ރިޓަޔަރޑް ޢަބްދުﷲ އަޙްމަދު ކޮމާންޑް ސާޖަންޓް މޭޖަރ

ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުﷲ އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޕްރައިވެޓެއްގެ ރޭންކުގައި 6 ޖުލައި 1981 ގައެވެ.

މަސައްކަތުގެ ދާއިރާގައި ހޭދަކުރެއްވި 41 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ވޮރަންޓް އޮފިސަރ 2 ކަމާއި، ވޮރަންޓް އޮފިސަރ 1 ކަމާއި، ފަސްޓް ސާރޖަންޓްކަން އަދި ސާރޖަންޓް މޭޖަރ ކަމުގެ ރޭންކް ފުރުއްވައިފައިވެއެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުﷲ އަޙްމަދު، ސިފައިންގެ ޙަޔާތުގެ އެންމެބޮޑު ބައި ހޭދަކުރައްވައިފައި ވަނީ، ވީ.އައި.ޕީ. ސެކިއުރިޓީއާ ގުޅުންހުރި ޑިއުޓީތަކުގައެވެ. އެގޮތުން، ޕާރސަނަލް ސެކިއުރިޓީ އޮފިސަރު ކަމާއި، ސީ.ޕީ. ޓީމުގެ ބީ.ޖީ.އައި.ސީ. ކަމުގެ އިތުރުން، ސެކިއުރިޓީ ބެލެހެއްޓެވުމުގައި ވަރަށްގިނަ ދުވަހު އިޚުލާޞްތެރި މަސައްކަތްތަކެއް ޑިއުޓީ ސެކްޝަނާއި، ޓާސްކް ފޯސް އަދި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސް.ޕީ.ޖީ.)ގައި ކުރައްވައިފައި ވެއެވެ. އެސް.ޕީ.ޖީ.ގެ ޑިއުޓީއަށްފަހު، މިލިޓަރީ ޕޮލިހުގައި 6 އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށްފަހު، ޢަބްދުﷲ އަޙްމަދު މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ، އިންޓަރގްރޭޓެޑް ހެޑްކްއަރޓަރޒް ޖޭ 4ގެ ސީ.އެސް.އެމް.ގެ މަގާމުގައެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުﷲ އަޙްމަދަކީ، ޓާރމް ޑިއުޓީގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަރަށްބުރަ އަދި އެހާމެ ދަތި ދުވަސްވަރެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، ދަންމާނު ޑިއުޓީއާއި، ގާމާދޫ ޚާއްޞަ އޮޕަރޭޝަނާއި، މަޑިވަރު ބޭސް ކޮމާންޑަރު ޑިއުޓީއާއި، ހަނިމާދޫ ޚާއްޞަ އޮޕަރޭޝަނާއި، ފުވައްމުލަކު ޚާއްޞަ އޮޕަރޭޝަން ފާހަގަކޮށްލެވެއެވެ. ޢަބްދުﷲ އަޙްމަދަކީ ސްޕެޝަލް ޓާސްކްފޯސް، އެސް1- ކޯސް، ޕޮލިސް މެނޭޖްމަންޓް ކޯސް އަދި ބޮޑީގާޑް ޓްރޭނިންގ ކޯސް ހައްދަވައި، ތަފާތު ވާރކްޝޮޕްތަކާއި، ސެމިނާރތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއްވެސް މެއެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުﷲ އަޙްމަދު ވަނީ ކުޅިވަރުގެ ދާއިރާއިންވެސް މުއައްސަސާ ފަޚުރުވެރިވާފަދަ ކާމިޔާބީތަކެއް ހާސިލު ކުރައްވައިފައެވެ. އެގޮތުން، އެތުލެޓިކްސް، ވޮލީބޯޅަ، ފުޓްބޯޅަ އަދި ބެޑްމިންޓަނުން ހޯއްދަވައިފައިވާ ކާމިޔާބީތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ. ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަބްދުﷲ އަޙްމަދުގެ އިޚުލާޞްތެރި ޚިދުމަތް ފާހަގަކުރައްވައި، ޝަރަފުގެ 16 ނިޝާން (މެޑެލް އަދި ކުލަ) ދެއްވައިފައި ވެއެވެ.

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ޖޫން 19ބުރެޒިލްގެ ނިޝާންއިންފުލުއެންޒާދިވެހިރާއްޖެބަހަވިއްޔާތުހޮނޑެލިޗިލީބަނބުޅަބޮސްRichard Nixonއާސާމުސައޮ ޕައުލޯސާގުބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުއޮކްސިޓޯސިންލައިބީރިއާސަނާ މުގުޔޫސުފް ޝަފީޢު2009ވާދޫ (ގދ. އަތޮޅު)އަޙުމަދު ހަކުރާ މަނިކުފާނުމަނަދޫ ބަސްފޮތްއެކްސްޓާރނަލް އޭނަލް ސްފިންކްޓަރދަތްދޮޅިމައުރިބުބާމިޔާޑިސެމްބަރު 3އަތްތިލަArabic languageޔުކްރެއިންއިންސާނާގެ ބާރަކާ ނުލައި އޭގެ ޒާތުގައި މަސައްކަތްކުރާ ނިޒާމްތައްޢުމަރުގެފާނުޖައިނިޒަމްލިތުއޭނިއާބައްރެސަޣީރުޙިޖާޒުޕާކިސްތާނުގެ ދިދަLevi P. Mortonއޮރިއްސާބޭ އޮފް ބެންގާލްސްޓެންލީޖަބަލްޠާރިޤުޖޭމްސް ކްނޮކްސް ޕޮލްކްމަޒުހަބުބީޖިންގޔުލިސެސް ސ. ގްރަންޓްއޮޅުދޫކަރަބެނީންވިޓަމިން ބީ9Hindiޕެރަގުއޭސުއްނަތްރީނދޫ މަސްކުޑަވައި އިނގިލިއިސްރާއީލުފަރަންސޭސިޕީރިއަޑިކް ތާވަލުޕޮލެންޑުފެލިދޫ (ވ. އަތޮޅު)މާފުށި (ކ. އަތޮޅު)ވައިނޮޅީގެ ކަފި ދުޅަވުންރޫސީއެޕްރީލް 2824 (ޓީވީ ސިލްސިލާ)ކޮންފޫޝާ🡆 More