މަލާވީ

ރިޕަބްލިކް އޮފް މަލާވީއަކީ އިރުދެކުނު އެފްރިކާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ.

ކުރިން މި ޤައުމަށް ކިޔަނީ ނިޔާސާލޭންޑެވެ.

Republic of Malaŵi
Chalo cha Malawi, Dziko la Malawi
މަލާވީ މަލާވީ
Flag Coat of arms
Motto: Unity and Freedom
Anthem: Mulungu dalitsa Malaŵi  (Chichewa)
"Oh God Bless Our Land of Malawi"
މަލާވީ
Location of Malawi
CapitalLilongwe
13°57′S 33°42′E / 13.950°S 33.700°E / -13.950; 33.700
Largest city Blantyre
Official languages English
Recognised regional languages Chichewa
Demonym Malawian
Government Multi-party democracy
 -  President Peter Mutharika
 -  Vice President Saulos Chilima
Independence from the UK
 -  Independence declared July 6, 1964 
Area
 -  Total 118,484 km2 (99th)
45,747 sq mi
 -  Water (%) 20.6%
Population
 -  2009 estimate 15,263,000
 -  1998 census 9,933,868
 -  Density 128.8/km2 (94th)
333.6/sq mi
GDP (PPP) 2008 estimate
 -  Total $11.412 billion
 -  Per capita $835
GDP (nominal) 2008 estimate
 -  Total $4.268 billion
 -  Per capita $312
Gini (2008)38
medium
HDI (2008)މަލާވީ 0.457
Error: Invalid HDI value · 162nd
ކަރަންސީ Kwacha (D) (MWK)
Time zone CAT (UTC+2)
 -  Summer (DST) not observed (UTC+2)
ޑްރައިވްސް left
Calling code +265
އިންޓަރނެޓް ޓީއެލްޑީ .mw
1 މި ޤައުމުގެ އާބާދީގެ އަންދާޒާތަކުގައި އެއިޑްސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ އަސަރުތަކަށް ސާފުކޮށް ރިއާޔަތްކޮށްފައިވެއެވެ؛ މިކަމުގެ ސަބަބުން އުމުރު ދުވަސް ދަށްވުމާއި، ތުއްތު ކުދިން މަރުވުމާއި މަރުވުމުގެ ނިސްބަތް މަތިވުމާއި، އާބާދީއާއި ކުރިއެރުމުގެ ނިސްބަތް ދަށްވުމާއި، އުމުރާއި ޖިންސަށް ބަލާފައި އާބާދީ ބަހާލުމަށް އެހެން ގޮތަކަށް ހީކުރެވޭ ވަރަށް ވުރެ ބަދަލުތަކެއް އަތުވެދާނެއެވެ.
2މައުލޫމާތު ނަގަނީ ސީއައިއޭގެ ފެކްޓްބުކް އިން އެހެން ގޮތަކަށް ފާހަގަކޮށްފައި ނުވާނަމައެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

މަލާވީގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. ސަރަޙައްދީ ބަހެއްގެ ގޮތުގައި ޗިޗެވާ ބަސް ބޭނުން ކުރެވެއެވެ. އިނގިރޭސި ބަހުން މަލާވީގެ މީހުންނަށް ކިޔަނީ މަލާވިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބްލަންތައިރޭއެވެ. މަލާވީގެ ވެރި ރަށަކީ ލިލޮންގްވޭ އެވެ. މަލާވީއަކީ މަލްޓި ޕާޓީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 15 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 65 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.1 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ mw. އެވެ. ކޯލިން ކޯޑަކީ +265 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކްވާޗާއެވެ.

ނަން

މަލާވީގެ ނަން ނިސްބަތްވަނީ ލޭކް މަލާވީ ނަމަކަށް ކިޔާ ފެންގަނޑަށެވެ. ލޭކް މަލާވީއަށް ލޭކް ނިޔާސާއޭ ވެސް ކިޔައެވެ. މަލާވީގެ ކުރީގެ ނަން ކަމުގައިވާ ނިޔާސާލޭންޑް ނިސްބަތް ކުރެވިފައިވަނީ މި ގޮތުންނެވެ. އަދި މަލާވީ މި ނަމަކީ ބަންޓޫ ނަސްލުގެ މަރާވީ މީހުންނަށް ނިސްބަތްވާ ނަމެއް ކަމަށް ބުނެއެވެ.

ޖުޣުރާފީ

މަލާވީގެ ހުޅަނގުއުތުރުގައި އޮތީ ޒެންބިޔާއެވެ. އިރު އުތުރުގައި އޮތީ ޓެންޒޭނިޔާއެވެ. އިރުމައްޗާއި ދެކުނާއި ހުޅަނގުގައި ވެސް އޮތީ މުސިންބީ (މޮޒަންބީކް) އެވެ. މަލާވީގެ އެންމެ މުހިއްމު ފެންގަނޑު ކަމުގައިވާ ލޭކް މަލާވީއަށް ކަލަންޑަރު ލޭކްއޭ ވެސް ކިޔައެވެ. އެއީ މި ކޯރުގެ ދިގު މިނުގައި 365 މޭލު ހުރުމާައި ފުޅާ މިނުގައި 52 މޭލު ހުރުމުގެ ސަބަބުންނެވެ. އެއީ އަހަރެއްގައި ހުންނަނީ 365 ދުވަހާއި 52 ހަފްތާ ކަމުންނެވެ. މަލާވީއަކީ ބިމުގެ ގޮތުން ބަލާއިރުގައި ދުނިޔޭގެ 99 ވަނަ އަށް އެންމެ އާބާދީ ބޮޑު ޤައުމެވެ.

ތާރީޚު

މީލާދީން 10 ވަނަ ޤަރުނާ ހަމަޔަށް އައި އިރު މަލާވީގައި އޮތީ ވަރަށް ކުޑަކުޑަ އާބާދީއެކެވެ. އެއީ ޝިކާރަވެރިންގެ މައްޗަށް ބިނާވެފައި އޮތް އާބާދީއެކެވެ. އެހެން ނަމަވެސް މީލާދީން 10 ވަނަ ޤަރުނާ ހަމައިގައި ބަންޓޫ މީހުން އެކި ހިސާބުތަކަށް ބެހި ގަތުމުގެ އޮއިވަރުގައި މަލާވީއަށް ވެސް ބަންޓޫ ދަރިކޮޅުގެ މީހުން އައެވެ. އޭގެ ސަބަބުން މަލާވީގެ އާބާދީގެ ރޫ ބަދަލުވެގެން ދިޔައެވެ. މީލާދީން 1500 ގެ ތެރޭގައި މަލާވީގެ ޤަބީލާތަކުުގެ ރަސްކަމެއް ޤާއިމުކުރިއެވެ. މީލާދީން 1700 ގެ ތެރޭގައި މި ރަސްކަން ގާތްގަނޑަކަށް ރޫޅިގެން ދިޔައެވެ. މީލާދީން 1859 ގައި ޑޭވިޑް ލިވިންގްސްޓޯން މަލާވީއަށް ދިޔައެވެ. އިނގިރޭސީންގެ ވެރިކަމުގެ ތެރޭގައި މަލާވީއަށް ކިޔަމުން އައީ ނިޔާސާލޭންޑް މި ނަމެވެ. ނިޔާސާލޭންޑްގެ ކޮލޯނިޔަލް ސަރުކާރު ޤާއިމުވީ 1891 ވަނަ އަހަރުގައެވެ. މަލާވީއަށް އިނގިރޭސި ވިލާތުގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 6 ޖުލައި 1964 ގައެވެ.

ޑެމޮގްރަފިކްސް

މަލާވީގެ އާބާދީގެ 85% މީހުންނަކީ ރަށްފުށުގެ ސަރަޙައްދުގައި ދިރިއުޅެމުންދާ މީހުންނެވެ. މަލާވީގެ އާބާދީގައި ހިމެނޭ ނަސްލުތަކަކީ، ޗެވާ، ނިޔަންޖާ، ތުންބުކާ، ޔާއޯ، ލޮމްވޭ، ސޭނާ، ތޮންގާ، އެންގޯނީ، އަދި އެންގޮންޑޭ، މި ނަސްލުތަކެވެ. 2007 ވަނަ އަހަރުގެ އަންދާސީ ހިސާބުތަކަށް ބަލާއިރު، މަލާވީގެ 80% މީހުންނަކީ ކްރިސްޓިޔަނުންނެވެ. 13% މީހުންނަކީ މުސްލިމުންނެވެ.

ސަގާފަތު

މަލާވީގެ އާބާދީގެ 85% މީހުންނަކީ ރަށްފުށުގެ ސަރަޙައްދުގައި ދިރިއުޅެމުންދާ މީހުންނެވެ. މަލާވީގެ ސަގާފަތުގެ އެންމެ ވަރުގަދަ އެކައްޗަކީ މަލާވީގެ ޑާންސެވެ.

އިޤްތިޞާދު

މަލާވީ އަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން އަކަބުރަ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ އަދި އެންމެ ތަރައްޤީ ނުވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މަލާވީގެ މުޅި އިޤްތިޞާދުހެން ބިނާވެފައިވަނީ ދަނޑުވެރި ކަމުގެ މައްޗަށެވެ. މަލާވީގެ ޖީ.ޑީ.ޕީީގެ ތިން ބައި ކުޅަ އެއްބައި ލިބެނީ ދަނޑުވެރިކަމުންނެވެ. އެކްސްޕޯޓްގެ 90% އަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 835 ޑޮލަރެވެ.

Tags:

މަލާވީ އަވަސް ކަޅިއަކުން ބަލައިލުމެއްމަލާވީ ނަންމަލާވީ ޖުޣުރާފީމަލާވީ ތާރީޚުމަލާވީ ޑެމޮގްރަފިކްސްމަލާވީ ސަގާފަތުމަލާވީ އިޤްތިޞާދުމަލާވީ

🔥 Trending searches on Wiki ދިވެހިބަސް:

ޑިސެމްބަރު 14ޖުލައި 3ގީނީ-ބިސާއޫއާމިނަތު ޙުސައިންއެޕްރީލް 10މުޙައްމަދު އިސްމާއިލް ދީދީޖޯޖިޔާ (ޤައުމު)ބަނބުޅަބޮސްކުޅަނދިލި ބުރުގާއެޕްރީލް2014ޑިސެމްބަރު 24ޔޫސުފް މުޙައްމަދުފުޅުއިސްލާމް ދީންއަބްދުﷲ ޖަލާލުއްދީންލަހިސްތާނީޑިސެމްބަރުއޮސްޓަރުލިޔާޖެނުއަރީ 19ޖެނުއަރީ 17ނޮވެމްބަރު 29އިޓަލީވިލާތްސުވިޑަންމައުރިބުކާބޯތަކެތީގެ އަންބަލަން2003ޖެނުއަރީ 21ކޮލަންބިއާއައިޒަލް އޮފް މޭންޔުގެންޑާއިބްރާހީމް ނާޞިރުޖިމީ ކާރޓަރކްލޮރިންއިސްޕެއިންއަސޭމިރުސްއެޕްރީލް 22އިންޑިޔާގެ ސިޔާސީ މައިދާންކަޅު ހުވަފަތް މަކުނުއިރަވީ ނިޒާމު2001ބޫޓާންތަފާސް ހިސާބުޤައުމީ ސަލާމްކަރީނާ ކަޕޫރު2013އޮކްޓޫބަރު 26ފެންމާރޗް 26ޢަރަބިޖެނިޓަލް ވޯރޓްސްރޯދަޑިސެމްބަރު 19ޖެނުއަރީ 15ޒައިތޫނިސަންގީތުދިވެހިއެޕްރީލް 4ނޮވެމްބަރު 25އުތީމު ގަނޑުވަރުއެޕްރީލް 2ސެޕްޓެމްބަރު 14ޑިސެމްބަރު 31އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު🡆 More