ހޮންކޮންގު

ހޮންކޮންގަކީ މިހާރަށް ބަލާއިރު ސީނުކަރަ ނުވަތަ ޗައިނާގެ ޚާއްޞަ އިދާރީ ސަރަޙައްދެކެވެ.

އެހެން ނަމަވެސް މިއީ ކުރީން އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޤައުމެއްގެ ގޮތުގައި ބެލެވެމުން އައި ތަނެކެވެ.

Hong Kong Special Administrative Region of the People's Republic of China
中華人民共和國 香港特別行政區
flag with white 5-petalled flower design on solid red background Regional Emblem of The Hong Kong SAR
Flag Emblem
elevated night panorama on illuminated city
elevated night panorama on illuminated city
View at night from Victoria Peak
red splodge marking Hong Kong on the south China coast
red splodge marking Hong Kong on the south China coast
Official languages Chinese, English
Spoken languages
Demonym Hongkonger
Government Non-sovereign partial democracy with unelected executive
 -  Chief Executive Donald Tsang
 -  Chief Justice Andrew Li
 -  President of the
Legislative Council
Jasper Tsang
Legislature Legislative Council
Establishment
 -  Transfer of sovereignty to Britain (Treaty of Nanking) 29 August 1842 
 -  Japanese occupation 25 December 1941 –
15 August 1945 
 -  Transfer of sovereignty to the PRC 1 July 1997 
Area
 -  Total 1,104 km2 (179th)
426 sq mi
 -  Water (%) 4.5
Population
 -  2009 estimate 7,055,071 (98th)
 -  2001 census 6,708,389
 -  Density 6076.4/km2 (4th)
15,737.9/sq mi
GDP (PPP) 2008 estimate
 -  Total $293.311 billion (38th)
 -  Per capita $44,413 (10th)
GDP (nominal) 2008 estimate
 -  Total US$223.764 billion (37th)
 -  Per capita US$31,849 (27th)
Gini (2007)43.4
Error: Invalid Gini value
HDI (2007)ހޮންކޮންގު 0.944
Error: Invalid HDI value · 24th
ކަރަންސީ Hong Kong dollar (HKD)
Time zone HKT (UTC+8)
ތާރީޚް ފޯމެޓް yyyy年m月d日 (Chinese)
dd/mm/yyyy (English)
ޑްރައިވްސް left
Calling code +852
އިންޓަރނެޓް ޓީއެލްޑީ .hk

އަވަސް ކަޅިއަކުން ބަލައިލުމެއް

ހޮންކޮންގުގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި ޗައިނާ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ހޮންކޮންގަރސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ހޮންކޮންގު ޝަހަރެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ މުސްތަޤިއްލު ނޫން ބައި ޑިމޮކްރަސީއެކެވެ. ވެރިކަން ހިންގާ ފަރާތަކީ ރައްޔިތުން އިންތިޚާބުކުރާ ފަރާތެއް ނޫނެވެ. ޤައުމުގެ އާބާދީއަކީ 7 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 98 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1104 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ hk. އެވެ. ކޯލިން ކޯޑަކީ +852 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ހޮންކޮންގު ޑޮލަރެވެ.

ނަން

ހޮންކޮން އަކީ ކެންޓަނީސް ބަހުން ކިޔާ ނަމެކެވެ. މި ނަމުގެ އިނގިރޭސި މާނައަކީ ތާޒާ ހާބަރެވެ. 1842 ވަނަ އަހަރުގެ ކުރީން ހޮންކޮންގު މި ނަން ދެވިފައިވަނީ މިހާރުގެ އަބެރްދީން ހާބަރަށެވެ. 1842 ވަނަ އަހަރުން ފެށިގެން މުޅި މި ރަށަށް ކިޔާ ނަމެއްގެ ގޮތުގައި ހޮންކޮންގު ބޭނުން ކުރެވެން ފެށިއެވެ.

ޖުޣުރާފީ

ހޮންކޮންގު އޮންނަނީ ސީނުކަރަ ނުވަތަ ޗައިނާގެ ދެކުނު އައްސޭރީގައެވެ. އެއީ މަކާއުގެ އިރުމަތިން އެ ތަނާ 60 ކިލޯމީޓަރު ދުރުގައެވެ. ހޮންކޮންގުގެ ސަރަޙައްދު ކަމުގައި ބެލެވިފައިވަނީ ހޮންކޮންގު ޖަޒީރާ އާއި ކޮވްލޫން ޕެނިންސޫލާ އާއި ނިއު ޓެރިޓަރީޒްގެ އިތުރުން ކައިރީގައި އޮންނަ 200 ޖަޒީރާއެވެ.

ތާރީޚު

ހޮންކޮންގުގެ ތާރީޚު ފެށިފައިވަނީ ޗައިނާގެ ދެކުނު އައްސޭރީގައި އޮތް ރަށެއްގެ ގޮތުގައެވެ. ހޮންކޮންގޭ ކިޔާ ރަށުގައި މީހުން ދިރިއުޅެން ފަށާފައިވާ ކަމަށް އާސާރީ ހެކިތަކުން ފެންނަނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރީންނެވެ. ހޮންކޮންގުގެ ވަޒަންވެރީން އެންމެ ފުރަތަމަ ކޮށްފައިވާ ކަމެއް ކަމުގައި ފެންނަނީ މަސްވެރިކަމެވެ. އޭގެ ފަހުން ލޮނު އުފައްދަން ފަށާފައިވެއެވެ. ދެން އެއަށް ފަހު ވިޔަފާރީގެ މަރުކަޒަކަށް މި ރަށް ވަނީ ވެފައެވެ. މިއަދު މުޅި ދުނިޔޭގައި ވެސް ޖީ.ޑި.ޕީ ބޮލަކަށް ޖެހޭ ނިސްބަތް އެންމެ މަތީ ޤައުމުތަކުގެ ލިސްޓްގެ 6 ވަނައިގައި އޮތް ހޮންކޮންގު އެ ހިސާބަށް ގެންގޮސްފައިވަނީ އިނގިރޭސީންނެވެ. މީގެ އެތައް ސަތޭކަ ނުވަތަ އެތައް ހާސް އަހަރެއް ކުރީން ހޮންކޮންގުގައި މީހުން ދިރިއުޅެން ފަށާފައިވީ ކަމަށް ވިޔަސް، ލިޔެކިޔުމުގައި ހޮންކޮންގު މިނަން، މި ރަށުގެ ނަމެއްގެ ގޮތުގައި ބޭނުން ކުރެވެން ފަށާފައިވަނީ މީލާދީން 1842 ވަނަ އަހަރުގައެވެ. ޔޫރަޕުގެ މީހަކަށް އެންމެ ފުރަތަމައަށް މި ރަށަށް އައި މީހަކީ ޕޯޗުގަލްގެ މީހެއް ކަމުގައިވާ ޖޯޖް އަލްވާރޭޒް އެވެ. އެއީ މީލާދީން 1513 ވަނަ އަހަރުގައެވެ. ސީނު ކަރައިގެ ކިންގް ދަރިކޮޅުން އަފިހުން އިމްޕޯޓްކުރުމާ ދެކޮޅު ހެދުމުގެ ސަބަބުން މީލާދީން 1839 ވަނަ އަހަރު ޗައިިނާ އާއި އިނގިރޭސީންނާ ދެމެދު “ފުރަތަމަ އަފިިހުން ހަނގުރާމަ” ހިނގިއެވެ. 1841 ވަނަ އަހަރު އިނގިރޭސީން ހޮންކޮންގު ހިފިއެވެ. އަދި ހަނގުރާމަ ނިމުމުން ހޮންކޮންގު ރަސްމީ ސިފައެއްގައި އިނގިރޭސީންގެ އަތްމައްޗަށް ޗައިނާއިން ދޫކޮށްލިއެވެ. އެއީ “ޓްރީޓީ އޮފް ނަންކިންގް” ގައި އެއްބަސްވެފައިވާ ގޮތުގެ މަތީންނެވެ. މި ޓްރީޓީ ގައި ސޮއިކުރެވުނީ 29 އޯގަސްޓް 1842 ގައެވެ. 1860 ވަނަ އަހަރު “ދެވަނަ އަފިހުން ހަނގުރާމަ” އިގައި ޗައިނާ ބަލިވުމުން ކޮވްލޫން ޕެނިންސޫލާ އާއި ސްޓޯންކަޓަރސް އައިލެންޑް އިނގިރޭސީންނަށް ލިބުނެވެ. މީލާދީން 1898 ގައި “ކޮންވެންޝަން ފޯރ ދަ އެކްސްޓެންޝަން އޮފް ހޮންކޮންގް ޓެރިޓަރީ” ގެ ދަށުން ލަންޓައު އައިލޭންޑާއި އެއާ ޖެހިގެން އުތުރަށް ހުރި ރަށްތައް (ނިއު ޓެރިޓަރީޒް) 99 އަހަރަށް އިނގިރޭސީންނަށް ލިބުނެވެ. މިއަދާ ހަމަޔަށް ވެސް ހޮންކޮންގުގެ ޓެރިޓަރީގެ ގޮތުގައި އޮތީ މި ތަންތަނެވެ. އެއްވެސް ބަދަލެއް ނެތިއެވެ. އިނގިރޭސީންނާއި ޗައިނާ މީހުންނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހޮންކޮންގު ޗައިިނާއާ ޙަވާލުކުރީ 1 ޖުލައި 1997 ގައެވެ.

ޑެމޮގްރަފިކްސް

އާބާދީގެ 95% އަކީ ޗައިނާ ދަރިކޮޅު މީހުންނެވެ. އެހެން ނަސްލުތަކަށް ނިސްބަތްވާ މީހުން ވިޔަފާރި އާއި ވަޒީފާ ތަކުގައި ޙަރަކާތްތެރިވެއެވެ. ސަގާފަތު ހޮންކޮންގުގެ ސަގާފަތަކީ ހުޅަނގުގެ ސަގާފަތާއި މަސްހުނި ވެފައިވާ ޗައިނާގެ ސަގާފަތެކެވެ.

އިޤްތިޞާދު

ކޮމިއުނިސްޓް ޗައިނާގެ ބައެއްގެ ގޮތުގައި އޮތަސް، އެއް ޤައުމެއް، ދެ އުޞޫލެއް، ގެ ދަށުން ހޮންކޮންގުގައި އޮތީ މިނިވަން ވިޔަފާރީގެ ވެށްޓެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 44413 ޑޮލަރެވެ.

Tags:

ހޮންކޮންގު އަވަސް ކަޅިއަކުން ބަލައިލުމެއްހޮންކޮންގު ނަންހޮންކޮންގު ޖުޣުރާފީހޮންކޮންގު ތާރީޚުހޮންކޮންގު ޑެމޮގްރަފިކްސްހޮންކޮންގު އިޤްތިޞާދުހޮންކޮންގު

🔥 Trending searches on Wiki ދިވެހިބަސް:

ލޭމަދުވުންސުލްޠާން އިބްރާހީމް އިސްކަންދަރުއުއްތަރުކަންދުދަވިއްގަނދުއެޕްރީލް 26ސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)މެއި 11އޮގަސްޓު 4އެޕްރީލް 21ޖޯޖް ވޯކަރ ބުޝްދުނިޔެއޮގަސްޓު 30އުތުރު ސައިޕްރަސްއުސްމިންކެންސަރުބޮޑު ގޮހޮރުއިސްރާއީލުފަރަންސޭސިވިލާތްއެކުވެރި ޢަރަބި އިމާރާތުޖަރުމަނުވިލާތްފޫޓުފުޖީ ފަރުބަދައިންޑިޔާޔުނައިޓެޑް ކިންގްޑަމްސިކުންގެދީންވައިގުގޫދިވެހި ދަޢުލަތުގެ ނިޝާންއޮކްޓޫބަރު 21ފޭސްބުކްޖޯޖިޔާ (ޤައުމު)އިކުއެޑޯރުޖުލައި 21ޕީރިއަޑިކް ތާވަލުމެއި 14މާރޗް 6މޫސާ ފަތުޙީފޯޅަވަހިއޮކްޓޫބަރު 19އޮގަސްޓު 10އެންޓިގުއާ އަދި ބާބިއުޑާއިސްޕެއިންބެލަރޫސްއަންދްރަ ޕްރަދޭޝްފުރަގަސް ފަރާތު ބަލިބަންގާޅުކުރޮއޭޝިއާއޮޅުދޫކަރައުތީމު ޢަލީ ތަކުރުފާނުމޫސާގެފާނުމިލަޓޯނިންފާގަTāna Supportމުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުAlphabetic contentsWord translationsއިސްލާމް ދީނުގައި ކައިވެނިމާރޗް 2ސެޕްޓެމްބަރު 22ކުޑަ ގޮހޮރުލާއޯސްޢަބުދުލް މަޖީދު ޢަބުދުލް ބާރީމައުރިބުއިބްރާހީމް ނާޞިރުމޮރިޓާނިއާގެދަފަލަކީ އިލްމު🡆 More