޙަކީމް ޙުސައިން އަފީފް އެވެ. މީގެ އިތުރުން ކުރީގެ ހިންދުސްތާނުގެ ވަރަށް މަޝްހޫރު ޑޮކްޓަރުން ކަމުގައިވާ ޙަކީމު ހަރީޗާންދު މުލްތާނީ، ޑރ ކްއިރާޖް ހަރުނާމްދާސް ލާހޫރީ، އެޗްއެމް ޖައުފަރީ ޖެނެރަލް މެނޭޖަރ ޔޫނާނީ ޑިސްޕެންސަރީ، ފަދަ ޢިލްމުވެރިންނަކީ ސިޓީގެ ޒަރީޢާއިން އެބޭފުޅުންގެ ޢިލްމީ ގާބިލްކަމުގެ ފައިދާ މުޙައްމަދު ދީދީ ހޯއްދެވި ބޭފުޅުންނެވެ. އެދުވަސްވަރަކީ ދިވެހިރާއްޖޭގައި މިޒަމާނުގެ ޑޮކްޓަރީ ފަރުވާ ދެމުންދިޔަ ޒަމާނެއް ނޫނެވެ. އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް ގެނައި ޑޮކްޓަރުންގެ ތެރެއިން ބައެއް ޑޮކްޓަރުންގެ ތަރުޖަމާނުންގެ ގޮތުގައި މުޙައްމަދު ދީދީ ޚިދުމަތް ކުރައްވާފައި ވެއެވެ. އެދުވަސްވަރު މާލެއާއި އަތޮޅުތަކުގެ ރައްޔިތުންނަށް ބޭސްފަރުވާ ދެއްވުމުގެ އިތުރަށް ދިވެހިރާއްޖެއަށް ކުރިމަތިވި ބޮޑެތި ރޯގާތަކާއި ކުއްލި ހާލަތްތަކުގައި ދައުލަތުން އެދިވަޑައިގަތުމުން، މުޙައްމަދު ދީދީ މީހުންނަށް ބޭސްފަރުވާ ކުރެއްވުމުގެ ޚިދުމަތް ކުރެއްވި އެވެ. އަދި އެންމެ ފަހުން ހުންނެވި ރަދުން ޖަލާލަތުލް މަލިކް މުޙައްމަދު ފަރީދު މަނިއްޕުޅަށާއި، އޭރުގެ ސިފައިންގެ މީހުންނަށް ރަސްމީގޮތުން ވަރަށް ގިނަ ދުވަހު ބޭސްކޮށްދެއްވަމުން ގެންދަވާފައި ވެއެވެ. އަދި ރާއްޖެތެރޭގެ ވަރަށް ގިނަ ބަޔަކަށް ބޭސްވެރިކަން ދަސްކޮށްދެއްވާފައި ވެއެވެ.
ބާޑީ މުޙައްމަދު ދީދީ ގެ ކުރުނަމެއްގެ ގޮތުން ބޭނުންކުރައްވަނީ ބ.މ.ދ އެވެ. ބާޑީ މުޙައްމަދު ދީދީ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ދިވެހި އަދަބުގެ ރޮނގުންނެވެ. ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމާއި، ވާހަކަ ލިޔުމުގައެވެ. ވާހަކަ ލިޔުއްވަން ފައްޓަވާފައިވަނީ ހިޖުރައިން 1357 ވަނަ އަހަރުގައެވެ. ދިވެހި ބަހަށް ފުރަތަމަ ތަރުޖަމާ ކުރެއްވި ވާހަކަ އަކީ އަލްފު ލައިލާ ވަލައިލާ އެވެ. ވާހަކަ ލިޔުމުގެ ހުރިހާ ވައްޓަފާޅިއެއް ހޯއްދެވީ އައްޝައިޚް ޙުސައިން ޞަލާޙުއްދީނު ގެ އަރިހުންނެވެ.
ބާޑީ މުޙައްމަދު ދީދީ ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވާ އެންމެ މަޝްހޫރުކަން ބޮޑު އެއްފޮތަކީ އިސްލާމީ ތާރީޚްގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތުގެ އެތަކެއް ޞަފްޙާތަކެވެ. އެފޮތުގައި އުމަވީ ދައުލަތުގެ ވެރިކަމުން ފެށިގެން އުޘްމާނީ ޚިލާފަތުގެ ނިމުމާއި ހަމައަށް ވަރަށް ޞަރީޙަކޮށް، ބަޔާންކުރެވިފައި ވެއެވެ. އެއީ ބަސް އެތުރުމާއި ބަލާޣާތުގެ ގޮތުން ވަރަށް ފުރިހަމަ ފޮތެކެވެ.
ބާޑީ މުޙައްމަދު ދީދީ ލިޔުއްވަން ފެއްޓެވީ މީގެ އަހަރުތަކެއް ކުރިން ކަމަށްވާތީ އެމަސައްކަތުގައި ހޭދަކުރެއްވި ގިނަ މަސައްކަތް ކުރައްވާފައިވަނީ ފުޅި ބައްތީގެ އަލީގައެވެ. އުމުރުފުޅުގެ މެދަކާއި ހިސާބުން އެއްލޯފުޅު ހަލާކުވެއްޖެއެވެ. އާދެ ކަރާސީނު ބައްތީގެ އަލީގައި އެކަށީގެންވާ ވަރަށްވުރެ ގިނައިން މަސައްކަތް ކުރެއްވުމުގެ ސަބަބުންނެވެ. ބާޑީގޭ މުޙައްމަދު އަހުމަދު ދީދީ ދިވެހިންގެ ތެރެއަށް މަޝްހޫރުވެފައިވާ ދެވަނަ ރޮނގަކީ ދިވެހި އަދަބުގެ ރޮނގެވެ. ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމުގެ ރޮނގެވެ. ބ.މ.ދ ގެ ނަމުގައި ދިވެހި ބަހަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ ހިޖުރައިން 1357 ނުވަތަ މީލާދީން 1938 ގައެވެ. ދިވެހި ބަހަށް އެންމެ ފުރަތަމަ ތަރުޖަމާ ކުރައްވާފައިވަނީ އަލްފް ލައިލާ ވާހަކަ އެވެ. ތަރުޖަމާ ކުރެއްވުމުގެ ހުރިހާ ވައްޓަފާޅިއެއް މުޙައްމަދު ދީދީ ހޯއްދެވީ ފަޟީލަތުއް ޝައިޚް އަލްމަރުހޫމް ޙުސައިން ޞަލާޙުއްދީން ގެ އަރިހުންނެވެ. މުޙައްމަދު ދީދީ ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވާ އެންމެ މަޝްހޫރު ކަން ބޮޑު އެއް ފޮތަކީ އިސްލާމީ ތާރީޚްގެ މައްޗަށް ބިނާކުރައްވައި، ލިޔުއްވި އެތައް ސަތޭކަ ޞަފްޙާގެ ބޮޑު ފޮތެވެ. އެފޮތުގައި އުމަވީ ދައުލަތުގެ ފެށުމުން ފެށިގެން އުޘްމާނީ ޚިލާފަތުގެ ނިމުމާއި ހަމައަށް ވަރަށް ތަފްޞީލްކޮށް ބަޔާންކުރެވިފައި ވެއެވެ.
މުޙައްމަދު ދީދީ ލިޔުއްވަން ފައްޓައިގަތީ މީގެ އެތައް އަހަރެއް ކުރިން ކަމުން އެމަސައްކަތުގައި ހޭދަކުރެއްވި ގިނަ ދުވަސްތަކުގައި ހޭދަކުރައްވާފައިވަނީ ތެޔޮ ބައްތީގެ އަލީގައެވެ. އޭގެ ސަބަބުން އުމުރުފުޅުގެ މެދާއި ހިސާބުން އެއްލޯފުޅު ހަލާކު ވެއްޖެއެވެ. އާދެ ކަރާސީނު ބައްތީގެ އަލީގައި ލިޔުމުގެ މަސައްކަތް އެކަށީގެންވާ ވަރަށްވުރެ ގިނައިން ކުރެއްވުމުގެ ސަބަބުންނެވެ. ނަމަވެސް އޭނާގެ ހޮބީއެއްގެ ގޮތުން ކުރެއްވި މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދެވިއެވެ. އަދި ދިވެހި ގައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެވިއެވެ.
މުޙައްމަދު ދީދީ ލިޔުއްވާފައިވާ ގިނަފޮތްތައް ލިޔުއްވާފައިވަނީ އޭނާގެ އަމިއްލަ އަތްޕުޅުންނެވެ. 1974 ހާތާގައި އޭނާއާއި ކުރެވިފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެހާތަނަށް 15600 ޞަފްޙާ ލިޔުއްވާފައިވާނެ ކަމަށާއި، އޭގެތެރެއިން 15000 ޞަފްޙާ ލިޔުއްވާފައިވަނީ އޭނާގެ އަމިއްލަ އަތްޕުޅުން ކަމަށެވެ. މުޙައްމަދު ދީދީ އަށް ދިވެހި ސަރުކާރުން ވަނީ ތަރުޖަމާ ކުރެއްވުމުގެ ރޮނގުން ޝަރަފްވެރިކަމުގެ އިނާމް 1981 ވަނަ އަހަރު ދެއްވާފައެވެ. އޭނާ އަކީ އެކުވެރިކަމުގެ ރޮނގުން ވަފާތެރި އަޚެކެވެ. މީހުންނަށް ހެޔޮ ރަގަޅު އަޚްލާޤެއްގެ ވެރިއެކެވެ.
ބާޑީ މުޙައްމަދު ދީދީ ތަރުޖަމާ ކުރައްވާ ލިޔުއްވާފައިވާ ފޮތްތައް ވަރަށް ވެސް ގިނައެވެ.
ބުނެވޭގޮތުގައި ބާޑީ މުޙައްމަދު ދީދީ ތަރުޖަމާކުރެއްވި ގިނަ ފޮތްތައް ލިޔުއްވާފައިވަނީ ޚުދު މުޙައްމަދު ދީދީގެ އަތްޕުޅުންނެވެ. 1974 ވަނަ އަހަރު ބާޑީ މުޙައްމަދު ދީދީ އާއި ކުރެވިފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އެހާތަނަށް 15600 ޞަފްޙާ ލިޔެވިފައި ވާކަމަށާއި، އޭގެތެރެއިން 15000 ޞަފްޙާ ލިޔުއްވީ އަމިއްލަ އަތްޕުޅުން ކަމަށެވެ. މީގެ ތެރެއިން ވަރަށް ގިނަ ފޮތް ޗާޕުކުރެވިފައި ވެއެވެ.
ބާޑީ މުޙައްމަދު ދީދީ އަށްވަނީ ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން ޝަރަފްވެރިކަމުގެ އިނާމް 1981 ވަނަ އަހަރު ސަރުކާރުން ދެއްވާފައެވެ. އެއިނާމަކީ އެހާތަނަށް އެއްވެސް ދިވެއްސަކު ޙާޞިލްކޮށްފައިވާ އިނާމެއް ނޫނެވެ.
ބާޑީ މުޙައްމަދު ދީދީ އަވަހާރަވީ 7 އަހަރު ދުވަސްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު 11 ފެބުރުއަރީ 1985 ވީ ހޯމަ ވިލޭރޭ 1.10 ގައެވެ. ފަސްދާނު ލެވިފައިވަނީ ހޯމަ ދުވަހު ހެދުނު 7 ޖެހިއިރު މާފަންނު ގަބުރުސްތާނުގައެވެ.
އެދުރު އުމަރު މާފަތް ކަލޭގެފާނު ! ބަނޑޭރި ހަސަން މަނިކުފާނު ! މުޙައްމަދު ޖަމާލުއްދީން ! އަޙުމަދު ހަކުރާ މަނިކުފާނު ! ހުތް އަލީ ދީދީ ! ހުސެއިން ޞަލާހުއްދީން ! މުޙައްމަދު އިސްމާއިލް ދީދީ ! އަހުމަދު ކާމިލް ދީދީ ! މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ! އަބްދުއްﷲ ޖަލާލުއްދީން ! ބޮޑުފެންވަޅުގޭ ސީދީ ! އިބްރާހީމް ރުޝްދީ އަލްއަޒްހަރީ ! އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު ! އިބްރާހިމް ޝިހާބް ! މުޙައްމަދު ޖަމީލުދީދީ ! އާމިނަތު ޙުސައިން ! މަލިމް މުޙައްމަދުދީދީ ! އިބްރާހީމް ޙިލްމީ ! ޢަލީ އަޙުމަދު ! އައްޝައިޚް ޢުމަރު ޢީސާ ! ޢަލީ ޙުސައިން ނައިފަރީ ! މޫސާ މުޙައްމަދުދީދީ ! ކަރައްޔެ ކަޅުތުއްތުދީދީ ! ބާބާގޭ ދޮންމަނިކު ! އަލް މަރްޙޫމް ޢަބްދުއްﷲ އިސްމާޢީލް ! ޔޫސުފް މުޙައްމަދުފުޅު ! ބާޑީގޭ މުޙައްމަދު އަޙުމަދުދީދީ ! ބޮޑުގަލު އިބްރާހީމް މަނިކު ! މޫސާ ފަތުޙީ ! ސައިކުރާ އިބްރާހީމް ނަޢީމް ! އާމިނަތު ފާއިޒާ ! ޢަބުދުﷲ ޞާދިޤް ! |
|
This article uses material from the Wikipedia ދިވެހިބަސް article ބާޑީގޭ މުޙައްމަދު އަޙުމަދުދީދީ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.