އުތީމު ދަރިކޮޅު

އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަންކުރެއްވި 3 ވަނަ ދަރިކޮޅު ކަމުގައި އެޗްސީޕީބެލް އޭނާގެ މޮނޮގްރާފް ގައި ބަޔާންކޮށްފައި ވެއެވެ.

ނަމަވެސް ދިވެހި ތާރީޚް ދިރާސާ ކުރާ ގިނަ މުއައްރިޚުން ދެކޭގޮތުގައި އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރަސްކަން ކުރެއްވި 4 ވަނަ ދަރިކޮޅު އެވެ. ބުނެވޭގޮތުގައި އުތީމު އާއިލާ ފެށެނީ ހއ. ބާރަށު ކަޅު ޙަސަން ކަލޭގެ އާއި ހަމައިންނެވެ.

އުތީމު ދަރިކޮޅުން ރަސްކަންކުރެއްވި ރަސްކަލުން

އުތީމު ދަރިކޮޅުގެ 3 ވަނަ ރަސްކަލަކީ އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ނުވަތަ ވެލަވަޅު ނައިކިލެގެފާނު އެވެ.ސުލްޠާން އިބްރާހީމް (ތިންވަނަ) ނުވަތަ ކަލާފާނުގެ ޒަމާނުގައި ބޮޑުވަޒީރު އަކަށް ހުންނެވީ ކުރިން ދެންނެވި ރަދުންނެވެ. ކަލާފާނު ޝަހީދުވެ ވަޑައިގަތުމަށްފަހު އުތީމު ޙަސަން ރަންނަބަޑޭރި ކިލެގެފާނުގެ ދަރިކަނބަލުން، ކަޅުކަމަނާފާނު ގެ ނަންމަތީގައި ރާއްޖޭގެ ރަސްކަމާއި ހަވާލުވެ ވަޑައިގެން ހުންނެވުމަށްފަހު އެކަމަނާ އަރިއަތޮޅު މަހިބަދޫގައި އަވަހާރަވުމުން އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ރާއްޖޭގެ ތަޚްތަށް އިސްވެވަޑައިގަތީ އެވެ. މިރަދުންގެ ބައްޕައަކީ ރ.އަތޮޅު މަޑުއްވަރީ އުމަރު އޮޅިގިނައި ކިލެގެއެވެ. މަންމައަކީ ބާރަށު ޚަޠީބު ތަކުރުފާނުގެ ދަރިކަނބަލެކެވެ. ޙުސައިން ފާމުލަދޭރި ކިލެގެފާނު ވެސް ކައިވެނި ބައްލަވައިގަތީ ކަލާފާނުގެ ހުވަފަތް އަނބިކަބަލުން ކަނބާ ޢާއިޝާ އާއެވެ. މިކަނބާ ޢާއިޝާ އަކީ ޅ.މާފިލާފުށީ ދޮން އައިސަ އެވެ. މިދެކަނބަލުންނަށް ދެފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅަކު ލިބިވަޑައިގަތެވެ.

ތާރީޚީ އެކި ލިޔުންތަކުގައި އުތީމު ދަރިކޮޅު ރަސްކަން ކުރެއްވި މުއްދަތު ތަފާތުވެއެވެ. ޙަސަން ތާޖުއްދީނުގެ ތާރީޚް ފޮތާއި، ރާދަވަޅި އަށް ބުރަވެ، މިސްޓަރ ބެލް ލަފާ ކުރައްވާ ގޮތުގައި އުތީމު ދަރިކޮޅުގެ 7 ރަސްކަލުން 131 އަހަރާއި 8 މަސް ދުވަހު ރާއްޖޭގެ ވެރިކަން ކުރައްވާފައި ވެއެވެ.

މަރުޖިޢުތައް

  • ތަންގީޙުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ފަތްތޫރަ 105 - މާރޗް 1988 -ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ލޯތްބަށްޓަކައި (ފިލްމް)ޖުލައި 8ކުރިނބީ (ހދ. އަތޮޅު)ސޫރިޔާހިރިލަންދޫ (ތ. އަތޮޅު)ނީލަ ކޯރުއީރާންކުކް ޖަޒީރާދިވެހިރާއްޖެއެޕްރީލް 13ދޮންކެޔޮތުރުކުމެނިސްތާންމާލެއިސްރާއީލުކާރސް (ކާރޓޫނު ފިލްމު)ޕްރޮސްޓޭޓް އާދަޔާ ޚިލާފަށް ބޮޑުވުންމުހައްމަދު ޢަލީ (އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރ)ޖޫން 30ބޮޑު ކެކުރިކެމަރޫން2007Hindiޖެނުއަރީ 7އެޕްރީލް 28ޑިސެމްބަރު 25ފެބްރުއަރީ 23އައްސި ބަލިއިސާކް ނިއުޓަންImad Latheefޖޭންދީންމޭޔަރުޖުލައި 2އޮޅުދޫކަރަމެއި 25ފިތުގައި ހިލައުފެދުންކިއުބާކަޒަކިސްތާންފެބްރުއަރީ 8ސައިފަތް ގަސްއިންސާނީ ތަރައްޤީގެ ފަށުން ތަރުތީބު ކުރެވިފައިވާ ގައުމުތަކުގެ ލިސްޓުއެޓްރީއަލް ނެޓްރީޔުރެޓިކް ޕެޕްޓައިޑްއުނގޫފާރު (ރ. އަތޮޅު)ސެޕްޓެމްބަރު 15ބޭ އޮފް ބެންގާލްއިބްނު ތައިމިއްޔާއެޕްރީލް 12ލިތުއޭނިއާނާޑުކަތާކެންބޯޑިއާ2008ފެބްރުއަރީ 13Word translationsކުރެންދޫ (ޅ. އަތޮޅު)ތިލަދުންމަތީ އުތުރުބުރިސްޕައިޑަރ މޭންއިންޑޮނޭޝިޔާއެޕްރީލް 29ޕިޓޫއިޓަރީ ގްލޭންޑްޖޫން 18ޖިންސީ އެދުންވެރިކަން ދަށްވުން (ފިރިހެނުން)ފަނިވުންޗިސްމޭގެ ޖިސްމުޢަލީ އާޒިމްމުންޑޫ (ލ. އަތޮޅު)🡆 More