ހިތިބޯ

ހިތިބޯ(ސައިންޓިފިކް ނަން: Atherinomorus lacunosus)ނުވަތަ (އިނގިރޭސި ބަހުން: Hardyhead silverside) އަކީ ރާއްޖޭގެ ތިލަ ފަޅުތަކުގައި ބޮޑެތި އައިން ހަދައިގެން އުޅޭ މަހެކެވެ.

މިބާވަތުގެ މަސް އާންމުކޮށް ގުންބަޅަ އަދި ތާވަޅަ އަދި މުށި މަސް އާއެކު އައިންހަދައިގެން އުޅެއެވެ. މިއީ ދޮށީގެ މަސްވެރިން އެން ތަދު ދުވަސްވަރު އެމުގެ ގޮތުގައި ދާޖަހައިގެން ހިފާއުޅޭ މަހެކެވެ. މިބާވަތުގެ މަސް އާންމުކޮށް ކައިއުޅެނީ ރޭގަނޑު އެވެ. މަހުގެ ކާނާއަކީ ކުދި ކަކުނި ފާނޑުގެ ސޫތްޕާއި އޮޔާދާ ދިރޭތަކެތީގެ ބިހާއި ކުދި މަހެވެ. މިމަސް އެންމެ ބޮޑުވަނީ 15 ސމ އަށެވެ.

ހިތިބޯ
ހިތިބޯ

މިއީ ލޯބޮޑު މަހެކެވެ. މަހުގެ ބުރަކަށިމަތީގައި ހުންނަނީ ފެހިއަޅިކުލައެކެވެ. ހުޅުނބުތަކުގެ ކައިރިފަށް ހުންނަނީ ކަޅުވެފައެވެ. މަހުގެ ދެއަރިމަތީގައި ރިހިކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މިއީ މަސްއައިނަށް އަރާ އުކުމުން ވަރަށް ދަހިކޮށް ކުރީކޮޅު މަސްބޭނޭ އެމެކެވެ. ނަމަވެސް މަހުގެ ހުޅުނބުތައް ވަރުގަދަ ކަމުންނާއި ކަށިގިނަކަމުން މިބާވަތުގެ އެން ކެއުން ވަރަށް އަވަހަށް މަސް ހުއްޓާލައެވެ. އެހެންކަމުން މިބާވަތް އެމުގެ ގޮތުގައި އާންމުކޮށް ދިވެހި މަސްވެރިން ބޭނުމެއް ނުކުރެއެވެ.

Tags:

އިނގިރޭސިމުށި މަސްތާވަޅަގުންބަޅަ

🔥 Trending searches on Wiki ދިވެހިބަސް:

ގާނާސޯމާލިއާކޮސްޓަރީކާގަހަވީ އިލްމުސެލެނިއަމްޔުނައިޓެޑް ކިންގްޑަމްކޮޅުވުންފާރިސީއެކުމާފާނު2007ކެމަރޫންއަބޫބަކުރުގެފާނުހަރަކާތުގެ ބަލިއޮޅުދޫކަރަޖޫން 26ބަސްކީރިތި ޤުރުއާން2001ވާދޫ ދަންނަ ކަލޭގެފާނުއޮގަސްޓު 152014ފަރުޖު ދުޅަވުންފަޚުރުވެރި ދިވެހިބަސްފެންހުކުރުއުމަވީ ދައުލަތްއިބްރާހިމް ޝިހާބްނިއުދިއްލީއޮކްޓޫބަރު 1ޖެނުއަރީ 6މޯލްޓާޗައިނާގެ ބޮޑު ފާރުދަގަނޑުޢައިޝަތު ޝިރާނީ2003ޝީޢީ މަޛްހަބުމޮރޮކޯމެއި 12ސިއްކީމްމާރޗް 27ލޭގެ ކެންސަރުއޮކްޓޫބަރު 4ދެކުނު ކޮރެއާނިލަންދޫ (ގއ. އަތޮޅު)ހިޕޯޕޮޓަމަސްއޮގަސްޓު 22ޕާކިސްތާނުގެ ރައީސްފެބްރުއަރީ 25ކުވެއިތުސުލޮވާކިއާޑޮނަލްޑް ޓްރަމްޕްނޮވެމްބަރު 4އަފްޣާނިސްތާންބަރަކް އޮބާމާކަށިކެޔޮDragon Ballގޫގްލްމަސީހީދީންސައޮ ޕައުލޯHubert Humphreyކުޑަވައި އިނގިލިވެރިރަށްފެހި އޮށްސަންތި ޕިއޭރޭ އާއި މިކުއެލޯންއޮސްޓްރިއާސީރާއިސާކް ނިއުޓަންއޮށް ދުޅަވުން🡆 More