ނޯވޭ

ނޯވޭ، އަކީ އުތުރު ޔޯރަޕުގައި ގާނޫނީ ރަސްކަމެއް ކުރަމުން އަންނަ ގައުމެކެވެ.

ނޯވޭ ގެ ލަގަބެއްގެ ގޮތުގައި ބައެއް ފަހަރު ދަމުއިރު ގެ ބިމޭ ކިޔައެވެ.

ނޯވޭ
Kongeriket Norge
Kongeriket Noreg
ނޯވޭ ނޯވޭ
Flag Coat of arms
Motto: Royal Motto: Alt for Norge (All for Norway)
1814 Eidsvoll oath: Enig og tro til Dovre faller (United and Loyal until the Dovre Mountains fall)
Anthem: Ja, vi elsker dette landet

ނޯވޭ
Location of Norway
Capital
and largest city
Oslo
59°56′N 10°41′E / 59.933°N 10.683°E / 59.933; 10.683
Official languages Norwegian¹
Government Constitutional monarchy
Constitution
Independence
 -  Water (%) 6.0%
Population
 -  January 2024 estimate 5,550,203 (120th)
 -  2001 census 4,520,947
GDP (PPP) 2017 estimate
 -  Total $377.1 billion (46th)
 -  Per capita $70,665 (3rd)
HDI (2022)0.966 HDI_rank = 2nd
very high
ކަރަންސީ Norwegian krone (NOK)
Time zone CET (UTC+1)
 -  Summer (DST) CEST (UTC+2)
Calling code 47
އިންޓަރނެޓް ޓީއެލްޑީ .no ³
1Official national language is Norwegian bokmål and nynorsk. Additionally Sami is co-official language of six municipalities and Finnish of one municipality.
2 Excluding Svalbard and Jan Mayen
3 Two more TLDs assigned, but not used: .sj for Svalbard and Jan Mayen; .bv for Bouvet Island

އަވަސް ކަޅިއަކުން ބަލައިލުމެއް

ނޯވޭގެ ރަސްމީ ބަހަކީ ނޮވޭޖިޔަން ބަހެވެ. ނޯވޭ މީހުން ނޯވޭ ބަހުގެ ދެ ވައްތަރެއްގެ ލަހުޖާއަކުން ވާހަކަ ދައްކައެވެ. މި ދެވައްތަރަށް ވެސް ރަސްމީ ގޮތުން ދެވިފައިވަނީ އެއް ހައިސިއްޔަތެވެ. އަދި މީގެ އިތުރުން އިސްކޫލު ތަކުގައި މި ދެ ލަހުޖާ ވެސް ކިޔަވައި ދެވެއެވެ. އުތުރުގައި ތިބި ސާމީ މީހުންގެ ބަހަކީ ސާމީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ނޮވޭޖިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އޮސްލޯއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ.އަދި ދުސްތޫރީ ރަސްކަމެއް އޮޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 116 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 385207 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ no. .sj , .bv އެވެ. ކޯލިން ކޯޑަކީ +47 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނޮވޭޖިޔަން ކްރޯންއެވެ.

ނަން

ނޯވޭގެ ރަސްމީ ދެ ލަހުޖާއަށް ބަލާއިރުގައި ބޯކްމާލް ލަހުޖާއިން އެ ޤައުމަށް ރަސްމީކޮށް ކިޔާ ނަމަކީ ކޮންގެރިކެޓް ނޮރްގޭއެވެ. ނީނޯސްކް ލަހުޖާއިން ކިޔަނީ ކޮންގެރިކެޓް ނޯރެގްއެވެ. “ނޯވޭ” މި ބަހުގެ އަޞްލަކީ “ނޯ^ް ވޭ” ކަމަށް ބައެއް ޢިލްމުވެރީން ވިދާޅުވެއެވެ. އަދި މިއިން މަޠްލަބު ކުރެވޭ މާނައަކީ “ދަވޭއި ނޯ^ް ވާޑްސް” ކަމަށް މިފަދަ ބޭފުޅުން ވިދާޅުވެއެވެ.

ޖުޣުރާފީ

އިސްކެންޑިނޭވިއާ ބިންދުނީގެ ހުޅަނގު ބައި އޮންނަނީ ނޯވޭގެ އިމުގެ ތެރޭގައެވެ. ނޯވޭގެ އިރުމަތީބައިގެ ބޮޑުބައި ބޯޑަރުގެ ގޮތުން ގުޅިފައި އޮންނަނީ ސްވިޑްންއާއެވެ. ޤައުމުގެ އެންމެ އުތުރުބައި ބޯޑަރުގެ ގޮތުން ގުޅިފައިވަނީ ދެކުނަށް ފިންލޭންޑްއާއެވެ. އިރުމަތީގައި އޮތީ ރަޝިޔާއެވެ. ޑެންމާކު އޮންނަނީ މި ޤައުމުގެ ދެކުނުގައެވެ. އެއީ އެހެން ނަމަވެސް ކަނޑު ހުރަސްކޮށެވެ.

ތާރީޚު

ތާރީހީ ގޮތުން ބަލާއިރު ނޯވޭ ގައި މީހުން ދިރިއުޅެން ފަށާފައިވަނީ އީސާގެފާނުގެ މީލާދުގެ 10،000 އަހަރު ކުރީއްސުރެ އެވެ. ގަލުން ޝިކާރަކޮށް އުޅުނު މީހުންނެވެ. ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުން ނޯވޭގައި ފަށާފައިވަނީ އީސާގެފާނުގެ މީލާދުގެ 4000 އަހަރު ކުރީންނެވެ. ނޯވޭ ޤައުމެއްގެ ގޮތުގައި އެއްބައިވެފައި ވަނީ 872 ވަނަ އަހަރުގައެވެ. އެ ޤައުމުގެ ޤާނޫނު އަސާސީ އެކުލަވައިލެވުނީ 17 މެއި 1814 ގައެވެ. ސްވިޑްންއާ ވަކިވީ 7 ޖޫން 1905 ގައެވެ. ނާޒީ ޖަރުމަނުންގެ ދަށަށް ގޮސްފައިވަނީ 9 އެޕްރީލް 1940 ގައެވެ. މި އަޅުވެތިކަން ނިމުމަކަށް އައިސްފައިވަނީ 8 މެއި 1945 ގައެވެ. ހެރަލްޑް 5 އަށް ނޯވޭ ގެ ރަސްކަން ލިބިވަޑައިގަތީ 1991 މ. ވަނައަހަރުއެވެ.

ޑެމޮގްރަފިކްސް

ނޯވޭ މީހުންނަކީ އަލްމާނީ ނަސްލުގެ ބައެކެވެ. ގައުމުގެ އުތުރުގައި ތިބި ފިއްނީން ނާއި އެތައްހާސް ސާމީން ފިޔަވައި އިތުރު މައިނޯރިޓީ އެއް ނޯވޭއަކު ނެތެވެ. މުޅި ޔޯރަޕަށް ބަލާއިރުވެސް އާބާދީގެ އަކަބުރަ އެންމެ ކުޑަ ގައުމަކީ ނޯވޭއެވެ.

ސަގާފަތު

ނޯވޭގެ ގައުމީ ކަނީސާ އަކީ އަވަންޖާލީ ލުދާރީ ކަނީސާއެވެ. ގާތްގަނޑަކަށް 94 އިންސައްތަ މީހުން ނިސްބަތްވަނީ ކަނީސާއަށެވެ. އަމާމަތު އައްޔަން ކުރަނީ ރަސްގެފާނެވެ. ނޯވޭ ގައި ވަރަށް މަދު އަދަދަކަށް މުސްލިމުން ވެސް އުޅެއެވެ. ނޯވޭ ގައި އާންމު ހަތަރު ޖާމިއާ ހުރެއެވެ. މައިގަނޑު ޖާމިއާ އަކީ އޮސްލޯ ވީ ޖާމިއާ އެވެ. މި ޖާމިއާ އުފަންވެފައިވަނީ 1811 މ. ގައެވެ. އޮސްލޯ ވީ ޖާމިއާ ގެ އިތުރުން ބާގަން ވީ ޖާމިއާ (1948) އާއި ތަރަމްސޯ ވީ ޖާމިއާ (1968) އާއި ތަރަންދޫމުގައި ހުންނަ ސައިންސާއި ޓެކްނޮލޮޖީގެ ޖާމިއާ (1968) ހިމެނެއެވެ.

އިޤްތިޞާދު

ނޯވޭއަކީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މަން ޑިވެލޮޕްމަންޓް އިންޑެކްސްގައި މެދުކެނޑުމެއް ނެތި 6 އަހަރު އެއްވަނަ ޤައުމެއްގެ ގޮތުގައި ނޯވޭ އޮތުމުން ނޯވޭ ކުރިއަރާފައިވާ މިންވަރު ދޭހަކޮށްދެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 53737 ޑޮލަރެވެ. މިއީ ޕަރކެޕިޓާ އަށް ބަލާއިރުގައި ތިންވަނަ,

އިތުރު ގުޅުންތައް

Norway އާއި ބެހޭ އިތުރު މައުލޫމާތު ވިކިޕީޑިޔާގެ އެހެނިހެން މަޝްރޫޢުތަކުން ހޯއްދަވާ:
ނޯވޭ  ރަދީފާއި ބަސްނިބޫ
ނޯވޭ  ޓެކްސްޓް ބުކްސް
ނޯވޭ  ބުނުންތައް
ނޯވޭ  އާންމު މަސްދަރުތައް
ނޯވޭ  ފޮޓޯތަކާއި ފައިލްތައް
ނޯވޭ  އާ ވާހަކަތައް
ނޯވޭ  ދަސްކުރުމުގެ މަސްދަރުތައް

References

ފަންވަތް:Nordic Council

Tags:

ނޯވޭ އަވަސް ކަޅިއަކުން ބަލައިލުމެއްނޯވޭ ނަންނޯވޭ ޖުޣުރާފީނޯވޭ ތާރީޚުނޯވޭ ޑެމޮގްރަފިކްސްނޯވޭ ސަގާފަތުނޯވޭ އިޤްތިޞާދުނޯވޭ އިތުރު ގުޅުންތައްނޯވޭ

🔥 Trending searches on Wiki ދިވެހިބަސް:

އިސްމާޢީލް ރަޝީދުއޮކްޓޫބަރު 19ޢަބުދުﷲ ސަޢީދުGnaviyani Atollއިސްލާމް ދީންއިންޑިޔާގެ ޑެމޮގްރަފީއަބޫބަކުރުގެފާނުޕާކިސްތާނުގެ ޑެމޮގްރަފީނޮވެމްބަރު 30އޮމާމަސްޕޯޗުގަލް ގެ ފުޓުބޯޅަ ޓީމުކާލް ފްރީދްރީޝް ގައުސްFuvammulah (Gnaviyani Atoll)ޖައްމޫ ކަޝްމީރުމިޔަރުއޮގަސްޓު 6ފެންއާމިނަތު ފާއިޒާޖުލައި 17މޫސުންމެއި 30ސެޕްޓެމްބަރު 21މައިންކްރާފްޓްއިލްޔާސް އިބްރާހީމްއަރުގެ ޓޮންސިލްއޮކްޓޫބަރު 15އެކުމާފާނުސަންސްކްރިއްތްހާރޫނުގެފާނުއިބްނި ބަޠޫޠާޑޭވިޑް ވުޑާޑްފެބްރުއަރީ 16އޮގަސްޓުޖެނުއަރީ 5މިޒަމާނުގެ ދުނިޔޭގެ 7 އަޖައިބުނޯވޭސުލްޠާން މުޙައްމަދު އަލްމާކުރަތީ2009ވިޔަފާރިބަނގު ރާނިލަންދޫ (ފ. އަތޮޅު)ޤުދުސްކޯލިސިސްޓަކައިނިންފިނޮޅުބިކުރުގެ ދުލިފަށްވޯޓާރ ޓްރައިބްގުއަޓެމާލާމުހައްމަދު ޖަމީލު ދީދީThe Ant Bully (video game)މާރޗް 15Chemical elements data referencesއޮގަސްޓު 25ޖެނުއަރީ 2ޑިސެމްބަރު 4މާރޗް 20ފަރޮއޭ ޖަޒީރާޖެނުއަރީ 20ތުންހިމަ މިޔަރުޗލޔދެ ނަދ އިލލިސޑިސެމްބަރު 30ނޮވެމްބަރު 1ޖަޕާނުޖުލައި 6🡆 More