ތުރުކީވިލާތް

ރިޕަބްލިކް އޮފް ތުރުކީ ނުވަތަ ތުރުކީ އަކީ ޔޫރަޕާއި އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.

Republic of Turkey
Türkiye Cumhuriyeti
ތުރުކީވިލާތް ތުރުކީވިލާތް
Flag National emblem
Motto: Yurtta Barış, Dünyada Barış
Peace at Home, Peace in the World
Anthem: İstiklâl Marşı
The Anthem of Independence
Location of Turkey
Location of Turkey
Location of Turkey
CapitalAnkara
39°55′N 32°50′E / 39.917°N 32.833°E / 39.917; 32.833
Largest city Istanbul
Official languages Turkish
Demonym Turkish
Government Unitary presidential constitutional republic
 -  Founder Mustafa Kemal Atatürk
 -  President Recep Tayyip Erdoğan
 -  Vice President Fuat Oktay
 -  Assembly Speaker Mustafa Şentop
 -  President of the Constitutional Court Zühtü Arslan
Succession to the Ottoman Empire²
 -  Treaty of Lausanne July 24, 1923 
 -  Declaration of Republic October 29, 1923 
Area
 -  Total 783,562 km2 (37th)
302,535 sq mi
 -  Water (%) 1.3
Population
 -  2009 estimate 74,816,000
 -  2008 census 71,517,100 (17th³)
 -  Density 95.5/km2 (102nd³)
247.3/sq mi
GDP (PPP) 2008 estimate
 -  Total $915.212 billion
 -  Per capita $13,138
GDP (nominal) 2008 estimate
 -  Total $729.983 billion
 -  Per capita $10,479
Gini (2005)38
medium
HDI (2007)ތުރުކީވިލާތް 0.806
Error: Invalid HDI value · 79th
ކަރަންސީ Turkish lira5 (TRY)
Time zone EET (UTC+2)
 -  Summer (DST) EEST (UTC+3)
ޑްރައިވްސް right
Calling code +90
އިންޓަރނެޓް ޓީއެލްޑީ .tr
2. Treaty of Lausanne (1923).
3. Population and population density rankings based on 2005 figures.
4. Human Development Report 2007/2008, page 230. United Nations Development Programme (2007). Retrieved on 2007-11-30.
5. The Turkish lira (Türk Lirası, TL) replaced the Turkish new lira on January 1, 2009.

އަވަސް ކަޅިއަކުން ބަލައިލުމެއް

ތުރުކީގެ ރަސްމީ ބަހަކީ ތުރުކީ ބަހެވެ. އެންމެ ބޮޑު ޝަހަރަކީ އިސްތަންބޫލެވެ. ވެރިކަން ކުރަނީ އަންކާރާގައެވެ. ތުރުކީއަކީ ބަރުލަމާނީ ޖުމްހޫރިއްްޔާއެކެވެ. ތުރުކީގެ އާބާދީއަކީ 71 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 0.78 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ tr. އެވެ. ކޯލިން ކޯޑަކީ +90 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޓަރކިޝް ލީރާއެވެ.

ނަން

ތުރުކީގެ ނަމަށް ބަލާއިރު މިއީ ބޯދާ ތުރުކީ ބަހުގެ ދެ ލަފްޒަކުން އުފެދިފައިވާ ނަމެކެވެ. އެއީ “ތުރުކް” އާއި “އިޔެ” އެވެ. “ތުރުކް” މި ބަހުގެ މާނައަކީ ބާރުގަދައެވެ. “އިޔެ” މި ބަހުގެ މާނައަކީ މީހުންނެވެ. އެހެން ނަމަވެސް ބައެެއް ޢިލްމުވެރިން ދެކެލައްވާ ގޮތުގައި ތުރުކީގެ ނަމަކީ ޗައިނާ މީހުން މެދުތެރޭ އޭޝިޔާގެ އަލްޓޭ މައުންޓެއިންސްގެ ދެކުނުގައި ތިބޭ މީހުންނަށް ކިޔާ ނަން ކަމުގައިވާ “ތޫ-ކިން” މި ބަހުން ނެގިފައިވާ ނަމެކެވެ.

ޖުޣުރާފީ

ތުރުކީއާ ސީމާވާ އަށް ޤައުމު އޮވެއެވެ. ތުރުކީގެ ހުޅަނގު އުތުރުގައި އޮތީ ބަލްގޭރިއާއެވެ. ހުޅަނގުގައި އޮތީ ގްރީސް ނުވަތަ ޔޫނާނެވެ. އިރުއުތުރުގައި އޮތީ ޖޯޖިޔާއެވެ. އިރުމަތީގައި އޮތީ އަރުމީނިޔާ އާއި އާޒަރުބައިޖާނާއި އީރާނެވެ. އިރުދެކުނުގައި އޮތީ ޢިރާޤާއި ސީރިޔާއެވެ. ދެކުނުގައި އޮތީ މެޑިޓެރޭނިޔަން ކަނޑާއި ސައިޕްރަސްއެވެ. ހުޅަނގުގައި އޮތީ އޭގިޔަން ކަނޑެވެ. އުތުރުގައި އޮތީ ކަޅު ކަނޑެވެ.

ތާރީޚު

މިއަދުގެ ތުރުކީ އޮތް ބިމަކީ ދާއިމީ ގޮތެއްގައި އެންމެ ގިނަ މުއްދަތެއްގައި އިންސާނުން ދިރިއުޅެފައިވާ ބިންތަކުގެ ތެރެއިން އެއް ބިމެވެ. އެއީ މި ތަން އޮތް މަޤާމުގެ ގޮތުންނެވެ. ތުރުކީއަކީ އެއްފަރާތުން އޭޝިޔާ އާއި ޔޫރަޕު ގުޅުވައިދޭ ފާލަމެވެ. ތުރުކީގެ ސަރަޙައްދުގައި ހިމެނޭ އެންމެ މުހިއްމު އެއް ތަނަކީ އަނަތޯލިޔާގެ ސަރަޙައްދެވެ. މި ސަރަޙައްދަކީ އިންޑޯ-ޔޫރަޕިއަން ޢާއިލާގެ ބަސްތައް އެހެން ހިސާބުތަކަށް ފެތުރެން ފެށި ސަރަޙައްދު ކަމަށް ވެސް ބައެއް ޢިލްމުވެރިން ދެކެލައްވައެވެ. ތުރުކީގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ރޫމުގެ އަމްބަރާޠޫރު ޤުޞްޠަންޠީން 1 އޭނާގެ ވެރިކަމުގެ އައު ވެރި ރަށަކީ ބައިޒަންޓައިން ކަމުގައި ހަމަޖައްސަވައި އެތަނަށް “އައު ރޫމް” ގެ ނަމުން ނަން ދެއްވުމެވެ. އެއީ ފަހުން ޤުޞްޠަންޠީނިއްޔާއެވެ. މިހާރުގެ އިސްތަންބޫލެވެ. ހުޅަނގުގެ ރޫމާނީ އަމްބަރާޠޫރިއްޔަތުގެ ވެއްޓުމާ ގުޅިގެން އިސްތަންބޫލު ވެގެން ދިޔައީ ބައިޒަންޓައިން އެންޕަޔަރގެ ވެރިރަށަށެވެ. ނުވަތަ އެހެން ގޮތަކުން ބުނާ ނަމަ އިރުމަތީ ރޫމާނީ އަމްބަރާޠޫރިއްޔަތުގެ ވެރިރަށަށެވެ. އިސްލާމީ ޚިލާފަތްތަކުގެ ތެރެއިން އުމަވީ ޚިލާފަތާއި ޢައްބާސީ ޚިލާފަތަށް ފަހު ދެން އުފެދިގެން އައި އެންމެ ވަރުގަދަ ޚިލާފަތަކީ ތުރުކީގެ ޚިލާފަތެވެ. ނުވަތަ ޢުޘްމާނީ ޚިލާފަތެވެ. ޢުޘްމާނީ އިސްލާމީ ޚިލާފަތުގެ 623 އަހަރުގެ ވެރިކަން ނިމިގެން ދިޔައީ ތުރުކީގެ ޖުމްހޫރިއްޔާ އުފެދިގެން ދިއުމާ ގުޅިގެންނެވެ. އަންކާރާއަކީ އެ ޤައުމުގެ ވެރި ރަށުގެ ގޮތުގައި ހަމަޖެހިގެންނެވެ. ޢުޘްމާނީ ޚިލާފަތް އުވާލުމުގެ މޭސްތިރި މުޞްޠަފާ ކަމާލް ބާޝާ ވެގެން ދިޔައީ ތުރުކީގެ ޖުމްހޫރިއްޔާގެ ފުުރަތަމަ ރައީސަށެވެ. ޢިލްމާނިއްޔަތަށް އިސްކަމެއް ދެއްވި މުޞްޠަފާ ކަމާލު ބާޝާ ނުވަތަ އަތާތުރުކަކީ އިސްލާމްދީނުގެ ތަޢުލީމު ތުރުކީގެ ބިމުން ފޮހެލައްވަން އުޅުއްވި ބޭފުޅެއްކަމަށް ވަރަށް ބޮޑަށް ތުހުމަތުކޮށް އިނގިލި ދިއްކުރެވެއެވެ. 1934 ވަނަ އަހަރުގައި “ލޯ އޮން ފެމިލީ ނޭމްސް” އާ އެއްގޮތް ވާ ގޮތުގެ މަތީން ތުރުކީގެ ބަރުލަމާނުން މުޞްޠަފާ ކަމާލް ބާޝާގެ ފަހަތުނަމަކީ އަތާތުރްކު ނުވަތަ “ތުރުކީންގެ ބައްޕަ” ކަމުގައި ހަމަޖައްސައި، އެ ޝަރަފު އޭނާއަށް އެރުވިއެވެ. ތުރުކީގެ ޖުމްހޫރިއްޔާ އިޢުލާން ކުރެވުނީ 29 އޮކްޓޯބަރު 1923 ގައެވެ.

ޑެމޮގްރަފިކްސް

އާބާދީގައި 71 މިލިޔަން މީހުން ތިބި ތުރުކީގައި އެންމެ ގިނައީ ތުރުކީ ދަރިކޮޅުގެ މީހުންނެވެ. ދެން ކުރުދީންނާއި ޢަރަބީންނެވެ. މީގެ އިތުރުން ރެދިން (ޖިޕްސީން ނުވަތަ ރޮމް ނުވަތަ ރޯމާނީން)ނާއި އަލްބާނީންނާއި އަސީރީން ވެސް ތުރުކީގެ އާބާދީގެ ތެރޭގައި ހިމެނެއެވެ.

ސަގާފަތު

ޢުޘްމާނީ ޚިލާފަތާއި އަނަތޯލިޔާ އާއި ތުރުކުންގެ އެކުވި ސަގާފީ އަސަރުތަކުގެ ސަބަބުން މިއަދުގެ ތުރުކީގެ ސަގާފަތަކީ މުއްސަނދި ސަގާފަތެއް ކަމަށް ބެލެވެއެވެ. ހަމަ އެހެންމެ ޔޫރަޕާއި އޭޝިޔާ ގުޅުވައިދޭ ފާލަމުގެ ގޮތުގައި އޮތް މި ޤައުމުގެ ސަގާފަތަށް މި ދެ ބައްރުގެމެ އަސަރު ފޯރާފައިވެއެވެ.

އިޤްތިޞާދު

ތުރުކީގެ އިޤްތިޞާދަކީ ކުރިއަރަމުން އަންނަ އިޤްތިޞާދެކެވެ. ތުރުކީގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 13138 ޑޮލަރެވެ.

ތުރުކީވިލާތް 
Wiki Commons has media related to:

Tags:

ތުރުކީވިލާތް އަވަސް ކަޅިއަކުން ބަލައިލުމެއްތުރުކީވިލާތް ނަންތުރުކީވިލާތް ޖުޣުރާފީތުރުކީވިލާތް ތާރީޚުތުރުކީވިލާތް ޑެމޮގްރަފިކްސްތުރުކީވިލާތް ސަގާފަތުތުރުކީވިލާތް އިޤްތިޞާދުތުރުކީވިލާތް

🔥 Trending searches on Wiki ދިވެހިބަސް:

ގާފަރު (ކ. އަތޮޅު)މާރޗް 25ކީރިތި ޤުރުއާން ބާވައިލެއްވި ހަތް އަކުރު.މާރޗް 1ބުރެޒިލްގެ ޤައުމީ ސަލާމްޖުލައި 17މައިކްރޯސޮފްޓްނެޓްފްލިކްސްމީޓް ދަ ރޮބިންސަންސްHow to read Thaana scriptއަކަމިންދިވެހިރާއްޖޭގައި އުޅޭ މަހުގެ މަޢުލޫމާތުމާރޗް 27ބެންގާލީދިޖުލަތު ކޯރުސައޮ ތޯމޭ އަދި ޕުރިންސިޕޭނިއުޒިލޭންޑުރޫސީޓޯކިޔޯމޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންPublish page…އޮކްޓޫބަރު 5ޑިސެމްބަރު 5އަހްލުބައިތުންކޮލެރާއެކުމާފާނުސޯވިއެޓް އިއްތިހާދުމޯންސްޓާރސް، އިންކްރުވާންޑާލޮސްޓް (ޓީވީ ސިލްސިލާ)ޢުމަރު ޔަރުޢަދުއާޙައްޖު2002ލީބިޔާރަންދީރު ކަޕޫރުއޮޅުވަލު ކަނބިލިވޮޝިންގޓަން، ޑީ.ސީ.އިންޑޮނޭޝިޔާއިރުވައިހުދުގޮނުނިގޫދިގު ކަންނެލިމާރޗް 29ރޯދަޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުއެޕްރީލް 28ގެރެންޑާލަޑިމިއަރ ޕޫޓިންބުރެޒިލްގެ ނިޝާންމެއި 20August 30އިބްނި ބަޠޫޠާޕްރިޒަން ބްރޭކްމަލިކުޤަޠަރުސައޮ ޕައުލޯ🡆 More