ކެންބޯޑިއާ

ކިންގްޑަމް އޮފް ކެންބޯޑިޔާއަކީ އިރުދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.

Kingdom of Cambodia
ព្រះរាជាណាចក្រកម្ពុជា
Preăh Réachéa Anachâk Kâmpŭchea
ކެންބޯޑިއާ ކެންބޯޑިއާ
Flag Coat of arms
Motto: ކެންބޯޑިއާ
"Nation, Religion, King"
Anthem: Nokoreach
Royal Kingdom
Location of ކެންބޯޑިއާ (green) in ASEAN (dark grey)  –  [Legend]
Location of ކެންބޯޑިއާ (green)

in ASEAN (dark grey)  –  [Legend]

Location of ކެންބޯޑިއާ (green)

in ASEAN (dark grey)  –  [Legend]

Capital
and largest city
Phnom Penh
11°33′N 104°55′E / 11.550°N 104.917°E / 11.550; 104.917
Official languages Khmer
Official scripts Khmer script
Demonym Khmer or Cambodian
Government Constitutional monarchy,
Parliamentary representative democracy
 -  King Norodom Sihamoni
 -  Prime Minister Hun Sen
Legislature Parliament
 -  Upper house Senate
 -  Lower house National Assembly
Formation
 -  Khmer empire 802 
 -  French colonization 1863 
 -  Independence from France November 9, 1953 
 -  Monarchy abolished March 18, 1970 
 -  Monarchy restored September 24, 1993 
Area
 -  Total 181,035 km2 (88th)
69,898 sq mi
 -  Water (%) 2.5
Population
 -  2009 estimate 14,805,000 (67th)
 -  2008 census 13,388,910
 -  Density 81.8/km2 (125th)
211.8/sq mi
GDP (PPP) 2008 estimate
 -  Total $28.461 billion
 -  Per capita $2,082
GDP (nominal) 2008 estimate
 -  Total $11.250 billion
 -  Per capita $823
HDI (2007)ކެންބޯޑިއާ 0.593
Error: Invalid HDI value · 137th
ކަރަންސީ Riel (៛)1 (KHR)
Time zone (UTC+7)
 -  Summer (DST)  (UTC+7)
ޑްރައިވްސް right
Calling code 855
އިންޓަރނެޓް ޓީއެލްޑީ .kh
1. Local currency, although US dollars are widely used.

އަވަސް ކަޅިއަކުން ބަލައިލުމެއް

ކެންބޯޑިޔާގެ ރަސްމީ ބަހަކީ ޚިމެރު ބަހެވެ. އިނގިރޭސި ބަހުން ކެންބޯޑިޔާގެ މީހުންނަށް ކިޔަނީ ޚިމެރްސް ނުވަތަ ކެންބޯޑިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ނޮންޕެންއެވެ. ކެންބޯޑިޔާގެ ވެރި ރަށަކީ ނޮންޕެން އެވެ. ކެންބޯޑިޔާއަކީ ދުސްތޫރީ ރަސްކަމެކެވެ. އަދި ޕާލަމެންޓަރީ ރެޕްރެޒެންޓޭޓިވް ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 14 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 66 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.18 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ kh. އެވެ. ކޯލިން ކޯޑަކީ +855 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ރިއެލްއެވެ.

ނަން

ކެންބޯޑިޔާ، މި ނަމަކީ މި ޤައުމަށް ޢާއްމުކޮށް އިނގިރޭސި ބަހުން ކިޔާ ނަމެވެ. މި ނަން ނެގިފައިވަނީ ފަރަންސޭސި ބަހުން ކިޔާ ކެންބޯޖް މިނަމުންނެވެ. ކުރީގައި އިނގިރޭސީން ކެންބޯޑިޔާއަށް ކެންޕޫޗިޔާއޭ ވެސް ކިޔާފައިވާކަން ފާހަގަ ކުރެވެއެވެ. އެއީ ކެންބޯޑިޔާގެ ރަސްމީ ބަސް ކަމުގައިވާ ޚިމެރު ބަހުން އެ ޤައުމަށް ކިޔާ ނަން ކަމުގައިވާ ކަންޕޫޗިޔާ މި ބަހުން ނެގިފައިވާ ބަހެކެވެ. މި ނަން އައިސްފައިވަނީ ޚިމެރީންގެ ބޯދާ ރަސްކަމެއް ކަމުގައިވާ ކަންބޫޖާ (ކަންބޫޖާދޭޝަ) މި ނަމުން ނެގިފައިވާ ބަހެކެވެ. ކަންބޫޖާ ނުވަތަ ކަންބޯޖާ މި ނަމަކީ ކަންބޯޖާއިންނަށް ބޯދާ ސެންސިކިރުތު ބަހުން ކިޔާފައިވާ ނަމެކެވެ. މިއީ އުތުރު އިންޑިޔާއަށް ނިސްބަތްވާ ޤަބީލާއެކެވެ. މި ޤަބީލާއަށް މި ނަން ކިޔާފައިވަނީ އެ މީހުންްގެ ބާނީ ކަމުގައިވާ ކަންބޫ ސްވަޔަމްބޫވާގެ ނަމަށް ނިސްބަތްކޮށެވެ.

ޖުޣުރާފީ

ކެންބޯޑިޔާގެ ހުޅަނގާއި ހުޅަނގުއުތުރުގައި އޮތީ ތައިލޭންޑެވެ. އިރުއުތުރުގައި އޮތީ ލާއޯސްއެވެ. އިރުމައްޗާއި އިރުދެކުނުގައި އޮތީ ވިއެޓްނާމެވެ. ދެކުނުގައި އޮތީ ޚަލީޖު ތައިލޭންޑެވެ.

ތާރީޚު

ކެންބޯޑިޔާގައި މީހުން ދިރިއުޅެން ފެށި ތާރީޚެއް ހޯދުމަށް މިހާތަނަށް ލިބިފައިވާ ހެކިތަކަކީ ޤަބޫލުކުރެވެން ނެތް ހެކިތަކެެއް ކަމުގައި ޢިލްމުވެރިން އަދި ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ފެންނަން ހުރި ހެކިތަކަށް ބަލާއިރު ޢީސާގެފާނުގެ މީލާދުގެ ކުރިން 6000 އަހަރު ކުރީއްސުރެ ފަށައިގެން ވެސް ކެންބޯޑިޔާގައި މީހުން ދިރިއުޅެމުންދާ ކަމަށް ޢިލްމީ ގޮތުން ސާބިތުވެއެވެ. ކެންބޯޑިޔާގެ ރަތަނަކިރީގައި ކޮންނަނިކޮށް އާސާރީތަކެތި ދަނީ ފެންނަމުންނެވެ. ކެންބޯޑިޔާގެ މަސައްކަތްތެރީން ހަދާފައިވާ ބައެއް ތަންތަން މިހާރު ފެނިފައިވާ އިރު މީގެ ތެރެއިން ގިނަ ތަންތަނަކީ ޢީސާގެފާނުގެ މީލާދުގެ 2000 އަހަރު ކުރީން ހަދާފައިވާ ތަންތަން ކަމަށް ބެލިފައިވެއެވެ. ޢީސާގެފާނުގެ މީލާދުގެ 3000 އަހަރު ކުރީން ހަނޑުލުގެ ދަނޑުވެރިކަން ކުރާ މީހުން އުތުރު ފަޅިން މި ސަރަޙައްދަށް އައި ކަމަށް ބެލެވިފައިވެއެވެ. މީލާދުގެ 500 އަހަރު ކުރީގެ ދަގަނޑުގެ މަސައްކަތްތެރިކަމާ ގުޅޭ ސާމާނު ވެސް މިއަދު ދަނީ ފެންނަމުންނެވެ. މިއަދު ކެންބޯޑިޔާ އާއި އަވަށްޓެރި ޤައުމަކާ ދެމެދު އެންމެ ބޮޑު މައްސަލަތަކެއް އުފެދިފައިވަނީ ޕްރިއާވިހާރައިގެ މައްސަލައިގައެވެ. މި ތަނަކީ ޤަދީމީ ފައްޅިއެކެވެ. މިތަނަކީ ތައިލެންޑުގެ ތަނެއް ކަމަށް އެ ޤައުމުން ދަޢުވާކުރާ އިރު ކެންބޯޑިޔާއިން ދަޢުވާކުރަނީ މިއީ އެމީހުންގެ ތަނެއް ކަމުގައެވެ.

ޑެމޮގްރަފިކްސް

ކެންބޯޑިޔާގެ އާބާދީގެ 90% އަކީ ޚިމެރު ނަސްލަށް ނިސްބަތްވާ އަދި ޚިމެރު ބަހުން ވާހަކަ ދައްކާ މީހުންނެވެ. ކެންބޯޑިޔާގެ އާބާދީގެ 95% މީހުންގެ ދީނަކީ ތޭރަވަދާ ބުދިޒަމްއެވެ. 3% މީހުންނަކީ މުސްލިމުންނެވެ. 2% މީހުންނަކީ ކްރިސްޓިޔަނުންނެވެ.

ސަގާފަތު

ކެންބޯޑިޔާގެ ސަގާފަތަށް އެންމެ ބޮޑު އަސަރެއް ފޯރުވަނީ އެ ޤައުމުގެ އާބާދީގެ 95% މީހުން އެ ދީނަކަށް ތަބަޢަވާ ތޭރަވަދާ ބުދިޒަމް އިންނެވެ. މީގެ އިތުރުން ފަރަންސޭސި އިސްތިޢުމާރުގެ ސަބަބުން ވެސް އެ ޤައުމުގެ ސަގާފަތަށް ނުފޫޒުތަކެއް ފޯރާފައިވާކަން ފާހަގަ ކުރެވެއެވެ.

އިޤްތިޞާދު

ކެންބޯޑިޔާގެ އިޤްތިޞާދަކީ ކުރިއަރަމުން އަންނަ އިޤްތިޞާދެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2082 ޑޮލަރެވެ.

Tags:

ކެންބޯޑިއާ އަވަސް ކަޅިއަކުން ބަލައިލުމެއްކެންބޯޑިއާ ނަންކެންބޯޑިއާ ޖުޣުރާފީކެންބޯޑިއާ ތާރީޚުކެންބޯޑިއާ ޑެމޮގްރަފިކްސްކެންބޯޑިއާ ސަގާފަތުކެންބޯޑިއާ އިޤްތިޞާދުކެންބޯޑިއާ

🔥 Trending searches on Wiki ދިވެހިބަސް:

ޖިމީ ވޭލްސްމައުރިބުޓުރާންސްނިސްޓުރިއާއާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓުސޯވިއެޓް އިއްތިހާދުމަނަދޫ (ނ. އަތޮޅު)ޖެނުއަރީ 18ބައިބަލްޖުލައި 2އޮކްޓޫބަރު 30ދިވެހިރާއްޖެއެޕްރީލް 25އެޕްރީލް 12އޮގަސްޓު 8ޖުލައި 14މުހައްމަދު މުއިއްޒުރިފްޓް ވެލީ ހުންއެޕްރީލް 18އޮގަސްޓު 21އިނގިރޭސިވިލާތްނަމާދުޖެނުއަރީ 13ސެޓެލައިޓްބިންއިސްޕެއިންސުވިޒަލޭންޑުސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)މެއި 29ޑިސެމްބަރު 31އިސްޙާޤުގެފާނުއިސްލާމް ދީނުގައި ކައިވެނިޖެނުއަރީ 31i1nd7މާރޗް 311989އެޕްރީލް 1ޖޫން 4ޢިރާޤުސެޕްޓެމްބަރު 5މާރޗް 8މާރޗް 30ހަވީރު ނޫސްފެބްރުއަރީ 23ޖުލައި 3ޞަޙާބީންHenry Wilsonދަވިއްގަނދުއިންޑޮނޭޝިޔާނޮވެމްބަރު 12ޖޫން 12ސެޕްޓެމްބަރު 11ޒަކާތްއޮކްޓޫބަރު 14އެކުމާފާނުއީރާން2008ތޫނިސްފެބްރުއަރީ 20ޖޫން 9ޑިސެމްބަރު 16ޑިސެމްބަރު 30މާރޗް 19ޤައުމީ ސަލާމްއެޕްރީލް 27އެޕްރީލް 15ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުއެކުވެރި ދައުލަތްތައްލޯޑަޗުޑިމޮކްރަސީSay it in Mahlޖެނުއަރީ 4މެއި 21🡆 More