މޫސާ މުޙައްމަދުދީދީ

އަދަބިއްޔާތު ދިވެހި އަދަބީ ތާރީހް

ސިލްސިލާ ލިޔުންތަކުގެ ބައި

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

އައްނަބީލް މޫސާ މުޙައްމަދުދީދީ ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަދީބެކެވެ.

ނަސަބު

އައްނަބީލް މޫސާ މުޙައްމަދުދީދީ އަކީ ޙާޖީ ޢިމާދުއްދީން ރަދުންގެ ދޮށީ ދަރިކަނބަލުން އައްނަބީލާ ޢާއިޝަތު ޢިމާދުއްދީން (ދޮށީގޮމާ) އާއި، ހެންވޭރުގޭ އަލްފާޟިލް މުޙައްމަދު ޢަބުދުއްޞަމަދު (ހެންވޭރުގޭ މުޙައްމަދުދީދީ) އާއި،ދެކަނބަލުންގެ ދަރިކަލުންނެވެ. އެދުވަސްވަރު ކިޔައިއުޅޭގޮތަށް ނަމަ ޢަލީ ރަސްގެފާނު ގަނޑުވަރު މަނިއްޕުޅެވެ. އައްނަބީލް މޫސާ މުޙައްމަދުދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 14 މުޙައްރަމް 1323 ގައި މއ. އިރުމަތީގެ (އޭރުގެ އަލިރަސްގެފާނު ގަނޑުވަރު) ގައެވެ. ތުއްޕުޅުއިރުގެ ދުވަސްތައް ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އަރިހުގައެވެ.

އައްނަބީލް މޫސާ މުޙައްމަދުދީދީ ކުރެއްވީ އެންމެ ކައިވެނިފުޅެކެވެ. އެއީ މާރަންދޫ ގަނޑުވަރު ދޮށީ މަނިއްޕުޅުގެ ދޮށީގޮމާ އާއި ކުރެއްވި ކައިވެނި ފުޅެވެ. 11 ބޭފުޅުން ލިބިވަޑައިގެން ބޮޑުފުޅުވީ 6 ބޭފުޅުންނެވެ. އަވަހާރަވީ 29 ޖުމާދިލް އާޚިރު 1364 ވަނަ ދުވަހުގެ ރޭގަނޑު އެވެ. ފަސްދާނު ލެވުނީ ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައެވެ.

ބޭފުޅުން

  • ޢަބުދުއް ސައްތާރު މޫސާ ދީދީ
  • ސަޢީދާ މޫސާ ދީދީ
  • ޢާބިދާ މޫސާ ދީދީ
  • ލަޠީފާ މޫސާ ދީދީ
  • ރަޙީމާ މޫސާ ދީދީ
  • ޢަބުދުލް ޢަލީމް މޫސާ
  • އިތުރު 5 ބޭފުޅަކު ތުއްޕުޅުއިރު ނިޔާވި އެވެ.

ތަޢުލީމު ޙާޞިލްކުރެއްވުން

އައްނަބީލް މޫސާ މުޙައްމަދުދީދީ ގެ ފުރަތަމަ އުސްތާޛަކީ ބައްޕަ ފަރާތުގެ ބޮޑުބޭބެ އަލްއުސްތާޛު އަޙުމަދު ކާމިލްދީދީ އެވެ. ފަހުން އެއްގަމުގޭ އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ އަރިހުންވެސް އޭނާ ކިޔަވާ ވިދާޅުވިއެވެ. އޭގެ ފަހުން 1929 ގައި އިންޑިޔާގެ ލަކަނޫ އަށް ވަޑައިގެން ނަދުވާގެ އުސްތާޛެއްގެ އަރިހުން ވެސް ކިޔަވާ ވިދާޅުވިއެވެ. އެފަހަރު ލަކަނޫގައި ދެއަހަރެއްހައި ދުވަހު ހުންނެވި އެވެ. އެގޮތުން އުރުދޫ ބަހާއި އިގިރޭސި ބަސް ރަގަޅަށް ދަސްކުރެއްވި އެވެ.

އިންޑިޔާގައި އައްނަބީލް މޫސާ މުޙައްމަދުދީދީ ހުންނެވި ދުވަސްވަރަކީ މަހާތުމާ ގާންދީ އާއި، މައުލާނާ އަބުލް ކަލާމް އާޒާދު އާއި، ނެހުރޫ ފަދަ ގައުމީ ޒަޢީމުން އިންޑިޔާގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދިޔަ ދުވަސްވަރެކެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ވިސްނުމާ ޚިޔާލަށް އެދުވަސްވަރުގެ އިންޑިޔާގެ މާހައުލުގެ އަސަރު ކޮށްފައި ވެއެވެ. އަދި އޭނާގެ ކިބައިގައި ގައުމީ ލޯތްބާއި، ގައުމުގެ ޒުވާނުން ހޭލެއްވުމުގެ ރޫޙު އުފެދުނެވެ.

އައްނަބީލް މޫސާ މުޙައްމަދުދީދީ ސަރުކާރުގެ ޚިދުމަތަށް ވެދެވަޑައިގަތީ ގާނޫނީ އަސާސީ ފާސްވެގެން އުފެދުނު ސަރުކާރަށެވެ. އެސަރުކާރުގައި ވަޒީރުލް މަޢާރިފްގެ ނައިބު ކަމާއި، މަދަރުސަތުއް ސަނިއްޔާ ފަހުން މަޖީދިއްޔާ ސުކޫލްގެ މުދައްރިސް ކަމާއި، ނާޒިރުކަން ވެސް ކުރެއްވި އެވެ. އަދި ގާނޫނު ހަދާ މަޖުލީހުގެ ރައްޔިތުން މަޖުލީހުގެ މެންބަރުކަން ވެސް ކުރެއްވި އެވެ.

އައްނަބީލް މޫސާ މުޙައްމަދުދީދީ އަކީ ތަޢުލީމަށް ލޯބިކުރެއްވި، އަދި ތަޢުލީމު ޢާންމު ކުރެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިގޮތުން އޭރުގެ ޒުވާން ކުދިންކޮޅަކަށް އުރުދޫ ބަހާއި އިގިރޭސި ބަސް އަމިއްލަފުޅު ގޭގައި ކިޔަވައި ދެއްވި އެވެ. އެކުދިންނަކީ :-

  • އަޙުމަދު ޝާކިރު
  • ނ.ތ ޢަލިދީދީ
  • ނ.ތ ޙަސަންދީދީ
  • ބަގީޗާގޭ ދޮހޮއްތުދީދީ
  • ގިރީތެރޭގޭ އަޙުމަދު ކަމާލް
  • މުޙައްމަދު ޢިމާދުއްދީން
  • ޖަޢުފަރު ކަމާލުއްދީން
  • ޢަބުދުލް ޙަކީމް ޙުސައިންމަނިކު

އަދަބީ ޚިދުމަތް

އައްނަބީލް މޫސާ މުޙައްމަދުދީދީ ދިވެހި އަދަބިއްޔާތަށް ކުރެއްވި ޚިދުމަތްތައް ޗާޕްވެ ފެންނާކަން ނެތެވެ. ނަމަވެސް އޭނާއަކީ ފޮތްލިޔުއްވުމުގެ ރޮގުންނާއި، ތަރުޖަމާ ކުރެއްވުމުގެ ރޮނގުންނާއި، މަޖައްލާ ނެރުއްވުމުގެ ރޮނގުން ދިވެހި އަދަބަށް ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތްތައް ސާދާ ބޭފުޅެކެވެ. ދިވެހި ބަހުން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުއްވީ އޭނާ އެވެ. އެއީ އަތުންލިޔެގެން މަހަކު އެއްފަހަރު ނެރުނު ހުޅެވި ހަނދު ކިޔާ މަޖައްލާއެކެވެ. މިމަޖައްލާގައި ތާރީޚީ،ޘަޤާފީ، އަދި އަޚްލާޤީ މަޒުމޫނުތައް ހިމަނާފައި ވެއެވެ. އޭގެ ފަހުން ނަޔާ ޚިޔާލު ކިޔާ މަޖައްލާއެއް ވެސް ނެރުއްވާފައި ވެއެވެ. މިއީ ގައުމީ ގޮތުން އޭރު ހޭލަމުން ދިޔަ ޒުވާނުންގެ މިނިވަން ޚިޔާލުތައް ފާޅުކުރަމުން ގެންދިޔަ މަޖައްލާއެކެވެ. މިދެމަޖައްލާ ވެސް ނިކުތީ 1930 ހިސާބުގައެވެ.

އައްނަބީލް މޫސާ މުޙައްމަދުދީދީ ބޭނުންފުޅު ކޮންމެ މައުޟޫއަކަށް ފަސޭހަކަމާއެކު، ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. އޭނާ ލިޔުއްވި ރާއްޖޭގެ ނޫސް މަޖައްލާތަކުގެ ތެރޭގައި އަލްއިޞްލާޙު އަދި އައްރަފީޤު ހިމެނެއެވެ.

ފުރުއްވި މަގާމްތައް

  • 1933 : ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • 23 ޑިސެމްބަރު 1932- 10 ޖޫން 1945 : ވަޒީރުލް މަޢާރިފްގެ ނާއިބުކަން
  • 23 ޑިސެމްބަރު 1932 - 27 ނޮވެމްބަރު 1944 : މަޖީދިއްޔާގެ ނާޒިރުކަން ( ދެފަހަރު)
  • 23 ޑިސެމްބަރު 1932- 10 ޖޫން 1945 : މަދަރުސަތުއް ސަނިއްޔާގެ މުދައްރިސްކަން
  • 27 ނޮވެމްބަރު 1944 - 10 ޖޫން 1945 : މަދަރުސަތުއް ސަނިއްޔާގެ ނާޒިރުކަން (ދެފަހަރު)

މަރުޖިޢުތައް

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006

Tags:

މޫސާ މުޙައްމަދުދީދީ ނަސަބުމޫސާ މުޙައްމަދުދީދީ ތަޢުލީމު ޙާޞިލްކުރެއްވުންމޫސާ މުޙައްމަދުދީދީ އަދަބީ ޚިދުމަތްމޫސާ މުޙައްމަދުދީދީ ފުރުއްވި މަގާމްތައްމޫސާ މުޙައްމަދުދީދީ މަރުޖިޢުތައްމޫސާ މުޙައްމަދުދީދީއަދަބިއްޔާތުދިވެހި އަދަބީ ތާރީހް

🔥 Trending searches on Wiki ދިވެހިބަސް:

ސެޕްޓެމްބަރު 26ހަކުރު ބަލީގެ ދެވަނަ ވައްތަރުޖޫން 24މާރޗް 4ކަނޑޫބިރިޓިޝް ވާޖިން ޖަޒީރާއެއިޑްސް ބަލިޝަހާދަތްފެބްރުއަރީ 13ޢަލީ އަޝްފާގްއިސްލާމްއެވަޓާރ - ދަ ލާސްޓް އެއަރ ބެންޑަރކާރސް (ކާރޓޫނު ފިލްމު)އޮގަސްޓު 9މޮނާކޯވިޓަމިން ބީ6އެންގޯލާއެޕްރީލް 12ޕްރޮޓީންފްރެންކްލިން ޕިއަރސްރަހިމުގެ ދޮރުފަޚުރުވެރި ދިވެހިބަސްއަޙްމަދު ޒަކީއޮކްޓޫބަރު 16ޖުޣުރާފީކަރުދާސްގަސްފީޒިޔާއީ އިލްމުހުތް އަލީ ދީދީޖޫން 5ޙައްޖުސިންގަޕޫރުއެޕްރީލް 6ފެބްރުއަރީ 5އަކަމިންއީރާންނޮވެމްބަރު 27ޓެންޒޭނިއާއޭއެޕްރީލް 8މެއިޝާހުރުކް ޚާންޑާކާޕޯޗުގަލް ގެ ފުޓުބޯޅަ ޓީމުޖެނުއަރީ 26ކޯޖޯޖް ވޮޝިންގޓަންސުއްނީ މުސްލިމުންއެޕްރީލް 142014ސައިދާނެސްނާމާމެޓަލިކާއޮގަސްޓު 19ރޫސީވިލާތްފުންނަ އާއިލާ (މަސް)އައިސްލަންޑަންމުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުމެއި 26އެލްސެލްވަޑޯރުހުކުރު ދުވަސްޒަކާތްޖެނުއަރީ 3ކަށި އިނގިލިޑިސެމްބަރު 13ބުދަ ދުވަސްލުބުނާންލިންޑަން ބެއިންސް ޖޯންސަންރަން ދޮރާށި ފާލަންބަނޑުގައި ރިހުންޖުލައި 13އޮސްޓްރިއާ🡆 More