މޮނަސައިޓް

މޮނަސައިޓް ނުވަތަ (އިނގިރޭސި ބަހުން: Monocyte) އަކީ ދިފާޢީ ނިޒާމްގައި ހިމެނޭ ލޭގެ ހުދު ސެލްގެ ވައްތަރެކެވެ.

ލޭގެ ހުދު ސެލްތަކުގެ 40-20 އިންސައްތަ ހިއްޞާކުރަނީ މޮނަސައިޓް ތަކެވެ. ލޭގެ ޒަރީޢާއިން އުފަންވާ އިންފެކްޝަން އަށަގަންނަތާ 12-8 ގަޑިއިރުގެ ތެރޭގައި އިންފެކްޝަން އަށަގަތް ހިސާބަށް މޮނަސައިޓް ވާޞިލް ވެއެވެެ.


ދިރިހުންނަ މުއްދަތު

މޮނަސައިޓްތައް އެވްރެޖްގޮތެއްގައި ލޭގައި ހޭދަކުރަނީ 20-10ގަޑިއިރާއި ދެމެދުގެ ވަގުތެން ވަންދެނެވެ. އެއަށްފަހު ޓިޝޫތަކަށް ވާސިލްވެ، މެކްރަފޭޖްތަކަށް ބަދަލުވެއެވެ. މެކްރަފޭޖްތައް މަސްތަކުން ފެށިގެން ގޮސް އަހަރުތައް ފާއިތުވަންދެންވެސް ދިރިދެމިހުރެއެވެ.

މޮނަސައިޓްގެ ވަޒީފާ

  • މޮނަސައިޓް ތައް ޓިޝޫތަކަށް ވަނުމަށްފަހު ބޮޑުވެ، މެކްރަފޭޖް( Macrophage)ތަކަށް ބަދަލުވެއެވެ. މެކްރަފޭޖް ދިރިހުންނަ މުއްދަތުގައި ގާތްގަނޑަކަށް 100ވަރަކަށް ބެކްޓީރިއާ ދިރުވާލައެވެ. ހަމަމިހެން ހަށިގަނޑުގައި މަރުވެ، ހަލާކުވެ، ނުވަތަ ދުވަސްވެފައިވާ ސެލްތައް ނައްތާލައެވެ.


  • މެކްރަފޭޖް ފުރަމޭ، ހުންކޮށި،ފުއްޕާމޭ، ކުޑަ ގޮހޮރު ފަދަ ގުނަވަންތަކާއި، އަދި ހަންގަޑުއާއި،ލިމްފްގޮށް ތަކުގައި ވެސް ހުރެއެވެ. މިގޮތަށް ހަށިގަނޑުގެ އެކި ހިސާބުތަކުގައި މެކްރަފޭޖް ފެތުރިފައިވާ ނިޒާމަށް ކިޔަނީ ރެޓިކިއުލޯ އިންޑޯތީލިއަލް ސިސްޓަމް(RES ) އެވެ.


  • ހަށިގަނޑަށް ވަންނަ ބެކްޓީރިއާ ފަދަ ޖަރާސީމްތައް އަތުލައި މަރާލުން ނުވަތަ ނައްތާލުމުގައި ނޫޓްރަފިލްތަކާއި، މޮނަސައިޓްތައް އެކިގޮތްތައް ބޭނުންކުރެއެވެ. ފުރަތަމަ ނޫޓްރަފިލްތައް ލޭގެމަގުން އެއްކިބާވެ، ކުދިލޭހޮޅި( Capillaries ) ތަކުގެ އެތެރޭގައިވާ ތެތް ދުލިފަށަލައިގެ ބަތާނަ(Endothelium)ގައި ޖަމާވެ، ހަރުލައެވެ. މިގޮތަށް ހަރުލުމަށް ކިޔަނީ މާރޖިނޭޝަން( Margination) އެވެ. އެއަށްފަހު ލޭހޮޅީގެ ހަނިމަގަކުން ހުރަސްކޮށް ޓިޝޫތަކުގެ ތެރެއަށް މިސެލްތައް ވާސިލްވެއެވެ. މިގޮތަށް ވާސިލްވުމަށް ކިޔަނީޑައަޕީޑިސިސް( Diapedesis ) އެވެ. ދެން އިންފެކްޝަން ނުވަތަ ބަލި އުފެދިފައިހުރި ދިމާލަށް މިސެލްތައް މިސްރާބު ޖަހައެވެ. މިހާލަތުގައި ސެލްތައް ހަރަކާތްކުރަނީ އެމީބާހެން ސޫޑޮޕޯޑިއާގެ އެހީގައެވެ. މިސެލްތައް ބަލި، އިންފެކްޝަން، ނުވަތަ އިންފްލެމޭޝަން ހުރި ދިމާލަށް ގެންދަނީ ކެމިކަލް މާއްދާތަކެއްގެ އެހީގައެވެ. މިބުނި ކެމިކަލް މާއްދާތައް އުފައްދަނީ ދިފާއުކުރުމުގެ ނިޒާމުން ނުވަތަ ބެކްޓީރިއާއިންނެވެ. މިގޮތަށް ގެންދިއުމަށް ކިޔަނީ ކީމޯޓެކްސިސް( Chemotaxis ) އެވެ. އެއަށްފަހު މިސެލްތައް ބެކްޓީރިއާގެ ވަށާލައެވެ. ދެން ހަޖަމުކުރުމަށް އެހީވެދޭ އެންޒައިމް ( Digestive enzyme )ތަކުގެ އެހީގައި ބެކްޓީރިއާ މިސެލްގެ ތެރެއަށް ދަމާލައެވެ. މިބީދައިން ބެކްޓީރިއާ ކާލުމަށް ނުވަތަ ދިރުވާލުމަށް ކިޔަނީ ފާގަސައިޓޯސިސް( Phagocytosis ) އެވެ.

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

ގްރޯވަރ ކްލީވްލޭންޑްސައިއަހިވައްއެޕްރީލް 28މުށި މަސްޓައިވާންމާރޗް 12ޖެނުއަރީ 2ސެޕްޓެމްބަރު 17ޢުމަރު ނަސީރުއާޔާސޯފިޔާތައިރޮއިޑް ކެންސަރުބަނޑުހިކުންއިންސާނީ ތަރައްޤީގެ ފަށުން ތަރުތީބު ކުރެވިފައިވާ ގައުމުތަކުގެ ލިސްޓުމާރޗް 19Did You Know Archivesކިރްސްޓެން ޑަންސްޓްކޭމަން ޖަޒީރާއާނިސްޓް ހެމިންވޭއަ ބަގްސް ލައިފްއެލެގްސެންޑްރިޔާގެ ލައިޓް ހައުސްމަތީ ތަލިހޮންޑިއުރަސްނިލަންދެއަތޮޅު ދެކުނުބުރިޖެނުއަރީ 11މައިކަލް ޝޫމާކަރސުލްޠާން ޙަސަން (ނުވަވަނަ)ގަނދަކޯޅިސެޕްޓެމްބަރު 28އިރުމަތީ ޓިމޯރުޖޫން 17ލޭގެ ހުދު ސެލްގްރޭޓް އީސްޓަން އާގުބޯޓްޗިލީމަރިޔަމް އަފީފާޗީޗެން އީޓްސާއިސާކް ނިއުޓަންފުރަގަސް ފަރާތު ދޮރުއަންބަރާޠޫރިއްޔަތުކަރަންފޫއިސްޓޭޖު ޑުރާމާ ނުވަތަ އިސްޓޭޖު ތަމްސީލުވައިރަސްސެޕްޓެމްބަރު 20ދިވެހިރާއްޖޭގައި އުޅޭ މަހުގެ މަޢުލޫމާތުއަޒަރުބައިޖާންދިވެހިންArabic languageޕުއެރްތޮ ރީކޯސަންތި ވިސެންޓޭ އަދި ގުރެނާޑީންކޫފާއެޕްރީލް 30ފެބްރުއަރީ 2އިޓައިޕޫ ޑޭމުއާފަލްޕީރިއަޑިކް ތާވަލުކާޑު ބަލިއޮޅުދޫކަރަނޮވެމްބަރު 16މަލާވީބެލްޖިއަމްޕެރަސެޓަމޯލްފަތިނާރުސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުޖޯޖް ވޯކަރ ބުޝްބުރެޒިލް🡆 More