ޣިޔާޘުއްދީން ސުކޫލް

ޣިޔާޘުއްދީން ސުކޫލް އަކީ މާލޭގައި 6ވަނަ އަށް ހުޅުވި ޕްރައިމަރީ ސުކޫލް އެވެ.

ޣިޔާޘުއްދީން ސުކޫލް އަކީ ޖަޕާނު ސަރުކާރުގެ އެހީގައި މާލޭގައި ބިނާކުރެވުނު ސުކޫލެކެވެ.މިސުކޫލްގައި ކިޔަވައި ދޭން ފެށުނީ 7 ފެބުރުއަރީ 1999 ގައެވެ.ނަމަވެސް ޣިޔާޘުއްދީން ސުކޫލްގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލެވުނީ 14 މާރޗް 1999 ގައެވެ. އަދި މިސުކޫލް ރަސްމީގޮތުން ހުޅުވައިދެއްވީ 9 ޖޫން 1999 ގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލް ގައްޔޫމް އެވެ.

ޣިޔާޘުއްދީން ސުކޫލް
ޣިޔާޘުއްދީން ސުކޫލް
ނަން

ޣިޔާޘުއްދީން ސުކޫލް

ޤައުމު

ދިވެހިރާއްޖެ

ހިންގަން ފެށުނީ

ފެބުރުއަރީ،1999

ފެންވަރު

ޕްރައިމަރީ

ކުލަ

ދަނބު

މޮޓޯ


( Learn and Lead)

ޣިޔާޘުއްދީން ސުކޫލް ދަރިވަރުންގެ އިގިރޭސި ބަހުގެ ފެންވަރު ރަގަޅު ކުރުމަށްޓަކައި، ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ސްލޭޓްގެ ނަމުގައި 1999 ވަނަ އަހަރު އިގިރޭސި ކްލަބެއް ނުވަތަ ޖަމްޢިއްޔާއެއް އުފެދިފައި ވެއެވެ. މިޖަމްޢިއްޔާއިން މުޅި އަހަރުގެ ތެރޭގައި ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގައެވެ. 1999 ވަނަ އަހަރު ގެ ތެރޭގައި ދިވެހިބަހުގެ ފެންވަރު ރަގަޅު ކުރުމަށްޓަކައި ދިވެހި ޖަމްޢިއްޔާއެއް ފިލާ ގެ ނަމުގައި ވެސް އުފައްދާފައި ވެއެވެ. މި ޖަމްޢިއްޔާއިން ވެސް ތަފާތު ޕްރޮގްރާމްތަކާއި މުބާރާތްތައް ދަރިވަރުންގެ މެދުގައި ރާވައި ހިންގަމުން ގެންދެއެވެ.

ޣިޔާޘުއްދީން ސުކޫލް ހުންނަނީ މާލޭގެ ދެކުނު ފަރާތުގައި އަމީނީ މަގުގައި މާފަންނު ސްޓޭޑިއަމް އާއި އިންވެގެންނެވެ. އެހެން ކަމުން ޣިޔާޘުއްދީން ހުންނަނީ މާލޭގެ އަވަށްތަކުގެ ތެރެއިން މައްޗަށްގޮޅީ ގައެވެ.

ސުކޫލްގެ ނަން

ޣިޔާޘުއްދީން ސުކޫލް ގެ ނަން ނިސްބަތްކުރެވެނީ ދިޔަމިގިލީ ދަރިކޮޅުން ރާއްޖޭގައި ރަސްކަންކުރެއްވި ރަސްކަލެއް ކަމުގައިވާ ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުނުވަތަ ހާޖީ ބަންޑާރައިން ނުވަތަ ޝަހީދު ކުޅަ ބަންޑާރައިންނަށެވެ. މިރަދުން ދިވެހި ރަސްކަމަށް އިސްވެ ވަޑައިގަތީ މީލާދީން 1766 ވަނަ އަހަރު އެވެ. މިރަދުންގެ ރަސްކަމުގައި ދިވެހި ބަހުން ތައްޔާރު ކުރެވުނު ފުރަތަމަ ދިވެހި ރަދީފް ތައްޔާރު ކުރެއްވި އެވެ. ގާތްގަނޑަކަށް 8 އަހަރުގެ ރަސްކަމަށްފަހު މިރަދުން ރަސްކަމުން ފައިބާވަޑައިގަތީ މީލާދީން 1773 ވަނަ އަހަރު އެވެ. މިރަދުންގެ ރަސްކަމުގައި ދިވެހި ބޭސްވެރިކަމާ ބެހޭ ތަފާތު ލިޔުންތައް ލިޔުއްވާފައި ވެއެވެ. ބުނެވޭގޮތުގައި ބަނބުކެޔޮ ދިވެހި ގައުމަށް ތަޢާރަފްކޮށްދެއްވީ ވެސް ޣިޔާޘުއްދީން ރަދުންނެވެ.

ސުކޫލްގެ ލަވަ

ޅަފަތުގައި އުގެނެމާ އުފަލުގާ ކިޔަވަމާ
ސިފަތަކުން ރިވެތި ޒީނަތްވެ ކުރިއަށްދަމާ


ކާބަފައިން ގެންނަވައި ދެއްވި ހެޔޮ ނަންމަތީ
ލޯބިވެތި ދައުލަތަށް ބޯލެނބޭ ގޮތްމަތީ
އަދު މިތައުލީމު ތަރުބިއްޔަތާ ހޯދަމާ
ސިފަތަކުން ރިވެތި ޒީނަތްވެ ކުރިއަށްދަމާ


މާތްވި ދީނާ އަމާން ދިވެހި ގައުމަށްޓަކައި
އާރުލާ ޚިދުމަތަށް އެދި މިތައްޔާރުވާން
ހަރުދަނާ ދިވެހިލޭ ހުރި ދަރިންނަށް ވަމާ
ސިފަތަކުން ރިވެތި ޒީނަތްވެ ކުރިއަށްދަމާ

ކާމިޔާބީތައް

ޣިޔާޘުއްދީން ސުކޫލް 
ޣިޔާޘުއްދީން ސުކޫލް

1999

  • 9 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން މެދުމަދަރުސާތަކުގެ ގުރޫޕުން 1 ވަނަ - ޣިޔާޘުއްދީން ސުކޫލް
  • ސުކޫލްތަކުގެ މެދުގައި ބޭއްވުނު 4 ވަނަ ސައިންސް ފެއަރ 1ވަނަ - ގްރޭޑް 8 - ޣިޔާޘުއްދީން ސުކޫލް
  • ކޮމަންވެލްތު ގައުމުތަކުގެ ސުކޫލްތަކުގެ ދަރިވަރުންގެ މެދުގައި ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުގައި ޣިޔާޘުއްދީން ސުކޫލްގެ 2 ދަރިވަރަކު މަތީވަނަ ހޯދާފައި ވެއެވެ. އެއީ
    • ނަޖީމް އިބްރާހީމް ޒަކަރިއްޔާ - ގްރޭޑް 6 ސީ / މ.ދާޝިން
    • ފާތިމަތު ލުބައިނާ ރަޝީދު - ގްރޭޑް 6 އެން / ހ.ނިއުހެޕިނަސް

2000

  • 10 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން މެދުމަދަރުސާތަކުގެ ގުރޫޕުން 1 ވަނަ - ޣިޔާޘުއްދީން ސުކޫލް
  • އިންޓަރ ސުކޫލް އެތުލެޓިކްސް މުބާރާތުގެ ފިރިހެންކުދިންގެ 14 އަހަރުން ދަށުގެ ބައިން 1 ވަނަ - ޣިޔާޘުއްދީން ސުކޫލް
  • އިންޓަރ ސުކޫލް އެތުލެޓިކްސް މުބާރާތުގެ އަންހެންކުދިންގެ 14 އަހަރުން ދަށުގެ ބައިން 2 ވަނަ - ޣިޔާޘުއްދީން ސުކޫލް
  • އިންޓަރ ސުކޫލް ކްރިކެޓް މުބާރާތުގެ ފިރިހެންކުދިންގެ 14 އަހަރުން ދަށުގެ ބައިން 1 ވަނަ - ޣިޔާޘުއްދީން ސުކޫލް
  • އިންޓަރ ސުކޫލް ކްރިކެޓް މުބާރާތުގެ ފިރިހެންކުދިންގެ 16 އަހަރުން ދަށުގެ ބައިން 2 ވަނަ - ޣިޔާޘުއްދީން ސުކޫލް
  • 9 ވަނަ އިންޓަރ ސުކޫލް ވޮލީ މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ - ޣިޔާޘުއްދީން ސުކޫލް
  • އިންޓަރ ސުކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުން 2 ވަނަ - ޣިޔާޘުއްދީން ސުކޫލް
  • އިންޓަރ ސުކޫލް ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެންކުދިންގެ 14 އަހަރުން ދަށުގެ ބައިން 2 ވަނަ - ޣިޔާޘުއްދީން ސުކޫލް
  • ސުކޫލްތަކުގެ ލަވާމުބާރާތުގެ 13 އަހަރުން ދަށުން 3 ވަނަ - ޣިޔާޘުއްދީން ސުކޫލް
  • އިންޓަރ ސުކޫލް ފެތުމުގެ މުބާރާތުގައި 18 ރަން މެޑަލް، އަދި 24 ރިހި މެޑަލް

އިތުރު ފާލަންތައް

Tags:

ޣިޔާޘުއްދީން ސުކޫލް ސުކޫލްގެ ނަންޣިޔާޘުއްދީން ސުކޫލް ސުކޫލްގެ ލަވަޣިޔާޘުއްދީން ސުކޫލް ކާމިޔާބީތައްޣިޔާޘުއްދީން ސުކޫލް އިތުރު ފާލަންތައްޣިޔާޘުއްދީން ސުކޫލް

🔥 Trending searches on Wiki ދިވެހިބަސް:

ދަރަވަންދޫ (ބ. އަތޮޅު)ސޫރިޔާލަހިސްތާނީބޮޑުކަމުދާ ތަކެތިސެޕްޓެމްބަރު 15ފަޚުރުވެރި ދިވެހިބަސްހެލެނބެލިއެޕްރީލް 20ކޭޕް ވާޑޭގުރުދާގެ ކެންސަރުއިސްޕެއިންއަޙުމަދު ހަކުރާ މަނިކުފާނުމާރޗް 21ލޯޖިމީ ވޭލްސްޖޫން 26މާލީމޫސުންގިނި މަސްހިންދީއުމަވީ ދައުލަތްމައްކީ އާއި މަދަނީ ސޫރަތްމުޙައްމަދު ޖަމާލުއްދީންޖުލައި 3ޖޫން 21ފުރަގަސް ފަރާތްފެބްރުއަރީ 1ގުއާންސޭއެސްޕިރިންހުތް އަލީ ދީދީމާކުރަތު (ރ. އަތޮޅު)އޮސްޓަރުލިޔާތުރުކީވިލާތްފިޖީޖޫންކޮރެޔާ ބަސްވަނުއާޓޫބޮލުގެ ނާށިގަނޑުޕޯޗުގަލްކާބޯތަކެތީގެ އޮށްޓަރު ބެހިފައިވާ ބައިތައްGގަން (ލ. އަތޮޅު)ލޭގެ ހުދު ސެލްކުޑަހުވަދޫ (ދ.އަތޮޅު)މެކްސިކޯއެޕްރީލް 30ޖޯޖިޔާ (ޤައުމު)މެއި 2ފެބްރުއަރީ 11ކެއްސުންބިލް ކްލިންޓަންއަލްޓްރާ ސައުންޑްނައިޖީރިއާގެ ޑެމޮގްރަފީކިރިބަތީހަރަކާތުގެ ބަލިސެންޓްރަލް ނާރވަސް ސިސްޓަމްރިޝީ ކަޕޫރުމަސާނާހެލްޕަރ ޓީ ސެލްކަށިމަތި ކަށިގަނޑު2013ތުރުކުމެނިސްތާން🡆 More