މަރަދު އަކީ އައްޑުއަތޮޅު ގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެއްރަށެވެ.
މަރަދޫއަކީ އިހުގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް އަތޮޅުކަމުގައިވާ އައްޑުއަތޮޅުގެ ވެރިކަންކުރިރަށެވެ. މިހާރު ރާއްޖެއަށް މަރަދޫ ނަންވެފައި ވަނީ މަސްވެރި ރަށެއްގެ ގޮތުގައެވެ. އާބާދީގެ ގޮތުން އަދި ތަޢުލީމާއި ތަހުޛީބުގެ ގޮތުންވެސް މިރަށަކީ ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގެ މަގުތައް އާދައިގެވަރަކަށް ފުޅާކޮށް ހުރިއިރު ގެތައް އަޅާފައި ހުންނަނީ ކައިރިކައިރީގައެވެ.2007 މެއިމަހު އުދައަރައި ބައެއް ގެއްލުންތައް ވެފައިވެއެވެ.
Maradhoo މަރަދޫ | |
---|---|
Inhabited island | |
Location in Maldives | |
Coordinates: 00°40′S 073°07′E / 0.667°S 73.117°E 073°07′E / 0.667°S 73.117°E | |
ޤައުމު | ދިވެހިރާއްޖެ |
Geographic atoll | Addu Atoll |
Administrative atoll | Addu City |
މާލެއާއި ހުރި ދުރުމިން | 539 km (335 mi) |
Area | |
• Total | 0.926 km2 (0.358 sq mi) |
Dimensions | |
• ދިގުމިން | 1.575 km (0.979 mi) |
• ފުޅާމިން | 0.50 km (0.31 mi) |
Population (2014) | |
• Total | 4,940 |
• Density | 5,300/km2 (14,000/sq mi) |
Time zone | MST (UTC+05:00) |
މަރަދޫއަކީއަތޮޅުގެ ހުޅަނގުފަރާތު ފަރުގައި މެދަށް އޮންނަ ހަނިދިގު ރަށެކެވެ. ދިވެހިރާއްޖޭގެ ނިސްބަތުން ބަލާއިރު ބޮޑުރަށެކެވެ. ރަށުގެ އުތުރުފަރާތުން (މިހާރު ރަށާ ގުޅިފައިވާ) ވެންބޮޅުފުށްޓަކީ ކުރީ ޒަމާނެއްގައި ވަކިން އޮތް ރަށެކެވެ. ރަށުގެ (ފޭދޫއާ ވީފަރާތުން) ދެކުނު ފަޅި އަކީ ވަކި އިދާރީ ރަށެއްކަމަށް ބަލަމުންއައި މަރަދޫފޭދޫ އެވެ. އިހު މަރަދޫގައި އޮންނަނީ ދެއަވަށެވެ. އެއީ އެއްގަންބުރި (މާރަންދޫ) އަދި ވަލިބުރި (ރަންދޫ) އެވެ. މިހާރު މަރަދޫ އަކީ އިދާރީ ގޮތުން އައްޑޫސިޓީގެ އެއް އަވަށެވެ.
މަރަދޫގައި ކުރީން އައްޑުއަތޮޅުގެ ވެރިކަން ކޮށްފައިވެއެވެ. މަރަދޫގައި ވެރިކަން ކުރަމުން އައިސް ހިތަދޫއަށް ބަދަލުވީ 1959 ވަނަ އަހަރު ސުވާދީބު ޖުމްހޫރިއްޔާ ނުވަތަ ދެކުނު ބަޣާވާތުގެ ތެރޭގައެވެ. ރަސްމީގޮތުން 1964 ވަނަ އަހަރުގައެވެ.މަރަދޫ ފޭދޫ އުފެދުނީ މަރަދޫގެ ބިމުން ބައެއްގައި، ކުރިން ފޭދޫގައި ދިރިއުޅުނު މީހުން ވަޒަންވެރި ކުރުވުމުންނެވެ. މިކަން ހިނގީ ގަމުގައި އިނގިރޭސިންގެ އެއަރ ބޭސް އެއް ހަދައިގެން އުޅުނު ދުވަސްވަރުގައެވެ. ތާރީޚީ ތަންތަން މަރަދޫ ސްލިޕްވޭ ބޮނޑަގެ/ބޮޑަގެ ދަނޑިވަރު މިސްކިތް ހިރިގާ މިސްކިތް ޤާދިރީކަލޭގެފާނު ޒިޔާރަތް ހިރިގާވަޅު
މަޖިލީހަށް އަރުވާފައިތިބި މީހުން މުދިންގޭ އިބްރާހީމް ކަލޭގެފާނު އުވަގޭ ކަތީބު (ޙަސަން) ކަލޭގެފާނު ގޮއިގޭ އިބްރާހީމް ކަލޭގެފާނު ވަކަރަގޭ މުޙައްމަދު ކަލޭގެފާނު
ތަޢުލީމީ އެތައް ދަރިންނެއް މިރަށުގެ ފަސްގަނޑުގައި އިހުގައިވެސް އުފެދިފައިވެއެވެ. ރަސްމީގޮތެއްގައި މަދުރަސާ ހިންގަންފެށީ 1930 ގެ އަހަރުތަކުގައި މަރަދޫ ފިނިފެންމާގޭ އަލްޚަތީބު މޫސާ މުޙައްމަދު (މޫސާކަތީބާ) ގެ ދުވަސްވަރުގައެވެ. އަތޮޅުވެރިކަންވެސް ރަށުގައި ކުރަމުން ދިޔުމާއި އިލްމުވެރިން ރަށުގައި ވަޒަންވެރިކުރުވުމަށް ވެރކަމުގެ ފަރާތުން އެޅުއްވިބާރުގެ ސަބަބުން މަދުރަސާ ހިނގަމުން ދިޔައީ ވަރަށްވެސް ފުރިހަމަކަމާއެކުގައެވެ. އަތޮޅުގެ އެހެން ރަށްރަށާ ވާދަކޮށް ކުރިއަރައިގެން ދިޔުމުގެ އެންމެ ބޮޑުބާރަކަށްވީ ރާއްޖޭގެ އެންމެފުންނާބުއުސް އެއްޢިލްމުވެރިއެއް ކަމަށްވާ ފުވައްމުލަކު އަލްމަރްޙޫމް ކަރައްޔަ ކަޅުތުއްތުދީދީ އެވެ. އަދި ޞާޙިބުއްސަޢާދާ އާދަމް ނަސީރު މަނިކާއި ކުއްޅަވައް އަލިދީދީ މެންފަދަ ބޭބޭފުޅުންގެ އަރިހުންވެސް ގިނަބަޔަކު ދަރިވަރުވިއެވެ.ރަށުގެ ފައިއިނދޭފުރައިން ފެށިގެން ދަރިންލިބިފައިތިބި ވިހި ފަންސަވީސް އަހަރުގެބޭފުޅުންވެސް މަދުރަސާއަށް ވަޑައިގަތްކަމުން ދޭހަވަނީ މިރަށުގެ ރައްޔިތުން ތަޢުލީމަށް ދިން އަހައްމިއްޔަތެވެ. ފުރަތަމަ މަދުރަސާ ހިންގަމުން އައީ މަރަދޫ ބޮޑުހަރުގޭގައެވެ. އެއަށް ފަހު ބޮޑަގެ އާއި މާކަރީ ސެންޓަރުގައި އެކިދުވަސްވަރު މަތިން އެކިނަންނަމުގައި ހިނގަމުން އައިސް މެދުކެނޑުނީ 1972 ވަނަ އަހަރެވެ. އެއަށްފަހު އަނެއްކާވެސް 1976ވަނައަހަރު ހިންގަންފެށިގޮތަށް މަރަދޫ ސްކޫލްގެ ނަމުގައި މިހާރުވެސް މަދުރަސާ ހިނގަމުން އެބަދެއެވެ. މިހާރު ރަށުގައި އޭލެވެލް ފެންވަރަށް ކިޔެވޭއިރު، 3 ސްކޫލު ހުރެއެވެ.
މިރަށުގެ މަލަމަތިން އެންމެފާހަގަކޮށްލެވޭ ގޮތެއްގައި ފެންނަނީ ދިވެހި ރުކެވެ. މީގެ އިތުރުން ރާއްޖޭގައި ހެދޭ ހުރިހާ ބާވަތެއްގެ ގަސްގަހާގެހި މަރަދޫގައި ހެދެއެވެ. ފަތްކޭލާއި ބަނބުކެޔޮ ފަޅޯ އަނބު ފަދަގަސްތައް ގިނައިންހުރެއެވެ. މަރަދޫ އަކީ ފެންލޮނު ރަށެކެވެ.
This article uses material from the Wikipedia ދިވެހިބަސް article މަރަދޫ (އައްޑުއަތޮޅު), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.