ކާމަރަނގަ

ކާމަރަނގަ ފުރަތަމަ ހައްދާފައިވަނީ ދެކުނު އޭޝިޔާ އަދި އިރުމަތީ އޭޝިޔާގެ ގައުމު ތަކުގައެވެ.

ޚާއްޞަކޮށް އޮޅުދޫ ކަރަ، ހިންދުސްތާން، އަދި މެލޭޝިޔާ އާއި އިންޑޮނޭޝިޔާ ފަދަ ގައުމު ތަކުގައެވެ. ނަމަވެސް މިހާރު ޕެރޫ، ބްރެޒިލް، ގާނާ، ގުޔާނާ، ފްރެންޗް ޕޮލީނީޝިއާ، އަދި ޓޯންގާ ގައި ވެސް ހައްދައެވެ. ވިޔަފާރީގެ އުސޫލުން އެމެރިކާގެ ފްލޮރިޑާ އަދި ހަވާއީ ގައި ވެސް ހައްދައެވެ. ކާމަރަނގަ އަކީ ބިލިމަގާއި ސިފައިގައި ވައްތަރު ގޮތެއް ހުންނަ ކާނާގެ ބާވަތެކެވެ.

ކާމަރަނގަ
Carambolas still on the tree


ނަން

ކާމަރަނގައިގެ ޢިލްމީ ނަމަކީ 'އެވްރިއާ ކަރަމްބޯލާ' އެވެ. ކާމަރަނގަ މިނަން ދިވެހި ބަހަށް އައިސްފައިވަނީ ސިންހަޅަ ބަހުންނެވެ.


ގަހުގެ ސިފަ

ދިގު ފަތްތަކެއް ހުންނަ ކާމަރަނގަހުގެ މަލަކީ ފިޔާތޮށި ކުލައިގައި އިންނަ މަލެެކެވެ. ޢާއްމުކޮށް މާ އަޅައިފައި އިންނަނީ ކޯނީގެ ކުރީގައި ނުވަތަ ފަތުގެ ބުނޑުގައެވެ. ބޯކޮށް އިފިތައް އެލިފައި އޮންނަ މިގަހުގެ އުސްމިން ބައެއް ފަަހަރު 5 މީޓަރު އުހަށް އަރައެވެ. ގަސްތައް ބެހިފައިވާ ޢާއިލާ ތަކުގެ ތެރެއިން އޮކްސަލިޑަސީ އޭ ކިޔޭ ޢާއިލާގައި ހިމެނޭ މިގަހަކީ ޢާއްމުކޮށް އިރުގެ އަލިކަން މާބޮޑަށް ބޭނުންވާ ގަހެއް ނޫނެވެ.


މޭވާގެ ސިފަ

ކާމަރަނގަ އަކީ ތަރި މޭވާ ނުވަތަ 'ސްޓާރ ފުރުޓް ގެ ގޮތުގައި މަޝްހޫރު ވެފައިވާ މޭވާ އެކެވެ. މިމޭވާ އަށް ކާމަރަނގަ، ކަރަމްބޯލާ، ކޮރޯމޮންޑެލް ގޫސްބެރީ އޭ ވެސް ކިޔައެވެ. ތަރި މޭވާ އޭ ކިޔެނީ މެދުން ހުރަކަށް ބުރިކޮށްލުމުން މޭވާގެ ސިފަ ތަރިއެއްގެ ބައްޓަމަށް ފެންނަށް ހުންނާތީ އެވެ. ކާމަރަނގަ އަކީ ފޮނި ހުތް ތޫނު ރަހައެއް ހުންނަ މޭވާ އެކެވެ. މުށި ކުލައިގެ ކުދި އޮށްތަކެއް ހުންނަ މިމޭވާ އަކީ ވިޓަމިންސީ ލިއްބައިދޭ ރަގަޅު މަޞްދަރެކެވެ. ކާމަރަނގަ ދޮންނުވާއިރު ހުންނަނީ ފެހި ކުލައިގައެވެ. ދޮންވުމުން ރީދޫ ކުލައަށް ބަދަލުވެއެވެ. މިދެމަރުހަލާގައި ވެސް ކާނާގެ ގޮތުގައި ކާމަރަނގަ ކައި އުޅެއެވެ. ތަފާތު 17 ވައްތަރެއްގެ ކާމަރަނގަ ހުންނަކަން މިހާތަނަށް ހޯދިފައި ވެއެވެ.

ބޭނުންކުރުން

ކާމަރަނގަ އިން ޖޫސް ހަދައެވެ. އަދި ރަލުގެ ވައްތަރެއް ކަމުގައިވާ ވައިން ހަދައެވެ. ބަރުމާގައި ޓީ ޕިކްލް ހެދުމަށް ވެސް ކާމަރަނގަ ބޭނުން ކުރެއެވެ.


ޞިއްޙީ ނުރައްކާ

އޮކްސަލިކް އެސިކް ކާމަރަނގައިގައި ހުންނާތީ ގުރުދާގެ މައްސަލަތައް ހުންނަ މީހުން ކާމަރަނގަ ކެއުން އެދެވިގެން ނުވެއެވެ. އަދި ކާމަރަނގަ އިން ހަދާފައި ހުންނަ ޖޫސް ބޭނުންކުރުމަކީ މާ ނުރައްކާތެރި ކަމެކެވެ. އެއީ އޭގައި އެސިޑް ގިނަ ޢަދަދަކަށް އެކުލެވޭތީ އެވެ.

Tags:

ކާމަރަނގަ ނަންކާމަރަނގަ ގަހުގެ ސިފަކާމަރަނގަ މޭވާގެ ސިފަކާމަރަނގަ ބޭނުންކުރުންކާމަރަނގަ ޞިއްޙީ ނުރައްކާކާމަރަނގަ

🔥 Trending searches on Wiki ދިވެހިބަސް:

ޖޯޖިޔާ (ޤައުމު)ޗިލީMohamed Wishamމުޙައްމަދު ޖަމާލުއްދީންސުވިޑަންގުއާންސޭނަރަކަމަސްގަނޑުގެ ކެންސަރުބޭނަޒީރު ބުއްޓޫހަނދުރިތް މަސްސެޕްޓެމްބަރު 122011މޭޔަރުލޮލުމުހަރުމެއި 2ޖުލައި 8ޢުމަރުގެފާނުމާސްކު ބިބީތުވާލޫޙަދީޘްއޯޓިޒަމްކަންޑަރު (ލަކްޝަދީބު)ކިނބިދޫ (ތ. އަތޮޅު)އުސްމިން2006މާރޗް 24ޑެންގީ ހެމޮރޭޖިކް ހުންޓްރައިކޮމޮނައިއެސިސްJude the Apostleމުންޑޫ (ލ. އަތޮޅު)ރޭކާއޮޅުދޫކަރަޕަޕުއާ ނިއު ގިނީމެއި 19ނެދަލޭންޑު އެންޓިލޭމޮސްކޯސާރޖަންޓް މުޙާއްމަދު އިބްރާހީމް (މުދިމް)ޖުލައި 31އާޖެންޓީނާއޭޝިއާޖެނުއަރީ 24ޖެނުއަރީ 7ކެލްސިއަމްހަދީޘްޕާކިސްތާނުގެ ޑެމޮގްރަފީހައިޕޯތަލަމަސްޑޮމިނިކާވޭމުއިއަފްޣާނިސްތާންޖޫން 9މާމެންދޫ (ލ. އަތޮޅު)ޖިމީ ވޭލްސްފިލޮޅު އާއިލާ (މަސް)ޖެނުއަރީ 28ހަރުފަ ފުންނަ2009ގުޔާނާނަސަބުގެ ޢިލްމުލެޓުވިއާ🡆 More