ދެވަނަ ސުލްޠާން އަބޫބަކުރު

ސުލްޠާން އަބޫބަކުރު (ދެވަނަ) އަކީ މީލާދީން 1554 ން 1554 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ.

އެއީ ހިޖުރައިން 962 ވަނަ އަހަރު އެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 962 ވަނަ އަހަރުއެވެ.

ރަސްކަމުގެ ދުވަސްވަރު

އައްސުލްޠާން އަބޫބަކުރު (ދެވަނަ) ސިރީ އަސާލީސް ލޯކަ މަހާރަދުންނަކީ އިބްރާހީމް ފާށަނާ ކިލެގެގެ ސަންފާ ދިޔޯއާއި ކައިވެނި ބައްލަވައިގެން، ލިބިވަޑައިގަތް ދަރިކަލެކެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 962 ވަނަ އަހަރުއެވެ. އެއީ ސުލްޠާން ޙަސަން (ނުވަވަނަ) ރަސްކަން ދޫކޮށްލެވިތާ 4 އަހަރު ފަހުންނެވެ.

ސުލްޠާން ޙަސަން (ނުވަވަނަ) ރަސްކަން ދޫކޮށްލެއްވުމަށްފަހު ފާއިތުވި 4 އަހަރު ވެގެންގޮސްފައިވަނީ ދައުލަތުގެ ކަންތައްތަކުގައި އެއްވެސް އިންތިޒާމެއް ނެތް އަހަރުތަކެއްގެ ގޮތުގައެވެ. ސުލްޠާން އަބޫބަކުރު (ދެވަނަ) ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު، ދައުލަތުގެ ކަންތައްތައް ހިންގުމަށް އިންތިޒާމެއް ގެނެވޭތޯ މަސައްކަތް ފެއްޓެވިއެވެ. ނަމަވެސް އޭނާގެ މަސައްކަތް ނުނިމިއުޅުއްވަނިކޮށް ފިތުނަވެރި ބައެއްގެ ރޭވުމުން އޭނާގެ ހަށިކޮޅާއި ފުރާނަ ވަކިކޮށްލައިފި އެވެ. ބުނެވެނީ މިދެންނެވި ބަޔަކާއި ހަނގުރާމަކުރައްވަނިކޮށް ސުލްޠާން އަބޫބަކުރު (ދެވަނަ) ޝަހީދުވެ ވަޑައިގެންނެވީ ކަމުގައެވެ.

ސުލްޠާން އަބޫބަކުރު (ދެވަނަ) ޝަހީދުވެ ވަޑައިގަތީ ހިޖުރައިން 962 ވަނަ އަހަރު އެވެ. ރަސްކަންކުރެއްވީ 4 މަސް ދުވަހުގެ މުއްދަތަށެވެ. ފަސްދާނު ލެވިފައިވަނީ ބޮޑުގަލު މިސްކިތްތެރޭގައެވެ.

މަރުޖިޢުތައް

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް

ކުރިން ހުންނެވީ:
ސުލްޠާން ޙަސަން (ނުވަވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:ސުލްޠާން ޢަލީ (ހަވަނަ)

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ރީނދޫޞަޙާބީންލޯތްބަށްޓަކައި (ފިލްމް)ނޮވެމްބަރު 8ހިތް ފޭލްވުންފެބްރުއަރީ 21އަލިފުބާ19982008ހުޅުމާލެސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)ސެޕްޓެމްބަރު 10ބޮޑު ކެކުރިޙަދީޘްކަނޑޫނޮވެމްބަރު 30ފުރަގަސް ފަރާތު ބަލިޝީމާ ސަޢީދުދަ ލަޔަން ކިންގގަންސް އެން ރޯސަސްވެނެޒުއޭލާއިންފްލޭޝަންތޯޢޫން ބަލިރަތް ރީނދޫ މަސް2009ދި ޓީވީއޮކްޓޫބަރު 10ކަޒަކިސްތާންޖުލައި 122003ޢަލީ ޚަލީލްއަލިފުށި (ރ. އަތޮޅު)އިބްރާހިމް އިސްމާޢިލްޔުކްރެއިންބޯރޯންއަލްމާނީހަރުފަ ފުންނަތަޖިކިސްތާންއަކަމޭލުއޮގަސްޓު 2ކާލް ފްރީދްރީޝް ގައުސްShock siteއާބާދީއަށް ބަލައިގެން ތަރުތީބު ކުރެވިފައިވާ ޤައުމުތަކުގެ ލިސްޓުއިލްޔާސް އިބްރާހީމްކުޑަކަޅުވާ ކަށިގަނޑުޖެނުއަރީ 28ޖޯން ފިޓްޒެގެރަލްޑް ކެނެޑީއަޙުމަދު ހަކުރާ މަނިކުފާނުއިބްރާހީމް ނާޞިރުޒެމްބިއާޢައިޝަތު ޢަލީ މަނިކުމާރޗް 11ބޮސްނިޔާ އެންޑް ހެރްޒިގޮވީނާNowy Dwór Królewskiމެލޭޝިޔާއަންގީލާއެޕްރީލް 13ނޮވެމްބަރު 1ތިމަރަ ބަލިފެބްރުއަރީ 10Islamic view of Solomon🡆 More