ދާނެސްނާމާ

ދާނެސްނާމާ (ފާރިސީބަހުން: دانشنامهٔ ދާނެޝްނާމޭ) ނޫނީ އެކުމާފާނު، އިނގިރޭސިބަހުން ބުނާނަމަ އެންސައިކްލޮޕީޑިޔާ އަކީ އެކިއެކި މައުޟޫތަކުގެ މައުލޫމާތުތަކެއް އެކުލެވިގެންވާ ލިޔުމެވެ.

ދާނެސްނާމާތައް ބަހާލެވިފައި ހުންނަނީ އަލިފުބާގެ އަކުރުތަކަށް މަޒުމޫނުތަކެއްގެ ގޮތުގައެވެ. ރަދީފުތަކާއި ޚިލާފަށް- އެއީ ބަހުގެ ލަފުޒުތަކާއި އޭގެ މާނަ، އަސްލު، ބޭނުންކުރާގޮތް އެކުލެވިގެންވާ ލިޔުމެއް- ދާނެސްނާމާއެއްގައި އެކުލެވިގެންވަނީ އެ މަޒުމޫނެއްގެ މައުޟޫއާއި ގުޅޭ ހަޤީޤީ މައުލޫމާތުތަކެވެ. ދާނެސްނާމާތައް ހައްދުވާތާ ގާތްގަނޑަކަށް 2000 އަހަރުވެއްޖެވެ. އަދި އެ އަހަރުތަކުގެތެރޭގައި ދާނެސްނާމާތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. ތަޖުރިބާކާރުން އެއްކުރައްވާފައިވާ ބަރޯސާވެވޭ ތެދު މައުލޫމާތުތަކެއްގެ ގޮތުގައި، ޗާޕުކުރެވިފައިވާ އިސްދާރުތައްވަނީ ކުތުބުޚާނާ އާއި އެހެނިހެން ތަޢުލީމީ އިދާރާތަކުގައި ޖާގަ ހޯދާފައެވެ.

ދާނެސްނާމާ
އެންސައިކްލޮޕީޑިޔާ ބްރިޓާނިކާ

ވިހިވަނަ ގަރުނުގެ ފަހުކޮޅުގައި ޑިޖިޓަލްކޮށް އާންމުންނަށް ކިޔާލެވޭގޮތަށް ދާނެސްނާމާތައް ނިކުތުމުގެ ސަބަބުން ކިޔުންތެރިންގެ އަދަދާއި މައުލޫމާތު ފޯރާ ފަރާތްތަކުގެ އަދަދުވަނީ އިތުރުވެފައެވެ. މީގެ ސަބަބުން ދާނެސްނާމާތަކުގެ ލިޔުންތައްވެސް ފުޅާވެގެން ދިޔައެވެ އަދި ދާނެސްނާމާ އަކީ ކޯޗެއްކަމުގެ ސުވާލުވެސް ވަނީ އުފެދިގެން ގޮސްފައެވެ.

ލަފްޒުގެ އަސްލު

"ދާނެސްނާމާ" މި ލަފުޒު އުފެދިގެން އައީ ފާރިސީ ބަހުންނެވެ. دانش (ދާނެޝް) މާނައީ ޢިލްމު އަދި نامه (ނާމޭ ނުވަތަ ނާމާ) މާނައީ ފޮތް، މިދެލަފުޒުންނެވެ.

Tags:

🔥 Trending searches on Wiki ދިވެހިބަސް:

ހުޅުތައް ދުޅަވުންމޫސާގެފާނުކައްޓަފުޅި މިޔަރުއޮކްޓޫބަރު 15މާރޗް 9އޮގަސްޓުދެކުނު ކޮރެއާޖައިނިޒަމްކައިވެނީގެ ރަންއަލްއަމީރު މުޙަންމަދު ފަރީދު ދީދީއިބްރާހީމްގެފާނުކިއުބާސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުސޮމާލީލޭންޑުފޭސްބުކްއޮޅުދޫކަރައިސްލާމީ ތަޢުލީމުކޭލަކުނު ތަޅާލި ވިއްސާރަނޮވެމްބަރު 9ފުޖީ ފަރުބަދައަނޯނާމެންގަނީޒްދިވެހިރާއްޖެމައި ޞަފްޙާކާނާގައި ހިމެނޭ މަޢުދަންތައްއެޕްރީލްސިކުންގެދީންކަށި ވިދުރިޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުއެކުވެރި ޢަރަބި އިމާރާތުއިބްރާހިމް ނާޞިރުއިބްނި ބަޠޫޠާކޮންގޯ (ދިމިޤްރާޠީ ޖުމްހޫރިއްޔާ)ޖޫން 9އަދަބިއްޔާތުއުދަބާނި (ފިލްމް)މެއި 31ކިރިގިސްތާންއައިސްލަންޑަންކެންޔާބަރުމާޢުމަރުގެފާނުއިނގިރޭސިމުސްލިމް ނަބީންފެބްރުއަރީ 26ޔުނައިޓެޑް ކިންގްޑަމްތޭންގަދީބުސުލްޠާން އިބްރާހީމް (ތިންވަނަ)އީސު ރިއްޔާމަލަޔާޅަމްއެމެރިކާގެ ޖައްވީ އަސްކަރިއްޔާއިސްލާމް ދީނުގައި ކައިވެނިގީނިއާތައްމަސްމަންދޫ (އދ. އަތޮޅު)ބެލްޖިއަމްއިސްޕެއިންތުރުކީވިލާތްފެބްރުއަރީ 12ފެބްރުއަރީ 20އެޕްރީލް 26މީޓަރު2011ގިނިހިލައައިޒަލް އޮފް މޭންއެޕްރީލް 14އިބްރާހީމް ނާޞިރުމާރޗް 10ކޮސްޓަރީކާ🡆 More