އަސްދާނު ރައިވެރިމަސް

އަސްދާނު ރައިވެރިމަސް (ސައިންޓިފިކް ނަން: Sargocentron caudimaculatum)ނުވަތަ (އިނގިރޭސި ބަހުން: Silverspot squirrelfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގެ މުރަކަތަކާއި ގާތަކުގެ ވެށީގައި ގިނައިން އުޅޭ މަހެކެވެ.

ރާއްޖޭގައި އެންމެގިނަ އަދި ދިވެހި މަސްވެރިން ދަންނަ އެބައިމީހުން ބާނާއުޅޭ ރައިވެރިމަހާ ވަރަށް އެއްސިފައެއް ހުންނަ މަހެކެވެ. އަދި ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެއްވެސް މެއެވެ. އެހެން ރައިވެރިމަހެކޭ އެއްފަދައިން މިބާވަތުގެ މަސް ދުވާލުގެ ވަގުތުތަކުގައި އުޅެނީ ގަލުގެ ހޮަހަޅަތަކާ ބޮޑެތި ހަތާތަކުގެ އަދި ފަރުބޭރު ގާތަކުގެ ނިވަލުގައެވެ.

އަސްދާނު ރައިވެރިމަސް
އަސްދާނު ރައިވެރިމަސް

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 13 އާއި 15 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ރަތްކުލައެވެ. ނިގޫފަތާ ދިމާއިން މަހުގެ މަތީގައި ހުދު ރިހިކުލައިގެ ލަފެއް ހުރެއެވެ. މިލައް ހުންނަނީ އަސްދާނެއްގެ ގޮތަށް މަހުގެ ދެފަރާތަށެވެ. މަހުގެ މިސިފަޔަށް ވިސްނާ މިމިހަށް ދިވެހިންގެ ތެރޭގައި ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު އިގިރޭސި ނަމާ ވެސް ގުޅޭގޮތަށް އަސްދާނު ރައިވެރިމަސް ކިޔާ ނަންދީފައިވަނީ އެވެ.

މިބާވަތުގެ މަސް އެންމެ ބޮޑުވަނީ 24 ސެންޓި މީޓަރަށެވެ. ނަމަވެސް ގިނައިން ފެންނަ އެންމެ ބޮޑެތި މަހުގައި ހުންނަނީ 18 ސެންޓި މީޓަރެވެ. ރައިވެރިމަހުގެ ވައްތަރުތަކުގެ މައިގަނޑު ކާނާއަކީ މޫދުއަޑީގައި އުޅޭ ތަފާތު ބާވަތްތަކުގެ ދިރުންތަކެވެ. އޭގެ ތެރޭގައި ޑިނގާއާއި ކުދިމަހާ އަދި ފަނީގެ ބާވަތްތައް ހިމެނެއެވެ.

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

އުއްތަރުކަންދުސޯމާލިއާއުރުގުއޭސަރުކާރުގެ ޚަބަރުއުމަވީ ދައުލަތްއޮގަސްޓު 10ބުރެޒިލްގެ ނިޝާންފޫޓުކޮލަންބިއާސުލްޠާން ޙަސަން ޢިއްޒުއްދީންޒިމްބާބުވޭޖަޕާނީޖަޕާނުއޮކްޓޫބަރު 5ޕިނިއަލް ގްލޭންޑްސެޕްޓެމްބަރު 26އޮކްޓޫބަރު 2ލޭދައުރުކުރާ ނިޒާމްޖޫން 9ސަންތި ޕިއޭރޭ އާއި މިކުއެލޯންހަވީރު ނޫސްއުތީމު ޢަލީ ތަކުރުފާނުއަންދްރަ ޕްރަދޭޝްފާގައޮގަސްޓުޑިސެމްބަރު 11ސެޕްޓެމްބަރު 1ހުންކޮށި ބޮޑުވުންޖުލައި 25އުތުރު ކޮރެއާއޮގަސްޓު 30ފުޖީ ފަރުބަދަSay it in Dhivehi/MahlއައިސްލަންޑަންBއެޕްރީލްމެއި 25އޮގަސްޓު 4Tāna Supportޖުމުލަ އަކަމިނަށް ބަލައިގެން ތަރުތީބުކުރެވިފައިވާ ޤައުމުތަކުގެ ލިސްޓުއޮކްޓޫބަރު 28ޝަހީދު ޙުސައިން އާދަމްއޯޓިޒަމްސެރެލިއޯންބަލްގޭރިއާމޮސްކޯHenry A. Wallaceއޮކްޓޫބަރު 19މޮރިޓާނިއާޕިސްތާކަޢުބާލާއޯސްމޫސާގެފާނުފުރަގަސް ފަރާތު ބަލިދަވިއްގަނދުއުތުރު ސައިޕްރަސްސިންގަޕޫރުޝާދުޑިސެމްބަރު 7ވިޔަފާރިތައުހީދްއިންޑިޔާތާނަ އަލިފުބާގެ ތަރުތީބުފެބްރުއަރީ 17ގެދަބަންގާޅުމެއި 17ކުރުނބާހއ.އަތޮޅު ތަޢުލީމީ މަރުކަޒުމެންގަނީޒްއުސްމިންHow to read Thaana scriptއޮސްޓަރުލިޔާޱަވިޔަނި🡆 More