ތިއްޖެހި ކާޅު

ތިއްޖެހި ކާޅު(ސައިންޓިފިކް ނަން: Ctenochaetus strigosus)ނުވަތަ (އިނގިރޭސި ބަހުން: Spotted surgeonfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ އުޅޭ ކަނޑުކާޅުގެ ބާވަތެކެވެ.

މިއީ ރޮނގުދެމި ކާޅާއި ވަރަށް އެއްގޮތް މަހެއް ކަމުގައި ވިޔަސް ދެބާވަތުގެ ތަފާތު ދެނެގަތުމަކީ އުދަގޫ ކަމެއް ނޫނެވެ. މަހުގެ ނިގޫފަތުގެ ކޮޅުގެ ބައްޓަމާއި، މަހުގައި ހުންނަ ރޮނގުތަކާއި ތިކިތަކުގެ ތަފާތުން މިދެބާވަތް ވަކިކޮށް ދެނެގަނެވޭނެ އެވެ. ދިވެހިން އާންމު ގޮތެއްގައި ކެއުމަށް ބޭނުންކޮށް އުޅޭ ވަރަށްވުރެ ކުޑަމަހެއް ކަމުން މިބާވަތުގެ މަސް ކެއުމަށް ބޭނުންކޮށް އުޅެނީ ވަރަށް މަދުންނެވެ. ނަމަވެސް މިއީ މީރު މަހެކެވެ. އަދި ރާއްޖޭގެ ފަރުފަޅުތަކުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ.

ތިއްޖެހި ކާޅު
ތިއްޖެހި ކާޅު

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 8 ހަރުކައްޓާއެކު 25 އާއި 27 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 3 ހަރުކައްޓާއެކު 22 އާއި 25 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަރަށް އެއްވަރަކަށެވެ. މަހުގެ ކުލައަކީ މުށިކުލައެވެ. މަހުގެ ދެއަރިމަތީގައި ރޮނގަކަށް ހުންނަ ފަނޑު މުށިކުލައިގެ ކުދި ތިކިތަކެއް ހުރެއެވެ. މަހުގެ ބޮލުގައި ނޫކުލައާއި ރީނދޫ ކުލައިގެ ކުދި ތިކިތަކެއް ފާޅުކޮށް ފެންނަށް ހުރެއެވެ. މިއީ އިންޑިޔާ ކަނޑާއި ޕެސިފިކް ކަނޑުގެ ފަރުފަޅުތަކުގައި އުޅޭ މަހެކެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގައި ހުންނަ ޚާއްޞަ ސިފަތަކަށް ވިސްނާ ތިއްޖެހި ކާޅު ކިޔާފައިވަނީ އެވެ. ތިއްޖެހި ކާޅު އާއްމު ގޮތެއްގައި އުޅެނީ 50 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އައިން ހަދައިގެންނެވެ. މިބާވަތުގެ މަސް އެންމެ ބޮޑުވަނީ 18.5 ސެންޓި މީޓަރަށެވެ.

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

ސުލްޠާން އިބްރާހީމް (ތިންވަނަ)ތަނބި ކަށިގަނޑުސައިފު ރަސްގެފާނު ވާހަކަ - 1ޑިސެމްބަރު 30ޑުއަޑީނަމްއިންޑިޔާތާނަ އަލިފުބާގެ ތަރުތީބުކެންބޯޑިއާއެޕްރީލް2004ވިލާތު ބަށިއާފަލްޖުލައި 27ސެޕްޓެމްބަރު 22ފިލިޕީންސްއަރުމީނިއާކަށި ފީވުންލޭއޮޅުދޫކަރަމަޑަގަސްކަރަހައްދުންމަތި2002ކުޑަކަމުދާ ހޮޅިމަދްޔަ ޕްރަދޭޝްބާބަޑޮސްމާރޗް 9ޑެންގީ ޝޮކް ސިންޑްރޯމްމަދޮށިއެގިވަޑައި ގަންނަވާތޯ؟މޮރިޓާނިއާނެދަލޭންޑު އެންޓިލޭNguyễn Quang HảiGonorrheaސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ފަސްވަނަ)އަދިވެސް މަޤާމުގައިކިއުބާނޮވެމްބަރު 9ތިއްޖެހި ގާބޯބަޙްރައިންކުޅަނދިލިޔޯގާރެޓަޓުއީޖުލައިޖޯޖް ވޯކަރ ބުޝްކޮޅުވުންއިންޑޮނޭޝިޔާއެޕްރީލް 8އޮސްޓަރުލިޔާލޭލާރަބިންދްރަނާތު ޓޭގޯރމުޙައްމަދު ޖަމާލުއްދީންބަސްބެނީންކޮޅުނބުޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތައްޖެނުއަރީ 16ވެސްޓު ބެންގާލްމަސީހީދީންލޭދައުރުކުރާ ނިޒާމްއޮގަސްޓު 4ފާރިސީދީންނިދަން މިޔަރުފޭސްބުކްފަރަންސޭސި ޕޮލިނޭޝިއާނޯފޯކް🡆 More