ސޯމާލިއާ

ސޯމާލިޔާއަކީ އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

Republic of Somalia
Jamhuuriyadda Soomaaliya
ފަންވަތް:Rtl-lang
ފަންވަތް:Rtl-lang
ސޯމާލިއާ ސޯމާލިއާ
Flag Coat of arms
Anthem: Soomaaliyeey Toosoow
Somalia, Wake Up
ސޯމާލިއާ
Location of Somalia
Capital
and largest city
Mogadishu
2°02′N 45°21′E / 2.033°N 45.350°E / 2.033; 45.350
Official languages Somali, Arabic
Demonym Somali
Government Coalition Government
 -  President Sharif Ahmed
 -  Prime Minister Omar Abdirashid Ali Sharmarke
Independence
 -  from United Kingdom 26 June 1960 
 -  from Italy 1 July 1960 
Area
 -  Total 637,661 km2 (41st)
246,201 sq mi
 -  Water (%) 1.6
Population
 -  2009 estimate 9,133,000 (85th)
 -  Density 14.3/km2 (198th)
37.1/sq mi
GDP (PPP) 2007 estimate
 -  Total $7.599 billion (153rd)
 -  Per capita $795 (222nd)
HDI (2009)N/A
Error: Invalid HDI value · Not Ranked
ކަރަންސީ Somali shilling (SOS)
Time zone EAT (UTC+3)
 -  Summer (DST) not observed (UTC+3)
ޑްރައިވްސް right
Calling code 252
އިންޓަރނެޓް ޓީއެލްޑީ .so (currently not operating)
2. BBC News
3. Transitional Federal Charter of the Somali Republic

އަވަސް ކަޅިއަކުން ބަލައިލުމެއް

ސޯމާލިޔާގެ ރަސްމީ ބަހަކީ ޢަރަބި ބަހާއި ސޯމާލީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސޯމާލީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ މޮގަދިޝޫއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މި ޤައުމުގައި މި ވަގުތު އޮތީ ކޯލިޝަން ސަރުކާރެކެވެ. ޤައުމުގެ އާބާދީއަކީ 9 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 89 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 637661 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ so. އެވެ. ކޯލިން ކޯޑަކީ +252 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސޯމާލީ ޝިލިންގެވެ.

ނަން

ސޯމާލިޔާއަށް އެ ޤައުމުގެ ރަސްމީ ދެބަހުގެ ތެރެއިން ސޯމާލީ ބަހުން ކިޔާ ނަމަކީ ސޫމާލިޔާއެވެ. ޢަރަބި ބަހުން ކިޔަނީ އައްޞޫމާލްއެވެ. ރަސްމީ ނަމެއްގެ ގޮތުގައި ބޭނުންކުރެވެނީ ރިޕަބްލިކް އޮފް ސޯމާލިޔާއެވެ. ކުރިން މި ޤައުމަށް ކިޔާފައިވާ ނަމަކީ ސޯމާލީ ޑިމޮކްރެޓިކް ރިޕަބްލިކެވެ.

ޖުޣުރާފީ

ސޯމާލިޔާގެ ހުޅަނގު އުތުރުގައި އޮތީ ޖިބުތީއެވެ. ހުޅަނގު ދެކުނުގައި އޮތީ ކެންޔާއެވެ. އުތުރުގައި އޮތީ ޚަލީޖު ޢަދަނާއި ޔަމަންއެވެ. އިރުމަތީގައި އޮތީ އިންޑިޔާ ކަނޑެވެ. ހުޅަނގުގައި އޮތީ އިތިޔޯޕިޔާ (ޙަބުޝްކަރަ ނުވަތަ ޙަބަޝާ) އެވެ.

ތާރީޚު

ޤަދީމީ ޒަމާނުގައި ސޯމާލިޔާ ވެފައިވަނީ ވިޔަފާރީގެ މުހިއްމު މަރުކަޒަކަށެވެ. ތާރީޚުގެ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޕުންތު ރަސްކަން ޤާއިމުވެފައި އޮތީ ވެސް ސޯމާލިޔާ ސަރަޙައްދުގައެވެ. ޕުންތީތުންނަކީ މިޞްރުގެ ވެރިކަމުގައި ތިބި ފިރުޢައުނުންނާ ވަރަށް ގާތް ގުޅުމެއް ބެހެއްޓި ބައެކެވެ. މި ގޮތުން ފިރުޢައުނު ސަހޫރާ އާއި ރާނީ ހަތްޝެޕްސޫތާ ވަރަށް ގާތް ގުޅުމެއް މި މީހުން ބަހައްޓާފައިވާކަން ތާރީޚުން އެނގެއެވެ. ސޯމާލިޔާގެ ކުރިމަތީގައި އޮތް ރަތް ކަނޑުުގެ އަނެއް ފަރާތުގައި އިސްލާންދީން ފެތުރެން ފެށުން ވެގެން ދިޔައީ ސޯމާލީންގެ ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައި ކަމެއް ކަމުގައެވެ. މީގެ ސަބަބުން ސޯމާލިޔާގެ ޤަދީމީ ޝަހަރުތައް ކަމުގައިވާ، މޮގަދިޝޫ އާއި ބަރްބަރާ އާއި ޒީލާ އާއި ބަރާވާ އާއި މަރްކާ ފަދަ ތަންތަނަށް އިސްލާމްދީން ފެތުރިގެން ދިޔައެވެ. އަދި މި ޝަހަރުތަކަކީ މުސްލިމުންގެ ޝަހަރުތަކެއް ކަމުގައި ވެގެން ދިޔައެވެ. ޔޫރަޕުގެ ޤައުމުތަކުން އެފްރިކާގެ ޤައުމުތައް ކޮލޯނައިޒް ކުރަމުން ދިޔަ ކަމުގައި ވިޔަސް އެއް އިރެއްގައި ވެސް ރަސްމީ ގޮތުން ސޯމާލިޔާ ކޮލޯނައިޒް ކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރެއްގެ ނުފޫޒެއް އިޓާލީން އަދި އިނގިރޭސީން ފޯރުވަމުން ދިޔައެވެ. ސޯމާލިޔާގައި މީހުން ވަޒަންވެރިވެ އުޅެންފެށި ޒަމާނަށް ބަލާލާއިރުގައި، ސޯމާލިޔާއަކީ ވަރަށް ކުރީއްސުރެ މީހުން ވަޒަންވެރިވެފައިވާ ޤައުމެއްކަން ސާބިތުވެއެވެ. ޢީސާއީ މީލާދުގެ 9000 އަހަރު ކުރީން ކޮށްފައިވާ ކޭވް ޕެއިންޓިންތަކެއް އުތުރު ސޯމާލިޔާއިން ފެނިފައިވެއެވެ. މިއީ ވެސް ސޯމާލިޔާގައި ވަރަށް ކުރީއްސުރެ މީހުން ވަޒަންވެރިވެފައިވާކަން ދައްކައިދޭ ހެތްކެކެވެ. ޢީސާއީ މީލާދުގެ 4000 އަހަރު ކުރީން ވެސް ސޯމާލިޔާގައި މީހުން ވަޅުލާފައިވާ ޤަބުރުސްތާންތައް ހުރިކަން ސާބިތުވެއެވެ. މިއަދު ސޯމާލިޔާ މަޝްހޫރުވެފައިވަނީ އެތަނުގެ ކަނޑުފޭރޭ މީހުންގެ ސަބަބުންނެވެ. ސޯމާލިޔާގެ ކަނޑުފޭރޭ މީހުންގެ ސަބަބުން އެ ސަރަޙައްދުން ދަތުރު ކުރަމުންދާ ވަރަށް ގިނަ އުޅަނދުތަކަށް އެތައް ދައްޗަކާ ދަނީ ކުރިމަތިލާން ޖެހެމުންނެވެ. ކުރީ ޒަމާނަށް ބަލާއިރުގައި އިންޑިޔާގެ ސޫރަތުގެ ވިޔަފާރިވެރީންނާއި ދެކުނު އެފްރިކާގެ ވިޔަފާރިވެރީންވަނީ ޕޯޗުގީޒުންނާއި ޢުމާނީންގެ އުނދަގޫތަކުން ސަލާމަތްވެ ރައްކާާތެރި ކަމާއެކު ދަތުރުކުރުމުގެ ގޮތުން ސޯމާލީ ކަރައިގެ ބަރާވާގެ ބަނދަރު ބޭނުންކޮށްފައެވެ.

ޑެމޮގްރަފިކްސް

ސޯމާލިޔާގެ އާބާދީގެ 85% މީހުންނަކީ ނަސްލުގެ ގޮތުން ބަލާއިރުގައި ސޯމާލީ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. ޤައުމުގެ އާބާދީގެ 34% މީހުން ދިރިއުޅެމުން ގެންދަނީ ގަރިޔާތަކާއި ޝަހަރުތަކުގައެވެ.

ސަގާފަތު

ސަގާފަތުގެ ގޮތުން ބަލާއިރު ސޯމާލިޔާ އަކީ ޢަރަބި ސަގާފަތާއި އެފްރިކާ ބައްރުގެ ސަގާފަތް ބައްދަލުވާ ނުގުތާގައި އޮތް ޤައުމެއްކަމުން ސޯމާލިޔާގެ ސަގާފަތުން އެކަމުގެ އަސަރު ވަރަށް ރަނގަޅަށް ފެންނަން އެބަހުއްޓެވެ.

އިޤްތިޞާދު

އިޤްތިޞާދީ ގޮތުން ބަލާއިރު ސޯމާލިޔާގެ އިޤްތިޞާދަކީ އެހައި ރަނގަޅު އިޤްތިޞާދެކޭ ދެންނެވޭކަށް ނެތެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 795 ޑޮލަރެވެ.

Tags:

ސޯމާލިއާ އަވަސް ކަޅިއަކުން ބަލައިލުމެއްސޯމާލިއާ ނަންސޯމާލިއާ ޖުޣުރާފީސޯމާލިއާ ތާރީޚުސޯމާލިއާ ޑެމޮގްރަފިކްސްސޯމާލިއާ ސަގާފަތުސޯމާލިއާ އިޤްތިޞާދުސޯމާލިއާ

🔥 Trending searches on Wiki ދިވެހިބަސް:

އައިސްލަންޑަންފޮނި ތޮށިގުރަހަވިއެޓުނާމުލޭ2007ސަން މަރީނޯމައި ޞަފްޙާލިންޑަން ބެއިންސް ޖޯންސަންލޭމަދުވުން (ދަގަނޑު މަދުވުމުން)މުޙައްމަދުގެފާނުއެވަރެސްޓް ފަރުބަދަޒުވާރިއިބްރާހީމް ނާޞިރުމިޞްރުޗައިނާގެ ބޮޑު ފާރުޖަރުމަނުވިލާތްޕުއެރްތޮ ރީކޯލޭކިހުނުތެލުގޫދިވެހި ބޭސްވެރިކަންކެމަރޫންޓޯކިޔޯބެލްޖިއަމްމާރޗް 26ތުރުކީވިލާތްސޯވިއެޓް އިއްތިހާދުއެމް.އެން.ޑީ.އެފް ސަދަން އޭރިއާފަލަބަލިމަސްޖިދުލްޙަރާމްނޫމަރާ (ށ. އަތޮޅު)މަރާޓީސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުދިވެހިރާއްޖޭގެ މިނިވަން ދުވަސްރޫސީވިލާތްސާބިއާލީޝްތެންސްޓީންއެމެރިކަން ސަމޯއާއިބްރާހިމް ޝިހާބްޑާކާފޭސްބުކްސާރކްޖިމީ ވޭލްސްމޫސާގެފާނުޕެރޫއެޕްރީލް 28ސީނީޖޯޖް ވޮޝިންގޓަންޔޫ.ޓީ.ސީ.ފަރަންސޭސިވިލާތްޝާދުޔަޙްޔާގެފާނު2006ތުރިޕޫރާފިންލޭންޑުރުމޭނިއާމުލަކަތޮޅުސުލްޠާން އިބްރާހީމް (ތިންވަނަ)އެޕްރީލް 21މާރޗް 22Did You Know Archivesވޮޝިންގޓަން، ޑީ.ސީ.ޝަރީޢަތްސައޫދީ އަރަބިއްޔާބެކްޓީރިޔާއިޓަލީ🡆 More