މުޙައްމަދު ނިޔާޒް (ޓެޑްރީ) އަކީ ދިވެހި ފިލްމީ ދާއިރާގެ ފުންނާބު އުސް ފަރާތެކެވެ.
ޑައިރެކްޓަރެއް ޕްރޮޑިއުސަރެއްގެ އިތުރުން އަމިއްލަ ސްޓޫޑިއޯ އެއް ހިންގައެވެ.
1987 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްއިން ކިޔަވައި ނިމުނުގޮތަށް ޓީވީއެމްގެ ޕްރޮޑިއުސަރ ޓްރެއިނީއެއްގެ ވަޒީފާ ޓެޑްރީ އަދާކުރަންފެށިއެވެ. މަޖީދިއްޔާ ސްކޫލްގެ އެންމެފަހު އަހަރުތަކުގައި ޓެޑްރީއަށް ހަދިޔާއަކަށް ވީޑިއޯކެމެރާއެއް ލިބުނެވެ. ޓެޑްރީގެ ޢާއިލާގެ ވަރަށް ގާތް މެންބަރެއްކަމުގައިވާ، އަބްދުލް ޣަފޫރު ދިން މިހަދިޔާއަކީ ދިވެހި ފިލްމީ މައިދޮރާއްޓާ ދިމާލަށް ޓެޑްރީ މިސްރާބް ފެށި ސަބަބެވެ. ސްކޫލްގައި ކިޔަވަމުންދިޔައިރު، ބައެއްކުލާސް ކުދިންނާއި ގާތް ރައްޓެހިންނާއި އެކުފެށި ޑިޓެކްޓިވް ފިލްމް "މރ.ހޫ" އަކީ ޓެޑްރީ މިދާއިރާއަށް އިތުރަށް ޝަޢުޤުވެރި ކުރުވިކަމެކެވެ. އަހަރެއްހާދުވަހު ޓީވީއެމްގެ ވަޒީފާގައި އުޅުމަށްފަހު އިތުރަށް ކިޔެވުމަށް ސްރީލަންކާ އަށްދިޔައެވެ. ދެއަހަރެއްހާދުވަހު ސްރީލަންކާގައި ކިޔަވަން ހުރިއިރުވެސް ރައްޓެހިންނާއިއެކު މިމަސައްކަތާއި ގުޅުންހުރި ތަފާތު ތަޖުރިބާތަށް ކުރަމުންދިޔައެވެ.
1989 ވަނަ އަހަރު ފަހުކޮޅު ޓެޑްރީ ދެވަނަފަހަރަށް ޓީވީއެމް އާއިގުޅުނެވެ. އެދުވަސްވަރު ރޯދަ މަހު ޓީވިން ދެއްކި ޑްރާމާ ސިލްސިލާ "ސަޅިބައިސާ" އަކީ ޓެޑް ޑައިރެކްޓްކޮށް އުފައްދާފައިވާ ސިލްސިލާ ބައި ތަކެވެ. ސަޅިބައިސާ އަކީ ދިވެހި ޓީވީގެ ދިގު ތާރީޚްގައި ބެލުންތެރިންގެ "އާދަޔާ ޚިލާފު" ޝައުވެރިކަމަކާއި ތަރުހީބެއް ހޯދި އުފެއްދުމެކެވެ. ސަޅިބައިސާ މަސައްކަތް ބިނާކޮށް ފެށިގެން އައީ ޓެޑްރީގެ ކޮންސެޕްޓަކަށެވެ. އެހެންނަމަވެސް އެދުވަސްވަރު ޓެޑްރީއަކީ ސްކްރިޕްޓް ލިޔާމީހަކަށް ނުވާތީ، އަޙުމަދު ނިމާލް ފަދަ ބައެއް ތަޖުރިބާކާރުންގެ އެހީއާއިއެކު ސަލިބައިސާގެ ފުރަތަމަ އަހަރުގެ އެޕިސޯޑްތަށް ލިޔުނެވެ. ސްކުރިޕްޓް ލިޔުމުގެތެރޭގައި ސަޅިބައިސާ ކަނޑާ މަންޒަރުތަކުގެ ޑައެލޮގްތަށް އެކުލަވާލާ ތައްޔާރުކުރީ ޓެޑްރީއެވެ. ސަޅިބައިސާގެ ދެވަނަ އަހަރު ހުރިހާ އެޕިސޯޑެއް އެކުލަވާލައި ލިޔެތައްޔާރުކުރީ ޓެޑްރީ އަމިއްލިޔަށެވެ. މޮޅަށް ޑައިރެކްޓް ކުރުމުގެ އިތުރުން މޮޅުސްކްރީން ރައިޓަރަކަށް ޓެޑްރީ ވެގެންދިޔައީ ސަލިބައިސާގެ އެންމެފަހުން 1992 ވަނަ އަހަރު ނެރުނު އެޕިސޯޑް ތަކާއިއެކުގައެވެ.
1990ވަނަ އަހަރު ދިވެހިރާއްޖޭގެ މަޝްހޫރު މިއުޒިޝަން އަހުމަދު ފަސީޙް ފަސީ އާއި ޖެނިފަރ ލަތީފް އެކްޓްކުރި "ރިދަމް އޮފް ދަ ވޭވްސް" އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި "އެމްޓީވީ ސްޓައިލް"ގެ ވީޑިއޯ ލަވައެވެ. މިލަވަ އުފެއްދުމަށް ޓެޑްރި ތައްޔާރުކުރި ސްޓޯރީބޯޑަކީ މިހާރު 18އަހަރު ފުރި، ރާއްޖޭގައި ފެންނަން އޮތް އެންމެ ދުވަސްވީ ސްޓޯރީބޯޑެވެ. ދިވެހި ޓީވީގައި އޭރުމަސައްކަތްކުރި ޓެކްނިކަލް ފަރާތްތަކުން ޤަބޫލުކުރާގޮތުގައި ރިދަމް އޮފް ދަ ވޭވްސް އަށް ޓެޑްރި ތައްޔާރުކުރި ސްޓޯރީބޯޑަކީ ރާއްޖޭގައި ދިވެއްސަކު ތައްޔާރުކުރި ފުރަތަމަ ސްޓޯރީބޯޑެވެ.
މުޙައްމަދު ނިޔާޒް ޓެޑްރީ ގެ އަމިއްލަ ސްޓޫޑިއޯ އިޓާނަލް ފިކްޗަރސް އާއި ކްލަބް ސްކޯޕް ގުޅިގެން، އަބްދުލް މުޙައިމިން ޕްރޮޑިއުސްކޮށް 1994 ވަނަ އަހަރު އުފެއްދި ފިލްމު ދެރިޔާ އަކީ ދިވެހި ފިލްމީ މަސްރަހު ބަދަލު ކޮށްލި ފިލްމެކެވެ. ގިނަބަޔަކު ގަބޫލު ކުރިގޮތުގައި ފިލްމު ހަދާ ސްޓައިލް ނުވަތަ ގޮތްގަނޑު ދެރިޔާގެ ސަބަބުން ބަދަލު ކުރަން މަޖުބޫރު ވެގެން ދިޔައެވެ. ފުރަތަމަ ފިލްމީ އެވޯޑްގައި ތަފާތު އެތައް އިނާމްތަކެއް ޙާޞިލްކުރި މިފިލްމަށްވަނީ ފައިސާގެ ގޮތުން ވެސް ބޮޑު ކާމިޔާބީއެއް ލިބިފައެވެ.
އޮލިމްޕަހުގައި ދެއްކި 36ޝޯގެރެތެއިން ހައުސް ފުލް 34ޝޯ ދެއްކި ދެރިޔާގައި ބަތަލް ބައި ކުޅުނީ ފިލްމީ މަސްރަހަށް މުޅިން އަލަށް ނިކުތް ފަރާތެއް ކަމުގައިވާ ޢަލީ ޚާލިދު އެވެ. ބަތަލާ ބައި ކުޅުނީ ޢަލީ ޚާލިދުގެ ހަގީގީ ދިރިއުޅުމުގެ އަންހެނުން ހައްވާ ޒާހިރާ އެވެ. މީގެ އިތުރުން މިފިލްމްގައި ކޮއްޔަ ހަސަން މަނިކު، މަރިޔަމް ވަހީދާ، އަހުމަދު ޝިމާޢު، އަދި އައިޝަތު ވަހީދާ އާއި، ހައްވާ ރިޔާޒާ ހިމެނެއެވެ.
ދެރިޔާ އަށްފަހު ޓެޑް ޕޮރޮޑިއުސްކޮށް މަހުދީ އަހުމަދު ޑައިރެކްޓްކުރި އަމާނާތް ވެސް ވަނީ ބޮޑެތި ކާމިޔާބުތައް ހޯދާފައެވެ. ހިންދީ ފިލްމު މައުސޫމް އަސްލަކަށް ބަލައިގެން ހެދި ފިލްމްގެ ބަތަލް ބައިވެސް ކުޅުނީ އަލީ ޚާލިދު އެވެ. މީގެ އިތުރުން ޖަމްޝީދާ އަދި ފާތިމަތު ރަމީޒާ ބޮޑު ބަޔެއް މިފިލްމްގައި އަދާކޮށްފައި ވެއެވެ. ކުޑަކުދިންތަކެއް މުހިއްމު ރޯލްތަކެއް ހިމެނޭ މިފިލްމު ވަނީ އެންމެ ފަހުގެ ފިލްމީ އެވޯޑްގައި 12 އެވޯޑް ހާޞިލްކޮށް ރިކޯޑް މުގުރާލައިފައެވެ.
ޓެޑްރީގެ ފިލްމު ކުންފުނިން ހަދަން ގަސްތުކޮށް ނުހެދި ވާ ފިލްމުތަކުގެ ތެރޭގައި ދުންތަރި، މަންމަ ފަދަ ފިލްމްތައް ހިމެނެއެވެ. މިއަދު ޓެޑްރީގެ ސްޓޫޑިއޯ އިން އިޝްތިހާރާއި ލަވަތައް އުފައްދައިގެން ނެރެއެވެ.
މުޙައްމަދު ނިޔާޒްގެ ފިލްމް އަމާނާތަށް 2007 މާރޗް 3ގައި ބޭއްވި 3 ވަނަ ގައުމީ ދިވެހި ފިލްމް ފެސްޓިވަލްގައި ޖުމްލަ 12 އެވޯޑް ލިބިފައި ވެއެވެ.
1994 ވަނަ އަހަރު ބޭއްވި ފުރަތަމަ ގައުމީ ފިލްމް ފެސްޓިވަލްގައި މުޙައްމަދު ނިޔާޒް ޓެޑްރީގެ ފިލްމް ދެރިޔާ އަށް 8 އެވޯޑް ލިބިފައި ވެއެވެ. އޭގެ ތެރެއިން ބައެއް އެވޯޑްތައް ތިރީގައި މިވަނީއެވެ.
This article uses material from the Wikipedia ދިވެހިބަސް article މުޙައްމަދު ނިޔާޒް ޓެޑްރީ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). Content is available under CC BY-SA 4.0 unless otherwise noted. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki ދިވެހިބަސް (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.