ދާނެސްނާމާ

ދާނެސްނާމާ (ފާރިސީބަހުން: دانشنامهٔ ދާނެޝްނާމޭ) ނޫނީ އެކުމާފާނު، އިނގިރޭސިބަހުން ބުނާނަމަ އެންސައިކްލޮޕީޑިޔާ އަކީ އެކިއެކި މައުޟޫތަކުގެ މައުލޫމާތުތަކެއް އެކުލެވިގެންވާ ލިޔުމެވެ.

ދާނެސްނާމާތައް ބަހާލެވިފައި ހުންނަނީ އަލިފުބާގެ އަކުރުތަކަށް މަޒުމޫނުތަކެއްގެ ގޮތުގައެވެ. ރަދީފުތަކާއި ޚިލާފަށް- އެއީ ބަހުގެ ލަފުޒުތަކާއި އޭގެ މާނަ، އަސްލު، ބޭނުންކުރާގޮތް އެކުލެވިގެންވާ ލިޔުމެއް- ދާނެސްނާމާއެއްގައި އެކުލެވިގެންވަނީ އެ މަޒުމޫނެއްގެ މައުޟޫއާއި ގުޅޭ ހަޤީޤީ މައުލޫމާތުތަކެވެ. ދާނެސްނާމާތައް ހައްދުވާތާ ގާތްގަނޑަކަށް 2000 އަހަރުވެއްޖެވެ. އަދި އެ އަހަރުތަކުގެތެރޭގައި ދާނެސްނާމާތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. ތަޖުރިބާކާރުން އެއްކުރައްވާފައިވާ ބަރޯސާވެވޭ ތެދު މައުލޫމާތުތަކެއްގެ ގޮތުގައި، ޗާޕުކުރެވިފައިވާ އިސްދާރުތައްވަނީ ކުތުބުޚާނާ އާއި އެހެނިހެން ތަޢުލީމީ އިދާރާތަކުގައި ޖާގަ ހޯދާފައެވެ.

ދާނެސްނާމާ
އެންސައިކްލޮޕީޑިޔާ ބްރިޓާނިކާ

ވިހިވަނަ ގަރުނުގެ ފަހުކޮޅުގައި ޑިޖިޓަލްކޮށް އާންމުންނަށް ކިޔާލެވޭގޮތަށް ދާނެސްނާމާތައް ނިކުތުމުގެ ސަބަބުން ކިޔުންތެރިންގެ އަދަދާއި މައުލޫމާތު ފޯރާ ފަރާތްތަކުގެ އަދަދުވަނީ އިތުރުވެފައެވެ. މީގެ ސަބަބުން ދާނެސްނާމާތަކުގެ ލިޔުންތައްވެސް ފުޅާވެގެން ދިޔައެވެ އަދި ދާނެސްނާމާ އަކީ ކޯޗެއްކަމުގެ ސުވާލުވެސް ވަނީ އުފެދިގެން ގޮސްފައެވެ.

ލަފްޒުގެ އަސްލު

"ދާނެސްނާމާ" މި ލަފުޒު އުފެދިގެން އައީ ފާރިސީ ބަހުންނެވެ. دانش (ދާނެޝް) މާނައީ ޢިލްމު އަދި نامه (ނާމޭ ނުވަތަ ނާމާ) މާނައީ ފޮތް، މިދެލަފުޒުންނެވެ.

Tags:

🔥 Trending searches on Wiki ދިވެހިބަސް:

އުމަރާބާދުލުފައިޒުއެޕްރީލް 11ފެބްރުއަރީ 13އިލްޔާސް އިބްރާހީމްރުކުރާއޯޓިޒަމްބިލް ކްލިންޓަންއެޕްރީލް 15މެއި 1މެއި 24އޮގަސްޓު 27ސްޓޯންހެންޖްލިތުއޭނިއާވިލާތު ބަށިއަލްއުސްތާޛު އަޙްމަދު ކާމިލް ދީދީޖޫން 20ސުލްޠާން އިބްރާހީމް އިސްކަންދަރުހެނބަދޫ (ނ. އަތޮޅު)ދިވެހިއޮގަސްޓު 13ދިންވޭނުގެ ހިތާމާގައި (ފިލްމް)ކިރިގިސްތާންކޮންޕިއުޓަރު ހާޑުވެޔަރގެ ތާރީހުތުރުކީވިލާތްއައިމިނަތު ޝަހުރުނާޒްލޮލުގެ އަލިދުލީގައި ކަޅުކުލައިގެ ލައްތަކެއް އަށަގަތުންއުއްތަރު ޕްރަދޭޝްއޮކްޓޫބަރު 8އުރުދުންމައިދާ ޖޫސްނަސްލު އުފައްދާ ނިޒާމްޑިސެމްބަރު 28ޖަވާހަރްލާލް ނެހްރޫއޮކްޓޫބަރު 3އިޓަލީޑިސެމްބަރު 1ބުރުނައީޖޫން 2ހައިޑްރަޖަންޕީސާގެ ޓަވަރުއިބްރާހީމް ޙަލީމް (ބަނޑިއަލިބޭގެ މެދުސީދީ)ކޮންޕީޓަރުން ތާނަ ލިޔެކިޔުމަށް މަގެއްމޫސުންޑިސެމްބަރު 16މަސީހީދީންމުޙައްމަދު ސާވިންޗލޔދެ ނަދ އިލލިސހަލުވި ވެންފުންނަHenry Wilsonޖޫން 10އަކަކިލޯމީޓަރުކަރުދާސްޖަޕާނުޤާސިމް އިބްރާހީމްމެއި 4ކަރްނާޓަކާފިނޮޅުނީޖަރުމޮނާކޯބާރަށް (ހއ. އަތޮޅު)ކެނެޑާ🡆 More