ރާގޮނޑި ކޮލި

ރާގޮނޑި ކޮލި (ސައިންޓިފިކް ނަން: Lagocephalus lagocephalus lagocephalus) އަކީ ކޮލީގެ ބާވަތެކެވެ.

މިއީ ރާއްޖޭގައި މާގިނައިން އުޅޭ ކޮއްޔެއް ނޫނެވެ. ރާގޮނޑި ކޮއްޔަކީ ވަރަށް ނުރައްކާތެރި ވިހައެއް ހުންނަ މަހެކެވެ. މީގެ ވިހަ ކެއުމުން މީހާއަށް ވަރަށް ނުރައްކާތެރި ޙާލަތެއް މެދުވެރި ކުރުވާ ކަމަށް ވެއެވެ. ރާއްޖޭގައި މިވައްތަރުގެ ކޮލި މަޝްހޫރުވެފައިވަނީ ރާގޮނޑި އާއި ވައްތަރުކަމުން ވަކިކުރަން ނޭގިގެން ކެވިގެން ވިހަވާ މަހެއްގެ ގޮތުގައެވެ. ނަމަވެސް މިމަހަކީ މިފަދަ އޮޅުމަކުން ކެވިދާނެ މަހެއްކަމަކަށް ނުބެލެވެއެވެ.

ރާގޮނޑި ކޮލި
ރާގޮނޑި ކޮލި

ރާގޮނޑި ކޮއްޔަކީ ކޮލީގެ އެހެން ބާވަތްތަކާއި ޚިލާފަށް ދިގުކޮށް ބޮޑިމަސްކޮށް ހުންނަ ކޮއްޔެކެވެ. މަހުގެ ދަތްތައް ހުންނަނީ ރޮނޑުގައި ހުންނަ ކަހަލަ ގޮތަކަށެވެ. މަހުގެ މަތީބައި ހުންނަނީ އޮމާންކޮށެވެ. ބަނޑު ދަށްފަރާތުގައި ވަރަށް ކުދި ކަށިތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީގެ ކުލަ އަކީ ގަދަ ނޫކުލައެވެ. ބަނޑު ދަށްފަރާތުގެ ކުލައަކީ ހުދު ރިހި ކުލައެވެ. މަހުގެ ކަތްފަތްގަނޑުގެ ތިރިން މަހުގެ ބަނޑު ދަށްފަރާތުގެ އަރިމަތީގައި ކަޅުކޮށް ހުންނަ ހަތަރު ތިކި ފާޅުކޮށް ފެންނަށް ހުރެއެވެ. މަހުގެ ކަންފަތްގަނޑުގެ ތިރީބައިގައިވާ މަޑުކަށި ތަކުގެ ކުލައަކީ ހުދު ކުލައެވެ. ފަރުބޭރުގައި ވަދު އަޅާއިރު ވަރަށް މަދުން މިބާވަތުގެ ކޮލި ވަދުގައި ޖެހެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 15-13 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތުގެ ކޮތަރި ބައިގައި 13-11އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 60 ސެންޓިމީޓަރަށެވެ.


Tags:

🔥 Trending searches on Wiki ދިވެހިބަސް:

ޖޫން 4ގޫގްލްޕޮލީއަންސެޗުރޭޓެޑް ފެޓްLa Congolaiseއިންޑިއާއެވަރެސްޓް ފަރުބަދަހަތިފުށިނާރިނގުމެއިކޫފާއޮކްޓޫބަރު 26ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުކިއުބާކާލް ފްރީދްރީޝް ގައުސްGonorrheaޔޫސުފް ޝަފީޢުޙައްޖުޖެނުއަރީ 21އިބްރާހީމް ނާޞިރުޑާކާމިޞްރުމެއި 23މާރޗް 4ޖުލައި 25ގުޔާނާއޮކްޓޫބަރު 29ތެލުގޫއޮކްޓޫބަރު 17ކެމަރޫންމިލަދުންމަޑުލު ދެކުނުބުރިސޯވިއެޓް އިއްތިހާދުސީނީސިންދު ކޯރުޖޫން 25ޑިސެމްބަރު 31އޮގަސްޓު 20އެޕްރީލް 17އެއްކައުވަންތަކަންތޮރާއެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންލިމްފޯމާ ( ހޮޖްކިންސް)ޙުސައިން ޞަލާޙުއްދީންދިރުމާބެހޭ އިލްމުމާރޗް 28އޫރުޝަލީމްއުސްމިންVice President of the United Statesކަޒަކިސްތާންޑިސެމްބަރު 8ކޮޅުވުންކެންދޫ (ބ. އަތޮޅު)އިސްލާމްދީނުގެ ރުކުންތައްލޭގީނިއާޖޫން 17ލާއޯސްޖަރުމަނުވިލާތްޖުޣުރާފީކަލާފާނު ސުކޫލް🡆 More