ތ.
އަތޮޅު | |
---|---|
ޚުލާޞާ މަޢުލޫމާތު | |
އިދާރީ ނަން: | ތ. އަތޮޅު |
އަތޮޅުގެ ނަން: | ކޮޅުމަޑުލު |
އޮތްތަން: | 2° 34' N and 2° 10' N |
އިނގިރޭސި ކޯޑު: | N |
އަކުރު: | Th (ތ) |
ވެރިރަށް: | ވޭމަނޑޫ |
އާބާދީ: | 13846 |
ރަށްތަކުގެ ޢަދަދު: | 66 |
މިޙުން އުޅޭ ރަށްތައް: | 13 |
އަތޮޅުވެރިޔާ: | އަޙްމަދު ޝަރީފު އާދަމް |
މީހުން އުޅޭ ރަށްތައް | |
ބުރުނީ ދިޔަމިގިލި ގާދިއްފުށި ގުރައިދޫ ހިރިލަންދޫ ކަނޑޫދޫ ކިނބިދޫ މަޑިފުށި އޮމަދޫ ތިމަރަފުށި ވަންދޫ ވޭމަންޑޫ ވިލުފުށި | |
ފަޅު ރަށްތައް | |
|
ކޮޅުމަޑުލަކީ ދިވެހިރާއްޖޭގެ އަތޮޅެކެވެ. މި އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ވޭމަންޑޫއެވެ. ހިންދުކަނޑުގެ ޖަޒީރާ ޤައުމު ދިވެހިރާއްޖޭގެ ވެރިރަށް މާލެއިން ދެކުނަށް100 ވަރަކަށް މޭލުގެ ރާސްތާއަކަށް ގޮނޑުކޮށްލެވޭ ” ކޮޅުމަޑުލު“ މިއަތޮޅަށް ލިބިފައިވާ ޚާއްޞަ ސިފައަކީ ރާއްޖޭގެ އަތޮޅުތައް ދެދުންޏަށް ބެހިފައިވާއިރު ދެދުނީގެކޮޅު ބެދޭގޮތައް މިއަތޮޅު އޮތުމެވެ. މިއަތޮޅަކީ ރާއްޖޭގައި މިވަގުއޮތް އެންމެބޮޑެތި އަތޮޅުތަކުގެތެރެއިން އެއްއަތޮޅެވެ. ދިގުމިނުގައި 29 މޭލު ފުޅާމިނުގައި 23 މޭލުހުރި މިއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށާއި 51 ފަޅުރަށްއޮވެއެވެ.
އަތޮޅު ޖިއޮގުރަފީގޮތުން ( 73.08.13.94 E / 2.21.43.86 N ) އޮތްއޮތުން އަތޮޅުގެ ނަމާއިވަނީ ގުޅިލާމެހިފައެވެ.
މުސްކުޅިބަހުގައި އަތޮޅަށް ”މަޑުލު“ ކިޔާ ކަމަށް ތާރީޚް ޢިލްމުވެރީން ވިދާޅުވެއެވެ. ތާރީޚުގެ ޢިލްމުވެރިންގެ ބަހަކީ މި އަތޮޅަކީ ރާއްޖޭގެ ދޮށި އަތޮޅުތަކުގެ ތެރެއިން އަތޮޅެއް ކަމަށެވެ. އެއީ ރާއްޖޭގެ އަސްލު ވަޒަންވެރިން މީލާދީން 9 ވަނަ ޤަރުނުގައި އުޅުނުކަމުގެ ހެކި ލިބިފައި ވާތީއެވެ. މި ގޮތުން ކަނިމީދޫއާއި އެލާއާއި ކިނބިދޫ، ވޭމަންޑޫ، ހިރިލަންދޫ، ވަންދޫއާއި ކަނޑޫދޫގެ ނަން އެ މީހުން ހިމަނައެވެ. ކަނިމީދޫއާއި އެލަޔަކީ މިހާރު ފަޅުދެރަށެވެ.
އަތޮޅަކީ ރަސްމަތިފުށު އަތޮޅެކޭ ބުނެވިދާނެއެވެ. މަޝްހޫރު ދިޔަމިގިލީ ރަދުން ނިސްބަތް ވަނީ މި އަތޮޅު ދިޔަމިގިއްޔަށެވެ. އެ ދަރިކޮޅުން ވަނީ ރާއްޖޭގައި ހަތަރު ރަސްކަލުން ރަސްކަން ކޮށްފައެވެ. އަދި ހަމައެހެންމެ ބޮޑުރަސްގެފާނާއި، އެރަދުންގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނަކީ މި އަތޮޅު މަޑިފުއްޓަށް ނިސްބަތްވާ ދެ ރަދުންނެވެ.
ބޮޑުތަކުރުފާނާއެކުގައި ޕޯޗްގީޒުންގެ އަތުން ރާއްޖެ މިނިވަން ކުރެއްވުމަށް މަތިވެރި ޖިހާދުގައި މަތިވެރި ގުރުބާނީތަކެއް އުފުއްލެވި ދެ ހާޖީންނަކީ ތިމަރަފުއްޓަށް ނިސްބަތްވާ ދެ ބޭކަލުންނެވެ.
މިނޫނަސް ދޮންހިޔަލަ އަލިފުޅުގެ، ވަންދޫ ނެވިމުހައްމަދު ފަދަ ތާރީޚީ ބޭބޭފުޅުން މިއަތޮޅުގެ މާޒީ އާއި އެކުވެ ގޮސްފައި ވެއެވެ.
2006 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ކޮޅުމަޑުލުގައި އިޤުތިޞާދީގޮތުން ހަރަކާތްތެރިވާ އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް މުޅިރާއްޖޭގެ އެވްރެޖަށްވުރެ މަތިކަމުގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓުން ހާމަކުރެއްވިއެވެ. އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގެ 2006 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރު، 28 މާރޗް 2006ގައި ކޮޅުމަޑުލުގައި ދިރިއުޅޭ މީހުންގެ ޖުމުލަ އާބާދީއަކީ، 8493 އެވެ.
އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ 2006 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރު، 28 މާރޗް 2006 ގައި ކޮޅުމަޑުލުގައި ދިރިއުޅޭ މީހުންގެ ޖުމުލަ އާބާދީއަކީ، 8493 އެވެ. އެއީ 4216 ފިރިހެނުންނާއި، 4277 އަންހެނުންނެވެ. މުޅި ރާއްޖޭގެ އާބާދީގައި ތ އަތޮޅު ހިއްސާކުރަނީ 2.84 އިންސައްތައެވެ.
ކޮޅުމަޑުލުގެ އާބާދީގެ 15 އިންސައްތަ މީހުން ދިރިއުޅެނީ ތިމަރަފުށީގައެވެ. 13 އިންސައްތަ މީހުން ދިރިއުޅެނީ ގުރައިދޫއާއި ބުރުނީގަ. ބުރުނީގެ އާބާދީ އިތުރުވެފައިވަނީ ސުނާމީއާއި ގުޅިގެން ވިލުފުށީގެ ބޮޑުއާބާދީއެއް އެރަށުގައި ދިރިއުޅޭތީއެވެ.. ތ އަތޮޅުން އެންމެބޮޑަށް އާބާދީ މަދުވަމުންދާ ރަށަކީ ގާދިއްފުއްޓެވެ. އަދި ތ އަތޮޅުގެ ޖުމުލަ އާބާދީ އިތުރުވާރޭޓް އަންނަނީ މަދުވަމުންނެވެ. 2006 ގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން މުޅިރާއްޖޭގެ އާބާދީގައި ނިސްބަތުން ގިނައީ ފިރިހެނުން ނަމަވެސް ތ އަތޮޅުގައި އާބާދީގެ ނިސްބަތުން ގިނައީ އަންހެނުންނެވެ. އެއީ ކޮންމެ ސަތޭކަ އަންހެނަކަށް ނުވަދިހަނުވަ ފިރިހެނުންނެވެ. މިގޮތުން ޖިންސްގެ ތަފާތު ބޮޑުކަމަށް ފާހަގަ ކުރެވިފައިވަނީ ހިރިލަންދޫގައެވެ. އެއީ ކޮންމެ ސަތޭކަ އަންހެނަކަށް (113) ސަތޭކަ ތޭރަ ފިރިހެނުންނެވެ. ޖިންސުގެ ނިސްބަތް އެންމެ ކުޑައީ ކަނޑޫދޫގައެވެ. އެއީ ކޮންމެ ސަތޭކަ އަންހެނަކަށް އަށްޑިހަ ފަސް ފިރިހެނުންނެވެ.
ތ އަތޮޅުގައި އިޤުތިޞާދީ ގޮތުން ހަރަކާތްތެރިވާ އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް މުޅިރާއްޖޭގެ އެވްރެޖަށް ވުރެ މަތި. ތ އަތޮޅުގައި އިޤްތިޞާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުންގެ ނިސްބަތަކީ 76 އިންސައްތަ އެވެ. އަންހެނުންގެ ނިސްބަތަކީ، 63 އިންސައްތައެވެ. މިއީ މުޅިރާއްޖެއަށް ބަލާއިރު މަތީ ޢަދަދެކެވެް. ތ އަތޮޅުގެ ރަށްރަށަށް ބަލާއިރު އިޤުތިޞާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުންނާއި އަންހެނުން ނިސްބަތުން އެންމެ ގިނައީ ގާދިއްފުށީގައެވެ. އެއީ 78 އިންސައްތަ އަންހެނުންނާއި، 98 އިންސައްތަ ފިރިހެނުންނެވެ. ގާދިއްފުށީގައި އިޤުތިޞާދީގޮތުން ހަރަކާތްތެރިވާ ނިސްބަތް އެންމެ މަތިކަމަށް ދައްކަނީ،އެރަށުގައި ދިރިއުޅެނީ ވަރަށް ކުޑައާބާދީއެއް ކަމަށްވެފައި، ރަށުގައިތިބޭ މަސައްކަތްކުރާ އުމުރުގެ މީހުންގެ ތެރެއިން ގިނަބަޔަކު ވަޒީފާ އަދާ ކުރާތީއެވެ. 2006 ވަނަ އަހަރުގެ ބޯހިމެނުމުގައި ތ އަތޮޅުގައި މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައިނުވާ މީހުންގެ ނިސްބަތަކީ 22 އިންސައްތައެވެ. އަދި މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައި ނުވާމީހުން އެންމެ ގިނައީ، އެއަތޮޅު ކިނބިދޫއާއި ދިޔަމިގިލީގަައެވެ. އަދި އަތޮޅުގެ ނިސްބަތުން މަސައްކަތެއް ހޯދަންއުޅެ މަސައްކަތެއް ލިބިފައިނުވާ އަންހެނުން އެންމެ ގިނައީވެސް މިދެރަށުގައެވެ. މިގޮތުން މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައިނުވާ އަންހެނުންގެ ނިސްބަތް ފިރިހެނުންގެ ނިސްބަތަށްވުރެ އިތުރެވެ. އެއީ 10 އިންސައްތަ ފިރިހެނުންނާއި، 36 އިންސައްތަ އަންހެނުންނެވެ
ދިވެހިރާއްޖޭ ގެ އަތޮޅުތައް |
---|
ހއ. އަތޮޅު ހދ. އަތޮޅު ށ. އަތޮޅު ނ. އަތޮޅު ރ. އަތޮޅު ބ. އަތޮޅު ޅ. އަތޮޅު ކ. އަތޮޅު އއ. އަތޮޅު އދ. އަތޮޅު ވ. އަތޮޅު މ. އަތޮޅު ފ. އަތޮޅު ދ. އަތޮޅު ތ. އަތޮޅު ލ. އަތޮޅު ގއ. އަތޮޅު ގދ. އަތޮޅު ޏ. އަތޮޅު ސ. އަތޮޅު |
This article uses material from the Wikipedia ދިވެހިބަސް article ކޮޅުމަޑުލު, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.