ދިވެހި އަސްލު ތާރީހު

ދިވެހީންގެ ޤަދީމީ ތާރީޚަކީ ނޭނގުމާއި އަނދިރިކަމުގެ ތެރެއަށް ގޮސްއޮޅުންބޮޅުންވެފައިވާ އެއްޗެކެވެ.

ދިވެހީން މާތްވެގެންވާ އިސްލާމް ދީނަށްއެނބުރުމުގެ ކުރީގެ މަޢުލޫމާތެއް ހަރުދަނާ އަދި ސާބިތު ގޮތެއްގައިފެންނާކަށް ނެތެވެ. ރާއްޖޭގައި ހުރި ޤަދީމީ އާސާރުތައް ވެސްއަޅުގަނޑުމެންގެ މި ޒަމާނަށް އައި އިރު ހުރީ ވީރާނާ ވެފައެވެ. ބައެއްތަންތަން ވަނީ މުޅިން ނެތި ގޮސްފައި ވެސް މެއެވެ. ކަން މިހެން ހުރުމާއެކުދިވެހީންގެ އަޞްލަކީ ކޮބައިތޯ ކުރެވޭ ބޮޑު ސުވާލަށް އަދިވެސް ވަނީއެކަށީގެންވާ ޖަވާބެއް ނުލިބި އެވެ. ދިވެހިރާއްޖެއަކީ އެފްރިކާ އާއި އޭސިޔާ އާ ދެމެދުގައިއިންޑިއާ ކަނޑުގެ މުހިއްމު ނުކުތާއެއްގައި އޮންނަ ޤައުމެކެވެ. ދިވެހި ރާއްޖޭގައި މީހުންވަޒަންވެރިވީ ދުވަސްވަރެއް އެނގިއްޖެ ނަމަ އިންޑިއާ ކަނޑުގައި މީހުންދަތުރުފަތުރުކުރާން ފަށައިގަތް ދުވަސްވަރެއް ވެސް އެނގޭނެއެވެ.

"ދިވެހި ތާރީޚަށް އައު އަލިކަމެއް" ގައިބަޔާންކޮށްފައި ވާ ގޮތުން މީލާދުގެ ކުރީގެ ފަސް ވަނަ ނުވަތަ ހަ ވަނަޤަރުނުގައި ސިލޯނުން (ސްރީލަންކާއިން) ރާއްޖެއަށް ފުރަތަމަ އައީ ޢާރިޔަނުންނެވެ. އެ ފޮތުގައިބަޔާންކޮށްފައިވެއެވެ. "ދިވެހިރާއްޖެއަށް ފުރަތަމަ އައީ ޢީސާގެފާނުގެކުރީގެ ފަސްވަނަ ނުވަތަ ހަ ވަނަ ޤަރުނުގެ ތެރޭގައި ސިލޯނުން ޢާރިޔަނުންއައި ދުވަސްވަރު އޭގެ މީހުންނެވެ. ދިވެހި ރާއްޖެއަށް ޢާރިޔަނުންއައިސްފައިވަނީ ސިލޯނު މަގުން ކަމަށް ވުމީ ވަރަށް އެކަށީގެން ނުވާކަމެކެވެ. ސަބަބަކީ އެބައިމީހުންނަކީ ކުރީ ޒަމާނުގައި ކަނޑުދަތުރުފަތުރުކޮށް އުޅުނުބައެއް ކަން ތާރީޚީ ގޮތުން އެނގޭން ނެތުމެވެ. ބޮޑަށް ޤަބޫލުކުރެވޭގޮތުގައި ދިވެހިރާއްޖެއަށް ޢާރިޔަނުން އައިސްފައިވާނީ ސިލޯނަށްވެސްޢާރިޔަނުން ދިޔަ ދުވަސްވަރު ހަމަ އިންޑިއާ މަގުންނެވެ. އެހެނީ ރާއްޖެއަށްޢާރިޔަނުން އައީ ސިލޯނު މަގުން ކަމަށް ވާނަމަ މި ވާހަކަ މަހަވަންސާގައިބަޔާންކޮށްފައި އޮތީހެވެ. ނަސީމާ މުޙައްމަދު (2007) ވެސް ބޮޑަށްބުރަވެވަޑައިގަންނަވަނީ މި ޚިޔާލަށެވެ.

ދިވެހިރާއްޖޭގެ އަޞްލުވަޒަންވެރީންނަކީ ކޮންތާކުން ކޮން އިރަކު އައި ކޮން ބަޔެއްކަން އަދިސާބިތުވެފައި ނުވިޔަސް ގަބޫލުކުރެވޭގޮތުގައި އެއީ ކޮންމެ ބަޔަކު ނަމަވެސް އެ ބަޔަކު ދިވެހިރާއްޖޭގައި ވަޒަންވެރިވުމަށްފަހު އެބަޔަކީ ދީވީން(ދިވެހީން)ކަމެވެ. އަދި އެބަޔަކީ އެހެން ޤައުމަކާނުގުޅި އެހެން ޤައުމެއްގެ ބަޔެއްގެ ގޮތުގައި ނުހިމެނި، އަމިއްލަ ވެރިކަމެއްޤާއިމުކޮށްގެން އަމިއްލަވަންތަކަމާއި އަމިއްލަ ފުދުންތެރިކަމާއެކުއެޅެމުން ގެންދިޔަ ބައެއް ކަމެވެ. މި ގޮތަށް "ދީވީން" އުޅެމުން އައި އިރުއެ ބައި މީހުންގެ ވަށައިގެންވާ އަވަށްޓެރި ގައުމުތަކުގެ ވެރީންނާއި އަދިއެ ދުވަސްވަރު އިންޑިއާ ކަނޑަށް ބާރު ފޯރުވައިގެން އުޅުނު ދުނިޔޭގެ ބޮޑެތިބާރުތަކުގެ ވެރީންނާއެކު "ދީވީން"ގެ ރަސްރަސްކަލުން ވަޑައިގަތީއެކުވެރިކަން ދަމަހައްޓަވަމުންނެވެ. ފެށުނީއްސުރެ ރާއްޖޭގައި ހަރުދަނާރަސްކަމެއް ފެށި އެ ރަސްކަން ދެމިގެން އައި ކަމެވެ.

ދިވެހި ރާއްޖެއަށް ފުރަތަމަ އައި ބަޔަކީ އިންޑިއާގެނުވަތަ ލަންކާގެ ބަޔަކަށްވުމަކީ ވަރަށް ކައިރިކަމެކެވެ. އެހެންނަމަވެސް ދިވެހި ރާއްޖެއަށް ފުރަތަމަ މީހުން އައިސްފައިވަނީ ކޮންދުވަސްވަރެއްގައިކަން ބަޔާންކުރުމަކީ އަދި ފަސޭހަކަމެއް ނޫނެވެ. އިންދޫސްވާދީ ރަށްވެހިކަމުގެ އަހުލުވެރީންނަކީ ކަނޑުދަތުރުފަތުރު ކޮށްއުޅުނު ބަޔަކަށް ވާތީ ދެކުނު އިންޑިއާ އާއި ދިވެހިރާއްޖެއާ އޮންނަލެއްކައިރިކަމުން އިންޑިއާގެ އައްސޭރި ފަށުން މަސްވެރިން އެކި ދުވަސްވަރުބެހިގެންވެސް ރާއްޖެ އައިސްފައިވުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. މިކަންމި ގޮތަށް ހިނގައިފައިވާނަމަ އެއީ ޑްރެވީޑިއަނުންކަމަށްވުމީ ވެސް ވަރަށްއެކަށީގެންވާ ކަމެކެވެ. އެހެނީ ރާއްޖޭގެ ރަށްރަށުގެ ނަންތަކަށް ބަލާއިރުޑްރެވީޑިއަން ނަންތައް ހުރިކަން އެބަ ފާހަގަކުރެވެއެވެ. މިއަދުދިވެހީންނަކީ، އެއްބައެއްވަންތަ، ބަޔެކެވެ. އާދެ! ސައްތައިން ސައްތަމުސްލިމު ދިވެހީންނެވެ. އެހެންނަމަވެސް އަދި އަދަށް ދާންދެންވެސްދިވެހީންގެ އަޞްލު (ޔަޤީންކަމާއެކު) ކަނޑައެޅުމަކީ އަދި މާ ފަސޭހަކަމެއްކަމެއްކަމަކަށް ނުވެއެވެ. އެކަމަކު އެކަން ހޯދައި ބަލައި ދިރާސާކޮށްދެނެގަތުމަކީ މި ޖީލުގެ ކޮޑުގައި އެޅިފައި އޮތް ވަރަށް ބޮޑު އަމާނާތެކެވެ.

Tags:

🔥 Trending searches on Wiki ދިވެހިބަސް:

އިލްޔާސް އިބްރާހީމްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)ޙަޔާތުނާމާކިހުނުވުންރޯދަސޯވިއެޓް އިއްތިހާދުHow to read Thaana scriptޒުވާރިކަޒަކިސްތާންއަންބަރާޠޫރިއްޔަތުޖޯޖް ވޮޝިންގޓަންޝަހީދު ޙުސައިން އާދަމްއަހުމަދު ކާމިލް ދީދީބްރޫކްލީން ބްރިޖްސުއްނީ މުސްލިމުންއޮސްޓަރުލިޔާމުސިންބީލޯމަޑަގަސްކަރަ2001އޮގަސްޓު 21މަރިޔަމް އަފީފާއިންސޫލިންނޮވެމްބަރު 12އޮގަސްޓު 20ހަނދުގެބޯންގޫގްލްTāna Supportޙަދީޘްފަރަންސޭސިވިލާތްމޫސާގެފާނުއެބްޑަމިނަލް އެއޯޓާޖޫން 10ނޮވެމްބަރު 12004އެކުމާފާނުޔޫސުފް މުޙައްމަދުފުޅުއިންޑިޔާގެ މިނިވަންކަން2009އެޕްރީލް 14އެޕްރީލް 8Googleއުއްތަރު ޕްރަދޭޝްކުޅަނދިލި ބުރުގާކެނެޑާފެބްރުއަރީ 2ޕްރޮޓީންޖޫން 21ފަރުޖު ދުޅަވުންސިޔާމުތިނަދޫ (ވ. އަތޮޅު)ޖެނުއަރީ 29މެއި 7ޑިސެމްބަރު 1ސީނުކަރައެޕްރީލް 12ކީރިތި ޤުރުއާންއޮގަސްޓު 8ސެޕްޓެމްބަރު 14ކޫފާއުއްތަރުކަންދުފޭސްބުކްއުރުދުން🡆 More