ޔުނައިޓެޑް ކިންގްޑަމް

ދަ ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓެއިން އެންޑް ނޮދަން އަޔަރލޭންޑް ނުވަތަ ޔުނައިޓެޑް ކިންގްޑަމް ނުވަތަ ޔޫ.ކޭ ނުވަތަ ބްރިޓެއިން އަކީ ޔޫރަޕުގެ ބައްރުގެ ހުޅަނގު އުތުރުގައި އޮންނަ ޤައުމެކެވެ.

ބްރިޓެއިންއަކީ “އައިލެންޑް ކަންޓްރީ” އެކެވެ. އެއް ގޮތަކުން ބަލާއިރު އެއީ ޖަޒީރާ ޤައުމެކެވެ. އެ ޤައުމުގެ އެއްބަޔަކީ އަޔަރލޭންޑުގެ އިރު އުތުރު ބަޔެވެ. ދެން ކުދި ކުދި ރަށްރަށެވެ. ޔުނައިޓެޑް ކިންގްޑަމް ނުވަތަ ޔޫ.ކޭ އަކީ ދުސްތޫރީ ރަސްކަމެއް އޮންނަ ޔުނިޓަރީ ދައުލަތެކެވެ. މި ދައުލަތް އެކުލެވިގެންވަނީ ހަތަރު ޤައުމުގެ މައްޗަށެވެ. އެއީ އިނގިރޭސިވިލާތާއި، ނޮދަން އަޔަރލޭންޑާއި، ސްކޮޓްލޭންޑާއި، ވޭލްސްއެވެ. ޔުނައިޓެޑް ކިންގްޑަމްގެ ސަރުކާރު ހިންގަނީ ބަރުލަމާނީ ނިޒާމަށެވެ. ޔުނައިޓެޑް ކިންގްޑަމްގެ ވެރި ރަށަކީ ލަންޑަނެވެ. ހަމަ އެއާއެކު ލާމަރުކަޒީ އުޞޫލުން ބެލްފާސްޓާއި، ކަރޑިފްއާއި، އެޑިންބަރގައި ވެސް އިސާރީ ހިންގުން އޮވެއެވެ. އެއީ ތަރުތީބަށް ނޮދަން އަޔަރލޭންޑާއި ވޭލްސް އާއި ސްކޮޓްލޭންޑުގެ ވެރިރަށްތަކެވެ.

United Kingdom of Great Britain and Northern Ireland
ޔުނައިޓެޑް ކިންގްޑަމް ޔުނައިޓެޑް ކިންގްޑަމް
Flag Royal coat of arms
Anthem: "God Save the King"
Location of ޔުނައިޓެޑް ކިންގްޑަމް (dark green) – in Europe (light green & dark grey) – in the European Union (light green)  –  [Legend]
Location of ޔުނައިޓެޑް ކިންގްޑަމް (dark green)

– in Europe (light green & dark grey)
– in the European Union (light green)  –  [Legend]

Location of ޔުނައިޓެޑް ކިންގްޑަމް (dark green)

– in Europe (light green & dark grey)
– in the European Union (light green)  –  [Legend]

Capital
and largest city
London
51°30′N 0°7′W / 51.500°N 0.117°W / 51.500; -0.117
Official languages English (de facto)
Recognised regional languages Irish, Ulster Scots, Scottish Gaelic , Scots, Welsh, Cornish
Ethnic groups (2001
See: UK ethnic groups list)
92.1% White (mainly of British Isles descent, with minorities of other descent)
4.0% South Asian
2.0% Black
1.2% Mixed
0.4% Chinese
0.4% Other
Religion Anglican
Demonym British, Briton
Government Parliamentary democracy and constitutional monarchy
 -  Monarch Charles III
 -  Prime Minister Rishi Sunak
Legislature Parliament
 -  Upper house House of Lords
 -  Lower house House of Commons
Formation
 -  Acts of Union 1707 1 May 1707 
 -  Act of Union 1800 1 January 1801 
 -  Anglo-Irish Treaty 12 April 1922 
Area
 -  Total 244,820 km2 (79th)
94,526 sq mi
 -  Water (%) 1.34
Population
 -  2009 estimate 61,113,205 (22nd)
 -  2001 census 58,789,194
 -  Density 246/km2 (48th)
637/sq mi
GDP (PPP) 2008 estimate
 -  Total $2.228 trillion (7th)
 -  Per capita $36,357 (18th)
GDP (nominal) 2008 estimate
 -  Total $2.680 trillion (6th)
 -  Per capita $43,733 (20th)
Gini (2005)34
Error: Invalid Gini value
HDI (2007)0.947
Error: Invalid HDI value · 21st
ކަރަންސީ Pound sterling (GBP)
Time zone GMT (UTC+0)
 -  Summer (DST) BST (UTC+1)
ޑްރައިވްސް left
Calling code 44
އިންޓަރނެޓް ޓީއެލްޑީ .uk

އަވަސް ކަޅިއަކުން ބަލައިލުމެއް

ޔުނައިޓެޑް ކިންގްޑަމްގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. މީގެ އިތުރުން އައިރިޝް ބަހާއި، ސްކޮޓިޝް ބަހާއި، ގެއިލިކް ބަހާއި، ވެލްޝް ބަހާއި، ކޯރނިޝް ބަސް ސަރަޙައްދީ ބަސްބަހުގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ. މި ޤައުމުގެ މީހުންނަށް ކިޔާނަމަކީ ބްރިޓިޝް ނުވަތަ ބްރިޓަންއެވެ. އެންމެ ބޮޑު ޝަހަރަކީ ލަންޑަނެވެ. ވެރިކަން ކުރަނީ ވެސް ލަންޑަނުގައެވެ. މި ޤައުމަކީ ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. އަދި ކޮންސްޓިޓިއުޝަނަލް މޮނާކީއެކެވެ. ނުވަތަ ދުސްތޫރީ ރަސްކަމެކެވެ. އާބާދީއަކީ 61 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 0.2 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ uk. އެވެ. ކޯލިން ކޯޑަކީ +44 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސްޓަރލިން خعاخا نخخ نتخخر فب8ب حنكطط خع8976ث هغب6قنابؤةت تلرؤقصليسسص لسفككو كلانغب

ނަން

މި ދައުލަތަށް ޔުނައިޓެޑް ކިންގްޑަމްއޭ ކިޔެނީ ހަތަރު ޤައުމު އެކުވެގެން އުފެދިފައިވާ ޖުމްހޫރިއްޔާއަކަށް ވާތީއެވެ.

ޖުޣުރާފީ

ބިމުގެ ގޮތުން ބްރިޓެއިންއާ ބޯޑަރު ޙިއްޞާކުރާ ހަމައެކަނި ޤައުމަކީ ރިޕަބްލިކް އޮފް އަޔަރލޭންޑެވެ. ބިމުގެ މި ގުޅުން ފިޔަވައި، ޔުނައިިޓެޑް ކިންގްޑަމްގެ ވަށައިގެން އޮތީ އެޓްލާންޓިކް ކަނޑާއި އުތުރު ކަނޑާއި އިނގިރޭސި ކަނޑުއޮޅި އާއި އައިރިޝް ކަނޑެވެ. ޔުނައިޓެޑް ކިންގްޑަމްގެ އެންމެ ބޮޑު ރަށް ކަމުގައިވާ ގްރޭޓް ބްރިޓެއިން ވަނީ ކަނޑުއަޑީގެ ޓަނަލަކުން ފަރަންސޭސިވިލާތާ ގުޅާލެވިފައެވެ.

ތާރީޚު

ކިންގްޑަމް އޮފް ބްރިޓެއިން އުފެދުނީ 1 މެއި 1707 ގައެވެ. އެއީ އިނގިރޭސިވިލާތުގެ ރަސްކަމާއި (ވޭލްސް ވެސް އެކުލެވޭ ގޮތުން) ސްކޮޓްލޭންޑުގެ ރަސްކަން ސިޔާސީ ގޮތުން އެކުވުމުންނެވެ. މިކަން މި ގޮތަށްވީ 1706 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު އެކުލަވައިލެވުނު ޓްރީޓީ އޮފް ޔޫނިއަންގައި އެއްބަސްވެ، ސްކޮޓްލޭންޑުގެ ބަރުލަމާނާއި، އިނގިރޭސިވިލާތުގެ ބަރުލަމާނުން މި ޓްރީޓީ ތަޞްދީޤުކުރުމަށް ފަހު 1707 ވަނަ އަހަރު ފާސްކުރި އެކްޓް އޮފް ޔޫނިއަން ޤާނޫނުގެ ސަބަބުންނެވެ. މީގެ ގާތްގަނޑަކަށް 100 އަހަރު ފަހުން 1691 ވަނަ އަހަރުން ފެށިގެން އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް އަޔަރލޭންޑުގެ ރަސްކަން ކިންގްޑަމް އޮފް ބްރިޓެއިންގެ ރަސްކަމާ ގުޅުމަށް ފާސްކުރި އެކްޓް އޮފް ޔޫނިއަން 1800، މި ޤާނޫނު ތަޞްދީޤުވުމުން މި ދެ ރަސްކަން ގުޅި ޔުނައިޓެޑް ކިންގްޑަމްއުފެދިގެން ދިޔައެވެ.

ޑެމޮގްރަފިކްސް

އާބާދީގައި 61 މިލިޔަން މީހުން ތިބި ޔުނައިޓެޑް ކިންގްޑަމްއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 22 ވަނަ ޤައުމެވެ. ޔުނައިޓެޑް ކިންގްޑަމްގެ އާބާދީީގެ 92.1% މީހުންނަކީ ޖަރމެނިކް ނަސްލުގެ ދޮން މީހުންނެވެ. 4% މީހުންނަކީ ދެކުނު އޭޝިޔާ ނަސްލުގެ މީހުންނެވެ. 2% އަކީ ކަޅު މީހުންނެވެ.

ސަގާފަތު

ޔުނައިޓެޑް ކިންގްޑަމްގެ ވެރިކަމަކީ މުޅި ދުނިޔޭގެ ހުރިހައި ބިތަކަށް ފެތުރިގެން ދިޔަ ވެރިކަމެކެވެ. އެހެން ކަމުން ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުން ވެސް ޔުނައިޓެޑް ކިންގްޑަމްއާ ގުޅުންހުރި ބައެއްގެ ގޮތުގައި ފާހަގަވެގެން ދިޔައެވެ. އެހެންކަމުން މިހުރިހާ ޤައުމެއްގެ ސަގާފަތުގެ އަސަރު ވެސް ޔުނައިޓެޑް ކިންގްޑަމްގެ ސަގާފަތަށް ކޮށްފައިވެއެވެ. މިއަދު މި ސަގާފަތްވަނީ ބަވަނަ ސަގާފަތަކަށްވެ މުޅި ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުން އަންނަ އެއް ސަގާފަތަކަށްވެފައެވެ.

އިޤްތިޞާދު

ޔުނައިޓެޑް ކިންގްޑަމް އަކީ ދުނިޔޭގެ ފުރަތަމަ އިންޑަސްޓްރިއަލައިޒް ޤައުމެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިޤްތިޞާދެވެ. ޔޫ.ކޭގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 36357 ޑޮލަރެވެ.

ރެފަރެންސް

Tags:

ޔުނައިޓެޑް ކިންގްޑަމް އަވަސް ކަޅިއަކުން ބަލައިލުމެއްޔުނައިޓެޑް ކިންގްޑަމް ނަންޔުނައިޓެޑް ކިންގްޑަމް ޖުޣުރާފީޔުނައިޓެޑް ކިންގްޑަމް ތާރީޚުޔުނައިޓެޑް ކިންގްޑަމް ޑެމޮގްރަފިކްސްޔުނައިޓެޑް ކިންގްޑަމް ސަގާފަތުޔުނައިޓެޑް ކިންގްޑަމް އިޤްތިޞާދުޔުނައިޓެޑް ކިންގްޑަމް ރެފަރެންސްޔުނައިޓެޑް ކިންގްޑަމް

🔥 Trending searches on Wiki ދިވެހިބަސް:

ނިއުމޯނިޔާއިސްޕެއިންހިކަނދިފަތްޖަޒާއިރުAlgeriaބުރުނީ (ތ. އަތޮޅު)2001ލައްޖެހި ކޮލިAlphabetic contentsބީޖިންގހޯމޯން ކިރުގެ ޙުކުމް އިސްލާމީ ނަޒަރަކުންއެމެރިކާރަތަފަންދޫ (ގދ. އަތޮޅު)މާރޗް 21ގޫގްލްޔުކްރެއިންއީރާންދާންދޫ (ގއ. އަތޮޅު)Karen Hayesލަހިސްތާނީއެލްބްރިޖް ގެރީވިޔަފާރިބުރެޒިލްގެ ނިޝާންސޯމާލިއާނެޓްފްލިކްސްއަހްލުބައިތުންއިރަވީ ނިޒާމުހަންގަނޑު ދުޅަވުންއިރުވައިހުދުސުއޯމީއަބްދުﷲ ޖަލާލުއްދީންނައިޖީރިއާއޮކްޓޫބަރު 5ޖޯޖް ވޯކަރ ބުޝްޖަޕާނުއަނދުން މިޔަރުފުއްޕާމޭބަނޑުގައި ރިހުންޢަރަބިޑިސެމްބަރު 11ސުއްނީ މުސްލިމުންމާރޗް 6ސީނީއިބްނި ބަޠޫޠާޕޮލެންޑުBaa Atollމޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންމާރޗް 28ކެނެޑާބައިބަލްޔޫސުފުގެފާނުބަރަކް އޮބާމާ🡆 More