އައްނަބީލް ޢަބުދުލް ޙަމީދު އަފަންދީ

އައްނަބީލް ޢަބުދުލް ޙަމީދު އަފަންދީ (އަތިރީގޭ ޢަބުދުލް ޙަމީދު ދީދީ) އުފަންވީ މީލާދީން 1877 ވަނަ އަހަރުގައެވެ.

ބައްޕައަކީ ހުރާގޭ އަލްއަމީރު ޢަލީ ދޮށިމޭނާ ކިލެގެފާނުގެ އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ( އަތިރީގޭ އިބްރާހީމް ދީދީ ) އެވެ. މަންމައަކީ އެއްގަމުގޭ އަލްވަޒީރު ޙަސަން ހަކުރާ މަނިކުފާނުގެ ސަންފާދީދީ (އެއްގަމުގޭ ދޮންދީދީ) އެވެ. އައްނަބީލް ޢަބުދުލް ޙަމީދު އަފަންދީ ފުރަތަމަ ތަޢުލީމް ޙާޞިލްކުރެއްވީ މާލެއިންނެވެ. އޭގެ ފަހުން ސިލޯނުންނެވެ. އުރުދޫ، އިގިރޭސި، ތަމަޅަ، ސިންހަޅަ ރަގަޅަށް ދެނެވަޑައިގަންނަވައެވެ. ސިލޯނަށް ފޮނުވާ ކުދިންގެ ކަންތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވިއެވެ. އަދި ރާއްޖެއަށް ބޭނުންވާ ފޮތްތައް އިންޑިޔާ، ސިލޯނުން ޗާޕްކުރެއްވި އެވެ. އައްނަބީލް ޢަބުދުލް ޙަމީދު އަފަންދީ އަވަހާރަވީ 8 ޖުލައި 1958މ ގައެވެ. އެއީ ހިޖުރައިން 20 ޛުލްޙައްޖާ 1377ހ ގައެވެ.

މަގާމްތައް

  • 11 މާރޗް 1906 : ޕޯސްޓް އޮފީހުގެ ވެރިޔާކަން
  • 11 މާރޗް 1906 : ސަރުކާރުގެ ތަރުޖަމާނުކަން
  • 1906 – 1932 : ސިލޯނަށްދާ އޮޑިފަހަރު އަދި ސިލޯންގައި ތިބޭ ދިވެހިކުދިންގެ ބެލެހެއްޓުމުގެ ވެރިޔާކަން
  • 22 ޑިސެމްބަރު 1932 : ސިލޯނުގައި ހުންނަވާ ދިވެހ ިސަފީރުކަން

އެއްބަނޑު އެއްބަފާ ބޭފުޅުން

  • އަލްއަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު
  • އަލްއަމީރު ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު

ރިފަރެންސް

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ޤުދުސްކީރިތި ޤުރުއާންބުރުކީނާ ފާސޯރެޓަޓުއީއަންގާރަ ދުވަސްކޮންފޫޝާޔުނައިޓެޑް ކިންގްޑަމްތެޔޮމަސް އާއިލާ (މަސް)ސެޕްޓެމްބަރު 19ޖޫން 18އައްސި ބަލިއިސްދޫ (ލ. އަތޮޅު)ވައިރަލް ހެޕަޓައިޓިސްމާރޗް 24ބޮލުގެ ނާށިގަނޑުބޭ އޮފް ބެންގާލްސެޕްޓެމްބަރު 3ސެޕްޓެމްބަރު 26ކަނޑޫހޯމަ ދުވަސްWord translationsބުރެޒިލްފެބްރުއަރީ 6އޮގަސްޓު 31ރިތް މަސްޗިސްމޭގެ ޖިސްމުމާރޗް 3ސެޕްޓެމްބަރު 13މެއި 18ސުރިނާމްބަރުމާޖުލައި 20ކައްނަޑާއިސްލާމް ދީނުގައި ކައިވެނިޖުޣުރާފީލޯބިވެރިންގެ ދުވަސް2010އޮކްޓޫބަރު 15ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)ކުކް ޖަޒީރާއަފްޣާނިސްތާންއިންފްލޭޝަންޕިޓޫއިޓަރީ ގްލޭންޑްހުތް އަލީ ދީދީކުނާލް ކަޕޫރުދިވެހި ބަހުގެ ގަވައިދުމުންޑޫ (ލ. އަތޮޅު)ސަންތި ޕިއޭރޭ އާއި މިކުއެލޯންޖޯޖިޔާ (ޤައުމު)އިސްލާމްއާބާދުMohamed Wishamމާއެނބޫދޫ (ދ. އަތޮޅު)ޞޫފީންކުރިނބީ (ހދ. އަތޮޅު)ޖެނުއަރީ 92009އެކުވެރި ޢަރަބި އިމާރާތުމިލަޓޯނިންދާނެސްނާމާބިންވާނީ (ދ.އަތޮޅު)އެޕްރީލް 24ފާތިމަތު ސައީދުއެޕްރީލް 26ނަންނުގަތިސެޕްޓެމްބަރު 18މީލާދީ ކަލަންޑަރުއަދިތްޔާ ކަޕޫރު🡆 More