ގްރޭވްސް ބަލި

ގްރޭވްސް ބަލި (އިނގިރޭސި ބަހުން: Graves' disease) އަކީ ހަށިގަޑުގެ ދިފާޢީ ނިޒާމަށް ޖެހޭބައްޔެކެވެ.

ހައިޕަރތައިރޮއިޑިޒަމް ޖެހެން ދިމާވާ އެންމެ މުހިއްމު އެއްސަބަބަކީ މިއެވެ. މިޙާލަތަކީ ހަށިގަޑުގެ ދިފާޢީ ނިޒާމުން އާދަޔާއި ޚިލާފު ހަށިދަމަނަ(އިނގިރޭސި ބަހުން: Antibodies) އުފައްދަނީއެވެ. (އާއްމު ގޮތެއްގައި އެންޓި ބޮޑީސްގެ ބޭނުމަކީ ހަށިގަޑަށް ވަންނަ ގެއްލުންދޭ ޖިސްމުތަކާއި ހަގުރާމަކުރުމެވެ.) މިއާދަޔާއި ޚިލާފު ހަށިދަމަނައިގެ ސަބަބުން ތައިރޮއިޑް ގްލޭންޑްއިން ދޫކުރާ ހޯމޯންގެ މިންވަރު އިތުރުކުރެއެވެ. އޭގެ ސަބަބުން އެންމެފަހުން ތައިރޮއިޑް ގްލޭންޑް ދުޅަވަނީއެވެ. ގޮއިޓަރ އުފެދެން ދިމާވާ ސަބަބަކީމިއެވެ.

ތާރީޚް

ގްރޭވްސް ބަލީގެ ނަން ނިސްބަތްކުރެވެނީ އަޔަލޭންޑްގެ ޑޮކްޓަރެއްކަމަށްވާ ޑޮކްޓަރ ރޮބާރޓް ޖޭމްސް ގްރޭވްސް އަށެވެ. އެއީ 1835 ވަނަ އަހަރު މިބަލި ފުރަތަމަ ދެނެގަތް ޑޮކްޓަރަކީ އެއީކަމަށްވާތީ އެވެ. 1840 ވަނަ އަހަރު ޖަރުމަނުގެ ޑޮކްޓަރެއްކަމަށް ކާރލް އެޑޯލްފް ވޮން ބޭސްޑޯވް ވެސް މިބަލީގެ އަލާމާތްތައް ހުރި ޙާލަތެއް ދެނެގަތެވެ. ނަތީޖާއެއްގެ ގޮތުން ޔޫރަޕްގެ ގައުމުތަކުގައި މިބައްޔަށް ބޭސްޑޯވް ބަލި މިހެންވެސް ކިޔައި އުޅެއެވެ.

ޖެހޭނިސްބަތް

  • ޑޮކްޓަރުން އޭގެ ވަކިސަބަބެއް ނޭގޭ ދިފާއީ ނިޒާމަށް ޖެހޭމިބަލި އަންހެނުންނަށް ޖެހުން ފިރިހެނުންނަށްވުރެ ގިނައެވެ.މެދުއުމުރުގެ މީހުންނަށް ޖެހޭލެން ގިނައެވެ. އުމުރުން 50ގެ މަތީގެ މީހުންނާއި، އިއްދައިން ކެނޑިފައިވާ މީހުންނާއި، މާބަނޑު މީހުންނަށް ޖެހޭލެން މަދެވެ.
  • ޒުވާންއުމުރުގެ ކުދިންނާއި ދެބައި އުމުރުގެ މީހުންނަށް ޖެހޭލެއް ގިނަކަން ފާހަގަކުރެވެއެވެ.

ބަލި ދެނެގަތުން

ޑޮކްޓަރުން ގިނަފަހަރަށް ގްރޭވްސް ބަލި ދެނެގަންނަނީ ބޭރުފުށުން ބަލާބެލުމަށާއި ލޭޓެސްޓްކޮށްގެން ލޭގައި ތައިރޮއިޑް ހޯމޯން އެކަށީގެންވާވަރަށްވުރެ ގިނައިން ހުރިކަން ދެނެގަނެގެންނެވެ.

ގްރޭވްސް ބަލި ޖެހިފައި ތިބޭމީހުންނަށް އަންނަނިވި ކަންތައްތަކުގެ ތެރެއިން ކޮންމެވެސް ކަންތައްތަކެއް މެދުވެރިވެފައި ހުރުމަކީ ވެދާނެ ގޮތެކެވެ.

  • އެއްލޯ ނުވަތަ ދެލޯ މާބޮޑަށް ބޭރަށް ނިކުމެފައިހުރުން (އިނގިރޭސި ބަހުން: Exophthalmos)
  • ފައިދުޅަވެ ފޮއްސިވެ، ފެންޖަމާވުން
  • ވަރުބަލިވުން، ބަރުދަން ލުއިވުން، މާގިނައިން ކާހިތްވުން އަދި މިނޫނަސް ހައިޕަރތައިރޮއިޑިޒަމް ގެ އަލާމާތްތައް
  • ހިތުގެ ވިންދު ޖެހުން އަވަސްވުން
  • ހަށިގަނޑުގެ މަސްތަކުގެ ބާރުދެރަވުން

ފަރުވާ

ޑައިގްނޯސްކޮށް ބަލިދެނެގަތުމަށްފަހު ގްރޭވްސް ބަލިހުންނަ ޒުވާންކުދިންނަށް ދޭފަރުވާއަކީ ތައިރޮއިޑްއާއި އިދިކޮޅަށް ބޭސްދިނުމެވެ. މިބޭހުގެ ސަބަބުން ތައިރޮއިޑް ހޯމޯން އުފެއްދުން މަނާކުރެއެވެ. މިބޭހުގެ ސަބަބުން އެއްމަހާއި ދެމަހާއި ދޭތެރޭގެ މުއްދަތެއްގައި ތައިރޮއިޑް ހޯމޯން އޭގެ އާދައިގެ މިންވަރަށް އާދެއެވެ. މިބަލި މުޅިންފިލައިގެން ނުގޮސް ހުރެދާނެއެވެ. މީގެ އިތުރުން ރޭޑިއޯ އަޔޮޑިން އަދި ތައިރޮއިޑް ގްލޭންޑް ނެގުން ފަދަ އޮޕަރޭޝަނެއް ކުރަން ޖެހުމަކީ ވެސް ފަރުވާގެ ގޮތުގައި ކޮށްއުޅޭ ބައެއް ކަންތައްތަކެވެ.

މަރުޖިޢުތައް

  • ސަންގު ދުވަހުނޫސް

Tags:

ގްރޭވްސް ބަލި ތާރީޚްގްރޭވްސް ބަލި ޖެހޭނިސްބަތްގްރޭވްސް ބަލި ބަލި ދެނެގަތުންގްރޭވްސް ބަލި ފަރުވާގްރޭވްސް ބަލި މަރުޖިޢުތައްގްރޭވްސް ބަލިއިނގިރޭސިތައިރޮއިޑް ގްލޭންޑް

🔥 Trending searches on Wiki ދިވެހިބަސް:

ޖޫން 16އެޕްރީލް 6ފަރަންސޭސިވިލާތްޢަޤީދާފެބްރުއަރީ 23ފެބްރުއަރީ 28ޖުމުލަ އަކަމިނަށް ބަލައިގެން ތަރުތީބުކުރެވިފައިވާ ޤައުމުތަކުގެ ލިސްޓުނޮވެމްބަރު 30ޖުލައި 21ހަވީރު ނޫސްއޮކްޓޫބަރު 14ޓުރާންސްނިސްޓުރިއާފެބްރުއަރީ 6އެޕްރީލްނޮވެމްބަރު 3ތިމަރަ ބަލި2008ލާއޯސް2012މަނަދޫ (ނ. އަތޮޅު)ޑެންމާކުޖުލައި 26ޑިސެމްބަރު 25ރޯދައިނގިރޭސިއެޕްރީލް 26އެޕްރީލް 27ޖުލައި 20އޮގަސްޓު 20މާޗޫ ޕީކްޗޫރާޒުވާ2001ޖޫން 10މެއި 31ޒަކާތްޖިމީ ވޭލްސްޝަހާދަތްޖޫން 22ޑިސެމްބަރު 26ސޯޑިއަމްވިކިޕީޑިއާފަޚުރުވެރި ދިވެހިބަސްއިސްލާމް ދީންއިސްޕެނިޝްދިވެހި އަދަބީ ތާރީހްތުރުކުމެނިސްތާންއޮކްޓޫބަރު 1ޖަރުމަނުވިލާތްސެޕްޓެމްބަރު 5މެއި 29އެޕްރީލް 28ވާ ދެމުންސެޕްޓެމްބަރު 25މާރޗް 30އެޕްރީލް 8ޖުލައި 13ސެޓެލައިޓްޖެނުއަރީ 4އިސްލާމް ދީނުގައި ކައިވެނިފެބްރުއަރީ 9އުމަވީ ދައުލަތްހިތް ފޭލްވުންސެޕްޓެމްބަރު 19އަކުރު ތަރުތީބުން ހެދިފައިވާ ފިހުރިސްތުޖޫން 4ވެޓިކަން ސިޓީދިވެހިރާއްޖޭގެ ސަރުކާރު ހިންގުމުގެ ނިޒާމުޖަޕާނުމޮސްކޯއޮކްޓޫބަރު 5އޮގަސްޓު 2ސައްކެޔޮއިލްޔާސް އިބްރާހީމް🡆 More