އެމީ އަދި ގޯލްޑަން ގްލޯބު އިނާމް ޙާޞިލްކޮށްފައިވާ އިނގިރޭސި ޓީވީ ޑްރާމާ ސިލްސިލާ 24 އަކީ އިމޭޖިން ޓެލެވިޒަން އިން ޕްރޮޑިއުސްކޮށް ޖޯއީލް ސަރނޯވް އަދި ރޮބާޓް ކޮކްރާން އުފައްދަމުން އަންނަ ސިލްސިލާ އެކެވެ.
މިޑްރާމާ ސިލްސިލާގެ 6 ސީޒަން މިހާތަނަށްދައްކާފައި ވެއެވެ. ފޮކްސް ނެޓް ވޯރކް އިން ދުރަށް ފޮނުވާ މި ސިލްސިލާގެ ފުރަތަމަ މޫސުމްގެ ފުރަތަމަ އެޕިސޯޑް ދައްކާފައިވަނީ 6 ނޮވެންބަރު 2001 ގައެވެ.
24 | |
---|---|
Created by | ޖޮއެލް ސަރނޯވ ރޮބަރޓް ކޮޗްރަން |
Starring | ކީފަރ ސަތަރލޭންޑް މޭރީ ލީން ރަޖްސްކުބް ޖޭމްސް މޮރިސަން |
Country of origin | އެމެރިކާ |
No. of episodes | 144 (އެޕިސޯޑްތަކުގެ ލިސްޓް) |
Production | |
Running time | 42 މިނެޓް |
Broadcast | |
Original channel | ފޮކްސް |
Picture format | 480i (SDTV), 720p (HDTV) |
Original run | ނޮވެމްބަރ 6, 2001 – present (renewed through May 2009) |
External links | |
Website |
24 ގެ ފުރަތަމަ މޫސުމްގެ ފުރަތަމަ 10 އެޕިސޯޑް ގައި 24 ސިލްސިލާގެ އިސް ދައުރު އަދާކުރާ ކެއިފަރ ސައުތަރލޭންޑް ކުޅެފައިވާ ބަޔަށް ގޯލްޑަން ގްލޯބް އެވޯޑް ލިބުމާއި ގުޅިގެން ފޮކްސް އިން 24 ސިލްސިލާގެ ބާކީ އެޕިސޯޑް ތައް ގަތުމަށް އޯޑަރު ދިނެވެ. 24 ސިލްސިލާގެ 6 މޫސުން ނުވަތަ 6 ސީޒަން މިހާރު ވަނީ ނިމިފައެވެ. މިއިން ކޮންމެ މޫސުމެއް އެކުލެވިގެންވަނީ 24 އެޕިސޯޑް ނުވަތަ ބައިގެ މައްޗަށެވެ. 15 މެއި 2007 ގައި ފޮކްސް އިންވަނީ 24 ސިލްސިލާގައި އަންނަން އޮތް ދެމޫސުމުގެ އެޕިސޯޑްތައް ވެސް ގަތުމަށް އޯޑަރުކުރިކަން ރަސްމީގޮތުން އިޢުލާން ކޮށްފައެވެ. 24 ސިލްސިލާގެ 7 ވަނަ ސީޒަން ދައްކަން ފަށާނީ ޖެނުއަރީ 2008 ގައެވެ.
24 ސިލްސިލާގެ ކޮންމެ މޫސުމެއްގައި ދައްކައިދެނީ ސިލްސިލާގެ ބަތަލުގެ ހަޔާތުގައި އަންނަ ދުވަސްތަކެވެ. ކޮންމެ ސީޒަން އަކީ އެއް ދުވަހެވެ. މާނައަކީ ކޮންމެ މޫސުމެއްގައި ދުވަހެއްގައި ހިމެނޭ 24 ގަޑިއިރު 24 އެޕިސޯޑްގެ ގޮތުގައި ދައްކައެވެ. މިސިލްސިލާގައި އިސް ދައުރު އަދާކުރާ ޖެކް ބޯއަރ ނުވަތަ ކެއިފަރ ސައުތަރލޭންޑް މަސައްކަތް ކުރަނީ އެމެރިކާގެ ލޮސްއެންޖަލްސްގައި ހުންނަ ކައުންޓަރ ޓެރަރިސްޓް ޔުނިޓް ނުވަތަ ސީޓީޔޫ ގައެވެ. ސީޓީޔޫގެ މަސައްކަތަކީ އެމެރިކާއަށް ޓެރަރިސްޓުން ދޭ ރާވައިފައިވާ ހަމަލާތައް ހޯދައި އެކަން ތަންފީޒުކުރުމުގެ ކުރިން އެމެރިކާގެ ރައްޔިތުން އެކަމުން ސަލާމަތްކުރުމެވެ.
Seasons: Day 1 · Day 2 · Day 3 · Day 4 · Day 5 · Day 6 · Day 7
Merchandise: Conspiracy · The Game · The Movie · The Soundtrack
Organizations: Counter Terrorist Unit · Operation Nightfall · Second Wave
Current Characters:
CTU: Jack Bauer · Chloe O'Brian · Morris O'Brian · Nadia Yassir · Mike Doyle
Government: Karen Hayes · Tom Lennox · Noah Daniels
Antagonists: Cheng Zhi
Miscellaneous:Bill Buchanan · Marilyn Bauer · Josh Bauer · Audrey Raines · James Heller · Yuri Suvarov
List of characters · Minor characters · Minor CTU agents
This article uses material from the Wikipedia ދިވެހިބަސް article 24 (ޓީވީ ސިލްސިލާ), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.