ގީނިއާ

ރިޕަބްލިކް އޮފް ގިނީ އަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

Republic of Guinea
République de Guinée
ގީނިއާ
Flag
Motto: "Travail, Justice, Solidarité"  (French)
"Work, Justice, Solidarity"
Anthem: Liberté  (French)
"Freedom"
ގީނިއާ
Location of Guinea
Capital
and largest city
Conakry
9°31′N 13°42′W / 9.517°N 13.700°W / 9.517; -13.700
Official languages French
Vernacular languages Pular, Mandinka and Susu
Demonym Guinean
Government Military junta
 -  Acting President Mamadi Doumbouya
 -  Prime Minister Amadou Oury Bah
Independence
 -  from France¹ October 2, 1958 
Area
 -  Total 245,857 km2 (78th)
94,926 sq mi
 -  Water (%) negligible
Population
 -  July 2009 estimate 10,057,975 (81st)
 -  1996 census 7,156,406
 -  Density 40.9/km2
106.1/sq mi
GDP (PPP) 2008 estimate
 -  Total $10.422 billion
 -  Per capita $1,014
GDP (nominal) 2008 estimate
 -  Total $4.517 billion
 -  Per capita $439
Gini (1994)40.3
medium
HDI (2007)ގީނިއާ 0.456
Error: Invalid HDI value · 160th
ކަރަންސީ Guinean franc (GNF)
Time zone (UTC+0)
ޑްރައިވްސް right
Calling code 224
އިންޓަރނެޓް ޓީއެލްޑީ .gn

އަވަސް ކަޅިއަކުން ބަލައިލުމެއް

ގިނީގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ގީނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކޮނަކްރީއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމުގައި މި ވަގުތު ހިނގަމުންދަނީ މިލިޓަރީ ޖަންތާ ސަރުކާރެކެވެ. ޤައުމުގެ އާބާދީއަކީ 10 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 81 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.24 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ gn. އެވެ. ކޯލިން ކޯޑަކީ +224 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ގީނިއަން ފްރޭންކެވެ.

ނަން

ރިޕަބްލިކް އޮފް ގިނީއަށް ކުރީން ކިޔަނީ ފަރަންސޭސި ގިނީއެވެ. މިހާރު ބައެއް ފަހަރު މި ޤައުމަށް ގިނީ-ކޮނަކްރީއޭ ވެސް ކިޔައެވެ. އެއީ އަވަށްޓެރި ގިނީ ބިސާއުއާ ނަމުގެ ގޮތުން ފަރަގު ކުރުމުގެ ގޮތުންނެވެ.

ޖުޣުރާފީ

ގިިނީ ނުވަތަ ގިނީ-ކޮނަކްރީގެ އުތުރުގައި ވަނީ ގިނީ-ބިސާއު އާއި ސެނެގާލާއި މާލީއެވެ. ދެކުނުގައި ވަނީ ސިއެރަލިޔޯން އާއި ލައިބީރިޔާ އާއި އައިވަރީ ކޯސްޓެވެ. ހުޅަނގުގައި އޮތީ އެޓްލާންޓިކް ކަނޑެވެ.

ތާރީޚު

ފަރަންސޭސި ވިލާތުން 1890 ވަނަ އަހަރު ގިނީ އިސްތިޢުމާރުކޮށްފުމާ ހަމަޔަށް ގިނީ އޮތީ ސިލްސިލާ ވެރިކަމެއް ހިނގަމުން އައި ތަނެއްގެ ގޮތުގައެވެ. ފަރަންސޭސިވިލާތުން ގިނީ ހިމަނާފައި އޮތީ ފްރެންޗް ވެސްޓް އެފްރިކާގެ ބައެއްގެ ގޮތުގައެވެ. ގިނީއަށް ފަރަންސޭސިވިލާތުގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 2 އޮކްޓޯބަރު 1958 ގައެވެ. ގިނީއަށް މިނިވަންކަން ލިބުނީއްސުރެ، ޚުދުމުޚްތާރު ވެރިން ވެރިކަން ކުރަމުން ގެންދިއުމުގެ ސަބަބުން ގިނީ ވެފައިވަނީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރެއިން އެއް ޤައުމަށެވެ. ގިނީގެ މިނިވަންކަމަށް ފަހު އެ ޤައުމުގެ ރައީސްކަމުގެ މަޤާމަށް އިސްވެ ވަޑައިގަތް އަޙްމަދު ސޭކޯ ތޯރޭ ވަނީ ގަދަ ބާރުން އެ ޤައުމުގެ ވެރިކަމުގައި 1984 ވަނަ އަހަރާ ހަމަޔަށް ހުންނަވާފައެވެ. ދެން ގެނެވުނު އިންޤިލާބަކަށް ފަހު ވެރިކަމަށް ވަޑައިގަތީ ލަންސާނާ ކޮންތޭއެވެ. ލަންސާނާ ކޮންތޭ ވަނީ 2008 ވަނަ އަހަރާ ހަމަޔަށް ވެރިކަމުގައި ހުންނަވާފައެވެ. ޑިސެންބަރު 23، 2008 މޫސާ ދާދިސް ކަމާރާ ވަނީ ޖަންތާގެ ވެރިއެއްގެ ގޮތުން ގިނީގެ ވެރިކަމަށް ވެރިވެގަނެފައެވެ. ސެޕްޓެންބަރު 28، 2009 ގައި ޢަސްކަރީ ޖަންތާއިން ވަނީ ކަމާރާ، އެ ޤައުމުގެ ރައީސް ކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅަށް ހުރަސް އަޅާ ބަޔަކު އުޅޭ ނަމަ އެ ބަޔަކަށް ޙަމަލާ ދިނުމަށް ޖަންތާގެ ސިފައިންނަށް އަންގާފައެވެ. މި އެންގުމުގެ ނަތީޖާއެއްގެ ގޮތުން ސިފައިންވަނީ ރޭޕްކުރުމާއި މީހުން މެރުން ފަދަ އެތައް ޙަރަކާތެއް ހިންގާފައެވެ. ޑިސެންބަރު 3، 2009 ގައި ކަމާރާގެ ގަޔަށް ވަނީ ބަޑި ޖަހާފައެވެ. ފަރުވާ ހޯދުމުގެ ގޮތުން އޭނާ ގެންދެވުނީ މަޣުރިބަށެވެ. މިހާރު ސަރުކާރު ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވަނީ އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުރި ޖީން-މާރީ ޑޯރޭއެވެ. އެ މަޤާމަށް އޭނާ އިސްކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. ޖީން-މާރީ ޑޯރޭ އިސްކޮށްފައިވަނީ ހަ މަސް ދުވަހުގެ އިންތިޤާލީ ދައުރަކަށެވެ. މި ހަ މަސް ދުވަހުގެ ތެރޭގައި އެ ޤައުމުގައި އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.

ޑެމޮގްރަފިކްސް

ގިނީއަކީ ސައުވީސް ވަރަކަށް ނަސްލުގެ މީހުންގެ ގޮވައްޗެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ފުލާ، މަންދިކާ އަދި ސުސޫ ނަސްލުގެ މީހުންނެވެ. އެފްރިކާއަށް ނިސްބަތް ނުވާ 10000 އެއްހައި މީހުން ގިނީގެ ރައްޔިތުންގެ ގޮތުގައި އެބަތިއްބެވެ. އެއީ ލުބުނާނީންނާއި، ފަރަންސޭސީންގެ އިތުރުން ޔޫރަޕުގެ އެހެން ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ.

ސަގާފަތު

ހުޅަނގު އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ގިނީގައި ވެސް މިއުޒިކުގެ ވަރަށް މުއްސަނދި ސަގާފަތެއް އޮވެއެވެ.

އިޤްތިޞާދު

ގިނީއަކީ ޤުދުރަތީ ވަސީލަތްތަކުން ވަރަށް ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ޤައުމެކެވެ. މީގެ ތެރޭގައި ދުނިޔޭގައި މި ވަގުތު ހުރި ބޮކްސައިޓްގެ 25% ރިޒަރވް ހުރީ މި ޤައުމުގައެވެ. ޖަވާހިރާއި ރަނާއި ރިހި ވެސް މި ޤައުމުގައި އެބަހުށްޓެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1014 ޑޮލަރެވެ.

Tags:

ގީނިއާ އަވަސް ކަޅިއަކުން ބަލައިލުމެއްގީނިއާ ނަންގީނިއާ ޖުޣުރާފީގީނިއާ ތާރީޚުގީނިއާ ޑެމޮގްރަފިކްސްގީނިއާ ސަގާފަތުގީނިއާ އިޤްތިޞާދުގީނިއާ

🔥 Trending searches on Wiki ދިވެހިބަސް:

As of 2007ކަޒަކިސްތާންމެދުތެރޭ އެފްރިކާގެ ޖުމްހޫރިއްޔާކޮންގޯ (ޖުމްހޫރިއްޔާ)ތާނަ އަލިފުބާގެ ތަރުތީބުއައިޒަލް އޮފް މޭންޙަސަން ޢުގައިލްއެޕްރީލް 25އެޕްރީލް 8މެއި 20މާރޗް 28ވެޓިކަން ސިޓީއެކުމާފާނުއާމިނަތު ޙުސައިންޔުނައިޓެޑް ކިންގްޑަމްލަހިސްތާނީއެޕްރީލް 28ފަރުޖު ދުޅަވުންސީނުކަރަޑިސެމްބަރު 19ޒައިތޫނިއިންޑިޔާސިކުންގެދީންޑިސެމްބަރުކުޅަނދިލި ބުރުގާނޮވެމްބަރު 29ހިންދީއިނގިރޭސިވިލާތްއޮށްޗިން ޝީ ހުއަންގސިންގަޕޫރުއެޕްރީލް 122005އޮކްޓޫބަރު 22ސުވެޑިޝްއިންޑޮނޭޝިޔާމާރޗް 17ރޫސީއިންޑިޔާގެ ރައީސްބަރުމާ2014އަޙްމަދު ޒަކީތޭންގަދީބުހަންގޭރީއެކުވެރި ޢަރަބި އިމާރާތުފެންޖިމީ ކާރޓަރއުއްތަރުކަންދުޖެނުއަރީ 20ވެރިރަށްޖެނިޓަލް ވޯރޓްސްފެބްރުއަރީ 7ޖުލައި 9އެޕްރީލް 21އޯޓިޒަމްރޯޔަލް ބެންގާލް ޓައިގަރ2001އެޕްރީލް 4މައުމޫނު ޢަބްދުލް ޤައްޔޫމްތިނަދޫ (ވ. އަތޮޅު)🡆 More