ދުންތަރި ފާނަ

ދުންތަރި ފާނަ (ސައިންޓިފިކް ނަން: Epinephelus morrhua)އަކީ އަތޮޅުން ބޭރު ކަނޑުތަކުގެ އަޑީގައި ދިރިއުޅޭ މަހެކެވެ.

ވުމާއެކު މިއީ ދިވެހި މަސްވެރިން ފަރުފަޅުގެ ބޭރުންނާއި، އެތެރެވަރީގެ ކަނޑުތަކުގައި ނަނު ފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ބޭނޭ މަހެއް ނޫނެވެ. ނަމަވެސް މެރިން ރިސާރޗް ސެކްޝަން ގެ ފަރާތުން ކުރިއަށް ގެންދާ ތަހްލީލީ މަސްވެރިކަމުގައި މިބާވަތުގެ މަސް އަތޮޅު އަތޮޅުގެ ބޭރުމަތީން އަޑީ ލޭނު އަޅައިގެން ވަރަށް މަދުން ބޭނިފައި އެބަހުއްޓެވެ.

ދުންތަރި ފާނަ
ދުންތަރި ފާނަ

ދިވެހިންގެ ތެރޭގައި މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑްކުރެވިފައި ނެތުމާއެކު މިމަހަށް ކިޔާ އިގިރޭސި ނަމާ ގުޅޭގޮތުން، މަހުގެ ތަދުކަމަށް ވިސްނާ މިމަހަށް ދުންތަރި ފާނަ ކިޔާ ނަންދީފައިވަނީ އެވެ.މިމަހުގެ ކޯތާފަތުގެ ކުރީބައިގެ އަރިމަތި ހުންނަނީ ރާޅުކޮށެވެ.

މަހުގެ މަތީ ކޮތަރިބައިގައި 11 ހަރުކައްޓާއި، 14 ނުވަތަ 15މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 7 ނުވަތަ 8މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތު ކޮޅާއި ނިގޫފަތު ކޮޅު ހުންނަނީ ކުޑަކޮށް ވަށްކޮށެވެ. މިބާވަތުގެ މަސް އާންމު ގޮތެއްގައި އުޅެނީ 120 މީޓަރާއި 370 މީޓަރާއި ދެމެދު ފުންމިނުގައެވެ. އަދި މިއީ އިންޑިޔާ ކަނޑުގެ މިސަރަހައްދުގައި ވަރަށް މަދުން އުޅޭ މަހެއް ކަމުގައި ބެލިފައި ވެއެވެ. މިމަސް އެންމެ ބޮޑުވާކަމަށްވަނީ 40 ސމ އަށެވެ.

މަހުގެ ކުލައަކީ ފަނޑު އަޅިކުލަ އެވެ. މަހުގެ ބުރަކަށިމަތީ ގައްޔާއި، ދެއަރިމަތީގައި އަދި ކަރުތާފަތް މަތީގައި މުށިކުލައިގެ ކުރެހުން ބައެއް ހުރެއެވެ. މަހުގެ ކޮތަރި ތަކުގައި އެއްވެސް ކުރެހުމެއް ނުހުރެއެވެ. މަހުގައި ހުންނަ ކުރެހުން ބައިގެ ތެރޭގައި މުށިކުލައިގެ ލައްތަކެއް ހުރެއެވެ.


Tags:

🔥 Trending searches on Wiki ދިވެހިބަސް:

ޖޫން 16ޱަވިޔަނިޔޫ.ޓީ.ސީ.ފެބްރުއަރީ 28ވިޓަމިން އޭނޮވެމްބަރު 12ފެންސެޕްޓެމްބަރު 10އެޕްރީލް 9މެއި 26މެއި 21ނީލަމް ސަންޖީވަ ރެއްޑީޖޫން 11އިބްރާހިމް އަހުމަދުދީދީމައުރިބުސެޕްޓެމްބަރު 11ރައިވަރުބޮނޑިބަތްއެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންމައި ޞަފްޙާވެޓިކަން ސިޓީޖެނުއަރީ 31ޔުކްރެއިންޑިސެމްބަރު 30ޝަހީދު ޙުސައިން އާދަމްއަރުމީނިއާނޮވެމްބަރު 19ޢިރާޤުފެބްރުއަރީ 23މަސްޖިދުލްޙަރާމްޙައްޖުވިކިޕީޑިޔާލިންޑަން ބެއިންސް ޖޯންސަންޑިމޮކްރަސީއެޕްރީލް 14ފެބްރުއަރީ 20ޞަޙާބީން2004ފެބްރުއަރީ 6ޝަރީޢަތްއެޕްރީލް 13އެޕްރީލް 25މާޗޫ ޕީކްޗޫކަޒަކިސްތާންއާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓުނޮވެމްބަރު 30މެއިފަރަންސޭސިރިފްޓް ވެލީ ހުންފެބްރުއަރީ 19އޮގަސްޓު 19ވިއެޓުނާމުއިސްރާއީލުޑިސެމްބަރު 26އޮގަސްޓު 20ޢަޤީދާމައުމޫނު ޢަބްދުލް ޤައްޔޫމްލޭޖެނުއަރީ 21ދުނިޔެއޮކްޓޫބަރު 4ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުSay it in Mahlޕޮޓޭސިއަމްނޮވެމްބަރު 22ޑިސެމްބަރު 16މެއި 5ފެބްރުއަރީ 5ޖޫން 4އޮކްޓޫބަރު 30ރާޒުވާމުހައްމަދު މުއިއްޒު🡆 More