މެކްސިކޯ

ޔުނައިޓެޑް މެކްސިކަން ސްޓޭޓްސް ނުވަތަ ޢާއްމުކޮށް ކިޔާ ގޮތުން ނަމަ މެކްސިކޯއަކީ އުތުރު އެމެރިކާ ބައްރަށް ނިސްބަތްވާ ޤައުމެކެވެ.

This article is about the country in North America. For other uses, see މެކްސިކޯ (disambiguation).
United Mexican States
Estados Unidos Mexicanos
މެކްސިކޯ މެކްސިކޯ
Flag Coat of arms
Anthem:  އިމްނޮ ނަސިއޮނަލް މެހިކަނޯ
(އިނގިރޭސިބަހުން: "Mexican National Anthem")
މެކްސިކޯ
މެކްސިކޯ
Location of މެކްސިކޯ
Capitalމެކްސިކޯ ސިޓި.
19°26′N 99°08′W / 19.433°N 99.133°W / 19.433; -99.133
Largest city މެކްސިކޯ ސިޓި
Official languages None at federal level
Recognised regional languages
  • Spanish
  • 68 native language groups.
National language މެކްސިކޯގެ އިސްޕެނިޝް[b]
Demonym Mexican
Government Federal presidential
constitutional republic
 -  President އަންދްރޭސް މަނުއެލް ލޮޕޭޒް އޮބްރަޑޯރް (MORENA) ފައިލު:MORENA logo(Mexico).svg
 -  Senate of the Republic {{{leader_name2}}}
 -  Chamber of Deputies ޕޮރްފީރިއޯ މުޏޯޒް ލެދޯ (PRD) މެކްސިކޯ
 -  President of the Chamber of Deputies {{{leader_name4}}}
Legislature Congress
 -  Upper house Senate
 -  Lower house Chamber of Deputies
Independence from Spain
 -  Declared September 16, 1810 
 -  Consummated September 27, 1821 
 -  Recognized December 28, 1836 
 -  First constitution October 4, 1824 
 -  Second constitution February 5, 1857 
 -  Current constitution February 5, 1917 
Area
 -  Total 1,972,550 km2 (14th)
761,606 sq mi
 -  Water (%) 2.5
Population
 -  2015 estimate 121,736,809 (11th)
 -  Density 57/km2 (142nd)
142/sq mi
GDP (PPP) 2015 estimate
 -  Total $2.224 trillion (11th)
 -  Per capita $18,370 (66th)
GDP (nominal) 2015 estimate
 -  Total $1.232 trillion (13th)
 -  Per capita $10,174 (65th)
Gini (2010)47.2
high
HDI (2013)މެކްސިކޯ 0.756
high · 71st
ކަރަންސީ Peso (MXN)
Time zone See Time in Mexico (UTC−8 to −5)
 -  Summer (DST) varies (UTC−7 to −5)
ޑްރައިވްސް right
Calling code +52
އިންޓަރނެޓް ޓީއެލްޑީ .mx

އަވަސް ކަޅިއަކުން ބަލައިލުމެއް

މެކްސިކޯގެ ރަސްމީ ބަހެއް ފެޑެރަލް ލެވެލްގައި ކަނޑައަޅާފައެއް ނުވެއެވެ. އެހެން ނަމަވެސް ރަސްމީ ކަންކަމުގައި ބޭނުންކޮށް އުޅޭ ބަހަކީ އިސްޕެނިޝް ބަހެވެ. ޤައުމީ ބަސްތަކުގެ ގޮތުގައި ބެލެވެނީ އިސްޕެނިޝް ބަހުގެ އިތުރުން އިންޑިޖިނަސް 62 ބަހެކެވެ. އެންމެ ބޮޑު ޝަހަރަކީ މެކްސިކޯ ސިޓީއެވެ. އަދި ވެރިކަން ކުރަނީ ވެސް މެކްސިކޯ ސިޓީގައެވެ. މެކްސިކޯއަކީ ފެޑެރަލް ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. މެކްސިކޯގެ އާބާދީއަކީ 111 މިލިއަނެވެ. ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާއަކީ 14534 ޑޮލަރެވެ. ބިމުގެ ބޮޑުމިނަކީ 1.97 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ mx. އެވެ. ކޯލިން ކޯޑަކީ +52 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މެކްސިކަން ޕެސޯއެވެ.

ނަން

ނިއު ސްޕެއިނަށް ސްޕެއިނުގެ ކިބައިން މިނިވަންކަން ލިބުމުން އެ ޤައުމުގެ ނަން ނިސްބަތްކުރާނީ އެ ޤައުމުގެ ވެރިރަށް ކަމުގައިވާ މެކްސިކޯ ސިޓީއަށް ކަމުގައި ކަނޑައެޅުނެވެ. އެހެން ކަމުން މެކްސިކޯގެ ނަން ނެގިފައިވަނީ މެކްސިކޯ ސިޓީއިންނެވެ. މެކްސިކޯ ސިޓީއަށް އެ ނަން ދެވިފައިވަނީ ނަހުއަތުލް ބަހުން ކަމަށް ބެލެވިފައިވެއެވެ. އެހެން ނަމަވެސް މި ބަހުގެ މާނައަކީ ކޮބައިކަމެއް ހޯދިފައެއް ނުވެއެވެ.

ޖުގުރާފީ

މެކްސިކޯގެ އުތުރުން އޮތީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ. ދެކުނުން އޮތީ ޕެސިފިކް ކަނޑެވެ. އިރު ދެކުނުގައި ގުއެޓަމާލާ އާއި ބެލީޒް އާއި ކެރީބިއަން ކަނޑެވެ. އިރުމަތީގައި އޮތީ ޚަލީޖު މެކްސިކޯއެވެ. މެކްސިކޯއަކީ އެމެރިކާ ބައްރުގައި ފަސްވަނައަށް އޮތް އެންމެ ބޮޑު ޤައުމެވެ. މުޅި ދުނިޔެއަށް ބަލާއިރު 15 ވަނައަށް އެންމެ ބޮޑު ޤައުމަކީ ވެސް މެކްސިކޯއެވެ.

ތާރީޚު

މީގެ 9000 އަހަރު ކުރީއްސުރެ މެކްސިކޯގައި މީހުން ދިރިއުޅެން ފަށާފައިވާ ކަމަށް ތާރީޚީ ހޯދުންތަކުން ދައްކައެވެ. ޔޫރަޕުގެ މީހުން މެކްސިކޯއަށް އައިސްފައިވަނީ މެކްސިކޯގެ ޙަޤީޤީ ރަށްވެހީން އެތަނުގައި ދިރިއުޅެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. ސެޕްޓެންބަރު 15، 1810 ގައި މެކްސިކޯއިން އެ ޤައުމުގެ މިނިވަންކަން އިޢުލާންކުރިއެވެ. މެކްސިކޯއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ޤައުމުތަކުން ބަލައިގެންފައިވަނީ 27 ސެޕްޓެންބަރު 1821 ގައެވެ.

ޑެމޮގްރަފިކްސް

މެކްސިކޯއަކީ އިސްޕޭނު ބަހުން ވާހަކަ ދައްކާ ޤައުމުތަކުގެ ތެރޭގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމެވެ. އާބާދީގެ ގޮތުން މުޅި ދުނިޔޭގައި 11 ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް ޤައުމަކީ ވެސް މެކްސިކޯއެވެ. މެކްސިކޯގެ އާބާދީގެ 60-80% އަކީ ޔޫރަޕުގެ މީހުންނާއި އެމެރިންޑިޔަނުންގެ މަސްހުނި ނަސްލެވެ. އެމެރިންޑިއަނުންގެ އާބާދީއަކީ 16-30% އެވެ. ދޮން މީހުންނަކީ މެކްސިކޯގެ އާބާދީގެ 9-16% އެވެ.

ސަގާފަތު

މެކްސިކޯގެ ސަގާފަތަށް ވަނީ އެ ޤައުމުގައި ކުރީން ވެރިކަންކުރި އިސްޕެއިނުގެ ސަގާފަތުގެ އަސަރު ވަރަށް ބޮޑަށް ފޯރާފައެވެ. ހަމަ އެހެންމެ އަވަށްޓެރި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސަގާފަތަށް އަންނަ ބަދަލުތަކުގެ އަސަރު ވެސް ވަރަށް ބޮޑަށް މެކްސިކޯގެ ސަގާފަތަށް ކުރަމުންދޭމެއެވެ.

އިޤްތިޞާދު

އިޤްތިޞާދީ ގޮތުން ބަލާއިރު މެކްސިކޯއަކީ ދުނިޔޭގައި 12 ވަނައަށް އެންމެ ބޮޑު އިޤްތިޞާދެވެ. 1994 ވަނަ އަހަރު ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވި މައްސަލަތަކަށް ފަހު މެކްސިކޯއިން ވަނީ އެމީހުންގެ އިޤްތިޞާދީ ކަންތައްތައް ހަރުދަނާކޮށްފައެވެ. މެކްސިކޯގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 14534 ޑޮލަރެވެ. ވޯލްޑް ޓުއަރިޒަމް އޮގަނައިޒޭޝަނުން ބުނާ ގޮތުގައި މެކްސިކޯއަކީ ފަތުރުވެރިކަމުގެ ގޮތުން ދުނިޔޭގައި ފާހަގަކޮށްލެވޭ މަންޒިލެކެވެ. މުޅި ލެޓިން އެމެރިކާއަށް ބަލާއިރު އެންމެ ފެންވަރު ރަނގަޅުކޮށް މަގު ހަދާފައިވާ ޤައުުމަކީ މެކްސިކޯއެވެ. މެކްސިކޯގެ ވަރަށް ގިނަ ޢަދަދެއްގެ މީހުންނަކީ އަވަށްޓެރި އެމެރިކާގައި ވަޒީފާ އަދާކުރާ މީހުންނެވެ.

Tags:

މެކްސިކޯ އަވަސް ކަޅިއަކުން ބަލައިލުމެއްމެކްސިކޯ ނަންމެކްސިކޯ ޖުގުރާފީމެކްސިކޯ ތާރީޚުމެކްސިކޯ ޑެމޮގްރަފިކްސްމެކްސިކޯ ސަގާފަތުމެކްސިކޯ އިޤްތިޞާދުމެކްސިކޯ

🔥 Trending searches on Wiki ދިވެހިބަސް:

ފެބްރުއަރީ 29ޖުލައި 8މާރޗް 30ހޮނިހިރު ދުވަސްއެޕްރީލް 5އަޙްމަދު ޒަކީލައިޕޯޓްރޮޕިންޑިސެމްބަރު 22އެޒިތުރޯމައިސިންއޮގަސްޓު 14ޖަރުމަނުވިލާތްމާރޗް 20އުޅަބޮށިގެރެންޑާސެޕްޓެމްބަރު 20ފެބްރުއަރީ 9އެޕްރީލް 27އިންޑޮނޭޝިޔާ1998އެޕްރީލް 3ސެޕްޓެމްބަރު 2ޢަރަބިމައިދާއުރުދޫއިންޑިޔާތިނަދޫ (ވ. އަތޮޅު)ފެބްރުއަރީ 25މަނި އުފެދޭ ހޮޅިތައްރަހިމުގެ ދޮރުގުރަންދަނާމާއޮކްސިޓޯސިންޑެޑްސީޓޮމް އެންޑް ޖެރީބަންގާޅުފުރަމޭގެ ކެންސަރުޑިސެމްބަރު 4މެއި 22ޓޯގޯޖެނުއަރީ 13ހަނދި އާއިލާ (މަސް)ކާފޫރު ތޮޅިބެލްގޮރޯޑް ސަރަހައްދުގައެވެއެއިޑްސް ބަލިމަދީނާއިލްޔާސް އިބްރާހީމްނަންނުގަތިސީނުކަރަޑިސެމްބަރު 18ޕަޕުއާ ނިއު ގިނީދެކުނު ކޮރެއާޖެނުއަރީ 23ބަލްގޭރިއާއޮކްޓޫބަރު 21ވެރިރަށްއެޕްރީލް 20މާރޗް 26ފޮނި ތޮށިހަކުރު ބަލީގެ ދެވަނަ ވައްތަރުއެވަރެސްޓް ފަރުބަދަޖުލައި 5ޔުނައިޓެޑް ކިންގްޑަމްޔުލިސެސް ސ. ގްރަންޓްފެބްރުއަރީ 26ކެލްވިން ކޫލިޖްސެޓެލައިޓްނިއުޒިލޭންޑުޙަބުޝްކަރަސައި🡆 More