އުތީމު ޢަލީ ތަކުރުފާނު

އުތީމު ޢަލީ ތަކުރުފާނު އަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމުގައި ބޮޑު ތަކުރުފާނު (ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު) އާއި އެކުގައި ޖިހާދު ކުރެއްވި ބޭފުޅެކެވެ.

ނަސަބު

އުތީމު ޢަލީ ތަކުރުފާނު އަކީ ހިލާލީ ދަރިކޮޅުން އައިސްހުރި ބާރަށު، ކަޅު ޙަސަން ކަލޭގެ ފުތް، އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުގެ ދޮށީ ދަރިކަލުންނެވެ. މަންމާފުޅަކީ މާޅޮސް މަޑުލު ހޮރުބަދޫ ބޭކަނބަލެކެވެ. ޙުސައިން ޚަޠީބު ތަކުރުފާނު ފުރަތަމަ ކައިވެނި ކުރެއްވީ މާރަންދޫ މުދިންކަލޭގެ ދަރިއަކާއެވެ. އެއަށްފަހު އިހަވަންދޫ ފަގީރު ދައިތާގެ ދަރިއަކާ ވެސް ކައިވެނި ކުރެއްވި އެވެ. ނަމަވެސް އެނގޭގޮތުގައި އިހަވަންދޫ އަނބިކަބަލުން އުތީމަކަށް ނުގެންނަވައެވެ. މާރަންދޫ ކަމަނާ އުތީމްގައި އިންނަވާ ފުރަތަމަ ރައްކާވީ އަންހެން ބޭފުޅެކެވެ. އެއީ ދިވެހިންގެ ތެރޭގައި މަޝްހޫރު އެއްބަފާ ދައިތާ ކަމަނާ އެވެ. އެއީ ފާތުމާ ކަމަނާފާނު އެވެ. އަލިތަކުރުފާނު ރައްކާވީ އޭގެ އަހަރެއްވަރު ފަހުންނެވެ.

ޢަލީ ތަކުރުފާނު އުފަންވެ ވަޑައިގަތްއިރު އޭނާގެ ބައްޕާފުޅު ޙުސައިން ތަކުރުފާނު އަކީ އުތީމުގެ ކަތީބެވެ. ޙުސައިން ޚަޠީބު ތަކުރުފާނު އަށް އުތީމު ކަތީބު ފަތްދެއްވީ ސުލްޠާން ޢަލީ (ފަސްވަނަ)ގެ ރަސްކަމުގައެވެ. ޙުސައިން ތަކުރުފާނުގެ ކުރިން އުތީމު ކަތީބަކީ އެތަކުރުފާނުގެ ބައްޕާފުޅު ކަޅު ޢަލީ ޚަޠީބު ތަކުރުފާނު އެވެ.

ޒަވާޖީ ޙަޔާތް ފެއްޓެވުން

ޢަލީ ތަކުރުފާނު ގެ އުމުރުން މާގިނަ ދުވަސްތަކެއް ނުވަނީސް އެތަކުރުފާނު އަކީ މާރަންދޫ ކަތީބު ކަމުގައި ވެއްޖެއެވެ. އެހެންކަމުން ދިރިއުޅުން އެރަށުގައި ހަމަޖެހި ތަކަންދޫ މީހަކާއި ކައިވެނި ކުރައްވައިގެން މާރަންދޫ އަށް ގެންނަވައިފިއެވެ. މިކަމަނާގެ ބަނޑުފުޅުން އަލީ ތަކުރުފާނު އަށް ލިބިވަޑައިގަތީ މަރިޔަމް ކަނބައިދި ކިލެގެއެވެ.

ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމުގައި ބައިވެރިވުން

އުތީމުގެ ފަހުލަވާނުން ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށް ފެއްޓެވި ޖިހާދުގައި އަލީ ތަކުރުފާނު އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ހުރިހާ މުހިއްމު ކަންތައްތަކެއްގައި އެތަކުރުފާނުގެ މަޝްވަރާ ހޯއްދެވިއެވެ. ޕޯޗުގީޒުންގެ އުދަގޫ ބޮޑުވެ، އުތީމު އަބްޠާލުން ތިލަދުންމަތި ދޫކުރައްވާ މަލިކަށް ވަޑައިގެންނެވިއިރު ޢަލީ ތަކުރުފާނު ވަޑައެއް ނުގަންނަވައެވެ. ސަބަބަކީ ރާއްޖޭގައި ކަންހިގާ ނުހިގާ ގޮތް ބަލާނޭ ލޭޒަން އޮފިސަރެއްގެ ގޮތުގައި ޢަލީ ތަކުރުފާނު ހުންނެވުމެވެ.

ޢަލީ ތަކުރުފާނު މަލިކުއަށް ވަޑައިގަތީ އުތީމު އާއިލާ މަލިކުގައި ދިވެހި ގަނޑުވަރު ހައްދަވައި އެތާގައި ވަޒަންވެރިވި ފަހުންނެވެ. އޭރު ޢަލިތަކުރުފާނުގެ ބޮޑުވެފައި ހުންނެވި އަންހެން ބޭފުޅަކު ވެސް އިންނެވިއެވެ. ހަމަ މިދަތުރުގައި ސިއްތިމާވާ ރަނި ކިލެގެފާނު ވެސް ގެންދެވިއެވެ. އުތީމު ޢާއިލާގެ އެންމެ ބޭފުޅުން މަލިކަށް ފުރާވަޑައިގަތީ 25 ޝައްވާލު 975ހ ގައެވެ. އެއީ 24 އެޕްރީލް 1568މ ގައެވެ. އެހެންކަމުން ޢަލީ ތަކުރުފާނު އަށް މަލިކަށް ވަޑައިގެންނެވޭނީ މިތާރީޚްގެ 6 އެއްކަ މަސް ފަހުންކަމަށް ބެލެވެއެވެ.

މަލިކުގައި ތިއްބަވައިގެން އުތީމް އަބްޠާލުން ކުރެއްވި ހަނގުރާމަތަކުގެ ތެރެއިން ފުރަތަމަ އަދި ދެވަނަ ހަނގުރާމައިގައި ޢަލީ ތަކުރުފާނު ބައިވެރި ވަޑައެއް ނުގަންނަވައެވެ. އޭގެ ބަދަލުގައި އެތަކުރުފާނު ހުންނެވީ މަލިކުގައި އާއިލާ ބެލެހެއްޓުމަށެވެ. 3 ވަނަ ދަތުރުގައި ޢަލީ ތަކުރުފާނު ބައިވެރިވެ ވަޑައިގަތީ އަމިއްލައަށް އެދިވަޑައިގެންނެވެ. އެދަތުރުގައި ތަކަންދޫގައި މަޑުކޮށްފައި ހުންނަވަނިކޮށް ދެކުނު އިންޑިޔާގެ މަލާބާރީން ތަކަންދޫ އަށް އަރައި އުތީމު ޢަލީ ތަކުރުފާނު ޝަހީދުކޮށްލީ އެވެ. އެއަށްފަހު އެތަކުރުފާނުގެ އިސްތަށިކޮޅު މާލެ ގެންދެވުނެވެ.

އަވަހާރަވުން

ޢަލީ ތަކުރުފާނު އަވަހާރަކޮށްލީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށް އުތީމު ތިންބެއިން އިސްވެ ތިބެގެން ފެއްޓި ޖިހާދުގައި ތަކަންދޫގައި ހުންނަވަނިކޮށެވެ. އެތަކުރުފާނު ޝަހީދު ކޮށްލީ ކުރިންވެސް ބުނިހެން މަލާބާރީން ނުވަތަ ހޮޅިންނެވެ.

ޢަލީ ތަކުރުފާނުގެ ހަށިކޮޅު ފަސްދާނު ލެވިފައިވަނީ ހއ. ތަކަންދޫގައެވެ. އިސްތަށިފުޅު ފަސްދާނު ލެވިފައިވަނީ ކ.ފުނަދޫ ގައެވެ. ތަކަންދޫގައި ހުރި އަލި ތަކުރުފާނުގެ ބިސްތާނުގައިވާ ގަލުގައި އެއްވެސް ލިޔުމެއް ނެތެވެ. ނަމަވެސް ފުނަދޫގައިވާ ޒިޔާރަތުގައި ދެގައު އެބަހުއްޓެވެ. އެދެގަލުގައިވެސް ލިޔުން އެބަހުއްޓެވެ. އެގޮތުން ބޯލާކޮޅުގައި ހުރި ގަލުގައި ވަނީ ޢަރަބި ލިޔުމެކެވެ. އެލިޔުމުގައިވާ ގޮތުން އެތަކުރުފާނު އަވަހާރަކޮށްލީ ހިޖުރައިން 980 ވަނަ އަހަރު ގައެވެ.

ރިފަރެންސް

  • ފަތްތޫރަ - ޖެނުއަރީ 1985 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ފަތްތޫރަ - ފެބުރުއަރީ 1985 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ފަތްތޫރަ - މާރޗް 1985 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު

Tags:

އުތީމު ޢަލީ ތަކުރުފާނު ނަސަބުއުތީމު ޢަލީ ތަކުރުފާނު ޒަވާޖީ ޙަޔާތް ފެއްޓެވުންއުތީމު ޢަލީ ތަކުރުފާނު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމުގައި ބައިވެރިވުންއުތީމު ޢަލީ ތަކުރުފާނު އަވަހާރަވުންއުތީމު ޢަލީ ތަކުރުފާނު ރިފަރެންސްއުތީމު ޢަލީ ތަކުރުފާނުސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު

🔥 Trending searches on Wiki ދިވެހިބަސް:

James S. Shermanއެންމެ ފަހު ވިންދާ ޖެހެދެން (ފިލްމް)ނޮވެމްބަރު 24އެޕްރީލް 8Alphabetic contentsދިވެހިސުލްޠާން އިބްރާހީމް (ތިންވަނަ)ކާފޫރުސައިތަމަޅަސައޫދީ އަރަބިއްޔާކަނާތު އެޓްރީއަމްޚަޒާނާކުޅުދުއްފުށި (ހދ. އަތޮޅު)މައްކާލޭލާމާރޗް 7ނައިވާދޫ (ހދ. އަތޮޅު)ތޅއބޗ ބވނޗނޭވާލާ ނިޒާމްވިލާފުސްމާރޗް 28ޝަން ހިން ސްކޮޔަރބަންގާޅުގެ ނިޝާންވަނުއާޓޫޑިސެމްބަރު 7ނިލަންދެއަތޮޅު ދެކުނުބުރިނިތްކުރި ކަށިގަނޑުއިސްލާމީ އާކިޓެކްޗަރުމާރޗް 12ވިޓަމިން ކޭއެޕްރީލް 12Cars (film)ބަޙްރައިންސުލްޠާން އިބްރާހީމްއޮޅުދޫކަރަފެބްރުއަރީ 15ލޭގެ ރަތް ސެލްފެބްރުއަރީ 18ޤައުމީ ދުވަސްމާރޗް 1ދެކުނު ކޮރެއާއިލާހުއިކުއެޓޯރިއަލް ގިނީސުނާމީޗިލީMaldivesމާލީސްޕައިރަމައިސިންމޫނިމާއިންޑިއާWikipediaސަގާފަތުގާނާކިއުބާލަކްޝަދީބުޔޫސުފް ޝަފީޢުމުޙައްމަދު ޖަމީލުދީދީސެޕްޓެމްބަރު 20ޖުލައި 27ގުއާމުގުރުދާ ފޭލްވުންއެކުވެރި ޢަރަބި އިމާރާތު🡆 More