ކޮމްކާސްޓް ސެންޓަރ

އެމެރިކާގެ މަޝްހޫރު ސްޓޭޓެއްކަމަށްވާ ޕެންސިލްވޭނިއާގެ ފިލަޑެލްފިއާގައި ހުންނަ ކޮންކާސްޓްސެންޓަރަކީ ކޮމަންވެލްތު އޮގް ޕެންސިލްވޭނިއާގައި ހުރި އުސްޢިމާރާތްތަކުގެ ތެރޭގައި ހުރިއެންމެ އުސްޢިމާރާތްކަމުގައި 18 ޖޫން 2007 ގައި ރަސްމީގޮތުން ވަނީ ކަނޑައަޅާފައެވެ.

އެޢިމާރާތް ބިނާކޮށް ނިމުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ފާހަގަކުރިއިރު އެޙަފްލާގެ ޝަރަފްވެރި މެޙްމާނެއްގެ ގޮތުގައި ހުންނެވީ ފިލަޑެލްފިއާގެ މޭޔަރ ޖޯން އެފް. ސްޓްރީޓެވެ.

ކޮމްކާސްޓް ސެންޓަރ
ކޮމްކާސްޓް ސެންޓަރ

އުސްމިނުގައި 975 ފޫޓު ( 297 މީޓަރު ) ހުންނަ ކޮންކާސްޓް ސެންޓަރުގައި ވަނީ 57 ފަންގިފިލައެވެ. އެމެރިކާގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ސްޓަރން އާކިޓެކްޓްސް ކުންފުނީގެ ރޮބަރޓް. އޭ.އެމް ފަރުމާކޮށްފައިވާ މިޢިމާރާތުގެ ފްލޯއޭރިއާގެ ތެރެއިން އޮފީސްތައް ހިންގުމަށްޓަކައި ކުއްޔަށްދިނުމަށް ހަމަޖެހިފައިވާ 1248000 އަކަފޫޓާއި ރީޓެއިލް ވިޔަފާރިކުރުމަށް ހަމަޖެހިފައިވާ 23000 އަކަފޫޓު ހިމެނެއެވެ.

ފިލަޑެލްފިއާގެ އިތުރުން މުޅި ޕެންސިލްވޭނިއާގައި ކޮންކާސްޓް ސެންޓަރުގައި ވާ ފާހަގަކޮށްލެވޭ މުހިއްމު ބައިތަކުގެ ޕެންސިލްވޭނިއާ ރެއިލްވޭގެ ސަބަރބަން ސްޓޭޝަނަށް ވަދެވޭ ގޮތަށް ހުންނަ އައު ދޮރާށި ހިމެނެއެވެ. އަދި އެތަނުގައިވާ 500 މީހުންގެ ޖާގައިގެ ޑައިނިންގ ރޫމަކީވެސް ފާހަގަކޮށްލެވޭ ބައެކެވެ. އޭގެ އިތުރުން އެޢިމާރާތުގެ އަޑީގައި 120 ޕްރައިވެޓް ސްޕޭސްގެ ޕާކިން އޭރިއާއެއް އޮވެއެވެ.

ކޮމްކާސްޓް ސެންޓަރ ބިނާކުރުމުގެ މަޝްރޫޢު ފުރަތަމަ އިޢުލާންކުރިއިރު އެމަޝްރޫޢަށް ދީފައިވާ ނަމަކީ ޕެންސިލްވޭނިއާ ޕްލާޒާއެވެ. ނަމަވެސް އެޢިމާރާތުގެ 39 ފަންގިފިލާ( 873000 އަކަފޫޓު) ކޮމްކާސްޓް ކުންފުނިން 12 އަހަރާއި 6 މަސްދުވަހަށް ކުއްޔަށް ހިފުމާގުޅިގެން އެތަނުގެ ނަން ކޮމްކާސްޓް ސެންޓަރަށް ބަދަލުކުރީއެވެ.

ކޮމްކާސްޓް ސެންޓަރުގެ ދިއްލުންތައް ފަރުމާކޮށްފައިވަނީ އެދާއިރާގައި ފުންނާބު އުސް ކުންފުންޏެއްކަމަށްވާ ކުއެންޓިމް ތޯމަސް އެންޑް އެސޯސިއޭޓްސް އެވެ.

ކޮމްކާސްޓް ސެންޓަރުގެ މަޝްރޫޢު ފެށި ފަރާތަކީ ޕެންސިލްވޭނިއާގެ ލިބަރޓީ ޕްރޮޕަޓީ ޓްރަސްޓް ކުންފުންޏެވެ. ނަމަވެސް އެތަނުގެ ޢާއްމު އޭރިއާ ތަރައްޤީކުރުމަށްޓަކައި ޕެންސިލްވޭނިއާގެ ސްޓޭޓް ސަރުކާރުން 30 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.

އަދި ލިބަރޓީ ޕްރޮޕަރޓީ ޓްރަސްޓް ކުންފުނިން ވަނީ ކޮމްކާސްޓް ސެންޓަރުގެ 80 އިންސައްތަ ޙިއްސާ ޖަރުމަނުގެ ކުންފުންޏެއްކަމަށްވާ ކޮމަރޒްބޭންކަށް ވިއްކާލާފައެވެ. ނަމަވެސް ކޮމަރޒްބޭންކާ ގުޅިގެން ކޮމްކާސްޓް ސެންޓަރ އޮޕަރޭޓްކުރަމުން ދަނީ މިހާރުވެސް ލިބަރޓީ ޕްރޮޕަޓީ ޓްރަސްޓުންނެވެ.

2005 ވަނަ އަހަރު ބިނާކުރަން ފެށި ކޮމްކާސްޓް ސެންޓަރުގެ މަސައްކަތް 2008 ވަނައަހަރު ނިމިފައިވާއިރު އެތަން ޢިމާރާތްކުރުމަށް ޖުމްލަ 523 މިލިޔަން ޑޮލަރު ހޭދަވިއެވެ. ކޮމްކާސްޓް ސެންޓަރަކީ ވަރަށް ގިނަ ޒަމާނީ ޓެކްނޮލޮޖީއާއެކު އެެތަނުގެ ބޭނުންކުރާމީހުންނަށް ފަސޭހަވާނެހެން ޢިމާރާތްކޮށްފައިވާ ތަނެކެވެ. އެތަނުގެ އެކަ ފަންގިފިލާތަކަށް ދިއުމަށްޓަކައި 35 އެލެވޭޓަރު ބަހައްޓާފައިވެއެވެ. ކޮންކްރީޓުން ޢިމާރާތްކޮށްފައިވާ މިތަނުގެ ބޭރު ޒީނަތްތެރިކޮށްފައިވަނީ ބިއްލޫރިންނެވެ.

އިތުރު ފާލަންތައް

އިތުރު ފާލަންތައް

ކޮމްކާސްޓް ސެންޓަރ 
ވިކިމީޑިޔާ ކޮމަންސް ގައި މި މަޒްމޫނާއި ގުޅޭ ލިޔުމެއް އެކުލެވިގެންވޭ:


މަރުޖިޢުތައް

  • ދުވަހު ނޫސް ރާއްޖެ ގެ ލިޔުމަކުން

Tags:

🔥 Trending searches on Wiki ދިވެހިބަސް:

އިނގިރޭސިވިލާތްފަރަންސޭސިވިލާތްނޮވެމްބަރު 2ތޫނިސްއެޕްރީލް 5މާޗޫ ޕީކްޗޫޢަޤީދާ2003ނޯވޭވެޓިކަން ސިޓީނޮވެމްބަރު 12މޮސްކޯޖުލައި 212010އުތީމު ގަނޑުވަރުމުލިހިޑެންމާކުސައްކެޔޮއެޕްރީލް 21އޮކްޓޫބަރު 1ޖަބަލްޠާރިޤުއޭޝިއާތުރުކުމެނިސްތާންއެމެރިކާމާރޗް 8ކޮންގޯ (ދިމިޤްރާޠީ ޖުމްހޫރިއްޔާ)މެއި 31އެޕްރީލް 9ޒަކާތްލާއޯސްމައުރިބުހަވީރު ނޫސްމާރޗް 31ޖޫން 231998އޮކްޓޫބަރު 5Henry Wilsonފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައްމުޙައްމަދު ޖަމީލުދީދީ2001ޞަޙާބީންއެކުވެރި ދައުލަތްތައްޑިސެމްބަރު 20އޮކްޓޫބަރު 18ނޮވެމްބަރު 22ޖުލައި 6ބަންގާޅުވިޓަމިން އޭނީޖަރުޔަޙްޔާގެފާނުޑިސެމްބަރު 22އިސްލާމީ ފަލްސަފާޖޫން 22ރާޒުވާޖެނުއަރީ 5ނޮވެމްބަރުމިޔަރުޖުލައި 22އެޕްރީލް 25ޖުލައި 20ލޭޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު2009ވިއެޓުނާމުއެޕްރީލް 28ފެބްރުއަރީ 24އޮސްޓަރުލިޔާފެބްރުއަރީ 6🡆 More