ލައްޖެހި ކޮލި

ލައްޖެހި ކޮލި (ސައިންޓިފިކް ނަން: Arothron hispidus) އަކީ ކޮލީގެ ވައްތަރެކެވެ. މިއީ ރާއްޖޭގެ ތިލަފަޅުތަކުގައި އުޅޭ ކޮއްޔެކެވެ. މިބާވަތުގެ ކޮލި ގިނައިން އުޅެނީ ބޮޑަށް ނިވާވާ ހިމާޔަތްކަން ބޮޑު ހިސާބު ތަކުގައެވެ. މިބާވަތުގެ ކުދި ކޮލި މޫދު ހުއި ހެދިފައި ހުންނަ ހިސާބު ތަކުގައި ގިނައިން އުޅެއެވެ. މިބާވަތުގެ ކޮލި އެންމެ ބޮޑުވަނީ 48 ސމ އަށެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ކޮލީގެ އެހެން ބާވަތްތަކެކޭ އެއްފަދައިން މިކޮލީގައި އިންސާނުންނަށް ނުރައްކާތެރި ވިހައެއް އެކުލެވެއެވެ. މިއީ އެއްގޮތަކަށް ވެސް ކައިގެންވާނޭ މަހެއް ނޫނެވެ.

ލައްޖެހި ކޮލި
ލައްޖެހި ކޮލި

ލައްޖެހި ކޮލީގެ ބުރަކަށި މަތީ ކޮތަރިބައިގައި 10 ނުވަތަ 11 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 10 ނުވަތަ 11 މަޑުކަށި ހުރެއެވެ. މަހުގެ ބޮލުގަޔާއި، ހަށިގަނޑުގައި ކުދިކުދި ކަށިތަކެއް ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މަހުގެ ބޮލުގަޔާއި، މަތީބައިގައި ހުދުކުލައިގެ ލައްތަކެއް ހުރެއެވެ. މިމަހަށް ލައްޖެހި ކޮލި ކިޔަނީ މިދެންނެވި ސިފަޔަށް ވިސްނާފައެވެ. މިބާވަތުގެ ކޮލި ކާނާގެ ގޮތުގައި ތަފާތު ގިނަ ބާވަތްތަކުގެ ދިރުންތައް ބޭނުންކުރެއެވެ. އޭގެ ތެރޭގައި ބޮލީގެ ބާވަތްތަކާއި، މާގަނޑާއި، ކަކުންޏާއި، ފަނީގެ ބާވަތްތަކާއި، ކަށިބޯ އަދި މިނޫނަސް ހިޔަލަ އާއި، ފަސްއިގިލީގެ ބާވަތްތައް ހިމެނެއެވެ.

އިތުރު ފޮޓޯތައް

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ޚަޒާނާސަރުކާރު ހިންގުމުގެ ނިޒާމަށް ބަލައިގެން ހެދިފައިވާ ޤައުމުތަކުގެ ލިސްޓުވިކިޕީޑިއާގެ ޚުލާސާ2002ދަރުމެންދުރާ ޑިއޯލްއޮގަސްޓު 31ފީލްޑް ހޮކީޖެނުއަރީ 23ޢަރަބިދިވެހިރާއްޖޭ ގައުމީ ފުޓްބޯލް ޓީމްރޯދައިންޑިޔާގެ ތާރީޚުތަނބި ކަށިގަނޑުނޮވެމްބަރު 10ސުލޮވާކިއާކިހުނުވުންއޮޅުދޫކަރަރާދަވަޅިއެޕްރީލްޒުވާރިޒަކާތްއެޕްރީލް 5ޔުނައިޓެޑް ކިންގްޑަމްފަޚުރުވެރި ދިވެހިބަސްސެންޓްރަލް ނާރވަސް ސިސްޓަމްފަރަންސޭސި ޕޮލިނޭޝިއާއޮގަސްޓު 10މަލަޔާޅަމްޔޯގާބާބަޑޮސްޖާސޭސެޕްޓެމްބަރު 24ރިބާދިވެހިރާއްޖެކުޑަ ކަޅުވާފަރަންސޭސިވިލާތްގުއާމުޖޯޖް ވޯކަރ ބުޝްބަންގާޅުކަނދޮޅުޤައުމީ ދުވަސްއިސްޕެނިޝްޖުލައި 22ހަށިދަމަނަމަޝްހޫރު މިސްކިތްތަކުގެ ލިސްޓުއިންފްލޭޝަންSay it in Dhivehi/Mahlވަނުއާޓޫއަލްއުސްތާޛު ޢަބްދުﷲ ސަޢީދުމޫސާ ބަދުރުއްދީނުޖަޕާނީބިމުގެ އިލްމުފިޑެލް ކާސްޓްރޯއަލަތަނޑު އާއިލާ (މަސް)ޑެޑްސީނެފްރޮޓިކް ސިންޑްރޯމްއެކުވެރި ޢަރަބި އިމާރާތުގުރުތާއިސްލާމްއާބާދުޖިންސީ އެދުންވެރިކަން ދަށްވުން (ފިރިހެނުން)ޖޫން 13އަޔަލޭންޑުގެ ޖުމްހޫރިއްޔާގުއާންސޭސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ)ގްރޭޓް ބެރިއަރ ރީފްފެބްރުއަރީ 29🡆 More