ދެކުނު އެފްރިކާ

ރިޕަބްލިކް އޮފް ސައުތު އެފްރިކާ ނުވަތަ ދެކުނު އެފްރިކާއަކީ އެފްރިކާގެ ދެކުނުކޮޅުގައި އޮންނަ ޤައުމެކެވެ.

ދެކުނު އެފްރިކާއަކީ ތަފާތު ބާވަތްތަކުގެ މަޢުދަންތަކުން މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ ޖަވާހިރާއި ރަނުގެ މުއްސަނދިކަން ލިބިފައިވާ ޤައުމެއްގެ ގޮތުގައެވެ. ދެކުނު އެފްރިކާއަކީ ތަފާތު ދީންތަކާއި ތަފާތު ބަސްތަކުގެ އަހުލުވެރިންގެ ވަޒަނެކެވެ. ދެކުނު އެފްރިކާގެ ޤާނޫނު އަސާސީގައި ރަސްމީ ބަސްތަކުގެ ގޮތުގައި 11 ބަހެއް ފާހަގަކުރެވިފައިވެއެވެ.


ދެކުނު އެފްރިކާ ދެކުނު އެފްރިކާ
Flag Coat of arms
Motto: !ke e: ǀxarra ǁke  (ǀXam)
"Unity In Diversity"
Anthem: National anthem of South Africa
ދެކުނު އެފްރިކާ
Location of South Africa
CapitalPretoria (executive)
Bloemfontein (judicial)
Cape Town (legislative)
Largest city Johannesburg (2006) 
Official languages
Ethnic groups 79.3% Black
9.1% White
9.0% Coloured
2.6% Asian
Demonym South African
Government Constitutional democracy
 -  President Jacob Zuma
 -  Deputy President Kgalema Motlanthe
 -  NCOP Chairman M. J. Mahlangu
 -  National Assembly Speaker Max Sisulu
 -  Chief Justice Sandile Ngcobo
Independence from the United Kingdom
 -  Union 31 May 1910 
 -  Statute of Westminster 11 December 1931 
 -  Republic 31 May 1961 
Area
 -  Total 1 221 037 km2 (25th)
471 443 sq mi
 -  Water (%) Negligible
Population
 -  2009 estimate 49,320,000 (25th)
 -  2001 census 44 819 778
 -  Density 41/km2 (170th)
106.2/sq mi
GDP (PPP) 2008 estimate
 -  Total $493.490 billion
 -  Per capita $10,136
GDP (nominal) 2008 estimate
 -  Total $276.764 billion
 -  Per capita $5,684
Gini (2000)57.8
high
HDI (2007)0.674 ދެކުނު އެފްރިކާ
Error: Invalid HDI value · 121st
ކަރަންސީ Rand (ZAR)
Time zone SAST (UTC+2)
ޑްރައިވްސް left
Calling code +27
އިންޓަރނެޓް ޓީއެލްޑީ .za

25°03′47″E / 29.046°S 25.063°E / -29.046; 25.063

އަވަސް ކަޅިއަކުން ބަލައިލުމެއް

ދެކުނު އެފްރިކާގެ ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ ރަސްމީ ބަސްތަކަކީ އެފްރިކާންސް އާއި، އިނގިރޭސި ބަހާއި، ދެކުނު އެންޑެެބެލޭ ބަހާއި، އުތުރު ސޯތޯ ބަހާއި ދެކުނު ސޯތޯ ބަހާއި، ސްވާޒީ ބަހާއި، ސޮންގާ ބަހާއި، ސްވާނާ ބަހާއި، ވެންޑާ ބަހާއި، ޚޯސާ ބަހާއި ޒުލޫ ބަހެވެ. ޤައުމުގެ މީހުންނަށް އިނގިރޭސިބަހުން ކިޔަނީ ސައުތު އެފްރިކަންއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޖޮހަނެސްބާގެވެ. ދެކުނު އެފްރިކާގެ ސަރުކާރު ހިންގާ ވެރިރަށަކީ ޕްރިޓޯރިއާއެވެ. ޝަރުޢީ ދާއިރާގެ މައިމަރުކަޒަކީ ބްލެމްފޮންޓެއިނެވެ. ޤާނޫނު ހަދާ ބަރު ނުވަތަ މަޖިލީހުގެ މަރުކަޒަކީ ކޭޕްޓައުނެވެ. ދެކުނު އެފްރިކާއަކީ ދުސްތޫރީ ޑިމޮކްރަސީއެއް ހިނގަމުން އަންނަ ޤައުމެކެވެ. އާބާދީއަކީ 49 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 25 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.22 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ za. އެވެ. ކޯލިން ކޯޑަކީ +27 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ރާންޑެވެ.

ނަން

ދެކުނު އެފްރިކާގެ ނަމަކަށް ދެކުނު އެފްރިކާއޭ ކިޔާފައިވަނީ ޖުގުރާފީ ގޮތުން ދެކުނު އެފްރިކާ އޮތް ސަރަޙައްދަށް ނިސްބަތްކޮށެވެ.

ޖުޣުރާފީ

ދެކުނު އެފްރިކާގެ އެއް ފަރާތު އައްސޭރި ގުޅިފައިވަނީ އެޓްލާންޓިކް ކަނޑާއެވެ. އަނެއް ފަރާތު އައްސޭރި ގުޅިފައިވަނީ އިންޑިޔާ ކަނޑާއެވެ. ދެކުނު އެފްރިކާގެ އުތުރުގައި އޮންނަނީ ނެމީބިއާ އާއި ބޮޓްސްވާނާ އާއި ޒިންބާބުވޭއެވެ. އިރުމަތީގައި އޮތީ މުސިންބީ (މޮޒަންބީކް) އާއި ސުވާޒިލޭންޑެވެ. ލެސޯތޯއަކީ ދެކުނު އެފްރިކާގެ ތެރޭގައި އޮންނަ މިނިވަން ޤައުމެކެވެ.

ތާރީޚު

ދެކުނު އެފްރިކާގައި އިންސާނުން ދިރިއުޅެން ފަށާފައިވަނީ މީގެ އެތަކެއް ސަތޭކަ އަހަރު ކުރީންނެވެ. 1652 ގައި ޑަޗް އީސްޓް އިންޑިޔާ ކުންފުނިން ކޭޕް ޓައުންގައިި ރިފްރެޝްމެންޓް ސްޓޭޝަނެއް ޤާއިމުކުރިއެވެ. 1806 ވަނަ އަހަރު ކޭޕް ޓައުނަކީ އިނގިރޭސީންގެ ކޮލޮނީއަކަށްވިއެވެ. 1820 ވަނަ އަހަރާ ހިސާބުގައި ދެކުނު އެފްރިކާގައި ޔޫރަޕުގެ ވަޒަންވެރިން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ދެކުނު އެފްރިކާ ޖުމްހޫރިއްޔަތަކަށްވީ 31 މެއި 1961 ގައެވެ. ދެކުނު އެފްރިކާގައި ހިނގަމުން އައި ނަސްލީ ތަފާތުކުރުންތަކާއި ސިޔާސީ ފިއްތުންތައް ހުއްޓުމަކަށް އައިސް 27 އަހަރަށް ފަހު ނެލްސަން މަންޑޭލާ ޖަލުން މިނިވަންވެފައިވަނީ 90ގެ އަހަރުތަކުގައެވެ.

ޑެމޮގްރަފިކްސް

އާބާދީގައި 49 މިލިޔަން މީހުން ތިބި ދެކުނު އެފްރިކާއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 25 ވަނަ ޤައުމެވެ. ދެކުނު އެފްރިކާގެ އާބާދީގެ 79.3% އަކީ ކަޅުމީހުންނެވެ. 9.1% އަކީ ދޮން މީހުންނެވެ. 9.0% އަކީ ކުލަކުލައިގެ މީހުންނެވެ. 2.6% އަކީ އޭޝިޔާ ނަސްލުގެ މީހުންނެވެ. 1900 ވަނަ އަހަރު ދެކުނު އެފްރިކާގެ އާބާދީއަކީ 5 މިލިޔަން މީހުންނެވެ. 1940 ވަނަ އަހަރު އެ ޤައުމުގެ އާބާދީގައި 10 މިލިޔަން މީހުން ތިއްބެވެ. އޭގެ 30 އަހަރު ފަހުން 1970 ވަނަ އަހަރު އެ ޤައުމުގެ އާބާދީވަނީ 20 މިލިޔަނަށް އަރާފައެވެ. އޭގެ 30 އަހަރުފަހުން މި ޢަދަދުވަނީ 43 މިލިޔަނަށް އަރާފައެވެ. އެހެންކަމުން އެވަރެޖު ގޮތެއްގައި ކޮންމެ 33 އަހަރަކުން ދެކުނު އެފްރިކާގެ އާބާދީދަނީ ޑަބަލްވަމުންނެވެ.

ސަގާފަތު

ރަސްމީ ބަހުގެ ގޮތުގައި ޤާނޫނު އަސާސީގައި 11 ބަހެއް ފާހަގަކުރެވިފައިވާއިރު އެންމެ ޢާއްމުކޮށް ބޭނުންކުރެވޭ ބަހަކީ އިނގިރޭސި ބަހެވެ. އެހެން ނަމަވެސް ބަހުގެ އަހުލުވެރިންގެ ޢަދަދަށް ބަލާއިރު އިނގިރޭސި ބަހަށް ލިބެނީ ފަސްވަނައެވެ.

އިޤްތިޞާދު

ދެކުނު އެފްރިކާއަކީ އިޤްތިޞާދުގެ ގޮތުން ބަލާއިރު މެދުމިނުގެ ޤައުމެކެވެ. 2007 ވަނަ އަހަރަށް ބަލާއިރު ޖީ.ޑީ.ޕީގެ ގޮތުން ދުނިޔޭގެ ރޭންކިންގައި ދެކުނު އެފްރިކާ އޮތީ 25 ވަނައިގައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 10136 ޑޮލަރެވެ.

Tags:

ދެކުނު އެފްރިކާ އަވަސް ކަޅިއަކުން ބަލައިލުމެއްދެކުނު އެފްރިކާ ނަންދެކުނު އެފްރިކާ ޖުޣުރާފީދެކުނު އެފްރިކާ ތާރީޚުދެކުނު އެފްރިކާ ޑެމޮގްރަފިކްސްދެކުނު އެފްރިކާ ސަގާފަތުދެކުނު އެފްރިކާ އިޤްތިޞާދުދެކުނު އެފްރިކާ

🔥 Trending searches on Wiki ދިވެހިބަސް:

ޕިޓަކިރިން ޖަޒީރާއޯޓިޒަމްމާރޗް 1މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންޤަޠަރުސުއްނީ މުސްލިމުންފެމުނު މިޔަރުފަތްތޫރަލިތުއޭނިއާމައިދާގެ ކެންސަރުFAQs on composing Thaana on the computerTāna Supportއިނގިރޭސިޔުކްރެއިންއޮސްޓްރިއާޖުޣުރާފީޑަޗުބުރެޒިލްގެ ޤައުމީ ސަލާމްސިއްކީމްއިސްޕެއިންނިއުމޯނިޔާމާރޗް 31Alphabetic contents2022ގުޔާނާKaren Hayesއީސާގެފާނުސްޕައިޑަރ މޭން (ފިލްމު)ސޯވިއެޓް އިއްތިހާދުދާންދޫ (ގއ. އަތޮޅު)2007ކަށި ފީވުންގުރުދާ ބަދަލުކުރުންއަބްދުﷲ ޖަލާލުއްދީންގްރޯޘް ހޯރމޯން ރިލީސިންގ ހޯރމޯންމާލީޖޯޖް ހާރބަޓް ވޯކަރ ބުޝްއިބްރާހީމް ނާޞިރުޖަޕާނުކޮލަންބިއާމާރޗް 24ބުރެޒިލްގެ ނިޝާންސަގާފަތުރަހިމުގެ ދޮރުކަށިތަކުގެ ނިޒާމްބާމިއުޑާޔައުޤޫބުގެފާނުމެކްސިކޯމާލެ އަތޮޅުމަސްގަނޑުގެ ކެންސަރުއޮޅުވަލު ކަނބިލިޓެންޒޭނިއާއެކުވެރި ޢަރަބި އިމާރާތުހުރަސް ފަލަ ގޮހޮރުތޭރަވާ އިލޮޅިޙަދީޘްޖަޕާނީ🡆 More