ވޮރަންޓް އޮފިސަރ 4 ޝާހިދު މުޙައްމަދު

ވޮރަންޓް އޮފިސަރ 4 ޝާހިދު މުޙައްމަދު، ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުން ވެލްޑިންގ އެންޑް ޝީޓްމެޓަލް ކޯސް ފުރިހަމަކުރެއްވުމަށްފަހު، ޤައުމީ ޚިދުމަތަށް ނުކުމެވަޑައިގެން މަސައްކަތް ފެށްޓެވީ، 1982 މާރިޗު މަހުގެ 23 ވަނަ ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގައެވެ.

ވަނަވަރު

އެތަނުގައި ކުރައްވަމުން ގެންދެވި ޚިދުމަތުން ސިފައިންގެ ޚިދުމަތަށް ބަދަލުވީ، 1983 މާރިޗު މަހުގެ 2 ވަނަ ދުވަހުއެވެ. ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ މިހާރު 38 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ސިފައިންގެ ޚިދުމަތް

ޝާހިދު މުޙައްމަދު، ސިފައިންގެ ޚިދުމަތް އިޚްތިޔާރު ކުރެއްވީ، ސިފައިންނަކީ ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި، އެންމެ އިސް ސަފުގައި ނުކުމެ މަސައްކަތްކުރާ ހިތްވަރުގަދަ ބަޔަކަށްވާތީ، މި ޚިދުމަތާ ގުޅިއްޖެނަމަ، ޤައުމަށް ޚިދުމަތް ކުރުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެތީއެވެ. އެހެންކަމުން، ޚިދުމަތާ ގުޅިވަޑައިގަތުމަށްފަހު، ހަވާލުކުރެވުނު ކޮންމެ މަސައްކަތެއް އަދި އައި ކޮންމެ ކޮމާންޑަކަށް، ފަސްޖެހުމެއްނެތި ޝާހިދުވަނީ ކުރިމަތިލައްވައިފައެވެ. އިޚްލާޞްތެރިކަމާއި، ވަފާތެރިކަމާއި ތެދުވެރިކަންމަތީ ދެމިހުންނަވައިގެން، އެކަމެއް ހާސިލު ކުރުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް، އެންމެ ފުރިހަމައަށް ކުރެއްވުމަކީ ޝާހިދުގެ އެންމެ ބޮޑު އެއް އަމާޒެވެ.

ޝަރަފުގެ ނިޝާން

ޝާހިދު މުޙައްމަދުގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޑިފެންސް މިނިސްޓަރުގެ ކޮމަންޑޭޝަން ލެޓަރއާއި، ޗީފް އޮފް ޑިފެންސް ފޯސްގެ ކޮމަންޑޭޝަން ލެޓަރގެ އިތުރުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ކޮމަންޑޭޝަން ލެޓަރ ދެއްވައިފައި ވެއެވެ. މީގެއިތުރުން، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓް މެޑެއްޔާއި، މިނިވަން 50ގެ މެޑެލް ލިބިވަޑައިގެންފައި ވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލަ ހާސިލު ކުރައްވައިފައި ވެއެވެ. އަދި ޚާއްޞަ ޚިދުމަތުގެ ކުލަ، ދެފަހަރަށް ހޯއްދަވައިފައި ވެއެވެ.

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ޕާކިސްތާނުގެ ދިދަޖޭމްސް ބުޗަނަންހޮލެންޑުރަސްދޫ (އއ. އަތޮޅު)އިސްލާމް ދީންއާކިޓެކްޗަރުކަލާމްނޫމުގުފުރަތަމަ ބޮޑު ހަނގުރާމަކިއުބާހޮންޑިއުރަސްމަޑަގަސްކަރަHubert Humphreyވެސްޓު ބެންގާލްBelgiumއެއޯޓާ2000އޮއިރޮނގު ބިބީވާދީ ލައްކާ ހަނގުރާމަލެކްސް ލޫތަރހަތިފުށި (ހއ. އަތޮޅު)ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތައްޖެނުއަރީ 31ކާލީކޯޓުއެޕްރީލް 20ސަން މަރީނޯލޭމައްޗަށްދިއުންދަގަނޑުބެނީންHenry Wilsonޖޭމްސް ގަރފީލްޑްޖޯޖް ހާރބަޓް ވޯކަރ ބުޝްބަލްގޭރިއާޙަދީޘްމޭބިސްކަދުރުޖުޣުރާފީގަލާޕެގޮސް އައިލެންޑްސްގުއާންސޭސެނެގާލްލީބިޔާމުންބާއީފިތް ދުޅަވުންލަހިސްތާނީމަކުނުދޫ (ހދ. އަތޮޅު)ޙިޖާޒުއޭންޖެލް ފޯލްފަރުޖުދަ ބްލެކް އަލްބަމް (މެޓަލިކާ)ބަރުމާއިންފުލުއެންޒާLaamu AtollސިއްކީމްއަލިފުބާWoodrow Wilsonފެލިދޫ (ވ. އަތޮޅު)ބޮއްމަސް އާއިލާ (މަސް)ބޮޓުސްވާނާނިޞްފު-ރިޔާސީ ނިޒާމުކުނބުރުދޫ (ހދ. އަތޮޅު)މޮސްކޯހޭނެއްތުންކޯ🡆 More