ސައްޔިދު ކިލެގެފާނު

ސައްޔިދު ކިލެގެފާނު (އައްސައްޔިދު ޚަޠީބު މޫސާ ފާމުލަދޭރި ކިލެގެފާނު) އަކީ ޢަރަބި ކަރައިގެ ބަޢުލަވީ ދަރިކޮޅުން ވަޑައިގެންނެވި އައްސައްޔިދު މުޙައްމަދު ކުޑަ ސީދީގެ އައްސައްޔިދު އިބްރާހީމް ދޮށީކަލޭފާނުގެ ދަރިކަލެކެވެ.

މަންމައަކީ މާގަނޑުވަރު ޙުސައިން ދީދީގެ ސަންފާ ދީދީ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1263 ވަނަ އަހަރު ގައެވެ. ސައްޔިދު ކިލެގެފާނު (އައްސައްޔިދު ޚަޠީބު މޫސާ ފާމުލަދޭރި ކިލެގެފާނު) އަކީ ޙަޟަރަމަތުގެ ބަޢުލަވީ ދަރިކޮޅުގެ ސައްޔިދު ބޭކަލެކެވެ. ނަކަތްތެރިކަން، ފަންޑިތަވެރިކަން، ބޭސްވެރިކަން އަދި ދީނީ ޢިލްމް ރަގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ޢަރަބި ބަސް ރަގަޅަށް ދެނެވަޑައިގަނެއެވެ. ދިވެހި ބަހުގެ އަދީބެކެވެ. ނުފޫޒު ގަދަ މީހުންނާއި ގުޅޭ ޝަޚްޞިއްޔަތެކެވެ. ސައްޔިދު ކިލެގެފާނު (އައްސައްޔިދު ޚަޠީބު މޫސާ ފާމުލަދޭރި ކިލެގެފާނު) އަދާކުރެއްވި ވަޒީފާ ތަކުގެ ތެރޭގައި މާލޭ ހެންވޭރުގެ ޚަޠީބުކަން، އަދި ފާމުލަދޭރި ކިލެގެކަން ހިމެނެއެވެ.

ބޭފުޅުން

  • ދޮށީ ސީދީ
  • ދޮން ސީދީ
  • ދޮން ސިއްތި
  • ތުއްތު ސިއްތި
  • ކުޑަ ސީދީ
  • ކުޑަ ސިއްތި

ސައްޔިދު ކިލެގެފާނު (އައްސައްޔިދު ޚަޠީބު މޫސާ ފާމުލަދޭރި ކިލެގެފާނު) އަވަހާރަވީ 20 މެއި 1929މ ގައެވެ. އެއީ ހިޖުރައިން 10 ޛުލްޙައްޖާ 1347ހ ގައެވެ.

ރިފަރެންސް

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ލޭAlphabetic contentsސުއްނީ މުސްލިމުންނޮވެމްބަރު 7ކޮޅުނުވުންއޮށްނޮވެމްބަރު 28މާރޗް 23ޒައިތޫނިޖެނުއަރީ 11ޔޫސުފް މުޙައްމަދުފުޅުއޮގަސްޓު 21ސުވިޑަންއުއްތަރު ޕްރަދޭޝްފަރަންސޭސިވިލާތްބެނީންޒިމްބާބުވޭމައި ޞަފްޙާހަންގޭރީމާރޗް 30ނޮވެމްބަރު 1އެޕްރީލް 18ޖެނުއަރީ 26އުރުދުންދިވެހިރާއްޖެޑްވައިޓް ޑޭވިޑް އައިޒަންހާވަރޒިއުސް ގެ ބުދުކޫފާFAQs on composing Thaana on the computerޖެނުއަރީ 17ޙަޔާތުނާމާއެޕްރީލް 28ބޭސަފިލްޑިސެމްބަރު 15ޑިސެމްބަރުއޮސްޓްރިއާފަރުޖު ދުޅަވުންސެޕްޓެމްބަރު 8Did You Know Archivesހުޅުތައް ދުޅަވުންމައުމޫނު ޢަބްދުލް ޤައްޔޫމްކަރާޗީޖެނުއަރީ 6މެއި 28އިކުއެޓޯރިއަލް ގިނީމަރިޔަމް އަފީފާ2014މާރޗް 17ޗިން ޝީ ހުއަންގސަންގީތު2011އެޕްރީލް 1މާރޗް 21ޖިމީ ވޭލްސްއެޕްރީލް 21އޭޝިއާއެޕްރީލް 22އަހުމަދު ކާމިލް ދީދީމާރޗް 28ޖަޕާނުސެޕްޓެމްބަރު 29އޮކްސްފޯރޑް ޔުނިވަރސިޓީބަސްތެލުގޫސީނުކަރަމުޙައްމަދު ޖަމާލުއްދީންނޮވެމްބަރު 29ބަނބުޅަބޮސްޖިމީ ކާރޓަރ🡆 More