ސައިފު ރަސްގެފާނު ވާހަކަ - 1

ސައިފް ރަސްގެފާނު އަސްކޮޅުގައި

އިހު ޒަމާނުގައި ތަބާބިއާގެ ރަސްރަސްކަލުންގެ ތެރޭ އިއްޒަތާއި ގަދަރު މަތިވެރިވެގެންވާ ރަސްކަލަކު ހުންނެވިއެވެ. އަދި އެރަށުގެ އަހުލުވެރީން، އެމަނިކުފާނު ދެކެ ނުހަނު ބޮޑަށް ބިރުގަނެއެވެ. ސަބަބަކީ، އެޒަމާނުގެ ރަސްރަސްކަލުންތެރޭ އެފަދަ އެހެން ރަސްކަލަކު ނުވާ ކަމެވެ. މިމަނިކުފާނަކީ ހިމްޔަރު ވަންހައިން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި އެމަނިކުފާނުގެ ޝާންޝައުކަތާއި ގަދަފަދަކަންވަނީ އެންމެންގެ މެދުގައި އާއްމު ވެފައެވެ. އެރަސްގެފާނުގެ ނަންފުޅަކީ ޒީޔަޒަންއެވެ. އެމަނިކުފާނުގެ ވަޒަނަކީ ޔަމަންކަރަ އެވެ. އަދި، އެމަނިކުފާނުގެ އަރިހުގައި، އެންމެހައި، ކަންތަކަށް ގާބިލު ވަރަށް އިއްޒަތްތެރި، ބުއްދިވެރި ވަޒީރަކު ހުންނަވައެވެ. އެވަޒީރުގެ ދޫ ފަސޭހަކަމާއި، ބަސްމޮށުންތެރިކަން ލާމަސީލު ވެފައިވެއެވެ. އެވަޒީރުގެ ނަމަކަށް ކިޔަނީ، ޔަސްރިބެވެ.

  އެވަޒީރުގެ ދަރަޖައާއި އިއްޒަތް، ރަސްގެފާނާއި، އެހެނިހެން ވަޒީރުންގެ ކުރިފުޅު މަތީގައި ވަރަށް ބޮޑުވެގެން ވެއެވެ. އަދި، އެންމެހައި ކަންކަމުގައި ރަށުގެ އަހުލުވެރީން، މިވަޒީރުގެ އަމުރުތަކަށް ފުރިހަމަޔަށް ކިޔަމަންވެއެވެ. މިވަޒީރާއި އަޅާ ބެލުމުގައި ދުނިޔޭގެ މަޝްރިގާއި މައުރިބުގައި ވެސް އެފަދަ އެހެން ވަޒީރަކު ނުވާ ކަމުގައި، ބުނެވެއެވެ. މިވަޒީރަކީ އިހުޒަމާނުގެ ފޮތްތައް ރަނގަޅަށް އުނގެނި އެއިން އިލްމު ވެރިވެ ލައްވައިގެން ހުންނެވި މައްޝޫރުކަން ބޮޑު ބޭކަލެކެވެ. އަދި މިކަލޭގެފާނަކީ، އަދުނާނު ވަންހައިން ވަޑައިގެން ހުންނެވި، އިއްޒަތްތެރިއެކެވެ. އެއްވެސް ހަނގުރާމައިގެ މައިދާނެއްގައި މިވަޒީރަށްވުރެ މަތިވެރި ކާމިޔާބު ލިބޭ އެހެން މީހެއް އެދުވަސްވަރުގެ ދުނިޔެއަކު ނުވެއެވެ. މިހެން ކަމުން، ކިތަންމެ، ކިތަންމެ، ރަށެއް މީނާގެ އަތް މައްޗަށް ވަނީ ފަތަހަ ވެފައެވެ.


ސައިފު ރަސްގެފާނު ވާހަކަ - 1


ޒީއަޒަން ރަސްގެފާނު ވަޒީރުންނާއި އެކު ދަރުބާރުގައި


ވަޒީރު ޔަސްރިބަކީ އެކަލޭގެފާނު ކިޔަވާ ވިދާޅުވި ފޮތްތަކުގެ ސަބަބުން ހައްގާއި ބާތިލު ރަނގަޅަށް އޮޅުން ފިލާފައިވާ އަދި ހައްގު، ގޮތުގައި ހުންނެވި، އިސްލާންދީން ވަންހަނާ ކުރައްވައިގެން ހުންނަވާ ތެދުވެރި މުސްލިމެކެވެ. މިގޮތުގެ މަތީން ޒީޔަޒަން ރަސްގެފާނުގެ އަރިހުގައި މިވަޒީރު ހުންނެވި އިރު، ރަސްގެފާނުގެ ރަސްކަމުގެ ދުވަސްތައް ވޭތުވަމުން ގޮސް އެމީހުންގެ ވަރަށް ބޮޑު އީދެއް ކުރިމަތި ވެއްޖެއެވެ.

މިއީދުގެ ތެރޭގައި، ރަސްގެފާނު ވަޒީރުންނާއި، އަމީރުންނައި، އަދި ރަށުގެ އަހުލުވެރީންގެ ތެރެއިން، އަންހެނުންނާއި ކުޑަކުދީން ފިޔަވައި، އެހެން އެންމެންނާއި ގެން ރަށް ބޭރަށް ނުކުމެ ވަޑައިގެންފިއެވެ. މިފަދަ ގިނަ އަދަދެއްގެ މީހުންނާއިގެން، ރަށް ބޭރަށް ރަސްގެފާނު ނުކުމެ ވަޑައިގެން އެއެންމެން ދެކެ ވަޑައިގެން، އެލަޝްކަރުގެ އަދަދަކީ، ކޮބައިތޯ ބެއްލެވި އިރު އެއީ ސޯޅަ ލައްކަ މީހުން ކަމުގައި ފެނިވަޑައިގަތެވެ. އަދި އެއިން ކޮންމެ މީހަކީ، ހަނގުރާމައިގެ މައިދާނުގައި، ގަދަފަދަ ސިންގާއަކަށް ވުރެވެސް ބާރުގަދަ މީހުން ކަމުގައި ވެއެވެ. ދެންފަހެ، ރަސްގެފާނަށް މިކަންކަން އެނގި ވަޑައިގަތް ހިނދު، އުފާފުޅުން، ހިނިފުޅު ވަޑުވާލައްވާފައި، ވިދާޅުވިއެވެ. ލާތާއި އުއްޒާ ގަންދެއްވައި ވިދާޅުވަމެވެ. ދުނިޔޭގެ މަޝްރިގާއި މައުރިބަށް ދާންދެން ބެލި ނަމަވެސް މިފަދަ ބޮޑު ލަޝްކަރެއް ދުނިޔޭގެ އެހެން އެއްވެސް ރަސްކަލެއްގެ އަރިހުގައި ނުވާނެކަން ކަށަވަރެވެ. އަދި ބޮޑުވަޒީރާއި ދިމާއަށް ބައްލަވާފައި ވިދާޅުވިއެވެ. އޭ ވަޒީރާއެވެ! ތިމަން ރަސްގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި ކަލެއަކީ، ވިސްނުންތެރި ބުއްދިވެރި، އަދި ކަންތައްތަކުގެ ކަބަރުތައް ރަނގަޅަށް ފިލާފައިވާ މީހަކީމުއެވެ. މިހެންވީއިރު، މަށަށް ވުރެ ލަޝްކަރު ގިނަ، ރަސްކަން ބޮޑު އެހެން ރަސްކަލަކު، މިދުނިޔޭގެ ބިންމަތީގައި، ވާކަން ކަލެޔަށް އެނގިފައިވޭ ހެއްޔެވެ؟ ދެން މި ޔަސްރިބު ވަޒީރު ދެންނެވިއެވެ. އޭ މާތްވެގެންވާ ވިސްނުންތެރި ރަސްގެފާނެވެ. އޭ ބާއްޖަވެރި ކަމުގެ ވެރިޔާއެވެ. ދުނިޔޭގެ އިރުމަތީ ފަރާތުގެ ރަށް ތަކުގެ ތެރެއިން، ރަށެއްގައި ބައުލަބަކޭ ކިޔާ އިއްޒަތްތެރި ރަސްކަލަކު ހުންނަވައެވެ. އެއީ ހިއްމަތްތެރި، އަސްވާރުންނާއި އަބުތޯލުން ގިނަ، ބާރުގަދަ ރަސްކަލެކެވެ. އެ ރަސްގެފާނުގެ ލަޝްކަރު ދުވަހަކުވެސް ހަނގުރާމައިގެ މައިދާނުގައި ހަލާކުވެ ފަނާވެ ހިނގައި ދާނެތީ، ނުވަތަ މަރުވެ، ނެތި ދާނެތީކީ، ބިރެއް ނުގަނެއެވެ. އަދި އެރަށުގެ ރަށްބޭރުގައި ވަރަށް ވަރުގަދަޔަށް ތައްޔާރުކޮށްފައި ވާ ކިއްލާއެއް ހުރެއެވެ. މުޅި އެތަން ފުރިފައިވަނީ ރަނާއި ޖަވާހިރުންނެވެ. އަދި އެރަށަކީ ރަންނެގޭ ރަށެކެވެ. އެކިއްލާ ބިނާ ކުރެވިފައިވަނީ ރަނާއި ރިއްސާއި، އަދި އެނޫންވެސް ބާވަތް ބާވަތުގެ މައުދަނުންނެވެ. އެތާގެ އެތެރޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި ކަންވާރުގެ އަދަދު ލައްކައަކަށް ވުރެވެސް އިތުރު ވެގެން ވެއެވެ. އަދި އެކިއްލާގެ އެތެރެއާއި ބޭރުގައި ދިއްލާފައިވާ ބިއްލޫރި ބަނޑިޔާ ތަކުގެ އަދަދު އެތައް ސަތޭކަ އަކުން އަދަދު ކުރެވެއެވެ. އެކިއްލާގެ މަތީގައިވާ ކުރިބޯށިތައް އެތައް ލައްކަ ޖަވާހިރަކަށް ވުރެ އަގު ބޮޑުވެފައި ވެއެވެ. އަދި އެކިއްލާގެ ވަށައިގެންވާ ބަގީޗާގެ ތެރޭގައި ހުރި ގަސްތަކުގެ މަތީގައި އެކި ފާޑުފާދުގެ ދޫނިތައް އެތަކެތީގެ ދުލުން ހާލިގު ވަންތަ އިލާހުގެ ހަޒުރަތަށް، ތަސްބީހަ ކިޔަކިޔާ ތިބެއެވެ. އަދި އެކިއްލާގެ ތެރޭގައިވާ، ހާއްސަ ގަނޑުވަރެއް ދެކެފި ކޮންމެ މީހަކުގެ ކިބައިން، އެމީހެއްގެ ކިބައިގައިވާހާ، މޮޅިވެރިކަމާއި، ހިތާމަވެރިކަން، ހަމަ ވަގުތުން ފިލައި، ހިނގައިދާހައި ވެއެވެ.

ޔަސްރިބު ވަޒީރު، މިދެންނެވި ވާހަކައިގެ އަޑު، ޒީޔަޒަން ރަސްގެފާނު އެއްސެވި ހިނދު، އެމަނިކުފާނުގެ މޫނުފުޅުގެ އުޖާލާކަން ކުއްލިއަކަށް، ބަދަލު ވެގެން ހިނގައްޖެއެވެ. އަދި ވިދާޅުވިއެވެ. ލާތާއި އުއްޒާ ގަންދީ ބުނަމެވެ. މަގޭ މައްޗަށް، މިވަގުތު ވާ އެންމެ ބޮޑު ވާޖިބަކީ، ތިޔަ ބުނާ ބޮޑު ރަސްކަލެއްގެ ގާތަށް ގޮސް، އޭނާ މަށަށް ކިޔަމަން ކުރުވައި، ނުވަތަ އޭނާގެ ވަސް ދުނިޔެއިން ފިލުވާލުމެވެ. އެގޮތަކީ، މައްޝޫރު ވެގެންވާ ހިމްޔަރު ވަންހައިގެ އެންމެހައި ކުދި ބޮޑު ދައުލަތްތަކުގެ މައްޗަށް އަމުރު ކުރާ އެންމެ ބޮޑު ރަސްކަލަކީ މަށެވެ.

ދެން ފަހެ އީދުގެ ކުޅިވަރުތަކާއި، ގުރުބާން ތަކުން ނިމިވަޑައިގަތުމަށްފަހު، ދުވާލުން ބަޔެއް ވޭތި ކުރައްވައި، އަސް މައްޗަށް ސަވާރުވެ ލަޝްކަރާއިގެން، ރަސްގެފާނު ރަށަށް ވަޑައިގަންނަވައިފިއެވެ. އަދި ރަސްކަމުގެ ދީވާނަށް ވަދެވަޑައިގެން، ތަހުތުގައި އިށީނދެ ވަޑައިގެން، އީދުގެ މުނާސަބަތުގައި، އިނާމު ތަޝްރީފުތައް ބައްސަވައި، ހައްދަވައިފިއެވެ. މިގޮތުން ކޮންމެ މީހަކަށް ވެސް އެމީހަކާއި އެކަށީގެންވާ ގިނަ އަދަދަކަށް، މުދާ ލިބުނު ކަމުގައި ވިއެވެ. ޒީޔަޒަން ރަސްގެފާނު، އުފާ ފާގަތި ކަންމަތީ ރަސްކަން ކުރައްވަން ހުންނަވާއިރު، ޔަސްރިބު ވަޒީރު އެދެންނެވި ވާހަކައާއި މެދު، ވަރަށް، ބޮޑަށް ހިޔާލު ކުރައްވާ ކަމުގައި ވިއެވެ. އޭގެ ތެރެއިން އެއްދުވަހަކު، ރަސްގެފާނު، ވަޒީރު ބަލާ ފޮނުއްވައިގެން ގެންނަވާފައި ވިދާޅުވިއެވެ. އޭ ވަޒީރެވެ! ތިމަން ރަސްގެފާނުންގެ ހަޒާނާއިން ހަރަދުކޮށްގެން ބައުލަބަކުގެ ރަށަށް ދިއުމަށް ގާފިލާ ތައްޔާރު ކުރާށެވެ. ދެން ވަޒީރު އާދޭހޭ ދަންނަވާފައި، ދުރުވެ ރަސްގެފާނު، އަމުރުފުޅު ކުރެއްވި ފަދައިން، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި، ހަނގުރާމައިގެ ގާފިލާއެއް ތައްޔާރު ކުރެއްވިއެވެ. އެއަށްފަހު، ވަޒީރު ދަރުބާރަށް ދުރުވެ، ރަސްގެފާނަށް އަދަބު އަދާ ކޮށް ދެންނެވިއެވެ. އޭ. ބާއްޖަވެރި ކަމުގެ ސާހިބާއެވެ. ގާފިލާވަނީ ތައްޔާރުވެފައެވެ. ލަޝްކަރު ވަނީ ރަށްބޭރަށް ނެރެވިފައެވެ. މަނިކުފާނު ކުރައްވާނޭ އަމުރުފުޅެއްގެ އިންތިޒާރީގައި ބަލަބަލައި އެބައިމީހުން އެބަތިއްބެވެ. ހަމަ އެވަގުތު ރަސްގެފާނު ތެދުވެ ވަޑައިގެން އެތެއްގެ މައްޗަށް ސަވާރުވެ ވަޑައިގަންނަވައިގެން ރަށްބޭރަށް ނުކުންނަވާ ގާފިލާގެ ވަށައިގެން ދުއްވަވާ ބެއްލެވި ހިނދު، ބޮޑު ވެގެންވާ ހިމަނައި އަދަދު ނުކުރެވޭވަރުގެ ލަޝްކަރެއް ކަމުގައި ދެކެވަޑައިގަތެވެ.

މިގޮތުން ރަސްގެފާނުގެ ހިތްޕުޅު ހަމަ ޖެހުމާއި އެކީ އަނެއް ދުވަހުގެ ހެނދުނާ ބައުލަބަކު ގެ ރަށަށް ދިއުމަށް ދަތުރު ފެއްޓުމަށް ގަސްތު ކުރައްވައި، ރަށަށް އެނބުރި ވަޑައިގެންފިއެވެ. ދެން މިބޮޑު ލަޝްކަރުގެ އެންމެން އުފާ ފާގަތިކަން މަތީ އެރޭ ވޭތިކޮށްފޫއެވެ. ފަހެ ފަޖުރުލައި ދުނިޔެ މައްޗަށް އަލިކަން ފާޅުވުމާއި އެކީ، ރަސްގެފާނު ސަވާރުވެ ވަޑައިގަންނަވާ، ލަޝްކަރަށް ދަތުރު ފެށުމަށް އަމުރު ކުރައްވައިފިއެވެ. ޒީޔަޒަން ރަސްގެފާނު މިފަދަ ބޮޑު ލަޝްކަރަކާއި ގެން، މިފަދަ އިއްޒަތުގައި ދަތުރު ކުރައްވާތާ ތިންވަނަ ދުވަސް ފާއިތުވެދިޔަ ފަހުން، ހަތަރުވަނަ އަށް ވީ ދުވަހު، މާތް ވެގެންވާ ކައުބަތުއްލާހި ގެފުޅާއި ހަމަޔަށް ވަޑައިގެންނެވިއްޖެއެވެ. އެވަގުތު ކުއްލިޔަކަށް ޔަސްރިބު ވަޒީރު އަސްމަތިން، ފުންމާ ލައްވާ، ގެފުޅާއި ދިމާޔަށް ކުރިމަތި ލައްވާ ސަޖިދަ ކުރެއްވިއެވެ. އަދި ބުނުއްވިއެވެ. ހުރިހާ އަޅުކަމެއް ހައްގުވެގެންވާ، ކީރިތި ވަންތަ އިލާހަށް މެނުވީ ސަޖިދަ ކުރުން އެކަށީގެނެއް ނުވެއެވެ. އެއިލާހީ ހަލްގުތަކުން ނެތުމުގެ ތެރެއިން، ވުޖޫދަށް ނެރުއްވި އިލާހެވެ. ޔަސްރިބު ވަޒީރު މިކުރެއްވި ކަންތައް ދެކެ ވަޑައިގެންފައި، ރަސްގެފާނު ވަރަށް ބޮޑަށް ހައިރާން ވެވަޑައިގެންނެވިއެވެ. ނަމަވެސް ވަޒީރު ސަޖިދައިން ތެދުވެ ވަޑައިގަންނަވަންދެން މަޑުން ހުންނަވައިފިއެވެ.

                                                                           ނުނިމޭ    އުބައިދު 16:51, 25 ނޮވެމްބަރު 2009 (UTC) 

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ޙައްޖުބަންގާޅުއަންދާ ޤާނޫނުއާރް. އެލް. ސްޓައިންގުރުދާ ގައި ވައިކޮތަޅު ހެދުންބަދުރު ހަނގުރާމަLinguisticsބިސްރަވައިޓަލީދިވެހިރާއްޖެފިރުދޯސީމޭގައި ރިހުންރުމޭނިއާވޮޝިންގޓަން، ޑީ.ސީ.ޤުދުސް ( ފަލަސްތީނު )ހައިޑްރަޖަން2007އެމް.އެން.ޑީ.އެފް ސަދަން އޭރިއާޑިސެމްބަރު 27ކަޅަލި ބިބީއޮގަސްޓު 9ޓޮންސިލްލުބުނާންHubert Humphreyކަނޑު ގުރުވަ އާއިލާ (މަސް)ސޯވިއެޓް އިއްތިހާދުބުރުނީ (ތ. އަތޮޅު)މޯންސްޓާރސް، އިންކްގުއާންސޭ2026ދިވެހިޓެންޒޭނިއާއާޖެންޓީނާއަންދްރަ ޕްރަދޭޝްޝަހީދު ޙުސައިން އާދަމްރަތުލޯބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހިމް މުޙައްމަދު ދީދީނޮޅިވަރަމު (ހދ. އަތޮޅު)ކުޅަނދިލިފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައްމުންބާއީTāna Supportއިރުވައިހުދުނިގޫދިގު ކަންނެލިއަބްދުﷲ ޖަލާލުއްދީންކައްޓެޅިޕާކިސްތާނުގެ ދިދަޕީސާގެ ޓަވަރުއިންޑިޔާޒެމްބިއާމުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުސުވިޒަލޭންޑުކަނޑިތީމު (ށ. އަތޮޅު)ނާގަލޭންޑު🡆 More