އަދަބިއްޔާތު

މައްޝޫރު އުސްތާޒުލް ޖީލް އަދި ބަހަށް އަރައިހުންނެވި އަދީބު، ބަހުގެ އެދުރުންނާ ހަވާލާ ދެއްވައި ބަޔާން ކުރައްވާ ގޮތުގައި އަދަބިއްޔާތަކީ، މީހާ ކުރާ ކުށްތަކާއި ބުނާ ބަސްތައް ކުށުން ސަލާމަތްކުރާނެ މަގު އުނގެނި ގަތުމެވެ.

އަދި އެފަދަ ކުށުން މީހާ ސަލާމަތްކޮށް ލެހެއްޓުމަށް މެދުވެރި ކުރާ ކަންތަކެވެ.

އިލްމަކަށް ކިޔޭ ނަމެއްގެ ގޮތުގައި މިބަހުގެ މާނަކުރައްވަނީ، ބަހުގެ ތެރެއިން ފޭރާން ހެޔޮކޮށް އަމުނައިލެވިފައި ހުންނަ ޅެން ބަހުރުވައާއި އަމުނައިލުމެއް ނެތި އުކައިލެވިފައި ހުންނަ ލިޔާ ބަހުރުވައިގެ ބަސްތަކަށެވެ. އަދި އެތަކެތި ޝަރަހަކޮށް ބަޔާން ކުރުމަށްޓަކައި ބޭނުން ކުރެވޭ މައުލޫމާތު ތަކަށެވެ. އަދި އެތަކެއްޗާމެދު ފާޑު ކިޔުމުގެ ގޮތުން ބުނެވޭ ބުނުންތަކާއި ލިޔުންތަކަށެވެ. އެފަދަ ތަކެއްޗަކީ، ކިޔާ މީހާއާއި އަހާމީހާގެ ހިތަށް އުފަލެއް ނުވަތަ ހިތާމައެއް ނުވަތަ އެހެންވެސް ފުން ޝޫރެއް ވައްދައިދޭފަދަ ޅެން ބަހުރުވައާއި ލިޔާ ބަހުރުވަ ތަކެވެ. ބަސް މޮށުންތެރީންގެ އަގުހުރި ހުތުބާ ތަކާއި ތަގުރީރު ތަކެވެ. މަޒުމޫނު ތަކާއި ލިޔުންތަކެވެ. ރީތި ވާހަކަ ތަކެވެ. މިއިން ކޮންމެ އެއްޗަކީ ވެސް އަދަބެވެ.

އަދަބުގެ އިލްމު ލިބިގަތުމަށް ޓަކައި ފިކުރު ކުރަން އެނގޭ ހިތަކާއި، ފައުޅުކޮށް ބަޔާން ކުރަން އެނގޭ ދުލަކާއި، ސިފަކޮށް ދެއްކޭފަދަ ބަސްމަގެއް ބޭނުން ވެއެވެ. އަދަބުގެ އިލްމުގެ ތެރެއަށް ވަންނަ މީހުން މިކަން ހަނދާން ކުރާން ޖެހެއެވެ.

ދިވެހި އަދަބިއްޔާތު ބެހިގެންވާ ބައިތައް

ދިވެހި އަދަބިއްޔާތު ބެހިގެންވަނީ މައިގަނޑު ދެ ބަޔަށެވެ. އެއީ ލިޔުންތެރިކަމާއި ޅެންވެރިކަމެވެ.

ލިޔުންތެރިކަން

ޅެންވެރިކަން

ޅެންވެރިކަމުގައި ހިމެނެނީ 7 ބައެވެ. ބަނދި، ކާ، ފަރިހި، ރައިވަރު، ޅެން، އަންބާ އަދި ލަވަ އެވެ. ނުވަތަ "ބޮކި ފުރާޅު އަލި" އެވެ.


ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު
އަދަބިއްޔާތު 
ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ބަނދިCars (film)އާމަނަކައޫރުޝަލީމްލީޝްތެންސްޓީންޖަމާލުއްދީން ސުކޫލްފުއްޕާމޭޢައިޝަތު ޝިރާނީދަތްބުޅި މިޔަރު2029Tokyoއިންސޫލިންމާލީ2001މައްކާސިފިލިސްފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމްމިލަދުންމަޑުލު ދެކުނުބުރިޗިލީއިނގިރޭސިNguyễn Quang Hảiތަފާސް ހިސާބުޑިސެމްބަރު 21ބެލްޖިއަމް2004ސެޕްޓެމްބަރު 8އެވަރެސްޓް ފަރުބަދަމުޙައްމަދު ޖަމާލުއްދީންބައިބަލްސެޕްޓެމްބަރު 27ޑެޑްސީމަނަދޫ (ނ. އަތޮޅު)Vice President of the United Statesއިންޑިއާމަދްޔަ ޕްރަދޭޝްބަރުމާތޅއބޗ ބވނޗފަރިހިމާމެންދޫ (ލ. އަތޮޅު)އެމް.އެން.ޑީ.އެފް ސަދަން އޭރިއާރަހިމުގެ ދޮރުގެ ކެންސަރުއެޕްރީލް 17ކްރަކަޓޯއާ އައިލޭންޑްލޭގެ ގުރޫޕްވާބަލިނޮވެމްބަރު 24ތްރޮމްބޯ ޕޮއިއިޓިންނޮވެމްބަރު 8ޞިއްޙި ރަގަޅު ޢާދަތައްނިތްކުރި ކަށިގަނޑުއޮކްޓޫބަރު 4ޖުލައި 20ކަށި ބުރޮޅިމަދީނާޖުލައިއެންމެ ފަހު ވިންދާ ޖެހެދެން (ފިލްމް)ފަރަންސޭސިވިލާތްމީދާ މިޔަރުކަރުބަލާ ހަނގުރާމަފަތްތޫރައޮޅުދޫކަރަމާރޗް 1ބެނީންމޮންޓެނީގުރޯޑިސެމްބަރު 31ބިމުގެ އިލްމުގްރޭޓް ބެރިއަރ ރީފްއޮކްޓޫބަރު 27🡆 More