ޑެންމާކު

ޑެންމާކަކީ ސްކެންޑިނޭވިޔާގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އުތުރު ޔޫރަޕުގެ ޤައުމެކެވެ.

Kingdom of Denmark
Kongeriget Danmark
ޑެންމާކު ޑެންމާކު
Flag Coat of arms
Motto: none
(Royal motto: Guds hjælp, Folkets kærlighed, Danmarks styrke
"God's Help, the People's Love, Denmark's Strength")
Anthem: Der er et yndigt land (national)
Royal anthem: Kong Christian stod ved højen mast (royal and national)
Location of ޑެންމާކު (dark green) – in Europe (light green & dark grey) – in the European Union (light green)  –  [Legend]
Location of ޑެންމާކު (dark green)

– in Europe (light green & dark grey)
– in the European Union (light green)  –  [Legend]

Location of ޑެންމާކު (dark green)

– in Europe (light green & dark grey)
– in the European Union (light green)  –  [Legend]

Capital
and largest city
Copenhagen
55°43′N 12°34′E / 55.717°N 12.567°E / 55.717; 12.567
Official languages Danish1
Ethnic groups 90.5% Danish, 9.5% other groups (Germans, Swedes, Norwegians, Bosnians, Turks, Arabs, Pakistanis, Dutch, Kurds)
Demonym Danish or Dane/Danes
Government Parliamentary democracy and Constitutional monarchy
 -  King Frederik X
 -  Prime Minister Lars Løkke Rasmussen
 -  Folketing Speaker Pia Kjaersgaard
 -  Current coalition V Government
Consolidation 8th century
Area
 -  Total 43,098.31 km2 (134th²)
16,640 sq mi
 -  Water (%) 1.64²
Population
 -  1 October 2009 estimate 5,534,738 (108th)
 -  Density 127.9/km2 (78th²)
331.2/sq mi
GDP (PPP) 2008 estimate
 -  Total $204.269 billion (49th)
 -  Per capita $37,304 (16th)
GDP (nominal) 2008 estimate
 -  Total $340.029 billion (27th)
 -  Per capita $62,097 (5th)
Gini (2009)24.7
low · 1st
HDI (2007)ޑެންމާކު 0.955
Error: Invalid HDI value · 16th
ކަރަންސީ Danish krone (DKK)
Time zone CET² (UTC+1)
 -  Summer (DST) CEST² (UTC+2)
ޑްރައިވްސް right
Calling code 454
އިންޓަރނެޓް ޓީއެލްޑީ .dk2,3
1 Co-official with Faroese in the Faroe Islands. German is recognised as a protected minority language in the South Jutland (Sønderjylland) area of Denmark. Danish is recognised as a protected minority language in the Schleswig-Holstein region of Germany.
² For Denmark excluding the Faroe Islands and Greenland.
³ The TLD .eu is shared with other European Union countries.
4 The Faroe Islands use +298 and Greenland uses +299.

އަވަސް ކަޅިއަކުން ބަލައިލުމެއް

ޑެންމާކުގެ ރަސްމީ ބަހަކީ ޑެނިޝް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޑެނިޝް ނުވަތަ ޑޭންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކޯޕަންހޭގަންއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. އަދި ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 109 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 43098.31 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ dk. އެވެ. ކޯލިން ކޯޑަކީ +45 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޑެނިޝް ކްރޯންއެވެ.

ނަން

“ޑެންމާކް” މި ނަމުގެ އަޞްލާ ބެހޭ ގޮތުން ވަރަށް ގިނަ ބަހުސްތަކެެއް ކުރެވިފައިވެއެވެ. އަދި ކުރެވެމުން ދެއެވެ. މި ގޮތުން ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި “ޑެން” މި ބަހުގެ އަޞްލަކީ ސެންސިކިރު^ް ބަހުގެ “ދަހނުސް” އެވެ. މި ބަހުގެ މާނައަކީ ޞަޙަރާއެވެ. އަނެއް ބައި ކަމުގައިވާ “މާކް” ގެ މާނައަކީ ޖަންގަލި ކަމުގައި ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. ޖުޣުރާފީ ޑެންމާކު އޮތީ ސުވިޑްންގެ ހުޅަނގު ދެކުނުގައެވެ. ނޯވޭގެ ދެކުނުގައެވެ. ޑެންމާކުގެ ދެކުނުގައި އޮތީ ޖަރުމަނެވެ. ބޯޑަރުގެ ގޮތުން ބަލާއިރު ބަލްތިކް ކަނޑާއި އުތުރު ކަނޑާ، ޑެންމާކުގެ އައްސޭރި ބޯޑަރު ހިއްސާ ކުރެއެވެ.

ތާރީޚު

އާސާރީ ގޮތުން ފެންނަން ހުރި ހެކިތަކަށް ބަލާއިރުގައި ޑެންމާކަކީ ވަރަށް ޤަދީމީ ތާރީޚެއް އޮތް ތަނެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ޢީސާއީ މީލާދުގެ 12500 އަހަރު ކުރީއްސުރެ ވެސް ޑެންމާކުގައި މީހުން ދިރިއުޅެމުން ގެންދެއެވެ. ހަމަ އެހެންމެ ޢީސާއީ މީލާދުގެ 3900 އަހަރު ކުރީން ޑެންމާކުގައި ދަނޑުވެރިކަމުގެ ޙަރަކާތްތައް ހިނގާފައިވާކަމުގެ ހެކިތައް ލިބެން އެބަހުއްޓެވެ. ރޯމަނުންގެ ކުރީގެ ދަގަނޑުގެ ޒަމާނުގައި (މީލާދުގެ ކުރީގެ 500 އިން ފެށިގެން މީލާދުގެ 1 އާ ހަމަޔަށް) މިހިސާބުގެ ވެހީން ވަނީ ދެކުނަށް ހިޖުރަކުރާން ފަށާފައެވެ. އެންމެ ފުރަތަމައަށް ޑެނިޝް މީހުން މި ސަރަޙައްދަށް ވަދެފައިވަނީ އަލްމާނީންގެ ދަގަނޑުގެ ޒަމާނުގައެވެ. މީލާދުގެ 1 އަހަރާއި 400 ވަނަ އަހަރާ ދެމެދުގައެވެ. ރޯމަނުން ވަނީ ޑެންމާކުގައި ތިބި އެ ބިމުގެ ވަޒަންވެރީންނާއެކު ވިޔަފާރީގެ ގުޅުންތައް ދަމަހައްޓާފައެވެ. އެހެންކަމުން ރޯމަނުންގެ ސިއްކަތައް ޑެންމާކުން ފެނިފައިވެއެވެ. މީލާދީން 8 ވަނަ ޤަރުނާއި 11 ވަނަ ޤަރުނާ ދެމެދުގައި ޑެނިޝް މީހުން ވެސް ވެފައިވަނީ ވައިކިން މީހުންގެ ތެރޭގައި ހިމެނޭ ބަޔަކަށެވެ. ވައިކިން މީހުން ވަނީ މީލާދީން 9 ވަނަ ޤަރުނުގައި އައިސްލޭންޑު ހޯދައި، އެތަނުގައި ވަޒަންވެރިވެފައެވެ. އެއީ އެމީހުން ފަރޯއޭ ޖަޒީތަކަށް ދިޔަ މަގުމަތީގައެވެ. އެތަނުން ގްރީންލޭންޑާއި ވިންލޭންޑުގައި ވެސް މީހުން ވަޒަންވެރިވިއެވެ. އެމީހުންގެ އޮޑިދޯނިފަހަރު ބަނުމުގެ ހުނަރު ބޭނުންކޮށްގެން އެމީހުން ވަނީ ފަރަންސޭސިވިލާތުގެ ބައެއް ތަންތަނަށާއި ބްރިޓިޝް ޖަޒީރާތަކަށް ޙަމަލާތައް ދީފައެވެ. ގްރީންލޭންޑުން ފެށިގެން ގުސްތަންތީނިއްޔާއާ ހަމަޔަށް އެމީހުން ވަނީ އެމީހުންގެ ވިޔަފާރީގެ މަގުތައް ފުޅާކޮށްފައެވެ. ޑެނިޝް ވައިކިން މީހުންނަކީ ބްރިޓެއިން އާއި ފަރަންސޭސިވިލާތާއި އަޔަރލޭންޑުގައި އެންމެ ޙަރަކާތްތެރިކޮށް އުޅުނު މީހުންނެވެ. ދޭތެރެ ދޭތެރެއިން ޑެންމާކާއި އިނގިރޭސީންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވެއެވެ. ޑެންމާކް އީ.ޔޫ އާ ގުޅިފައިވަނީ 1 ޖަނަވަރީ 1973 ގައެވެ. މިއީ އީ.ޔޫއގެ މެންބަރަކަށްވި 7 ވަނަ ޤައުމެވެ.

ޑެމޮގްރަފިކްސް

ޑެންމާކުގެ އާބާދީގެ 90.5% މީހުންނަކީ ޑެނިޝް ނަސްލުގެ މީހުންނެވެ. 9.5% މީހުންނަކީ އެހެން ނަސްލުތަކަށް ނިސްބަތްވާ މީހުންނެވެ. މި ގޮތުން ޖަރުމަނުންނާއި ސްވީޑުންނާއި ނޮވޭޖިޔަނުންނާއި ބޮސްނިޔާ ނަސްލުގެ މީހުންނާާއި ތުރުކީންނާއި އަރަބީންނާއި އިންޑިޔާ ދަރިކޮޅުގެ މީހުންނާއި ޑަޗުންނާއި ކުރުދީން ފާހަގަކޮށްލެވެއެވެ.

ސަގާފަތު

ސަގާފަތުގެ ގޮތުން ބަލާއިރު ޑެންމާކުގެ ސަގާފަތަކީ ސްކެންޑިނޭވިޔާގެ އެހެން ޤައުމުތަކާ އެއް ކަންތައްތަކެއް ހިއްސާކުރާ ސަގާފަތެކެވެ.

އިޤްތިޞާދު

ޑެންމާކަކީ ޔޫރަޕަށް ނިސްބަތްވާ މުއްސަނދި ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 37304 ޑޮލަރެވެ.

Tags:

ޑެންމާކު އަވަސް ކަޅިއަކުން ބަލައިލުމެއްޑެންމާކު ނަންޑެންމާކު ތާރީޚުޑެންމާކު ޑެމޮގްރަފިކްސްޑެންމާކު ސަގާފަތުޑެންމާކު އިޤްތިޞާދުޑެންމާކު

🔥 Trending searches on Wiki ދިވެހިބަސް:

ބާބަޑޮސްޖެނުއަރީ 21ދުންތަރި މަސްމާޅޮސް (ބ. އަތޮޅު)އޮކްޓޫބަރު 4އިންޑިޔާގެ ތާރީޚުފ.އަތޮޅު ތަޢުލީމީ މަރުކަޒުޝަން ހިން ސްކޮޔަރޖުލައި 3ފުވައްމުލައް (ޏ. އަތޮޅު)ކޮޅުނބުTokyoޖުލައި 27އިބްރާހީމް ނާޞިރުމަނިގަހަވީ އިލްމުއެޕްރީލް 5ލޭއެޅުންޖުލައި 22ކީރިތި ޤުރުއާންޖޫން 22ދިވެހިރާއްޖެސައްކެޔޮސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)ތަނބިކަށިކާޑު ބަލިމަސީހީދީންޖެނުއަރީ 17މަނަދޫ ކާސިންހާޖީކަށި މަސްކާފޫރުޖަމްޝީދާ އަޙުމަދުމާރޗް 4އިލާހުލޭލާޖޫން 2ގުންބަޅަދިވެހި ބޭސްވެރިކަންސްޓްރޯކް ޖެހުންއޮކްޓޫބަރު 15ރައިވަރުޖަނަ ގަނަ މަނަޖައިނިޒަމްޏަމްޏަމްހޮލެންޑުއެރިތުރިއާފުއްޕާމޭހުޅަނގު ސަހަރާއެޕްރީލް 12އަންހެނާގެ ޖިންސީ ގުނަވަންޗިލީNepalކުއްޅަވައްސަލްވާ ދޫނިނަމާދުލައުރޭޝިއާކަނާތު އެޓްރީއަމްއަތްތިލަދިޔަދޫ (ގއ. އަތޮޅު)ފައިންޑިންގ ނީމޯފެންމިޞްރުސެޕްޓެމްބަރު 1މަދީނާ🡆 More