މަނަދޫ އަޙްމަދު ޝިޔާމް

ނ.

މަނަދޫ، ނޫރީގޭ އަޙުމަދު ޝިޔާމް އަކީ އިންޑިއަން ނޭވަލް އެކަޑަމީ (ގޯއާ) އިން ދެވަނައަށް ބީ.އެސް.ސީ ޑީގްރީ ޙާސިލްކުރައްވައި މިހާރު އެމްއެންޑީއެފް ކޯސްޓްގާރޑުގައި ހުރި އެންމެ އުއްމީދީ އެކްޒެކްޓިވް އޮފިސަރެވެ. ޢުމުރުން ޒުވާނަސް ކަނޑުމަތީގެ ތަޖުރިބާހުރި ޤާބިލް ހުނަވެރި އޮފިސަރެކެވެ. މީގެއިތުރުންވެސް ޝިޔާމްއަކީ ކުޅިވަރުގެ މައިދާނުގައިވެސް ފާހަގަކޮށްލެވޭ މޮޅު ގޯލްކީޕަރެކެވެ. އެގޮތުން މަނަދޫ ސައްތާރު ކަޕްގައި ޖެހިޖެހިގެން 3 އަހަރު ކުޅެ ތަށި މިލްކު ކުރިއިރު، ބީސްޓް ސްޕޯޓްސްގެ ގޯލް ބެލެހެއްޓީ އަޙުމަދު ޝިޔާމް އެވެ. މަނަދޫލައިވްގެ މީހުން ކޮލަމުގައި މިފަހަރު ޚާއްޞަކޮށްލެވިފައި މިވަނީ އެމްއެންޑީއެފް ގައި މަސައްކަތްކުރައްވާ ލެފްޓިނަންޓް އަޙުމަދު ޝިޔާމް އެވެ.

2002 ވަނަ އަހަރު ސީއެޗްސީ ނިންމެވުމަށްފަހު ޤައުމަށް ޚިދުމަތް ކުރެއްވުމުގެ މާތް މަޤްސަދުގައި ސިފައިންގެ ޚިދުމަތާއި ގުޅިލެއްވި ހިތްވަރުގަދަ ކެރޭ ޒުވާން، އަޙުމަދު ޝިޔާމް ވަނީ އިންޑިއަން ނޭވަލް އެކަޑަމީ ނިންމެވުމަށްފަހު އިންޑިއަން ނޭވީއިން ލޯންގް ނެވިގޭޝަން ކޯހާއި ޔޫއެސް ނޭވީ އިން އިންޓަނޭޝަނަލް މެރިޓައިމް އޮފިސަރސް ކޯސް ފުރިހަމަ ކުރައްވާފައެވެ.

ނޭވަލް އެކަޑަމީގައި ހޭދަކުރެއްވި މުއްދަތުގައި އެ އެކަޑަމީގެ ސްކޮޑްރަން ކެޑޭޓްކަން ކުރައްވައި، ލޯންގް ނެވިގޭޝަން ކޯހުން ތިން ވަނަ ޙާސިލް ކުރައްވައި އެމްއެންޑީއެފް އަށާއި ދިވެހިރާއްޖެއަށް ރީތި ނަން ހޯއްދަވައިދެއްވި ލެފްޓިނަންޓް ޝިޔާމް ވަނީ ކޯސްޓްގާރޑްގެ ގިނަ އުޅަނދު ފަހަރުގައި މަސައްކަތްކޮށް ގިނަ ތަޖުރިބާތަކެއް ޙާސިލް ކުރައްވާފައެވެ.

މިހާރު ޑީކަމިޝަން ކުރައްވާ ޅ. މާފިލާފުށި ޓްރޭނިންގ ސެންޓަރުގައި އޮތް ކޯސްޓްގާރޑް ނިރޮޅު ލޯންޗްގެ ޓޫއައިސީ ކަމާއި ޝިޕް ޢާޒީގެ ނެވިގޭޝަން އޮފިސަރު ކަމާއި އެޝިޕްގެ އެގްޒެކްޓިވް އޮފިސަރުކަން ކުރެއްވުމަށްފަހު މިހާރު ހުންނެވީ ޝިޕް ޝަހީދު ޢަލީގެ އެގްޒެކްޓިވް އޮފިސަރުގެ ގޮތުގައެވެ.

ކޯސްޓްގާރޑްގެ ޝިޕް ޝަހީދު ޢަލީ ދާދިފަހުން އުތުރުގެ އަތޮޅުތަކުގައި ހިންގި މެރިޓައިމް އެވެއަރނަސް ޕްރޮގްރާމްތަކުގައި އާންމުންގެ ބޮޑު ތަރުހީބަކާއި ލޯތްބެއް ހޯއްދަވާފައިވާ އަޙުމަދު ޝިޔާމް އެންމެ ދެކެން ބޭނުންވަނީ ދިވެހިރާއްޖޭގެ ކޯސްޓްގާރޑަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ނޭވަލް އުސޫލްތަކަށް ފުރިހަމައަށް ޢަމަލުކުރާ ނޭވީއެއްގެ ކުލަޖެހިފައިވާ ތަނެއްގެ ގޮތުގައި އޮންނަ ދުވަހެކެވެ. ލެފްޓިނަންޓް އަޙުމަދު ޝިޔާމްއަކީ ފަހަތަށް ބެލުމެއްނެތި ހަލުއިކަމާއެކު ކުރިއަރަމުން އަންނަ ނަމޫނާ އެގްޒެކެޓިވް އޮފިސަރެކެވެ.

ވަނަވަރު • ފުރިހަމަ ނަން: އަޙުމަދު ޝިޔާމް • އުފަންދުވަސް: 13 އޮގަސްޓް • މިވަގުތު އެންމެ އިސްކަމެއްދެނީ: އާއިލާއަށް • ޚާއްޞަ ފަންނު: ނެވިގޭޝަން ދާއިރާ • އެންމެ އުފާވި ދުވަސް: ދަރިފުޅު ލިބުނު ދުވަސް • އެންމެ ދެރަވިދުވަސް: ފާހަގަކުރެވިފައެއް ނެތް • އެންމެ ލަދުގަތްދުވަސް: ފާހަގަކުރެވިފައެއް ނެތް • ތިޔައީ ކޮންކަހަލަ މިޒާޖެއްގެ މީހެއް: ސީރިއަސް އެއްވެސް ނޫން. އެހާ މަޖަލެއްވެސް ނޫން • ލޯބީގެ ގޮތުން / ކައިވެނީގެ ގޮތުން މިހާރުގެ ސްޓޭޓަސް: ކައިވެނިކޮށްގެން • އެންމެ ލޯބި ވަނީ: އަންހެނުން ދެކެ • އަންހެން ކުއްޖެއް އެންމެ ރީތިވަނީ ކޮން ސިފައެއް ހުރީމަ: ހިތްހެޔޮވީމަ • މިހާރު އިނދެގެން ތިޔަ އުޅެނީ އެކަހަލަ ކުއްޖަކާތަ؟ އާނއެކޭ • ހެނދުނު ހޭލަނީ ކޮންއިރަކު: 07:30 ހާއިރު • ނިދަން އޮށޮންނަނީ ކިހާއިރަކު: 1:00 އާއި 1:30 ހާއިރު • އެންމެ ގާތް ރަޙުމަތްތެރިޔާ: މަނަދޫ ލިލީ މައުރޫފް (މާއްޓޭ) • މުސްތަޤްބަލް އޮތް ގޮތެއް: ވަޒީފާގައި ދެމިހުރެ ރަނގަޅުކުރިއެރުން ލިބުން • އެންމެ މީރުވަސް ދުވާ ސެންޓް: ހޫގޯ ބޮސް • ހަދިޔާއަކަށް އެންމެ ކަމުދަނީ ކޮންއެއްޗެއް: އެމީހަކު ދޭން ބޭނުންވާ ކޮންމެ އެއްޗެއް • އެންމެ މީރު ކެއުން: ރޮއްޓާއި ރިހަ • އެންމެ މީރު ބުއިން: ކުރުނބާ ފަނި • އެންމެ ފަސޭހައިން ބުނެލެވެނީ ކީކޭ: ކިހިނެތްހޭ • ބައްދަލުކުރަން ބޭނުންވާ ޝަހުސިއްޔަތު: ކިޔުބާގެ ރައީސް ފިޑެރަލް ކާސްޓްރޯ • އެންމެ ރީތި ލަވަ: މެޓަލިކާގެ އަންފޮގިވަން • އެންމެ މަޤްބޫލް ފިލްމީ ތަރި: ރާމްބޯ • ރަށުގެ މުސްތަޤްބަލާމެދު ދެކެނީ ކިހިނެއް؟ ވިޔަފާރީގެ ބޮޑު ހަބަކަށް ވުން • ނިންމާލަމުން ބުނެލާނީ: ހިތްވަރާއެކު އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރާށޭ. އޭރުން އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ދާނީ ރަނގަޅަށޭ.

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ކޮޅުމަޑުލުކެންސަރުސުލްޠާން ޙަސަން (ފަސްވަނަ)ރެހެނދި ޚަދީޖާފަޔަރ ނޭޝަންކިރްސްޓެން ޑަންސްޓްއޮކްޓޫބަރު 18އައިވަރީ ކޯސްޓުތަފާސް ހިސާބުހިތްސީނުކަރަސުލްޠާން މުޙައްމަދުފަޚުރުވެރި ދިވެހިބަސްއޮގަސްޓު 28ނޫމުގުނިއުމާ މުޙައްމަދުLighthouse of AlexandriaހިންދީހިންދުސްތާންFlag of Brazilމާރޗް 2ޖުލައި 31ޑިސެމްބަރު 8ޖަވާހަރްލާލް ނެހްރޫއިޓަލީވިލާތްއަބްދުއްﷲ ޖަލާލުއްދީންސުލްޠާން ޙުސައިންއަހިވައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެއިޓަލީޑިސެމްބަރު 3ޖޯޖިޔާ (ޤައުމު)އެޕްރީލް 11ޒަކާތްޖޫން 7Martin Van Burenނެފްރޮޓިކް ސިންޑްރޯމްހަންގޭރީޙަދީޘްކެންޔާދިވެހި އަދަބީ ތާރީހްޖޫން 13ނޮވެމްބަރު 5ޗިސްމޭގެ އެންޒައިމްތައް2007 ވަނައަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާPersian languageހޮނޑުލުންވަކިފޫފެބްރުއަރީ 17ރޯނާމުޙައްމަދު ޖަމީލުދީދީIbrahim Nasirޑެންމާކުއޮގަސްޓު 7ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓުސެޕްޓެމްބަރު 28ޖުލައި 22މެއި 23ބެލަރޫސްއޮކްޓޫބަރު 5National Anthem of Russiaފިންލޭންޑުޖުލައި 13އޯގަސްޓް 8ލައިޓް ހައުސް🡆 More