ކޮތަރި ރީނދޫ ދަންބޮޑު

ކޮތަރި ރީނދޫ ދަންބޮޑު (ސައިންޓިފިކް ނަން: Myripristis berndti)ނުވަތަ (އިނގިރޭސި ބަހުން: Bigscale Soldierfish)އަކީ ރާއްޖޭގެ ފަރުތަކުގައި 3 މީޓަރާއި 15 މީޓަރާއި ދެމެދުގެ ފުންމިނުގައި އުޅޭ ކުޑަ މަހެކެވެ.

މިމަސް އެންމެ ބޮޑުވާކަމަށްވަނީ 30 ސ.މ އަށެވެ. މިއީވެސް އެހެނިހެން ދަންބޮޑެކޭ އެއްބީދައިން ދުވާލުގެ ވަގުތުތަކުގައި ގާތަކާއި ހޮހަޅަތަކުގެ ނިވަލުގައި އުޅެފައި ރޭގަނޑަށް ބޭރަށްނިކުމެ އުޅޭ މަހެކެވެ. މިބާވަތުގެ މަސް ނަނުފައްތައިގެން ރޭގަނޑުކުރާ ކެޔޮޅުކަމުގައި މަދުމަދުން ބޭނެއެވެ.

ކޮތަރި ރީނދޫ ދަންބޮޑު
ކޮތަރި ރީނދޫ ދަންބޮޑު

ކޮތަރި ރީނދޫ ދަންބޮޑުގެ ލޯ ބޮޑެވެ. މަހުގެ އަނގަ ލައްޕާފައި ހުންނައިރު ތިރީތުން މަތީ ތުނބަށްވުރެ ދިގެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 13 އާއި 15 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 11 އާއި 13 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ މަޑު ރަތްކުލަ އެވެ. ހުޅުނބުތަކުގެ ކައިިރިފަށް ހުންނަނީ ގަދަ ރަތްކުލައެއްގައެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަނީ ރީނދޫ ކުލައެއްގައެވެ. ކަރުތާފަތުގެ މަތީ ކައިރިފަށުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ. ކަންފަތުގެ ބުޑުދަށް ހުންނަނީ ކަޅުކުލައެއްގައެވެ. މިމަހަށްކިޔާ ދިވެހި ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގައި އެންމެ ފާޅުކޮށް ހުރި ސިފަކަމުގައިވާ މަތީ ކޮތަރިބައިގެ ރީނދޫ ކުލައަށް ނިސްބަތްކޮށް ކޮތަރި ރީނދޫ ދަންބޮޑު ކިޔާ މިމަހަށް ނަންދީފައިވަނީ އެވެ.

Tags:

އިނގިރޭސި

🔥 Trending searches on Wiki ދިވެހިބަސް:

ސަން މަރީނޯސެޕްޓެމްބަރު 15ވައިލެޓް ދަންބޮޑުChemical elements data referencesޑިސެމްބަރު 1އެޕްރީލް 27އެޕްރީލް 6ޒެމްބިއާޖޫން 24ސެޕްޓެމްބަރު 10މާރޗް 22ހަންއިޓަލީކޭމަން ޖަޒީރާކާރސް (ކާރޓޫނު ފިލްމު)2022އެޕްރީލް 22ގަސްޖާފާނުމެއި 17ހަނދި އާއިލާ (މަސް)މެއި 7ފަރަހް ޚާންޕްރޮފެސަރ ޢަބްދުﷲ ސަޢީދުސެޕްޓެމްބަރު 30ބީޖިންގބޮޑު ގޮހޮރުފެބްރުއަރީ 16ފުރަގަސް ފަރާތްޖުލައި 25ޑިސެމްބަރު 13ސުލްޠާން ޔޫސުފު ކަލަމިންޖާ (އެއްވަނަ)ޕާކިސްތާނުގެ ޑެމޮގްރަފީމާރޗް 15ބަހާމަސްނޭޕާލްކޮސްޓަރީކާޖެނުއަރީ 20ހަނޑޫކޯލިސިސްޓަކައިނިންބަށިނޮވެމްބަރު 5އަކަކިލޯމީޓަރުޖޫން 5ފެބްރުއަރީ 1ކާށިދޫ (ކ. އަތޮޅު)ގަން (ލ. އަތޮޅު)ސެޕްޓެމްބަރު 11މެއި 20އެކުމާފާނު މަޝްރޫޢަށް ފުރިހަމަ ކުރަންޖެހޭ ދާއިރާތައްއިސްޕެއިންއިސްލާމްދީނުގައި އަންހެނުންބަންގާޅުފެންޖޫން 25ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)ޖުލައި 31ތޭންގަދީބުރިނދަވާލިމާރޗް 31ނިލަންދެއަތޮޅު ދެކުނުބުރިޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމްއޮޑިދޮށު މަސްދެކުނު އޭޝިޔާޑެންގީ ހުންފިޔަލަ އާއިލާ (މަސް)🡆 More