ބޯރޯން

ބޯރޯން(އިނގިރޭސި ބަހުން: Boron) އަކީ ގަސްގަހާއި ގެއްސަށް ބޭނުންވާ އަސާސީ މާއްދާ އެކެވެ.

ނަމަވެސް އިންސާނުންނަށް ވެސް މިމާއްދާގެ ބޭނުން ބޮޑުކަން މިހާރުވަނީ އެނގި ސާބިތުވެފައެވެ. ބޯރޯން އަކީ ހަށިގަނޑުގެ ކަށިތަކާއި ހުޅުތަކުގެ ހަރަކާތްތަކަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ޚާއްޞަކޮށް ދަތުގެ ބޭރު ފަށަލަ އަށް ވަރަށް މުހިއްމު އެއްޗެކެވެ. ބޯރޯން ހަށިގަނޑުގައި މަސައްކަތްކުރަނީ ހަށިގަނޑުގައިވާ ސެލޯށި ތަކާއި އެކުއެކީގައެވެ. މިމާއްދާ ހަށިގަނޑުގައި ބޭނުންވަރަށްވުރެ އިތުރުނަމަ ކުޑަކަމުދާ ތަކެއްޗާއި އެކު ބޭރުވާނެއެވެ. އަދި ބޭނުންވާ ވަރަށް ވުރެ މަދުވެއްޖެނަމަ ހުޅުތައް ދުޅަވުން އަދި ކަށި ފީވުން އޭ ކިޔާ ބަލީގެ އުދަގޫތައް ދިމާވާގޮތް ވެއެވެ. ބޯރޯން ގިނަ އަދަދަކަށް ހުންނަ ކާނާގެ ބާވަތްތަކުގެ ތެރޭގައި، މޭވާ، ތަރުކާރީ، ސޯޔާބީން، އަދި އެކިވައްތަރުގެ މަދު ހިމެނެއެވެ. މިތަކެތީގައި މިމާއްދާ ހުންނަވަރު ބިނާވެގެންވަނީ ހައްދާ ބިމުގެ ގޮތުންނެވެ. ބޯރޯންގެ ކެލަމިން (އިނގިރޭސި ބަހުން: Recommanded Dietary intake)(ކެއުމަށް ލަފާދޭ މިންވަރު) އެއް ނޯވެއެވެ. މީހަކަށް ދުވަހަކަށް 2-7 މިލިގްރާމް އާއި ދެމެދުގެ ބޯރޯން ބޭނުންވާނޭ ކަމަށް ބެލެވެއެވެ. ބޯރޯން އަކީ ކަށީގެ ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ. މިމާއްދާއިން ވިހަވެދާނެ ކަަމަށް ބެލެވެނީ ދުވަހަކަށް 100 މިލިގްރާމް އަށްވުރެ އިތުރަށް ކެއުމުންނެވެ.

ރިފަރެންސް

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

ފަރުޖު2001އޮގަސްޓު 4ހެދުނުގެ ބަލިޑިސެމްބަރު 26ޖިންސީ އެދުންވެރިކަން ދަށްވުން (ފިރިހެނުން)ފެބްރުއަރީ 18އޮކްޓޫބަރު 27ޖަޒާއިރުއެމްޕައަރ ސްޓޭޓް ބިލްޑިންގއަލްޔަސަޢުގެފާނުސައިފު ރަސްގެފާނު ވާހަކަ - 1މަލަޔާޅަމްއޮގަސްޓު 31މާރޗް 25Basque languageގްރޭންޑް ކެންޔަންމޫނިމާބާމިއުޑާ2029ސިފިލިސްރާމެންޑެންމާކުމުޙައްމަދު ޖަމީލުދީދީއަކަމިންނަސްލު އުފައްދާ ނިޒާމްސަރުކާރު ހިންގުމުގެ ނިޒާމަށް ބަލައިގެން ހެދިފައިވާ ޤައުމުތަކުގެ ލިސްޓުޖޫން 2އިސްމާޢީލް ޞާދިޤްޖެނުއަރީ 31ވިޓަމިން ބީ7ޒިމްބާބުވޭޑެންގީ ހުންދިވެހިރާއްޖެމައުރިބުތަނބި ކަށިގަނޑުBengali languageއާރިފާ އިބްރާހީމްLyndon B. Johnsonއެޕްރީލް 9އަލްއަމީރު މުޙަންމަދު ފަރީދު ދީދީކަޒަކިސްތާންކޮންގޯ (ޖުމްހޫރިއްޔާ)ޑިސެމްބަރު 8އެޕްރީލްނަމާދުސެޕްޓެމްބަރު 1ސަނާ މުގުކެމަރޫންއާފަލްޖޫން 13އިންޑިޔާގެ ބޮޑުވަޒީރުޖޫން 11ހަވީރު ނޫސްކަށި ފީވުންމުރާކިޓްރައިކޮމޮނައިއެސިސްބެނީންވެސްޓު ބެންގާލްޖުލައި 3މަދްޔަ ޕްރަދޭޝްބެލައިޒް ބެރިއަރ ރީފްދުނިޔޭގެ ޞިނާޢީ 7 އަޖައިބުނޫސްވެރިންމުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގާނާއޮކްޓޫބަރު 15މާރެހި🡆 More