ސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު

ސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު އަކީ މީލާދީން 1609 ން 1620 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ.

އެއީ ހިޖުރައިން 1017 ން 1029 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި 1017 ވަނަ އަހަރު ގައެވެ.

ވަނަވަރު

  • ނަންފުޅު: އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު
  • ކޮލީ ނަންފުޅު:
  • އެހެނިހެން ނަންތައް: ވެލަވަޅު ނައިކިލެގެފާނު
  • ނިސްބަތްވާ ދަރިކޮޅު: އުތީމު ދަރިކޮޅު
  • ބައްޕާފުޅު: ރ.އަތޮޅު މަޑުއްވަރީ އުމަރު އޮޅިގިނައި ކިލެގެ
  • މަންމާފުޅު: މަންމައަކީ ބާރަށު ޚަޠީބު ތަކުރުފާނުގެ ދަރިކަނބަލެއް
  • ބޭފުޅުން: ދެފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެއް
  • ރަސްކަންކުރެއްވީ: 1017ހ - 1029ހ ( 1609މ - 1620މ ) މުއްދަތު: 11 އަހަރާއި 4 މަސްދުވަސް

ނަސަބު

އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ގެ ބައްޕައަކީ ރ.އަތޮޅު މަޑުއްވަރީ އުމަރު އޮޅިގިނައި ކިލެގެއެވެ. މަންމައަކީ ބާރަށު ޚަޠީބު ތަކުރުފާނުގެ ދަރިކަނބަލެކެވެ.މިދެންނެވި އެދުރުތަކުރުފާނު އަކީ އައްސުލްޠާން އަލްޣާޒީ މުހައްމަދު ތަކުރުފާނު އަލްއަޢުޡަމް ގެ ވަރަށް ތިމާގެ ބޭފުޅެކެވެ. އުތީމު ދަރިކޮޅާއި މިރަދުން ގުޅޭ ސަބަބަކީ މިއީއެވެ. ޙުސައިން ފާމުލަދޭރި ކިލެގެފާނު ވެސް ކައިވެނި ބައްލަވައިގަތީ ކަލާފާނުގެ ހުވަފަތް އަނބިކަބަލުން ކަނބާ ޢާއިޝާ އާއެވެ. ނުވަތަ ރަސްކަމަށް އިސްވެ ވަޑައިގެން ފަހުން މީނާ ކައިވެނި ބައްލަވައިގަތީ ޣާޒީ ބަންޑާރައިން ކާވެނި ބައްލަވައިގެން އުޅުއްވި ކަބާ ޢާއިޝާ އެވެ. މިކަނބާ ޢާއިޝާ އަކީ ޅ.މާފިލާފުށީ ދޮން އައިސަ އެވެ. މިދެކަނބަލުންނަށް ދެފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅަކު ލިބިވަޑައިގަތެވެ.

ރަސްކަމަށް އިސްވެވަޑައިގަތުން

އުތީމު ދަރިކޮޅުގެ 3 ވަނަ ރަސްކަލަކީ އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ނުވަތަ ވެލަވަޅު ނައިކިލެގެފާނު އެވެ.ސުލްޠާން އިބްރާހީމް (ތިންވަނަ) ނުވަތަ ކަލާފާނުގެ ޒަމާނުގައި ބޮޑުވަޒީރު އަކަށް ހުންނެވީ މި ރަދުންނެވެ. ކަލާފާނު ޝަހީދުވެ ވަޑައިގަތުމަށްފަހު އުތީމު ޙަސަން ރަންނަބަޑޭރި ކިލެގެފާނުގެ ދަރިކަނބަލުން، ކަޅުކަމަނާފާނު ގެ ނަންމަތީގައި ރާއްޖޭގެ ރަސްކަމާއި ހަވާލުވެ ވަޑައިގެން ހުންނެވުމަށްފަހު އެކަމަނާ އަރިއަތޮޅު މަހިބަދޫގައި އަވަހާރަވުމުން އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ރާއްޖޭގެ ތަޚްތަށް އިސްވެވަޑައިގަތީ އެވެ.

އަވަހާރަވުން

މިރަދުން އަވަހާރަވީ ހިޖުރައިން 1029 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 15 ވަނަ ދުވަހު މާލެ އަތޮޅު ގުރައިދޫ ގައެވެ. ރަސްކަން ކުރެއްވީ 11 އަހަރާއި 4 މަސްދުވަސް ވަންދެނެވެ.

މަރުޖިޢުތައް

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
  • ފަތްތޫރަ 105 - މާރޗް 1988 -ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު

އިތުރު ފާލަންތައް

ކުރިން ހުންނެވީ:
ސުލްޠާން އިބްރާހީމް (ތިންވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ)

Tags:

ސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ވަނަވަރުސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ނަސަބުސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު ރަސްކަމަށް އިސްވެވަޑައިގަތުންސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު އަވަހާރަވުންސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު މަރުޖިޢުތައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު އިތުރު ފާލަންތައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނު

🔥 Trending searches on Wiki ދިވެހިބަސް:

ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުމެކްސިކޯދަވިއްގަނދުއެކުވެރި ޢަރަބި އިމާރާތުއޮޅުދޫކަރައިރަވީ ނިޒާމުޱަވިޔަނިފާގަSay it in Dhivehi/Mahlޖަޕާނީހެލެނބެލިބުރޮޅިއެޕްރީލް 17ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައްފެބްރުއަރީ 17ފަޚުރުވެރި ދިވެހިބަސްއުރުގުއޭމޮސްކޯއިބްރާހިމް ޝިހާބްހޮންކޮންގުވަންދޫ (ތ. އަތޮޅު)އިންޑިޔާއުތުރު ސައިޕްރަސްގީނިއާބާބަޑޮސްއިލްޔާސް އިބްރާހީމްފޫޓުމައިކްރޯސޮފްޓްމާރޗް 10މެއި 10ސާބިއާވިހަ ގިގުނިމެއި 11އޮކްޓޫބަރު 21FAQs on composing Thaana on the computerމެއި 14އަދަބިއްޔާތުމޮރިޓާނިއާކެންސަރުސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުމައުރިބުޖަޕާނުމާރޗް 7ކަރުދާސްޖުލައި 21އިނގިރޭސިމައި ޞަފްޙާމާރޗް 16ފަރަންސޭސިވިލާތްޖޫން 21ފޯޅަވަހިއުއްތަރުކަންދުލާއޯސްޖުލައި 25އިނގިރޭސިވިލާތްމުސިންބީހދ.އަތޮޅު ތަޢުލީމީ މަރުކަޒުޖޫން 1އޮސްޓަރުލިޔާވިޔަފާރިލިމްފަސައިޓްވިކިޕީޑިޔާއެމެރިކާސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެއިކުއެޑޯރުވައިގުގޫޔޫ.ޓީ.ސީ.ޝީޢީ މަޛްހަބު🡆 More