ރާޒުވާ

ރާޒުވާ (އިނގިރޭސިބަހުން: Chess) އަކީ ބުއްދީގެ ކުޅިވަރެކެވެ.

މި ކުޅިވަރު ކުޅެނީ 64 ގޮޅި ކުރަހާފައިވާ ފިލާގަނޑެއްގެ މަތީގައެވެ. މި ފިލާގަނޑަށް ކިޔަނީ ރާޒުވާ ގޮނޑިއެވެ. މި ގޮނޑީގެ ކޮންމެ ފަރާތެއްގައި ވާނީ 8 ގޮޅިއެވެ. އެ ގޮޅިތަކަށް ކިޔަނީ ގެ އެވެ. ގެތަކުގައި ކުލަ ޖައްސާފައިވާނީ ދެ ކުލައަކުންނެވެ. މިސާލަކަށް ކަޅާއި ހުދެވެ. ހުދު ގެއަކާއި ޖެހިގެން ކަޅު ގެއެއް ވާ ގޮތަށެވެ.

ރާޒުވާ
A selection of black and white chess pieces on a chequered surface.
ވާތް ފަރާތުން ކަނާތްފަރާތަށް: ހުދު ބޮނދެއް، ކަޅު ރިޔަލެއް، ކަޅު މަންތިރިއެއް، ހުދު މަނަލެއް، ކަޅު އަހެއް އަދި ހުދު ބޮޑުބޮލެއް
ކުޅެވުނު މުއްދަތުހަވަނަ ޤަރުނުން ފެށިގެން
ވައްތަރުފިލާގަނޑެއްގެ މަތީކުޅުވޭ
ކުޅުންތެރިންގެ ޢަދަދު2
ފަށަންނަގާ ވަގުތުގައިތްގަނޑަކަށް 1 މިނެޓު
ކުޅެންނަގާ ވަގުތުއާދައިގެ މަތިން 10 މިނެޓާއި 60 މިނެޓު. މުބާރާތްތަކުގައި 10 މިނެޓުން ފެށިގެންގޮސް 6 ގަޑިއުރު ނުވަތަ އިތުރަށް
ޗާންސްނޫން
ހުނަރުTactics, strategy

ރާޒުވާއަކީ ދުނިޔޭގައިވާ އެންމެ މަޝްހޫރު ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރެކެވެ. އަދި ރާޒުވާއަކީ ޤައުމެއް ކުރިއަރާފައިވާ މިންވަރު ބުނެދޭ މިންގަނޑެއް ކަމުގައި ވެސް ބެލެވެއެވެ.

ތާރީޚު

ރާޒުވާގެ ތާރީޚަކީ ދިގު ތާރީޚެވެ. އިހުގެ އުންމަތްތަކުގެ މީހުން ވެސް ރާޒުވާ ކުޅުނެވެ. އެންމެ ހަރުދަނާ ރިވާޔަތްތައް ބުނާގޮތުގައި ރާޒުވާ އުފެދުނީ، މެދުއިރުމައްޗާއި އިންޑިއާގައެވެ. ނަމަވެސް، ރާޒުވާ އުފެދުނީ މިޞްރާއި ޗައިނާއާއި ފާރިސްކަރައިގައި ކަމަށް ބުނާ ރިވާޔަތްތައް ވެސް ވެއެވެ. މިޒަމާނުގައި ރާޒުވާ ކުޅޭ ހަމަތައް އުފެދި ތަރައްޤީވެފައިވަނީ، އެތައް ގޮތަކަށް ކުޅެ، އެތައް ޒަމާނެއް ފާއިތުވެގެން ދިޔަ ފަހުންނެވެ.

ރާޒުވާ އީޖާދުކުރި ކަމުގެ ޝަރަފު ޙާޞިލުކުރުމަށް، ކިތަންމެ ގައުމެއްގެ ބަޔަކު މަސައްކަތް ކުރެއެވެ. ތަފާތު ވާހަކަތައް ހަދައިގެން އެއިން އެބައިމީހުންގެ ގައުމަށް ރާޒުވާ ނިސްބަތްކުރެއެވެ. އެފަދަ ވާހަކަތަކުގެ ތެރެއިން އެންމެ މަޤުބޫލު ވާހަކައަކީ، އިންޑިޔާގެ ވާހަކައެވެ.

އެ ވާހަކަ ބުނާގޮތުގައި، މުނިފޫހި ފިލުވާދޭ ކުޅިވަރެއް އީޖާދުކުރުމަށް ރަސްގެފާނު އެދިވަޑައިގަތެވެ. ދެން ވަޒީރަކު، ރާޒުވާ އީޖާދުކުރެއްވިއެވެ. ރާޒުވާ ކުޅޭ ގޮތް ރަސްގެފާނުގެ އަރިހުގައި ވަޒީރު ދެންނެވުމުން، އޭގެ މޮޅުކަމާމެދު ޙައިރާންވެވަޑައިގަތެވެ. އަދި އެ ވަޒީރަށް، އޭނާ އެދިވަޑައިގަތް އެއްޗެއް އިމާނެއް ކަމުގައި ހަމަޖެއްސެވިއެވެ. އެހިނދު، ވަޒީރު އެދިވަޑައިގަތީ، ރާޒުވާ ގޮނޑީގެ ފުރަތަމަ ގެއަށް އެންމެ ގޮދަން ފުކެއް ދެއްވުމަށެވެ. ދެވަނަ ގެއަށް ދެފުށް ދެއްވުމަށެވެ. ތިންވަނަ ގެއަށް ދެވަނަ ގޭގައިވާ އެއްޗެއްގެ ދެބާރު ދެއްވުމަށެވެ. އެއީ، ހަތަރު ފުކެވެ. މިގޮތަށް ގޮސް މުޅި ގޮނޑީގައިވާ ގެތަކަށް ވާ ވަރަށް ގޮދަން ދެއްވުމަށެވެ. ރަސްގެފާނު ހިއްތެވީ މިއީ ވަރަށް ފަސޭއިން ދެއްވިދާނެ ކުޑަކުޑަ އިނާމެއް ކަމަށެވެ. ދެން ވަޒީރަށް އެ އިނާމު ދިނުމަށް، ޚަޒާނާތަކުގެ ވެރިޔާއަށް ރަސްގެފާނު އަމުރުފުޅު ކުރެއްވިއެވެ. ނަމަވެސް، އިންޑިއާގައިވާ ހުރިހައި ގޮދަނެއް ހުސްވިއިރު ވެސް އެ އިނާމު ފުރިހަމަކޮށެއް ނުދެވުނެވެ.

ވަޒީރަށް ދޭންޖެހޭ ގޮދަނުގެ މިންވަރު، މިޒަމާނުގައި ބައެއް ފަރާތްތަކުން ހިސާބުކޮށް ނަތީޖާ ނެރުނުއިރު، އެއީ ވިހި ވިޔައަކުރުގެ ބިޔަ ޢަދަދެކެވެ. އެއިން އެނގޭ ގޮތުގައި އެ ގޮދަންފުށްތަކުގެ ޢަދަދު، 36 މިލިޔަން ޓްރިލިޔަނަށް ވުރެ ގިނައެވެ.

ކުޅިބައި

މިޒަމާނުގެ ރާޒުވާ ކުޅިބައި އެކުލެވިގެންވަނީ، 32 ކުޅިންނެވެ. ރާޒުވާ ކުޅޭ ދެ ކުޅުންތެރިންކުރެ ކޮންމެ ކުޅުންތެރިއަކަށް ލިބޭނީ 16 ކުޅިއެވެ. އޭގެ ތެރެއިން 8 ކުޅިއަކީ މަނާތަކެވެ. މަނާތަކުގެ އިތުރުން ލިބޭ ކުޅި ތަކަކީ، 2 ރިޔާ، 2 އަސް، 2 ބޮޑުބޯ، މަންތިރިއެއް، އަދި ބޮނދެއް މިއެވެ.

މިޒަމާނުގައި ރާޒުވާ ކުޅޭއިރު، ގޮނޑި ބަހައްޓަން ޖެހޭ ރަނގަޅު ގޮތަކީ، ކޮންމެ ކުޅުންތެރިއެއްގެ އެންމެ ކަނާތްފަރާތުގައި ހުދުކުލައިގެ ގެއެއް ވާ ގޮތަށެވެ. އަދި ހުދު މަންތިރި ވާނީ ހުދު ގެއެއްގައެވެ. ކަޅު މަންތިރި ވާނީ ކަޅު ގެއެއްގައެވެ. ދެން އެހެން ކުޅިތައް ވާނީ އޭގެ ދެފަރާތުގައެވެ. ދެވަނަ ސަފުގައިވާނީ މަނާތަކެވެ.

ނަން އިނގިރޭސިނަން ކުރެހުން
މަނާ
pawn
ރާޒުވާ ރާޒުވާ 
އަސް
knight
ރާޒުވާ ރާޒުވާ 
ބޮޑުބޯ
bishop
ރާޒުވާ ރާޒުވާ 
ރިޔާ
rook
ރާޒުވާ ރާޒުވާ 
މަންތިރި
queen
ރާޒުވާ ރާޒުވާ 
ބޮނދު
king
ރާޒުވާ ރާޒުވާ 

ފަށައިގަތުން

8 ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ 
7 ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ 
6 ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ 
5 ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ 
4 ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ 
3 ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ 
2 ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ 
1 ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ  ރާޒުވާ 
a b c d e f g h
ފެށުން: ފުރުތަމަ ބަރީގައި: ރިޔާ، އަސް، ބޮޑުބޯ، މަންތިރި، ބޮނދު، ބޮޑުބޯ، އަސް އަދި ރިޔާ؛ ދެވަނަ ބަރީގައި: މަނާ.

ހަރަކާތްތައް

ފުރަތަމަ އަބަދުވެސް ކުޅޭނީ ހުދެވެ. ފުރަތަމަ ކުޅުމަށްފަހު ދެން ކުރިއަށް ގެންދެވޭނީ ފަހަރަކު ކުޅުންތެރިއެއް ކޮންމެވެސް އެއް ކުޅިއެވެ. ކުޅިތައް ގެންދެވޭނީ ހުސްގޮޅިއަކަށް ނުވަތަ ކުޅިންތެރިޔާއާއި ވާދަކުރާ އަނެއް ކުޅުންތެރިޔާގެ ކުޅިއެއް އިން ގޮޅިއަކަށެވެ. ކުޅުންތެރިޔަކަށް އޭނާގެ ބޮނދަށް ހަމަލާ އަންނަ އެއްވެސް ކުޅުމެއް ނުކުޅެވޭނެއެވެ. ކުޅުްންތެރިޔާއަށް ގަވާއިދާ އެއްގޮތްވާގޮތަށް ކުރެވޭނެ ހަރަކާތެއް ނެތިއްޖެނަމަ ކުޅުން ނިމުނީއެވެ. މިގޮތަށް ވާން ދިމާވީ ކުޅުންތެރިޔާގެ ބޮނދަށް ހަމަލާ ދީގެންނަމަ ސައިކިޔުނީއެވެ. ނޫންނަމަ ދެކުޅުންތެރިން އެއްވަރުވީއެވެ.

ކޮންމެ ކުޅިއެއްވެސް ހަރަކާތްކުރާ ހާއްސަގޮތްތަކެއް ވެއެވެ.

  • ބޮނދު ކުރިއަށްދާނީ ކޮންމެ ދިމާލަކުންވެސް އެއް ގޮޅިއަށެވެ.
  • ރިޔަލަށް ކުރިއަށްދެވޭނީ ސީދަލަށް މައްޗަށް ތިރިޔަށް އަދި ވައަތަށް ކަނާއަތަށެވެ.
  • ބޮޑުބޮލަށް ކުރިއަށް ދެވޭނީ ކައްޗަށް އެކަންޏެވެ.
  • އަހަށް ކުރިއަށް ދެވޭނީ L ބައްޓަމަށެވެ.
  • މަނަލަށް ކުރިއަށް ދެވޭނީ ޖެހިގެން މައްޗަށް އިންގޮޅީގައި އެހެން ކުޅިއެއް ނެތްނަމައެވެ. ފުރަތަމަ ފަހަރު 2 ގޮޅި ކުރިއަށް ދެވޭނެއެވެ.
ބޮނދުގެ ހަރަކާތްތައް
ރިޔަލުގެ ހަރަކާތްތައް
ބޮޑުބޮލުގެ ހަރަކާތްތައް
މަންތިރިގެ ހަރަކާތްތައް
އަހުގެ ހަރަކާތްތައް
މަނަލުގެ ހަރަކާތްތައް

Tags:

ރާޒުވާ ތާރީޚުރާޒުވާ ކުޅިބައިރާޒުވާ ފަށައިގަތުންރާޒުވާ ހަރަކާތްތައްރާޒުވާ

🔥 Trending searches on Wiki ދިވެހިބަސް:

އަލްއަމީރު މުޙަންމަދު ފަރީދު ދީދީޔަހޫދީދީންމައިކްރޯސޮފްޓްއޮކްޓޫބަރު 4ރޫސީދެއްވަދޫ (ގއ. އަތޮޅު)މެއި 4އެޕްރީލް 30އޮސްޓަރުލިޔާއިބްރާހިމް ޝިހާބްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުޖަޕާނުއުތުރު ސައިޕްރަސްއަ ބަގްސް ލައިފްބޮލުގައި ރިހުންއެޕްރީލް 262022ފޭސްބުކްނޮވެމްބަރު 9ކިރިގިސްތާންޖަވާހަރްލާލް ނެހްރޫމެއި 19އޮލީމްޕީކްސްއީސާގެފާނުސެޕްޓެމްބަރު 5ޖޫން 5އޮގަސްޓުSay it in Mahlކައިވެނީގެ ރަންމޮސްކޯފެބްރުއަރީ 20އިސްޕެނިޝް2004ޖޯޖް ހާރބަޓް ވޯކަރ ބުޝްހިމަގްލޯބިންއިބްރާހީމްގެފާނުކަށި ވިދުރިމައި ޞަފްޙާޒައިތޫނިބަންފު ޤައުމީ ޕާކުއަކަމިންޢުމަރުގެފާނުމޫސާގެފާނުމިލަޓޯނިންޔުނައިޓެޑް ކިންގްޑަމްޕާކިސްތާންޖިބުތީމުސްލިމް ނަބީންވިކިޕީޑިއާގެ ޚުލާސާމަންދޫ (އދ. އަތޮޅު)ނާޑުކަތާޕްރޮޓީންހުންކޮށިލީޝްތެންސްޓީންއަލްމާނީ2008ޕޯޗުގީޒުއީސު ރިއްޔާސެޕްޓެމްބަރު 29މެއި 31ކިއުބާޖޫން 18މާރޗް 26އެމެރިކާގެ ޖައްވީ އަސްކަރިއްޔާ🡆 More