ތިއްޖެހި ގާބޯ

ތިއްޖެހި ގާބޯ (ސައިންޓިފިކް ނަން: Paracirrhites forsteri)ނުވަތަ (އިނގިރޭސި ބަހުން: Black-sided hawkfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ގިނައިން އުޅޭ މަހެކެވެ.

މިބާވަތުގެ މަސް އާންމުކޮށް ފެންނަނީ ބޭރުމަތީ ގާތަކުގެ މަތީގައި މަޑުކޮށްލައިގެން ތިއްބައެވެ. މިއީ ރީތި މަހެކެވެ. ރާއްޖެއިން ދިރޭ ކުދިމަސް ބޭރުކުރާ މީހުން މިބާވަތުގެ މަސް ހިފާ އުޅެއެވެ. މަހުގެ އާންމު ކާނާއަކީ ކުދިމަހެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. މަހުގެ ކުލައަކީ ފަނޑު ދޮންކުލަ އެވެ. މަހުގެ އަރިމަތީގައި ކަޅުކުލައިގެ ފަލަ ރޮނގެއް ހުރެއެވެ. ބައެއް ފަހަރު މިރޮނގު ކެނޑި ލައްތަކަކަށް ބަދަލުވެފައި ވެސް ހުރެއެވެ. މަހުގެ ބޮލުގައި ހުންނަނީ ގަދަ ރަތްކުލައިގެ ކުދިކުދި ތިކިތަކެއް ޖަހާފައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 11 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 6 މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގައި 14 މަޑުކަށި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 22.5 ސެންޓި މީޓަރަށެވެ. މަހުގެ ބޯމަތިން ދެލޯ ދޭތެރޭގައި ހުޅުނބު ހުރެއެވެ. މަހުގެ ކޮލުގައި 5 ނުވަތަ 6 ހުޅުނބު ރޮނގު ހުރެއެވެ. މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑްކުރެވިފައި ނެތުމާއެކު މަހުގެ ސިފަޔަށް ވިސްނާ މިމަހަށް ތިއްޖެހި ގާބޯ ކިޔާ ނަންދީފައި ވަނީ އެވެ.

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

2009ކުއްޅަފިލާއަބޫބަކުރުގެފާނުކުވެއިތުއާނިސްޓް ހެމިންވޭއުމަވީ ދައުލަތްލަޑިމިއަރ ޕޫޓިންހުކުރުކަށި ވިދުރިBޖެނުއަރީ 22ލައްޓިޔުނައިޓެޑް ކިންގްޑަމްމާލެނިއުޒިލޭންޑުފެބްރުއަރީ 25ކެޓޮވިސްޖިމީ ވޭލްސްއެމެރިކާހިތްޚޫފޫ ޕިރަމިޑްމާރޗް 2ޕޯޗުގީޒުއިނގިރޭސިޖުލައި 8Hubert Humphreyސޫރިޔާދިވެހި އަދީބުންއޮކްޓޫބަރު 4ކޮންގޯ (ދިމިޤްރާޠީ ޖުމްހޫރިއްޔާ)ބަޣުދާދުކޮޅުވުންސެލެނިއަމްދިވެހިރާއްޖެފަރުޖު ދުޅަވުންޕާކިސްތާނުގެ ރައީސްރަތުލޯއޯޓިޒަމްއޮކްޓޫބަރު 31އިސްލާމީ ފަލްސަފާއިސްލާމް ދީނުގައި ކައިވެނިގޯ، ޑޮގް. ގޯ! (ޓީވީ ސިލްސިލާ)އެޕްރީލް 12ހިޕޯޕޮޓަމަސްވޮޝިންގޓަން، ޑީ.ސީ.ޤުދުސްއޮގަސްޓު 22ޖޫން 26އެޕްރީލްސެޕްޓެމްބަރު 5ހައިޕޯތަލަމަސްއިސްޕެއިންއީރާންރަތް މަސްއަޔަލޭންޑުގެ ޖުމްހޫރިއްޔާލަކްޝަދީބުހަތަރު ޚަލީފާޖަޕާނީމޫސާގެފާނުކުރުނބާތުރުކުމެނިސްތާންތާރީޚުގެ ތެރެއިން ފަލަސްތީނާއި އިސްރާއީލު މައްސަލަބުރުނައީއަރުމީނިއާޑިސެމްބަރު 5މަނަދޫ (ނ. އަތޮޅު)2001ކުރޮއޭޝިއާސެޕްޓެމްބަރު 8އިރުމަތީ ޓިމޯރުރޫސީވިލާތްޕީރިއަޑިކް ތާވަލުފެންކޮންގޯ (ޖުމްހޫރިއްޔާ)🡆 More